އޭސީސީގެ މެންބަރު އަލީ އަޝްރަފް. --ފައިލް ފޮޓޯ
30 ޖެނުއަރީ 2022 - 22:26
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމުން ދާދިފަހުން އިސްތިއުފާ ދެއްވި އަލީ އަޝްރަފް ޓެންޑާ ބޯޑުގެ ޗެއާޕާސަން ކަމަށް ހަމަޖައްސައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓެންޑާ ބޯޑުގެ އެންމެ އިސްވެރިޔާގެ މަގާމަށް އަޝްރަފް އައްޔަންކުރެއްވީ މި މަހު 11 ގަ އެވެ.
ދައުލަތުގެ ޕްރޮކިއުމަންޓްގެ ކަންކަން ހިންގާ ބަލަހައްޓާ މައި އިދާރާ ކަމަށް ޓެންޑާ ބޯޑުގައި އަޝްރަފާ އެކު، ހަތް މެމްބަރަކު ތިއްބަވަ އެވެ.
މިދިޔަ މަހުގެ ދޭއްގައި އޭސީސީގެ މެމްބަރުން ކަމުން އަޝްރަފް އިސްތިއުފާދެއްވީ، އެ ކޮމިޝަންގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓެއް ހަދައި، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ދަނޑިވަޅުގަ އެވެ.
އިސްތިއުފާ ދެއްވާ ރައީސަށް ފޮނުވި ސިޓީގައި އަޝްރަފް ވިދާޅުވެފައި ވަނީ، އޭނާ އެތަނުން ވަކިވީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. އެ ނިންމުން ނިންމީ އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށާއި އަދި އޭނާގެ އިސްތިއުފާއާ މަޖިލީސް ކޮމިޓީގައި އޭރު ހިނގަމުން ދިޔަ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އޭސީސީ މެމްބަރުންގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަމުންދަނިކޮށް، އެ ކޮމިޓީގެ ހުރިހާ މެމްބަރުން ވަނީ އަމިއްލަ އަށް އިސްތިއުފާދީފަ އެވެ. އޭގެ ފަހުން، އެ ކޮމިޝަން މެމްބަރުން އައްޔަންކޮށްފައި ނުވާއިރު، ގާނޫނީ ހުސްކަމެއްގެ ތެރޭގައި އެ އިދާރާގެ މަސައްކަތްތައް ވެސް ވަނީ ހުއްޓިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަންމޭން
31 January 2022
އެއްތަނުން ޕާފޯމަންސް ދައްވެގެން އަނެއްތަނަށް. މީ ފައްކާ ކަމެއް. އާދައިގެ ވަޒީފާއެއްގަ އުޅޭ މީހަކު ނަމަ ޕާފޯމަންސް ދައްވީމަ ދެން ދާންޖެހޭނީ ގެއަށް. އެހެން އެއްވެސް ގޮތެއް ނޯންނާނެ.
ޓެންޑަެ
31 January 2022
ވަކި ބައެއްތަ ހުރިހާ ތަނަކަށް ހެޔޮވަރުވަނީ. އެއްތަނުން ފެއިލްވީމަ ވެސް އަނެއްތަނަށް. ބޯހަލާކު
ސުބާޝް
31 January 2022
އަޝްރަފް މެންނަކަށް މިހާރު ޕާފޯރމެއް ނުކުރެވޭނެ. ސަރުކާރުން ވިސްނަން އެބަޖެހޭ.
ކޮރަޕްޝަނިސްޓ
31 January 2022
ބަލަ ޕާފޯމު ކުރުމަކީ ކޮބާތަ؟ ރައްޔިތުންނަށް އެހެން ޑެފިނިޝަންއެއް ޕޮލިޓީޝަނުންނަށް ޕާފޯމު ކުރުން ކަމަށް ވާނީ ބުނިހާ ކަމެއް ކުރުން. ޖަރީމާ ހިންގަން އެހީވެދިނުން. މިކަމުން ޔަޤީންވި ކަމަކީ މީނާ އެންޓިކޮރަޕްޝަންގައި ވެސް ނަޒާހަތް ތެރި ނޫންކަން. މީހަމަ ބޮޓެއް
ޑޮކްޓާރ. ބަނާނާ
31 January 2022
މުއައްސަސާ ތަކުގެ ވެރިންގެ ގޮތުގައި ތިބެ ފެއިލްވެ "ހުސްދޯރިއެއް" ގެ މަގާމުލިބުމުން ވެސް އަނެއް މުއައްސަސާ ގެ ވެކަން މިދެނީ.... ބޯހަލާކު!!!
ރަދީފްއޮފިޝިއަލް
31 January 2022
ހެލޯ ޑޮކްޓާރ ޔޫ ކެހެނަކަށް.ހިނގަފެލެ ލެމަނަށް.
ކިހާ
31 January 2022
މީނާ އޭސީސީއަށް އައިގޮތް ބަލާބަލަ
ވޯލް
31 January 2022
މިކަހަލަ މީހުން ލާގެން އެއްވެސް ކުރިއެރުމެއް މި ޤައުމަށް ނާންނާނެ، އެންމެ ކުޑަ މިނުން އިސްތިއުފާދޭ އިރު އަސްލު ސަބަބު ބަޔާން ކުރަން ނުކެރޭ، އަމިއްލަ ސަބަބަކޭ ހެދި އިސްތިއުފާދޭ މީހާ ދެން ގޮސް އަނެއްކާވެސް ބޮޑު މަޤާމަކަށް. އޭސީސީގައި ތިމާއަށް ރަގަޅަށް މަސައްކަތް ކުރެވުންކަން ރައްޔިތުނަށް ބުނެ ނުދެވި އިސްތިއުފާދިން މީހަކު އަނެއްކާ އެއަށްވުރެ މަސްއޫލިއްޔަތު ބޮޑުތާކަށް.
ޒިން
31 January 2022
ސަރުކާރުގެ އަގު ވެއްޓެނީ މިކަހަލަ ކޮހުން ލައިގެ ްްް އުޅެތީn
ތަކުރުބެ2
31 January 2022
ޓެންޑާ ބޯޑުގެ ޗެއާޕާސަނަކަށް ހުރި ޒަރިޔަންދު ކޮބާބާ؟
ރަދީފްއޮފިޝިއަލް
31 January 2022
އޭނަގެ ޓާމް ހަމަވިކަން ބްރޯ ދެނެހުރިންތަ؟؟
ތަކުރުބެ2
31 January 2022
އަހާލެވިދާނެދޯ... ކިހިނެއްވެގެން އުދުއްސައިން ތިޔައި؟ މިހާރު ޕީޓްރަލް ވެސް ބަނދެއްނު.....
އަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ
30 January 2022
ނާގަބިލްވެގެން ދެންދެން ކަނޑާލާފާނެކަމަަށް ބިރުން އިސްތިއުފާދޭމީހާ ޖެހިގެންއަނަންދުވަހު މިހުންނަނީ ކޮންމެސްނަމެއްކިޔާފާ އެހެންދިމާއަކަށް ކޮށްޕާލާފާ. މީ ދެން ކިހާބޮޑުވެއްޖެކަމެއް.
ފެންސު
30 January 2022
ކޮބާ އެއްޗެއް ވިސްނޭ ރައްޔިތުންނަށް؟