ވިޔަފާރި / އެންމެ ކުޑަ އުޖޫރަ

މުސާރަ ދީފި، މިނިމަމް ވޭޖްގެ ނަތީޖާ އަކީ ކޮބާ؟

ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް. މިނިމަމް ވޭޖުގެ ބަދަލު އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ ރިސޯޓު ސާފު ކުރާ މުވައްޒަފުންނަށް--ފޮޓޯ:މިހާރު

މިނިމަމް ވޭޖާ އެކު މުސާރައިގެ އެންމެ ބޮޑު ބަދަލެއް ފެންނާނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށެވެ. މި މަހުން ފެށިގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާ އެކު ޓޫރިޒަމް ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ދެ ގުނަވާނެ އެވެ.

ވަރަށް ގިނަ ރިސޯޓްތަކުގައި މިހާރު ޖެނުއަރީ މަހުގެ މުސާރަ ދީފި އެވެ. ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން، މިނިމަމް ވޭޖަށް އަމަލު ކުރަން ފެށުމާ އެކު ދެން މުސާރަ ދޭން ޖެހޭނީ އެ ގާނޫނުގެ ދަށުންނެވެ. ބައެއް ރިސޯޓްތަކުގައި އަންނަ މަހުގެ 10 ގެ ކުރިން ކުރީ މަހުގެ މުސާރަ ދޭން އޮތަސް، ގިނަ ރިސޯޓްތަކާއި ހޮޓާތަކުން މަސް ނިމުމުގެ ކުރިން މުސާރަ ދެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ 150 އެއްހާ ރިސޯޓުގައި 16،000 ވުރެ ދިވެހިން ވަޒީފާ އަދާ ކުރެ އެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ކުރަނީ ހައުސިން ކީޕިން އާއި ރެސްޓޯރެންޓާއި ރިސޯޓުތަކުގެ ލޯންޗުތަކުގެ ކްރޫންގެ ގޮތުގަ އެވެ. މިނިމަމް ވޭޖާ އެކު އެ އެންމެންގެ މުސާރަ ވެސް ބޮޑުވާން ޖެހެ އެވެ.

ރިސޯޓް ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން މި މަހުގެ މުސާރަ އާ އެކު، މުސާރަ ސްލިޕް މިހާރު ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށް، އުފާ ފާޅުކޮށްފަ އެވެ. އަދި މިނިމަމް ވޭޖަށް އަމަލުނުކުރާ ރިސޯޓެއް އޮތް ނަަމަ، އެކަން އެންގުމަށް ވެސް، މުވައްޒަފުންގެ ހައްގުގައި އަޑު އުފުލާ ޖަމާއަތްތަކުން އަންނަނީ ގޮވައި ވެސް ލަމުންނެވެ.

މިނިމަމް ވޭޖް ތަންފީޒު ކުރޭތަ؟ މުސާރަ ބޮޑުވިތަ؟

ވ. އަތޮޅުގެ އާރަށުގައި ހުޅުވާފައިވާ ސިނަމަން ވިލިފުށި ރިސޯޓުގެ ޕަބްލިކް އޭރިއާގައި ކުނިކަހާ ސާފު ކުރާ މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ކުރިން ލިބެމުން އައީ މަހަކު 2،500ރ. އެވެ. އެހެން ނަމަވެސް އެ މުވައްޒަފުންނަށް ވެސް މިހާރު 8،000ރ. ލިބޭ ކަމަށް ވެ އެވެ. އެ ރިސޯޓުގެ ރިސެޕްޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުރިން އަސާސީ މުސާރައިގެ ގޮތުގައި 4،000ރ. ލިބުނު ނަމަވެސް އެ އަދަދު މިހާރު ވަނީ ދެ ގުނަ އުފުލިފަ އެވެ. މިއީ އެ މީހުން ގަބޫލުކުރާ ގޮތުގައި މިނިމަމް ވޭޖާ އެކު އައި ވަރަަށް މުހިންމު ބަދަލެކެވެ.

ޓޫރިސްޓް ރިސޯޓެއްގައި މުވައްޒަފުންތަކެއް: ގިނަ ރިސޯޓުތަކުން މިނިމަމް ވޭޖާ އެއްގޮތަށް މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައިވޭ-- ފައިލް ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މިއީ ވަރަށް ބޮޑު އިތުރު ވުމެއް. މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް. މިހާރު އަސާސީ މުސާރައިގެ އިތުރަށް ސާވިސް ޗާޖު ވެސް ލިބޭނެ،" ވ. ވިލިފުށި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

ރާއްޖޭގެ ނަން މަޝްހޫރު އެއް ރިސޯޓް، ވޮލްޑޯފް އެސްޓޯރިއޯގެ މުވައްޒަފަކު ބުނީ އެ ރިސޯޓުގެ މުވައްޒަފުންނަށް ވެސް ލިބުނީ މިނިމަމް ވޭޖު ހިމެނޭ މުސާރަ ކަމަށެވެ. އޭނާ ބުނީ މިއީ ގިނަ ދިވެހި މުވައްޒަފުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ.

"ރިސޯޓުތަކުގެ ގިނަ ދިވެހިން މިއުޅެނީ މިނިމަމް ވޭޖުގެ ބަދަލު ފެންނާނެ ވަޒީފާތަކުގައި. މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުގެ މުސާރަ އަށް 100 ޑޮލަރު އިތުރުވި،" އޭނާ ބުންޏެވެ.

އަރިއަތޮޅުގައި އޮންނަ އެންމެ ލަގްޒަރީ އެއް ރިސޯޓް، "ކޮންސްޓެންސް މޫފުށި" ރިސޯޓުގެ މުވައްޒަފުންގެ މުސާރަތަކަށް ވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ހަމައެކަނި މުސާރަ އަށް ބަދަލު އައީ އާދައިގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް އެކަންޏެއް ނޫނެވެ. މިނިމަމް ވޭޖާ އެކު އެ ރިސޯޓުގެ ސެލެރީ ސްޓްރަކްޗަރަށް ވެސް ބަދަލު ގެނަ އެވެ. އެހެންވެ، މެނޭޖްމެންޓުގައި އިސް މަގާމުތަކުގައި އުޅޭ މީހުންގެ މުސާރަ އަށް ވެސް ބަދަލުތައް ވަނީ އައިސްފަ އެވެ.

އެކި ދާއިރާތަކަށް ކަނޑައެޅި މިނިމަމް ވޭޖްގެ އިންފޮގްރެފިކްސް: އަލީ ނަހުޒާން/ މިހާރު

އެ ރިސޯޓުގެ ހައުސް ކީޕިންގައި އުޅޭ މުވައްޒަފަކު ބުނީ މީގެ ކުރިން 250 ޑޮލަރުގެ އަސާސީ މުސާރައެއް ލިބުނު ނަމަވެސް މިނިމަމް ވޭޖާ އެކު 519 ޑޮލަރު އަސާސީ މުސާރައިގެ ގޮތުގައި ލިބެން ފަށާފައިވާ ކަމަށެވެ. މީގެ އިތުރަށް ސުޕަވައިޒަރުންގެ އަސާސީ މުސާރަތައް 650 ޑޮލަރަށް ވަނީ ބޮޑު ކޮށްފަ އެވެ.

"މިނިމަމް ވޭޖަށް އަމަލު ކުރަން ފެށުމުން ކުރިން ސުޕަވައިޒަރުންނަށް ލިބެމުން ދިޔަ މުސާރަ އަޅުގަނޑުމެންނަށް މި ލިބެނީ. އެހެންވެ ސުޕަވައިޒަރުންނަށް ވެސް މިވަނީ މުސާރަ ބޮޑުކޮށްފައި،"

"މިނިމަމް ވޭޖަށް އަމަލު ކުރަން ފެށުމުން ކުރިން ސުޕަވައިޒަރުންނަށް ލިބެމުން ދިޔަ މުސާރަ އަޅުގަނޑުމެންނަށް މި ލިބެނީ. އެހެންވެ ސުޕަވައިޒަރުންނަށް ވެސް މިވަނީ މުސާރަ ބޮޑުކޮށްފައި،" އޭނާ ބުންޏެވެ.

ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ގިނަ ރިސޯޓުތަކުން ތަބާވެ، މުވައްޒަފުންނަށް ދޭން ޖެހޭ އެންމެ ކުޑަ އުޖޫރަ ދޭން ވަނީ ފަށައިފަ އެވެ. ގިނަ ރިސޯޓުތައް ހިމެނެނީ ބޮޑެތި ވިޔަފާރިތަކުގެ ލިސްޓުގައި ކަމުން އެންމެ އާދައިގެ ވަޒީފާގައި އުޅޭ މުވައްޒަފުންނަށް ވެސް 8،000ރ. މިހާރު ލިބޭނެ އެވެ.

ބައެއް ރިސޯޓުތަކުން ނެގީ މިނިމަމް ވޭޖުގެ ނާޖައިޒް ފައިދާ

ގިނަ ރިސޯޓުތަކުގެ މިނިމަމް ވޭޖުގެ ގާނޫނާ އެއްގޮތަށް އަމަލު ކުރަމުން ދިޔަ ނަމަވެސް ބައެއް ރިސޯޓުތަކުން މިނިމަމް ވޭޖު ދިނުމުގައި ބޮޑެތި އޮޅުވާލުންތައް ވެސް އޮޅުވާލި ކަން އެނގިފައި ވެއެވެ. ވ. އަތޮޅުގެ ރިސޯޓެއްގެ މުވައްޒަފަކު ބުނީ މިނިމަމް ވޭޖާ އެއްވަރަށް މުސާރަ އަށް ބަދަލު ގެންނާނެކަން މެނޭޖްމެންޓުން އެންގި އިރު ޑިސެމްބަރު މަހުގެ މުސާރަ ވެސް އަދި ނުލިބޭ ކަމަށެވެ. އޭނާ ބުނީ މިނިމަމް ވޭޖު ދިނުމުގައި ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރަ 8،000ރ. އަށް ބޮޑު ކުރިއިރު އެ ރިސޯޓުގައި 15 ވަރަކަށް އަހަރު މަސައްކަތްކޮށް، ބޮޑު މުސާރަ ނަގަމުން އައި މީހުންގެ އަސާސީ މުސާރަ ވެސް 8،000ރ. އަށް ކުޑަކޮށްފައިވާ ކަމަށެވެ.

"އަދި މުސާރައެއް ނުއެއް ލިބޭ. ލިބުނީމަ އެނގޭނީ ހަދައިފައި އޮތް އެއްޗެއް. އެކަމަކު ބުނަނީ ހުރިހާ ދިވެހި މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖާއެއް ގޮތަށް މުސާރަ ދޭނެ ކަމަށް."

ރިސޯޓެއްގެ މުވައްޒަފަކު. ބައެއް ރިސޯޓުތަކުން މިނިމަމް ވޭޖު ދިނުމުގައި ވަނީ އޮޅުވާލާފައި--ފޮޓޯ:މިހާރު

އެ ރިސޯޓުގެ އެހެން މުވައްޒަފަކު ބުނީ މިނިމަމް ވޭޖާ ހެދި އޭނާގެ މުސާރަ ކުޑަވެފައިވާ ކަމަށެވެ.

"ކުރިން 15،000ރ. ޖުމްލަ ލިބުނު. އެކަމަކު މިހާރު އެ އަދަދު ވަނީ 8،000ރ. ކުޑަވެފައި. މެޖޭޖްމެންޓަށް ޝަކުވާ ހުށަހެޅުމުން ބުނަނީ މި އަހަރު ދެން ކުރިއަށް ދާނީ މި ގޮތަށް ކަމަށް،" އޭނާ ބުންޏެވެ. "މި ހެދި ގޮތަކީ އޯޓީ ކަނޑާލީ."

އޭނާ ބުނީ ރިސޯޓުގެ ދިވެހިންނަށް އެވްރެޖްކޮށް މުސާރަ ބޮޑުވި އިރު އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މީހުންގެ މުސާރަ ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށެވެ. ކުރިން ރިސެޕްޝަންގައި މަސައްކަތް ބިދޭސީ މުވައްޒަފުންނަށް 250 ޑޮލަރު ލިބުނު އިރު މިހާރު އެ މީހުންގެ މުސާރަ 100 ޑޮލަރަށް ކުޑަ ކުރާނެ ކަމަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިނިމަމް ވޭޖާ އެކު ދިވެހިންގެ މުސާރަ ބޮޑުވެފައި ބިދޭސީ މުވައްޒަފުންގެ މުސާރަ އެހާ ބޮޑަށް ކުޑަ ކުރީމަ އެ މީހުން ތިބީ ވަރަށް ހިތްހަމަނުޖެހިފައި. އަނެއްކޮޅުން މިކުރަނީ ހަމަ އެއް މަސައްކަތެއް. އެކަމަކު ލިބޭ އުޖޫރަ އެހާ ބޮޑަށް ތަފާތު،" އޭނާ ބުންޏެވެ.

މިނިމަމް ވޭޖުގެ އިތުރަށް އެ ރިސޯޓުގެ ސާވިސް ޗާޖު ވެސް ފިކްސްޑް އެލަވަންސެއްގެ ގޮތުގައި ދޭން އެ ރިސޯޓުން ވަނީ ނިންމައިފަ އެވެ.

ރިސޯޓެއްގެ ބައެއް މުވައްޒަފުންނާއެކު އެ ރިސޯޓުގެ އިސް ބޭފުޅުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން--

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ކަން މިހެން އޮތް ނަމަވެސް ބައެއް ރިސޯޓުން ވަނީ އެ ރިސޯޓުގެ ސާވިސް ޗާޖު 500 ޑޮލަރުގައި ފިކްސް ކުރަން ކަނޑައަޅައިފަ އެެވެ.

ސާވިސް ޗާޖާ އެކު ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ވެސް ލިމިޓުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެ ރިސޯޓުގެ މުވައްޒަފަކު ބުނީ، މުވައްޒަފުންނަށް މިހާރު އިތުރު ގަޑީގެ ފައިސާ ލިބޭނީ، ކޮންމެ ޑިޕާޓްމެންޓެއްގެ ވެރިޔަކު އެޕްރޫވަލްއާ އެކު ކަމަށެވެ.

"މިނިމަމް ވޭޖް ދޭ ގޮތަށް އޮތީ. އެކަމަކު އޯޓީ ދިނުމުގައި ބަދަލުތަކެއް ގެންނަން އޮތީ ނިންމައިފައި،" ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން މުވައްޒަފުންނަށް މިނިމަމް ވޭޖް ދޭން ވާނީ މުސާރައާ ފިކްސްޑް އެލަވަންސްތައް ހިމެނޭ ގޮތަށެވެ. އެހެން ނަމަވެސް މިނިމަމް ވޭޖާ ގުޅުވައިގެން އިތުރު ގަޑީގެ ފައިސާ ދިނުމަކަށް ބަދަލެއް ނުގެނެވޭނެ އެވެ. މިނިމަމް ވޭޖު ދިނުމުގައި ރިސޯޓުތަކުން ހަދާ އޮޅުވާލުންތައް ބެލުމުގެ މަސައްކަތް ޓޫރިޒަމް ދާއިރާގެ ޖަމިއްޔާ "ޓީމް" އިން ވެސް އަންނަނީ ކުރަމުންނެވެ. އެކަން ކަން ފާހަގަކޮށް އެ ރިސޯޓުތަކުގެ މައުލޫމާތުތައް ކުރިއަށް އޮތްތަނުގައި ހާމަ ކުރާނެ ކަމަށް ޓީމް އިން ބުންޏެވެ.

33 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު.

22 April 2022

އެމް. ޑީ. ޕީ ވެރިކަމުގަ ކުރި ކަންކަމަކީ މަސައްކަތް ކުރާމީހުންގެ ޓެކްސް މަސައްކަތް ނުކުރާ މީހުންނަށް ބެހުމާއި ދައުލަތުގެ މުދާ ނުއަގުގައި ވިއްކުމާއި ގާތް މީހުންނަށް ދައުލަތުގެ މުދަލާއި ފައިސާއިން ނާޖާއިޒު ފައިދާ ހޯދާދިނުމާއި ގައުމުގައި ހަމަނުޖެހުން އުފެއްދުމާއި ގައުމުގެ ހިންގުމުގެ ނިޒާމު ހަލާކުކުރުމާއި ދަރަނި ނަގައިގެން ފައިދާ ނެތް ކަންކަން ކުރުމާއި ދުނިޔޭ މައްސަލަތަކުގެ ތެރެއަށް ގައުމު ވައްޓާލުމާއި ޒުވާނުން މަސްތުވާތަކެތީގެ އަވާގައި ޖެއްސުން.

The name is already taken The name is available. Register?

ާމުސްތޯ

01 February 2022

މި މ.އަތޮޅުގަ އޮންނަ ބްރެނިއާ ކޮއްޓެފަރު ކިޔާ ރިޒޯޓް މީ ކޯއްޗެއް ހާވާ ބައެއްތަ? 25 ގަ މަސް ނިމެޔޯ އެކަމް އަނެއް މަސް ފެށިގެން 5 އައް އަޅާ އިރު މުސާރަ ނުދެވޭ. ބަޔަކު ރިޒޯޓް ހިންގާތީ ރިޒޯޓް ހިންގަން އުޅޭ ބައިގަޑެއް މިވެސް. ލަދުން ބޯ ޙަލާކި މިތަނުގަ...މިނިސްޓްރީން ނިކަން މިތަނުގަ ހަދާއެއްޗެއް ބަލާ ބިޔަ

The name is already taken The name is available. Register?

ކޮއްކޮ 5

01 February 2022

އެއީ ރ.އަތޮޅުގަ އޮންނަ ރިސޯޓެއް

The name is already taken The name is available. Register?

ޓިކްޓޮކް

01 February 2022

އެމްޕީއެލްއަކީ، މީގެ ކުރިން ޑެއިލީ އެލެވެންސްގެ ގޮތުގައި އެއްވެސް ޒާތެއްގެ ފިކްސްޑް އެލަވެންސް ދިން ތަނެއް ނޫން. ދެމެންދިޔަ އެޓެންޑެންސް އެލަވެންސަކީ، ޑިއުޓީއަށް ނިކުންނަ ކޮންމެ ދުވަހަކަށް -/150. އެކަމަކު، މިނިމަން ވޭޖު ތަންފީޒު ކުރަންޖެހުނު ފަހުން ވެސް، 3 ދުވަސް ފަހުން އެޗްއާރުން ނެރުނު މެމޯގައި ވަނީ، 01 ޖަނަވަރީއިން ފެށިގެން އެޓެންޑެންސް އެލެވެންސްގެ ބަދަލުގައި، ދެން ދެމުންދާނީ ޖުމްލަ -/4650 ކަމުގައި. މި ޖެހުނީ ކޮންތާކު؟؟ އިންސާފުތަ؟؟

The name is already taken The name is available. Register?

ސުކުން

31 January 2022

މިނިމަމް ވޭޖް ކިޔަލް ލަދުވެސްގަނޭ އެއް ރަންގަޅީ އޮޅުވާލި ވޭޖް ކިޔަން

The name is already taken The name is available. Register?

ރާއްޖެތެރޭކުއްޖާ

31 January 2022

ޖަނަވަރީމަހުގެ މުސާރަ ލިބުނުއިރު ސަރުކާރުގެ ބައެއްކުންފުނިތަކުން ހަޑިހާވާފައޮތީ. މިސާލަކަށް މީހަކުލައްވާ މަސައްކަތެއް ކުރުވާއިރު އެމީހާގެ މުސާރަޔާ އެހެނިހެން އިނާޔަތް، ކުރިން އިނގެންވާނެ ދެއްތޯ؟ މަސްނިމި މުސާރަ ޖަމާކުރާ ދުވަހު ލިއުން މިލިބެނީ އިތުރުގަޑި.ސާވިސްއެލަވަންސް/ހާޒިރީއެލަވަންސް އަށް ބަދަލުގެނެސް "އެޖަސްޓް" ކޮށްގެން ގާނޫނަށް ފައްތާފައިވާކަން. ހަމައެކަނި ރިސޯރޓް ތަކާއި ސިވިލް ސާވިސްގެ ވާހަކަ ދައްކައިގެން މިޒާތުގެ ކަންކަން ހައްލުނުވާނެ.

The name is already taken The name is available. Register?

ސަދަން

31 January 2022

ދޮގު ވާހަކަ ފެތުރުން ހުއްޓާލާ. ސަރުކާރު އެއްވެސް އިދާރާއަކުން ނުވަތަ ސަރުކާރު ކުންފުންޏަކުން އެއްވެސް މީހެއްގެ މުސާރަ ކުޑަ ކޮށްފައެއް ނުވާނެ. އެތައް މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފައި

The name is already taken The name is available. Register?

ާަސެންޑޯ

31 January 2022

ޥީ ފައިދާ އެއް ނެތް

The name is already taken The name is available. Register?

މަޒް

01 February 2022

ހިތެއް ނުފުރޭނެ

The name is already taken The name is available. Register?

ފޫހި

31 January 2022

އޮފީސްތަކުގައި މިނިމަމް ވޭޖޭކިޔާފަ އޮފީސްތަކުގައި ހޭވީ ބޮޑު ހަޑިއެއް.

The name is already taken The name is available. Register?

ގެންދިޖެންތަ

31 January 2022

ޑިމޮކްރަސީ ގާއިމްވިފަހުން ދިވެހިންނަށް މާލީގޮތުން ހެޔޮފައިދާއެއްވިއްޔާ ވެފަ އޮތީ އެމްޑީޕީ ސަރުކާރުންނެވެ. މިގޮތުން އާސަންދައާއި މުސްކުޅިންގެ އެލަވަންސާއި އެކަނިވެރި މައިންގެ އެލަވަންސާއި ސްކޫލް ފޮތްލިސްޓް ހިލޭވުމާއި އޯލެވެލް އޭލެވެލް ފީތައް ހިލޭވުމާއި ޑިގްރީވެސް ހިލޭވުން ހިމެނޭ، މިހުރިހާ ކަމަކަށް އެމްޑީޕީ އަށް ހިފެހެއްޓުމެއްނެތް ޝުކުރު

The name is already taken The name is available. Register?

1828

31 January 2022

ހިލޭ ޑިގްރީއަކީ ނަމެއް. ދަރިވަރުން އަތުންވެސް ކޯސްފީގެ ބައެއް ދައްކަން ޖެހޭ. އެއީ އަސްލު އެމްޑީޕީ. އެމްޑީޕީއިން ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ޖަރީމާއެއް އޮންނާނެ. އެގޮތުން ދ.އަތޮޅުގެ ފެރީގެ ޚިދުމަތް ދިނުމަށް ދޮންބިލެތަށް 02 ފަޅުރަށް ދިން. މިހާރު އޭގެތެރެއިން އެއްރަށަކީ ސެންޓްރިޖަސް ވޮއްމުލި. އަނެއް ރަށަކީ އާވީ ނޭޗާސް ޕެރަޑައިސް. އެކަމަކު މިހާރު ދ.އަތޮޅުގައި ފެރީ އޮޕަރޭޓްކުރަނީ އެމް.ޑީ.ސީ.ސީއިން. މިއީ އެކަމުގެ ކުޑަމިސާލެއް.

The name is already taken The name is available. Register?

ޙަޤީޤަތޭ

31 January 2022

ޒަމާނުއްސުރެން ފެށިގެން ރާއްޖޭގެ ރިޒޯޓްތަކަކީ މުސާރަ ދިނުމުގައި ބޮޑެތި އޮޅުވާލުން އަބަދުވެސް ހުރޭ. ހައްލެއް ނާންނަ މައްސަލައެއް. އިތުރުގަޑިއަކީވެސް ލިމިޓްކުރެވޭ ގޮތަށް ގާނޫނީ ގޮތުން އޮތް އެއްޗެއް ނޫން. ރާއްޖެއަކީ އައިއޯއެލްގެ މެންބަރު ގައުމެއް. ހަފުތާއަކު 52 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރުވާ ވަގުތަށް ކަޑައަޅާފައިވާ މިންވަރު ކޮންމެ ގަޑިއަކަށް ބަރާބަރަށް ދޭންޖެހޭނެ.

The name is already taken The name is available. Register?

ރސި ރީތު ރަފޫހަޅަ ތަންތު ރަވަ ރުނަ އަބާ ރަނަ

31 January 2022

އެސް ޓީ އޯ ތިލަފުށި މުއައްޒަފުންނަކީ 24 ގަޑިއި ރު ތެ ރޭގައި 16 ގަޑިއި ރާ 20 ގަޑިއި ރު މަސައްކަތްކު ރާ ބައެއް. އެކަމަކު ކު ރާ މަސައްކަތާއި އެކަށީގެންވާ އުޖޫ ރައެއް ނުލިބޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454