މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
02 ފެބުރުއަރީ 2022 - 13:16
ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކޮށްދިނުމަށް ރައީސް އޮފީހުގައި އެދެން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ބައިވެރިވި 13 މެމްބަރުން ވެސް ވަނީ ހުޅުމާލޭގެ މުނިސިޕަލްގެ ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ރައީސް އޮފީހަށް ހުށަހަޅަން ތާއީދުކޮށްފަ އެވެ.
ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް މިހާރު ދެނީ އެޗްޑީސީންނެވެ.
ކައުންސިލްގެ މިއަދުގެ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި އޮންނަ ހުޅުމާލެ ސާފުކުރުމާއި އެ ނޫން ވެސް އާންމު ހިދުމަތްތަކާއި އަދި ރަށްވެހިކަމުގެ ހިދުމަތްތައް ސިޓީ ކައުންސިލުން ދިނުމަކީ އެ އަވަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އެހެންވެ، ސަރުކާރުން މި ކަމަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލާމަރުކަޒީ ގާނޫނުގައި ބަޔާން ކޮށްފައިވާ ރަށްވެހިކަމުގެ ހިދުމަތްތަކާއި އާންމު ހިދުމަތްތަކާއި ކައުންސިލްގެ މަސްއޫލިއްޔިތަތުތައް ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިމެނޭ ގޮތަށް އަދާކުރުމަށްޓަކައި ކައުންސިލްގެ ދަށަށް އެ ހިދުމަތްތައް ބަދަލުކުރަން ޖަލްސާގައި ބައިވެރިވި 13 މެމްބަރުންގެ ތާއީދާއެކު ފާސްކޮށްފިން،" ކައުންސިލްގެ ނިންމުން އިއުލާން ކޮށްދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން އެދެނީ އެޗްޑީސީގެ މުނިސިޕަލް ސެކްޝަންގެ ހުރިހާ މުވައްޒަފުންނާއި ވެހިކަލްތަކާއި އަދި ބަޖެޓު ވެސް ދޭން ޖެހޭ ގޮތަށެވެ. ބަޖެޓާއި މުވައްޒަފުން ލިބިގެން ނޫނީ، މި ކަން ނުކުރެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާގައި ކައުންސިލް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މުނިސިޕަލްގެ ހިދުމަތްތައް ސިޓީ ކައުންސިލާ ހަވާލުކުރަން ސަރުކާރުން ބޭނުން ވިޔަސް، އެޗްޑީސީން އެގޮތް ބޭނުން ނުވާ ކަމަށާއި އެކަން ކޮށްފާނެތީ މިހާރު ވެސް އެ ކުންފުނިން ކައުންސިލަށް ދަތިކުރުމަށް އެކި މަސައްކަތް ފަށާފައިވާ ކަމަށް ހުޅުމާލޭގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު މިއަދުގެ ޖަލްސާގައި ތުހުމަތު ކުރެއްވި އެވެ.
"އެޗްޑީސީގެ މުނިސިޕަލް ސެކްޝަންގެ ތެރެއިން އޮޕަރޭޝަނަލް ސެކްޝަން ކިޔައި، އާ ބައެއް އުފައްދައިގެން މުނިސިޕަލް ހުރިހާ މުވައްޒަފުންނާއި ތަކެއްޗާ އެ ބަޔަށް އެބަ ބަދަލުކުރޭ، ކައުންސިލަށް އެ އެއްޗެހި ލިބިދާނެތީ،" ޝުޖާއު ވިދާޅުވި އެވެ.
"ހުޅުމާލޭގެ މުނިސިޕަލް އެއްވެސް ކަމެއް އެޗްޑީސީ އަށް ނުބެލޭ. ތަންތަން ސާފުނުކުރެވޭއިރު، ފްލެޓްތަކުގެ މެއިންޓަނެސް ކަންކަން ވެސް ނުބެލެހެއްޓޭ."
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުށަހަޅާއިރު، އެޗްޑީސީ އަށް ދީފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ސިޓީ ކައުންސިލުން ބާތިލުކުރި މައްސަލަ ވެސް އޮތީ ކޯޓުގަ އެވެ. ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ހުޅުމާލެ އަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ވާ ތަނަކަށް ވިޔަސް، އަދިވެސް ހުޅުމާލެ ބަލަހައްޓަނީ އެޗްޑީސީންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
55854
03 February 2022
ކުރާނެ ކަމެއް ނެތިގެން އުޅެންޏާ، ސިޓީ ކައުންސިލް އިން ގްރޭޓާ މާލޭ ރީޖަންގެ ހުރިހާ ގެއެއްގެ ފާޚާނާ ސާފް ކުރުމާ ހަވާލުވާން ވީނުން. މުއިއްޒު އައި ފަހުން އޮތީ ތަންތަނާ ހަވާލު ވުމެއްނުން. މިހާރު ޓީ ޖެޓީ އާ ނޯތު ހާބަރު ލިބިއްޖެތަ މުއިއްޒުބޭ؟
އަސް
03 February 2022
އިހްތިސާސް އޭ ކިޔާފަ ގޮސް އަމިއްލައަށް ހަވާލު ވާންވީނު،
އީސަދަރި
02 February 2022
ރާއްޖޭގެ ރައީސްކަމާ ހަވާލުވާން ކެރޭނެތަ؟
ދުލި
02 February 2022
ހެޔޮނުވާނެ މުއިއްޒާ ހަވާލު ނުކުރާތި. ތިކަންކަން މުއިއްޒު ވާކަން ނޭދެން.
ހެޔޮއެދޭ
02 February 2022
ކެމްޕެއިނަށް ވެހިކަލްތަކަކާއި މުވައްޒަފުންތަކަކާއި ހެޔޮއެދޭފަރާތްތަކުންދޭ އެހީ "ބަޖެޓު" ހޯދުމަށްޖަހާ މަޅިއެއް.
ގުއި
02 February 2022
ސިޓީ ކައުންސިލް އުވާލަން އެދެންވީނު؟
ރަގަޅު ވައްކަމެއް ކޮށް ނުލެވިގެން ދޯ..
02 February 2022
ކަލޭ އެދެންވީނުން، އަހަރެންކާ ބަތްތައްޓާ ހާލުވާން..
މިސްޓަރ ޓިނޭ
02 February 2022
ހައްހައްހއްހއްހާހާހާހާހާ،??????????
މަހުދީ ހަކަތަ
02 February 2022
ސިޓީ ކައުންސިލްއަކީ މިހާރުވެސް މާލޭގެ ކާނުތައް ސާފުކުރަން ޙަވާލުވެ އޮތްފަރާތް އެކަން ނުކުރެވިގެން ކިރިޔާ ތުނި ހުޅުނބުފަތެއްހާ ތުނި ވިލާ ރޮއްޖެއްގެ ކެރިކޮލެއް ވެހިލައިރަށް މާލޭގެ ފެންބޮޑުވެ ބޫޓާއި އެކު ފެނަށް އެރެން ޖެހުން އާއްމު ކަމެއް ކަން މިހެން އޮއްވާ ލޭޔަރެއްގެ މައްޒަޗަށް ލޭޔަރެއް އަޅަން ޙަވާލު ނުކުރެވޭނެ ބޭނުނަމަކަށް ވެގެން ތި އުޅެނީ މާލޭ ސިޓީގެ ޚިދުމަތް ތަކުގެ ކޮންތްރޯލްނެގުން 2023 ފެންނަވަރުން އުކުނޑި ކޮއްޓަނީ ތިވާނީ ރިހޭ ފައިމައްޗަށްފޮއި
ޙައްވަ
02 February 2022
ތިއުޅެނީ މިފަހަރުވެސް ޔާމީން ކެންޕޭނަށް އެޗުޑީސީ ދަވާލަން
@ޙައްވަ
02 February 2022
ޙައްވަ ތިބުނީ ހެއުކޮށް
ބޭރުވެލާ
02 February 2022
ކަލޭ ޖެހޭނީ ރައީސް އަރިހުގަ އާދޭސް ދަންނަވަން...ކަލެއަށް މިފަހަރު ކޯޓްތައް ހުންނަކަން ނޭގެނީތަ؟ ތިއީ ސައިޒަކީ