ލައިފްސްޓައިލް / ސިއްހަތު

އުމުރަކީ ނުވަ އަހަރު، އެކަމަކު އާއިލާގެ އިސް ތަނބު!

ޗުންޔަން ބަައްޕަ ގޮވައިގެން ހިނގާލަން ދަނީ

ނުވަ އަހަރުގެ ކުއްޖަކު އާއިލާގެ ބޮޑެތި ޒިންމާތަކާ ހަވާލުވެގެންނެއް ނޫޅޭނެ އެވެ. އެއީ ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ވިސްނޭ އުމުރެއް ވެސް ނޫނެވެ. ނަމަވެސް ޗައިނާގެ ނުވަ އަހަރުގެ ލީ ޗުންޔަން ގެންދަނީ އޭނާގެ މުޅި އާއިލާ ބެލެހެއްޓުމުގެ ޒިންމާ ނަގަމުންނެވެ.

ޕްރައިމަރީ ސްކޫލްގައި ކިޔަވާ ޗުންޔަންގެ މަންމަ ވަނީ މީގެ ހަ އަހަރު ކުރިން ކެންސަރު ބަލީގައި މަރުވެފަ އެވެ. އަދި އެކްސިޑެންޓެއްގައި 2012 ގައި ބައްޕަ ވަނީ ވާގިނެތިފަ އެވެ. އޭރުއްސުރެ ބައްޕަ ބެލެހެއްޓުމުގެ ޒިންމާ ނަގަނީ ކުޑަކުޑަ ޗުންޔަން އެވެ.

ޗައިނާގެ ޕީޕަލްސް ޑެއިލީ އޮންލައިންގައިވާ މި ކުއްޖާގެ ރިޕޯޓު ބުނާ ގޮތުން ޗުންޔަން އަކީ ހިތްވަރުގަދަކަމާއި ނުގުޑާ އަޒުމުގެ ނަމޫނާއެކެވެ. އޭނާގެ ބަލި ބައްޕައަށް އަތުން ކާން ދިނުމާއި ބައްޕަ ގޮވައިގެން ހިނގާލަން ދިއުން އަދި ބައްޕަ ފެންވެރުވުމާއި ބައްޕައާ އެކު ވަގުތު ހޭދަކުރުމަކީ އެ ކުއްޖާ އުފަލުން ކޮށްދޭ ކަންތައްތަކެވެ. އަދި އޭނާ ކޮންމެ ފަހަރަކު ވެސް ސްކޫލުން އެންމެ މަތީ ވަނަ ހޯދަ އެވެ.

ޗުންޔަންގެ މަންމަ މަރުވިއިރު އޭނާއަށް އެންމެ ހަތަރު އަހަރެވެ. އޭނާގެ ބައްޕަ ލީ ލޫ އަކީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހެކެވެ. އޭނާ މަސައްކަތު ދަނީ ޗުންޔަން އޭނާގެ މާމަ ކައިރީގައި ބަހައްޓާފަ އެވެ. ޗުންޔަންގެ މަންމަ މަރުވިތާ ދެ އަހަރު ފަހުން 2012 ގައި އޭނާގެ ބައްޕަ ލީ މަސައްކަތުގައި އުޅެނިކޮށް އިމާރާތެއްގެ މަތިން ވެއްޓި މުޅި ހަށިގަނޑުން ވާގި ނެތުނީ އެވެ. ގޭތެރޭގައި ވެސް އޭނާ މިހާރު ގެންގުޅެން ޖެހިފައިވަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ.

ޗުންޔަން ބައްޕައަށް ކާންދެނީ

ޗުންޔަން މިހާރު ދިރިއުޅެނީ ބަލި ބައްޕަ އާއި 70 އަހަރު ވެފައިވާ މުސްކުޅި މާމައާ އެކުގަ އެވެ. އެކަމަކު އާއިލާގެ ހަރު މީހަކީ އަދި މުހިއްމު ތަނބަކީ ވެސް މިހާރު ކުޑަކުޑަ ޗުންޔަން އެވެ. ގޭގެ މަސައްކަތްތަކުގައި ޗުންޔަން އޭނާގެ މާމަ އެހީތެރިވެ އެވެ. އަދި ބައްޕަ ބެލުމުގައި ވެސް މާމަ އުޅެ އެވެ.

އެހާ ކުޑައިރު ދިމާވި ބޮޑެތި ހިތާމަތަކާ އެކު ވެސް ޗުންޔަން ރޮއި ނުހަދަ އެވެ. ކިތަންމެ ބަދުނަސީބު ކަންތައްތަކެއް ދިމާވަމުން ދިޔަ ނަމަވެސް މުސްތަގްބަލާ ދޭތެރޭ އޭނާ ދެކެނީ ވަރަށް އުންމީދީ ގޮތަކަށެވެ.

ޗުންޔަންގެ ބައްޕަ އެކްސިޑެންޓް ވުމާ އެކު އޭނާ މަސައްކަތްކުރި ކޮންސްޓްރަކްޝަން ކުންފުނީގެ ބޮޑުމީހާ ވަނީ ފިލާފަ އެވެ. އެހެންވެ ލީގެ ފަރުވާއަށް ކުރަން ޖެހޭ ޚަރަދުތަކުގެ ސަބަބުން ފައިސާގެ ގޮތުން އާއިލާއަށް ވަނީ ދަތިވެފަ އެވެ. އެ އާއިލާއަށް ޗައިނާ ސަރުކާރުން އެހީތެރިވެ އެވެ. އެގޮތުން ލީ އާއި އޭނާގެ މަންމައަށް މަހަކު 400 ޔުއާން (71 ޑޮލަރު) ލިބެ އެވެ. އަދި ޗުންޔަން އަށް ސަބްސިޑީގެ ގޮތުގައި 600 ޔެން (107 ޑޮލަރު) ލިބެ އެވެ.

ނަމަވެސް ޗުންޔަންގެ ހިތާމައަކީ އެކްސިޑެންޓަށް ހަތަރު އަހަރު ވީއިރު ވެސް އޭނާގެ ބައްޕަގެ ގައިގައި އަޅާ ވޭނަށް ލުޔެއް ނުލިބޭތީ އެވެ. ޗުންޔަންގެ ބައްޕަ ބައެއް ފަހަރަށް ތަދުވާތީ ކެތްނުކުރެވިގެން ރޯ ހަޅޭއްލަވަ އެވެ. އެކަހަލަ ވަގުތުތަކުގައި ބައްޕަގެ ގައިގައި ފިރުމަމުން ހިތްވަރުކުރަން ނަސޭހަތްދެީ ޗުންޔަން އެވެ.

ޗުންޔަން މާމައަށް ބަދިގޭގައި އެހީތެރިވަނީ

އޭނާ ކިތަންމެ ކުޑަޔަސް އޭނާގެ ހިތްވަރަށް އާއިލާގެ މީހުންނާއި އަވަށްޓެރިން ވެސް ތައުރީފުކުރެ އެވެ. ޗުންޔަން ދެރަވިޔަސް އޭނާ ކަރުނަތައް އޮއްބާލައިގެން ހުންނަނީ އޭނާ ރޯތަން ފެނިއްޖިއްޔާ ބައްޕަ އާއި މާމަ ދެރަވާނެވަރު ވިސްނޭތީ އެވެ. އަދި އޭނާއަށް އެހީތެރިވާ އެންމެންނަށް ޗުންޔަން ޝުކުރު އަދާކުރެ އެވެ. ބޮޑުވެގެން އެ ހުރިހާ އެންމެންނަށް އޭގެ ބަދަލުދޭނެ ކަމަށް ވެސް ޗުންޔަން ބުންޏެވެ.

2 ކޮމެންޓް, 92 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 40%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒުލްޤަރުނައިން

19 December 2016

ހަމަ ހަޤީޤަތުގައިވެސް ރޮވިއްޖެ. އަޅުގަނޑަށް ﷲ ތަނަވަސްކަމެއް ދެއްވައިފިއްޔާ މިފަދަ އާއިލާތަކަށް އެހީތެރިވާނަން އިންޝާ ﷲ.

The name is already taken The name is available. Register?

ހަސަންފުޅު

19 December 2016

ޗުންމެން ކަހަލަ ކުދިންގެ ރަގަޅު އަހުލާގު ދިރުވާ އާލާކުރުމަށް މިގައުމުގެ ސްކޫލުތަކުންނާއި އާއިލާތަކުން މަސައްކަތްކުރާނަމަ ދެދުނިޔޭގެ ނަސީބު މިކުޑަ މުސްލިމް މުޖުތަމައުގެ މީހުންނަށް ލިބޭނެ... މިހާރު ޑްރަގާއި އެނާޖީ ޑްރިންކާއި ، ސިގިރެޓު ބުއިމާއި ޅައުމުރުގައި ބިޓުން ގެންގުޅުމާއި ، އެއްވެސް އަހުލާގެއްނެތި ސްކޫލުތަކުގައި ތިބޭކުދިން އުޅޭއުޅުމަކީ މުޖުތަމައު ހަލާކުވެފައިވާކަމުގެ އަލިގަދަ ނިޝާންތައް މިތަނުންފެންނަށް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454