އަފްރާޝީމްގެ ބައްޕަ، އަލީ ޒާފިރު: އޭނާ އަވަހާރަވީ އިރު އުމުރުން 78 އަހަރު.
17 ޑިސެމްބަރ 2016 - 13:49
އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ބައްޕަ، އަލީ ޒާފިރު މިއަދު އަވަހާރަވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އުމުރުން 78 އަހަރުގެ އަލީ ޒާފިރު މިއަދު ހެނދުނު 10:00 ހާއިރު އަވަހާރަވީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަށް ވަނީ، އެނގިފައިވާ ގޮތުގައި، މީގެ ހަތަރު ދުވަސް ކުރިން އެ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓުކޮށް، ފަރުވާ ދޭން ފަށައިފަ އެވެ.
އެކަމަކު، އަލީ ޒާފިރަށް ފަރުވާ ދެމުން ދިޔައީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
އަލީ ޒާފިރުގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށް ފަހު އުނގޫފާރުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
އަލީ ޒާފިރަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމާއި އޭނާގެ ފަހުން އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އޭނާގެ ކޮއްކޮ، އިބްރާހިމް އަމީންގެ ބައްޕަ އެވެ. އަދި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއް ނާސިރަކީ ވެސް އަލީ ޒާފިރުގެ ދަރިކަލެކެވެ. މީގެ އިތުރުން، އޭނާ ވަނީ އުނގޫފާރުގެ ކަތީބުކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެެންޓަލިސްޓް
17 December 2016
އަފްރާޝީމްއާއި ބައްފައާޢި ސުވަރުގޭން ދިމާވާނެމަކުވެ އުއްމީދުކުރަން ، އަދި އެކަމަށް ދުއާކުރަމުން ކޮމެންޓް ނިންމާލަން ،،
އެދުރު
17 December 2016
ﷲ މަރުހޫމަށް ހެޔޮރަހުމަތް ލައްވާށި. އަލީ ޒާފިރަކީ އުނގޫފާރަށް ވަރަށް އަގުރުހި ޚިދުމަތްތަކެއް ކޮށްދެްވި ބޭފުޅެކެވެ.
އަސްމާ
17 December 2016
ﷲ މަރުހޫމަށް ހެޔޮރަހުމަތް ލައްވާށި.
ކ
17 December 2016
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން
އިބުރާހިމްބެ
17 December 2016
ﷲ މަހުހޫމަށް ހެޔޮރަހުމަތް ލައްވާށި.