ޚަބަރު / ސިޔާސީ

މިއީ ހައްގު މޮޅެއް، ދެން ވެސް އޮތީ ދާއިރާ ކުރިއެރުވުން: ރާޝިދު

މިހާތަނަށް ލިބުނު ނަތީޖާއިން ރާޝިދަށް ވަނީ 1،118 ވޯޓު ލިބިފައި. ޕީޕީއެމްގެ ކެންޑިޑޭޓަށް 918 އަދި އެމްއެންޕީ ކެންޑިޑޭޓަށް ލިބުނީ 232 ވޯޓް.

ރާޝިދުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ކޮމަންޑު އަށް ވަޑައިގެން ސަލާން ކުރައްވާއިރު، އެ މަނިކުފާނުގެ އަރިހުގައި ރާޝިދު.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

05 ފެބުރުއަރީ 2022 - 19:12

41 comments

ކޮމަންޑޫ ދާއިރާގެ ރައްޔިތުން އަދިވެސް ތިބީ ސަރުކާރާ އެކު ތިން ރަށް ކުރިއަރުވަން ތައްޔާރަށްކަން މިއަދުގެ ވޯޓުގައި ބުނެދީފި ކަމަށާއި މަޖިލީހުގައި އޭނާ ފެންނާނީ އެ މަަސައްކަތުގައި ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މިހާތަނަށް އިއުލާންކުރި ވޯޓުން ކުރި ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.

ރާޝިދު "މިހާރު" އަށް ވިދާޅުވީ މިއީ ކޮމަންޑޫ ދާއިރާއަށް ހައްގު މޮޅެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ކޮމަންޑު އާއި މަރޮއްޓާއި ފޯކައިދޫން ވެސް ގިނަ ވޯޓު ލިބިވަޑައިގަތީ އޭނާއަށް ކަން ފޮށިތަކުގެ ނަތީޖާ އިން ދައްކަ އެވެ.

ރައްޔިތުން ބުނެދިނީ މި ގޮނޑިއަކީ އެމްޑީޕީ ގޮނޑިއެއްކަން. ރައްޔިތުންނަށް ހިދުމަތްކޮށްދޭ ކުރިއަރުވާ ބަޔަކާ ގުޅިފައި އޮތް ގޮނޑިއެއް ކަމަށް: ރާޝިދު

ރާޝިދުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން ވާދަކުރެއްވި ފޯރިގަދަ އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށްފި ކަމަށް ބުނެ ދާއިރާގެ ރަށްތަކުގައި އަންނަނީ އުފާފާޅުކުރަމުންނެވެ.

ރާޝިދު ވިދާޅުވި ގޮތުގައި ނަތީޖާ އިން ފެންނަން އޮތީ ވޭތުވެދިޔަ ދައުރުތަކުގައި ވެސް މި ދާއިރާގައި އޮތް ފިކުރު ބަދަލު ނުވާ ކަމެވެ. ސަރުކާރުން ދާއިރާ އަށް ކޮށްދެމުން އަންނަ ހިދުމަތް ރައްޔިތުން ބަލައިގަންނަ ކަމަށާއި އެގޮތުގައި ތިން ރަށް ކުރިއަރުވަން ރައްޔިތުން ބޭނުންވެފައި ތިބި ކަމުގެ މެސެޖް ވެސް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާއިގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ރާޝިދު.-- ފޮޓޯ: އެމްޑީޕީ

"މި ދާއިރާއަށް ސަރުކާރުން ކޮށްދޭ ކަންކަން ބަލައިގެންފި، އެމްޑީޕީ ބަލައިގަނެ އެ ފިކުރުގައި ދެމިތިބެން ބޭނުންވާ ކަން ސާފުކޮށް އަނެއްކާވެސް ބުނެފި،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ބުނެދިނީ މި ގޮނޑިއަކީ އެމްޑީޕީ ގޮނޑިއެއްކަން. ރައްޔިތުންނަށް ހިދުމަތްކޮށްދޭ ކުރިއަރުވާ ބަޔަކާ ގުޅިފައި އޮތް ގޮނޑިއެއް ކަމަށް،" ރާޝިދު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި މަޖިލީހުގެ ތިން އިންތިހާބުގައި ވެސް މި ދާއިރާ އިން އަޣުލަބިއްޔަތު ހޯދައި މަޖިލީހުގެ ގޮނޑި ތަމްސީލްކުރަނީ އެމްޑީޕީންނެވެ.

އަޅުގަނޑު ފެންނާނީ ސަރުކާރާ ގުޅިގެން ދާއިރާގެ ކުރިއެރުމަށް ރައްޔިތުންނާ ގާތުން މަަސައްކަތް ކުރާނެ މީހެއްގެ ގޮތުގައި: ރާޝިދު

ރާޝިދު ވިދާޅުވި ގޮތުގައި އިންތިހާބުގައި ފެނުނު ނަތީޖާ އަކީ މި ދާއިރާގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. ތިން ރަށުގެ ރައްޔިތުންނަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ.

މި ގޮނޑި އެމްޑީޕީއަށް ކާމިޔާބުވީ ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅުން ކުރަމުން އަންނަ ތުހުމަތާ ގުޅިގެން ސުވާލު ދެންނެވުމުން ވިދާޅުވީ ވޯޓުން ދައްކައި ދީފައި އެ އޮތީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އިދިކޮޅު ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު ކޮމަންޑޫން ނުކުތުމަކީ ވޯޓުގައި ގޮންޖެހުމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ ވެސް އަޣުލަބިއްޔަތު ލިބުމުން ހިތްހަމަޖެހިވަޑައިގެންނެވި ކަަމަށެވެ.

"އިރާދަކުރެއްވިއްޔާ ދާއިރާގެ ރައްޔިތުން ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރާނަން. އަޅުގަނޑު ދެމި ހުންނާނީ ދާއިރާގެ ރައްޔިތުންނާ އެކީގައި،" ރާޝިދު ވިދާޅުވި އެވެ.

"މި ދާއިރާއަކީ އަބަދުވެސް ވަރަށް ގޮންޖެހުން ބޮޑު ދާއިރާއެއް. މި ދާއިރާގެ ކެމްޕޭނަކީ އަބަދުވެސް އެމްޑީޕީ އާއި ޕީޕީއެމް ވަރަށް ފޯރީގައި ކުރިއަށް ގެންދާ ކެމްޕޭނެއް. މި ފަހަރު ވެސް ހަމަ އެގޮތަށް ވަރަށް ވަރުގަދައަށް ދެ ފަރާތުން ކެމްޕޭންކޮށް އެމްޑީޕީއަށް ރައްޔިތުން މި ގޮނޑި އަނެއްކާވެސް މި ދިނީ."

މި ބައި އިލެކްޝަން ބާއްވަން ޖެހުނީ މި ގޮނޑި ފުރުއްވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.

ރާޝިދު ވިދާޅުވީ މަޖިލީހުގައި މި ދާއިރާއަށްޓަކައި ހުސެއިން ކޮށްދެއްވި ހިދުމަތްތަކާއި ހޯދައިދިން ކުރިއެރުމާ މެދު ހިތްހަމަޖެހިފައި ތިބި ވެސް މި އިންތިހާބުގައި ބުނެދީފި ކަމަށެވެ.

"އެ ހުރިހާ ކަމެއްގެ އަގު ވަޒަންކުރުމުގެ ގޮތުން މި ގޮނޑި އެމްޑީޕިއަށް ކަށަވަރުކޮށްދިނީ. އަޅުގަނޑު ފެންނާނީ ސަރުކާރާ ގުޅިގެން ދާއިރާގެ ކުރިއެރުމަށް ރައްޔިތުންނާ ގާތުން މަަސައްކަތް ކުރާނެ މީހެއްގެ ގޮތުގައި."

41 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުބޭ

06 February 2022

ގިނަ ބަޔަކަށް ހަގީގަތް ގަބޫލްކުރަން އުނދަގޫކަން ކޮމެންޓްތަށް ބަލައިލީމާ ފެނިގެން ދެއެވެ. ހަގީގަތަކީ ޚަރަދު ނުކޮށް ނުފޫޒް ނުފޯރާ ކޮރަޕްސަން ނުހިންގާ އެންމެ އިންތިހާބެއް މިގައުމުގައި ބާއްވައިފިހެއްޔެވެ. މަޖްލިސްގެ ކޮންމެ ކޮންޑިއަކީ އެތަށް މިލިއަން ރުފިޔާ ޚަރަދުކޮއްގެން މިއީ ރައްޔިތުންގެ ނިންމުމޭކިޔައިފަ ހޯދައިގެން ތިބި ކޮޑިއެވެ. މިހަގީގަތް މިގެނެވުނު ޑިމޮކްރަސީއިން ތާއަބަދު ފެންނަމުން ދާނެއެވެ. ސުވާލް އަކީ މި ޑިމޮކްރަސީ މިގައުމަށް ބޭނުންތޯއެވެ.

The name is already taken The name is available. Register?

އަލޅ އަލީ

06 February 2022

ރާޑޯ އަކީ އެއްޕާތީން އަނެއް ޕާޓީއަށް ދުވާ މީހެއް! މާދަމާ ޖޭޕީއ ަށް ސޮއި ކުރާނެ!

The name is already taken The name is available. Register?

އެމްޕީ ވަންމޭން

06 February 2022

މިހާތަނަށް އެންމެ ބޮލަކަށް ސަރުކާރާއި ދަޢުލަތުން އެންމެ ބޮޑު ޙަރަދެއްކުރި މީހަކަށް އިންތިހާބީ މެންބަރު ރާޝިދު ވާނެ! އެތައް ރައްޔިތެއްގެ ޙައްޤު ތިބޭޅާއަށް ޙަރަދު ކުރުމަކީ ޙައްޤެކޭތޯ ތިޔަ ވިދާޅުވަނީ.

The name is already taken The name is available. Register?

ޝަފީރު

06 February 2022

ތިޔަ މޮޅު ޙައްޤު މޮޅަކަށްވާނީ ކިހިނެއްކަން ވިސާޅުވެދެއްބަލާ. ދައުލަތުގެ ބަޖެޓްގައި ނުހިމަނާ ފައިސާއެއް ޤައުމުގެ ދެންހުރި ދާއިރާތަކަށް ކުރަންހުރި ތަރައްޤީ ހުރިހައިފައިސާއެއްތިތަނަށް އެއްބޮލަކަށް އަޅާލީމާ އެކަން ޙައްޤު މޮޅަކަށް ވާނީ. ކިހިނެއް. އެވާނީ ފޭރުމަކަށް. ދެންއޮތީ ހަދިޔާ ބެހުން. ހަދިޔާ ދީގެން ގޮނޑި ކާމިޔާބުވީމާ އެވާނީ ޙަރާމް ކަންމަތީ އިންގޮޑިޔަކަށް. މެމްބަރ އަމިއްލައަށް ވިސްނާލެއްވީ އެނގި ވަޑައިގަންނަވާނެ. މިއިށިންދެވުނީ ޙަރާމް މަޤާމަކުކަން.

The name is already taken The name is available. Register?

އަޅެދެން

06 February 2022

ސަރުކާރުން ހަދިޔާ ދީ 300މ ރުފިޔާ ހަރަދުކުރީ ކޮމަންޑޫ ދާއިރާގައި އުޅޭ ރޮބަރޓްތަކަކަށް ބާ މީހަކު ކޯޑުކޮށްފައިހުރި އާ ދެން ކަލޭމެން ވޯޓުލާށޭ ބުނާއިރަށްގޮސް ވޯޓުލާން

The name is already taken The name is available. Register?

ފޫހި

06 February 2022

ވައްކަންކޮށް މުއްސަދިވެފަ ވެސް ބުނަންވީ ހައްގު މުއްސަދިކަމެކޭ. ރާޝިދޫ ކަލޭ ލަދެއްނުގަނެޭތަ ތިޔަހެން ބުނަން. ބުނެބަލަން ގަތްގޮޑިއެކޭ.

The name is already taken The name is available. Register?

ސަރުދާރު.

06 February 2022

މިހާތަނަށް ރާއްޖޭގައި ކުރި އެންމެ އަނިޔާވެރި އިސްރާފު ބޮޑު ކެމްޕޭނު. ޑިމޮކްރެސީގެ ބައްޕަ ކަމަށް ދައުވާކުރާ ދޮންރިހަ ޕާޓީގެ މުނާފިގުކަން ވަރަށް ރަނގަޅަށް ފެނުނު. ޔާމީނުގެ އަނިޔާވެރިކަމާ ހޮދުމުހުތާރުކަމާ އަޅާބަލާއިރު ދޮންރިހަ ޕާޓީ މާ ނުބައި. ތިއައީ ރިޝްވަތާ އަނިޔާވެރިކަމާއެކު ފޭރިގަތް ގޮޑިއެއް. ތިއަ ކެމްޕޭނުން އެނގުނީ މިތާ ބީ ޖޭ ޕީގެ ބާރު އޮތްވަރު. 2023 ގެ ކެމްޕޭނުގެ ނަމޫނާއެއް ތިއަ ފެނުނީ. ވަރަށްވެސް ހިތާމަވެރި.

The name is already taken The name is available. Register?

ހަސަންކާރި

06 February 2022

ހައްގު؟؟!! މަ ބުނާނީ ތީ ހަމަ ބައްޔެކޭ.. 300 މިލިއަން ތަޅާ ބުރުވާލައިގެން 240 ވޯޓުން މޮޅުވުމަކީ ލަދު ގަންނަންޖެހޭކަމެއް.. ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ދައުވާކުރާ އެމްޑީޕީން ފާޅުގައި ތިގަން ގަނޑުގެ ސަބަބުން ޒަމާންތަކަށް ރާއްްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އަސަރުކުރާނެ. އިލެކްޝަނާ ދިމާކޮށް 100 މިލިއަނުން ޚަރަދު ކުރުމަކީ ދެން އާދައަކަށް ވާނެ. ދާއިރާއަށް ހެވެއް އެދޭނަމަ މިހާރު އެންމެ މޮޅުގޮތަކީ މެމްބަރު އިސްތިއުފާދީފައި ބައިއިލެކްޝަނަކަށް ގޮވާލުން.

The name is already taken The name is available. Register?

ކަންމަތި

06 February 2022

ތިޔަ ދާއިރާގެ މީހުން ގެ ޖައްބާރުކަން ތިފެނުނީ ލާރިކޮޅެއް ލިބޭއިރަށް ގޮސް ވިކިހުސްވަނީ އަޅެ ނޫންތަ

The name is already taken The name is available. Register?

ކިޔާން

06 February 2022

ރަގަޅު ހޮސްޕިޓަލެއް ވެސް ކޮމަންޑޫ ދާއިރާއަށް ބޭނުން. ބަލިވާއިރަށް އެތަށް ރުފިޔާ އެއް ހޭދަ ކޮށްގެން މާލެއަށް ދާވަރުގެ މުއްސަދި ކަމެއް ނެތް. ލާމަރުކަޒީ އުސޫލުން ކޮންމެ އަތޮޅެއްގަ ރަގަޅު ހޮސްޕިޓަލެއް ހުންނަން ޖެހޭ

The name is already taken The name is available. Register?

އިމްރް

06 February 2022

ތިކަން ނިމުނީ ދެން. ލިބޭނެ ހުރިހާ އެއްޗިހި ލިބިފަ ތިހުރީ

The name is already taken The name is available. Register?

ދޮންބެއަލީ

05 February 2022

300 މިލިޔަން ރުފިޔާ ޚަރަދުކޮށް 240 ވޯޓް ތަފާތުވުމަކީ ޤަބޫލު ކުރަން ދަތި ނަތީޖާއެއް...

The name is already taken The name is available. Register?

މިޔަރު ވަޒީރު

05 February 2022

ސޯބެއަށް މޭޔަރުކަމަށް ނުހޮވުނީމަ ތަބަކަށްލާ ރަމްޒީ ސްޓޭޓް މިނިސްޓަރުކަން...ގޭގަ ނިދަން އޮވެ މުސާރަ ރައްޔިތުންގެ ޓެކްސް ފައިސާއިން އޭނާވެސް އެބަނަގާ...ކޮން މޭޔަރެއް މިޔަރެއް ކިޔާކަށް...ހައްތާވެސް ކުނި ބޮޑިބަތް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454