އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގޮސް ތިބި ބައެއް-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
06 ފެބުރުއަރީ 2022 - 18:08
އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓާއި ޑޮކްޓަރުންގެ ޑިއުޓީ އާއި ޓެސްޓްތަކުގެ ރިޕޯޓްތައް ބަލައިލެވޭ "ޕޭޝަންޓް ޕޯޓަލް" އަށް ކުރިމަތިވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން އެ ޕޯޓަލްގެ ހިދުމަތް ވަގުތީ ގޮތުން މިއަދު މެދުކަނޑާލައިފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، "ޕޭޝަންޓް ޕޯޓަލް" އަށް ދިމާވި މައްސަލަ ހައްލުކުރަން ފަށާފައިވާ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަކަށް އެ ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދޭނެ ކަމަށެވެ.
"ޕޭޝަންޓް ޕޯޓަލް" މެދުވެރިކޮށް އައިޖީއެމްއެޗުގެ މުހިންމު ހިދުމަތްތަކެއް ލިބޭތީ ހޮސްޕިޓަލަށް ނުގޮސް އެ ކަންކަން ހަމަޖެހެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ފަސޭހަވާ އެއް އެއްކަމަކީ ޓެސްޓްތަކުގެ ނަތީޖާ ހޯދަން ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އެ ޕޯޓަލުން ނަތީޖާތައް ބަލައިލެވުމެވެ.
ސެކިއުރިޓީ މައްސަލައަކާ ގުޅިގެން "ޕޭޝަންޓް ޕޯޓަލް" ގެ ހިދުމަތް މެދުކަނޑައިލިއިރު، އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި މީހުންގެ ރިކޯޑްތަކެއް ލީކްވެފައިވާ ކަމުގެ ވާހަކަތައް ވެސް ބައެއް މީޑިއާތަކުގައި ވަނީ މިއަދު ރިޕޯޓްކޮށްފަ އެވެ.
ނަމަވެސް އައިޖީއެމްއެޗްގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި، އެ ޕޯޓަލްގެ މައުލޫމާތުތައް ލީކްވި ކަމަށް ބުނާ މައްސަލައިގައި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޗީ
07 February 2022
އައިޖީއެމްއެޗް އަކަށް މީހުން މިހާރަކު ނުދޭ. އެއްވެސް ހިންގުންތެރިކަމެއް ނެތް. ހާއްސަ ޑޮކްޓަރަކަށް ދަންކަން 2 މަސް 3 މަސް އެބަވޭ. އެޑޮކްޓަރުން ދެންތިބެނީ ކްލިނިކްތަކުގައި. މިހާލަތުގެ ފައިދާ ނަގަނީ އޭޑީކޭ އަދި ޓްރީޓޮޕުން. މިތަންތާ ތިބޭ ހާއްސަ ޑޮކްޓަރުން ދުވާލަކު 40 ހުން މަތިން މީހުން ބަލާ، ބަލާ ކޮންމެ މީހަކަށް ކޮމިޝަން ލިބޭ.
ކޮރަލް
07 February 2022
އައިޖީއެމްއެޗް ކަންކަން ދަނީ ރަނގަޅަކަށް ނޫނެވެ. ހެލްތް މިނިސްޓަރަކަށް މިހާރު ހުރީ ގާބިލް މީހެއްނޫނެވެ. އެކަމު ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒުގަދަ މީހެއް ވީމަ މަގާމުން ވަކި ނުކުރާނެ އެވެ. ރިޓަޔަރ ކުރަންޖެހޭ އުމުރުގަ ހުރި މީހެކެވެ.
ގަންގޫބައި
07 February 2022
އެޕޮއިންޓްމެންޓް ހަދާފަ ނާންނަ މީހުންގެ ތަފާސް ހިސާބު ޢާއްމުކުރުމަށް ކުޑަ ބްރޭކެއް ލިބޭނެހެން ހީވޭ، އަންޓިލް ދަ ސިސްޓަމް އިސް އަޕް ރަނިންގް.
ބޭކާރުކަމެއް
07 February 2022
ތިޔަބުނާ ޕޯޓަލަކީ ދުވަހަކު ބޭނުންކުރެވޭ ހާލަތެއްގައި ހުންނަ އެއްޗެއްނޫން! ލެބްރިޕޯޓު ނިމިއްޖެކަމަށް މެސެޖް ލިބޭ ފަހަރަކުވެސް ޕޯޓަލުން ރިޕޯޓު ޑައުންލޯޑެއްނުކުރެވޭ. ގިނަފަހަރަށްޖެހެނީ ރިޕޯޓުނިމުނުކަމުގެ މެސެޖްވެސްނުލިބި ޕޯޓަލުގެ ބޭނުންވެސްނުހިފިގެން ހަމަހޮސްޕިޓަލަށްގޮސް ކިއުގައިޖެހިގެން ކައުންޓަރުންރިޕޯޓުނަގަން. އެއްޕޯޓަލެއްނެތް އިރުވެސް ހަމައުޅުނުހާލު. އިރުއިރުކޮޅާ އާއެއްޗެއް ހެދީމާ އެކަމުންފައިދާވާބަޔަކުވެސް ތިބޭތީއަވަސްއަވަހަށް މައްސަލަޖެހެނީ.
ކިޔާން
06 February 2022
ކާކު މަޢުލޫމާތު ވަގަށް ނެގީ، ތަހުގީގުކޮށް އަދަބް ދޭން ޖެހޭ.. ސައިބަރ ކްރިމިނަލްސް ހުއްޓަން ޖެހޭ..
ޕޯޓަލް
06 February 2022
ކުރީގެ ޕޯޓަލް މާ ރަނގަޅު. އަލަށްހަދައިގެން ތިޔަ އުޅޭ ޕޭޝަންޓްޕޯޓަލް ތީ އެއްވެސް އިރެއްގައި ދެދުވަހު ހަމަޔަށް މަސައްކަތް ކުރާ އެއްޗެއްނޫން އަދި މިހާތަނަށް.
ބާބާ
06 February 2022
ރަގަޅު ގައުމެއްވެއްޖެއްޔާ ފުރިހަމަ ފަންކްޝަނިން ސަރުކާރު ހޮސްޕިޓަލެއް ހުންނަންޖެހޭނެ، ފަސޭހައިން ޚާއްސަޑޮކްޓަރުންނަށް ދެއްކެންޖެހޭނެ. މިގައުމަކު އެކަމެއް އެގޮތަކަށް ނުހިގާ. މުޅިން ކްލިނިކް އޮޕަރޭޓްކުރާ ނިޒާމެއްއޮތީ. އާސަންދެގެ ބޭނުމެއް ނުކުރެވޭ. އޭގެތަނަކަށް ދައްކަންނާ ފައިސާދައްކަންޖެހޭ. ނިކަމެތިމީހާ އިތުރު ނިކަމެތިކަމެއް