ވައިކަރަދޫ ފަޅުތެރޭގައި މަރުވި މަސްތައް ކުނިވެގެން މައްޗަށް އަރަން ފަށާފައި.---ފޮޓޯ: އަހްމަދު ފާރިސް
18 ޑިސެމްބަރ 2016 - 11:06
ހދ. ވައިކަރަދޫ ފަޅުތެރޭގައި ރޭ އިރާކޮޅުން ފެށިގެން މަރުވި މަސްތަކުން ފަޅުތެރެ ކުނިވެއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ރޭ މަރުވި މަސްތައް ކުނިވެގެން މިހާރު ވަނީ މައްޗަށް އަރަން ފަށައިފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މުށި މަހާއި އެހެން ވެސް ތަފާތު ދިރޭތަކެތި ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
"އަޑީގައި ބައިވަރު މަސްތައް އެބަހުރި މަރުވެފައި. ކުނިވެގެން މިހާރު އެ މަސްތައް މައްޗަށް އެބައަރާ،" އޭނާ ބުންޏެވެ.
ވައިކަރަދޫ ފަޅުތެރޭގައި މަރުވެފައިވާ މަސްތައް އެ ރަށުގެ ދޯންޏަކަށް ބަޔަކު ރޭ ނަގަނީ.---ފޮޓޯ: އަހްމަދު ފާރިސް
މެރިން ރިސާޗް ސެންޓަރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވައިކަރަދޫ ފަޅުތެރޭގައި މަސް މަރުވި ސަބަބެއް އަދި ޔަގީން ނުވާ ކަމަށެވެ. އެ ސެންޓަރުން އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައިކަރަދޫގެ ބައެއް މީހުން ލަފާކުރާ ގޮތުގައި މަސް މަރުވާން ދިމާވި ސަބަބަކީ ފަޅުތެރެ ބެދި، އޮކްސިޖަން ލެވެލް ދަށްވުމެވެ. ނުވަތަ އެކަން މެދުވެރިވީ ފަޅުތެރޭގެ ފިނިހޫނު މިނަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ބައެއް މީހުން ލަފާކުރެ އެވެ.
ވައިކަރަދޫ ފަޅުތެރޭގައި މަރުވި މަސްތަކެއް ބަޔަކު ނަގާފައި.---ފޮޓޯ: އަހްމަދު ފާރިސް
މަރުވި މަސްތައް ނަގައި ފަޅުތެރެ ސާފުކުރަން އެ ރަށުގެ ޒުވާނުންތަކެއް ވަނީ ތައްޔާރުވެފަ އެވެ. އެއީ، ފަޅު ކުނިވެ، ރަށު ތެރޭގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވެރިކަން އޮތުމުން ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެއިލޯ
18 December 2016
ދިހަ ހާހަށް ވުރެން ގިނަ މަސްތައް ވައިކަރަދޫ ހާރބަރ ބޭސިންގް ތެރެއަށް ވަަދެ މަރުވީ އެއީ ހާރބަރ ބޭސިންގް ތެރޭގެ ކަނޑުގެ ލޮނުގަނޑު ސާރކިއުލޭޓް ކުރާނެ ގޮތަށް އެ ހާބަރުގެ ބޭސިންގް ހަދާފައި ނެތުމުންނެވެ. މި ބަނަރު ހަދާފައި މިވަނީ އަމާބުނީތީ ފަރަށް ދާ އުސޫލުން އީއައިއޭ ހަދާ އަދި އީއައިއޭ އެޕްރޫވް ކޮށްގެންނެވެ. މިކަމުގައި ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އީޕީއޭ ކަމަށް މަމެން ބުނާކަށް ނެތީމެވެ. އެކަމަކު މަމެން އީޕީއޭގެ ބޮޑުންނަށް ތިބި ނަމަ މިކަން ނުހިނގާނެ ކަމުގެ ފުރިހަމަ ޔަގީން ކަން މަމެން ދެމެވެ. މަމެން ސަރުކާރުގެ ވަޒީފާ އަދާ ނުކުރާނަން އަމާ ބުނީތީ ފަރަށް ދާ އުސޫލުން މަމެންގެ މައްޗަށް ހުންނަ ކޮންމެ މީހަކު ބުންނަސް. ތަމެންނަށް ތިކަން ނުވީމާ ދިހަ ހާހަށް ވުރެން ގިނަ ކަނޑުގެ ދިރުން ނެތިގެން އެދިޔައީ އެވެ، އިޓްސް ދަ ރިސްކް ދެޓް ޔޫ މޭޑް ޓު ލެޓް ދެމް ޑައި އިން ފިއަރ އެން ސްޓްރެސް. ޔޫ ޑިޑްން އީވެން މޭކް އަ ސައުންޑް އޮން ދިސް. އައި ގޮޓް މައި ޓެމްޕަރ އައުޓް އޮފް ކޮންޓްރޯލް. ސޭ ޔޫ ހެއިލޯ ސޭޔޫ ހެއިލޯ، ހެއިލޯ، ހެއިލޯ، ހެއިލޯ، ހެއިލޯ..
ކިޔުންތެރިޔާ767
18 December 2016
ވައިކަރަދޫގެ ފަޅުތެރެ ތަހުގީގު ކުރުމަށް ސީއައިޑީ އަދި އެފްބީއައި ގެންނަން ފެނޭ.
މުއާޒް/އައްސޭރި
18 December 2016
އީ.ޕީ.އޭ އިން ތި މަސްތައް ޕޯސްޓްމޯޓަމް ހަދަން ފެނޭ.
މުހައްމަދު
18 December 2016
ތިވާނީ ލަޑާނަގާބަޔަކު ލަޑާ ދިޔަގަޑު ފަޅުތެރެއަށް އަޅާލީކަމަށް
އަލީ
18 December 2016
ﷲގެ ކުޅަދުންވަންތަކަން.... ފަޅުވިއްޔަ އެ ކުނިވީ!!
ބަންދުކުރޭ
18 December 2016
މަރުވި މަސް ތަކުން ވައިކަރަދޫ ފަޅު ތެރެ ކުނިވީ އެއީ ފަޅު ތެރޭގައި ފެންގަނޑު ދައުރު ނުުކުރާ ގޮތަށް ހާބަރ ބޭސިން ހަދާފައި ވުމުންނެވެ. ބޭރު ވާޓަރު ތޮށިން ކަނޑުގެ ލޮނުގަނޑު ހާބަރ ބޭސިން ތެރެއަށް ވަންނަ ގޮތަށް ހަދާފައި ހުރި ނަމަ މިއަދު މިމަސް ތައް މަރު ނުވާނެއެެވެ. އެކަމަކު ރާއްޖޭގެ ތިމާވެށި މިނިސްޓްރީން އީއައިއޭ ހަދާ ދޯ މިކަމަށް. އެއީ ބަންޑާރަ އުސޫލުން ހަދާ އެއްޗެއް ކަން މިއެގިގެން ދަނީ މި ފަދަ ކަންކަމުން. ރާއްޖޭގެ އީޕީއޭ އަކީ އެއީ ކިއެއް ކުރާ ތަނެއްތޭ. ކީއްވެގެން ތޭ ފުވައްމުލަކަށް ފުޅަނގި ތައް ވަނުމުން މީހުން އެފުޅަނގި ތައް ހިފައިގެން އެސޮރު މެން މަރަ މަރައިގެން އެއިން ރިހަގަނޑު ކައްކައިގެން ކާންވީ. އެއީ ތިމާވެށި ހިމާޔަތް ކުރެވުނީ ތޭ. ތަމެން ތީ ކީއްކުރާ ތަނެއްތޭ. ތިޔާ ތަން ތީ ކުރާ ޚަރަދާއި އަޅާ ބަލާއިރު ނަތީޖާ ސުމެއް ނެރެދޭ ތަނެކެވެ. ބަންދު ކުރަން އުޅެގަ.
ބައުކަލޯ
18 December 2016
މަރުވެފަައި ހުރި މަހުގެ ސާމްޕަލް ނަގައި ލެބޯޓްރީ ޓެސްޓްކުރުން ބުއްދިވެރި ކަމެއްކަމަށް ފެނޭ!!!!
ވާވު
18 December 2016
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަން ތަޙުޤީގު ކުރައްވާ މިއީ ސަރުކާރެއްގެ މަސްއުލިއްޔަތކީ ރައްޔިތުން ފަހަތުން ދުވުމެއްނޫން. މިމަސްތައް މަރުވާންދިމާވި ސަބަބުދެނަގަނެ ރިޕޯޓް ހަދުމަކީވެސް ހަތަރުވަނަ ބާރުގެ މަސްއޫލިއްޔަތެއް. މީހުންގެ ރޯމަހެނޫން ކާންވީ.
މަހަށްދޭ
18 December 2016
މަރުވި މަސް ނަގަ ނަގައިގެން ކާންވީ އެއް ނޫން ވައިކަރަދޫ މީހުން. އެމަސް ބޭނުން ކޮށްގެން މަހަށް ގޮސް އެމަކަށް އެމަސް ބޭނުން ކުރަންވީ އެވެ. ރަށު އެންމެން މިހާރުން ފެށިގެން މަހަށް ނިކުންނަންވީ އެމަރުވި މަސް ތައް ފަޅުން ނަަގައިގެން އިނގޭ.
ސަމީ
18 December 2016
މަރުވީ ކީއްވެގެންކަން ނޭގެނީސް އެއްވެސް ކަމަކަށް ބޭނުންކުރުން ރަނގަޅެއް ނޫން.
އޭއި
18 December 2016
އާން މަސް ތައް ނަގަނަގައިގެން ރިހަ ގަނޑު ގަނޑު ކައްކައިގެން ކައި. ނުބަލާތި ތި މަސްމަރުވީ ކޮން ކަހަލަ ކަމެއް ދިމާވެެގެން ކަމެއް. ކީއްކުރާނީ ދޯ. ސެލްފިޝް ކަމުން ދެން ތަމެންގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ. ފުޅަންގަކަށް ވެސް ނޯވެއޭ ރަށް ފުށުގެ ގޮނޑު ދޮށުގެ ބީޗް ބަލާލަން ވެސް ދެވޭ ކަށް މި މެން ސެލްފިޝް ކަމުން ދޯ.