އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނ: އޭނާގެ ފަސް އަހަރުގެ ދައުރު މިއަދަށް ވަނީ ހަމަވެފައި. .-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
10 ފެބުރުއަރީ 2022 - 10:54
އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވެއްޖެ އެވެ.
އޭނާ އެ މަގާމަށް އިންތިހާބުކުރީ ފެބުރުއަރީ 10، 2017 ގައި ބޭއްވި އިންތިހާބުގައި 14،500 އަށް ވުރެ ގިނަ ވޯޓުންނެވެ. އެ އިންތިހާބަށް ހަސަން އެކަނި ކުރިމަތިލެއްވީ ޗެއާޕާސަންކަމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ ދައުރު މިއަދަށް ހަމަވިޔަސް އާ ދައުރަށް ކުރިމަތިލާކަށް އަދި ހުޅުވައެއް ނުލަ އެވެ. އިންތިހާބު ބާއްވާނެ ތާރީހެއް ވެސް އިއުލާނެއް ނުކުރެ އެވެ.
އެކަމަކު ޗެއާޕާސަންގެ އިންތިހާބުގެ މުއްދަތު ކަނޑައެޅުން ހިމެނޭ ގޮތަށް ފަސް އިންތިހާބެއްގެ ތާރީހު މިރޭ ނިންމާ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރެ އަށް އޮތީ ތާވަލުކޮށްފަ އެވެ. ޕާޓީގެ ފަރާތުން 2023 ގައި ވާދަކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީއަކާ މެދު ވެސް މިރޭ ގޮތެއް ނިންމާނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އޭނާގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރިމަތިލައްވަން އުޅުއްވާ ކަމުގެ އަޑު ފެތުރިފައި ވިޔަސް އޭނާ އެކަން އިއުލާނެއް ނުކުރައްވަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން، އެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވައިލަން ވާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ ލިސްޓެއް މަހެއް ކުރިން އިއުލާންކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ސެކްސީ
10 February 2022
ތިޔަމީހާ ދައުރުގަ ޕާޓީ ބައިބައިވުން ފިޔަވައި އިތުރު ކޮންކަމެއް ކުރެވުނީ!
ކަޓޫރާ
10 February 2022
މުއްދަތު ހަމަވާއިރު އިޢުލާނުކޮށް މީހަކު އިންތިހާބަު ނުކުރެވުމުން އެނގެނީ އެމްޑީޕީގެ ހިންގުން ދޯދިޔާ މިންވަރު، މިވަރު ބައެއްގެ ސަރުކާރުވެސް އޮންނާނީ އެ ސުލޯކަން މަަތީގައި.
ހުނެވިލު
10 February 2022
ހަސަންކުރުސީގެ ޕަޕެޓެއް
10 ފެބުރުއަރީ 2022
10 February 2022
މިހާތަނަށް އެންމެ ކަމެއް ނެތް މީހާ!
ހިބިރިންބެއްޔާގެ ކުޑަސޮރު
10 February 2022
ހަސަންބެކަހަލަ ޕަޕެޓެއް ދެން މިމަގާމަށް ގެނަސްގެންނުވާނެ. މިމަގާމަށް ދެން ގެންނަންވީ އިބޫފެކްޝަންގެ މީހެއް.
އިބުރާ
10 February 2022
އެމްޑީޕީގެ "ގޮނޑިމީހާ" ގެ މަގާމް ހުސްވެއްޖެ!!
އުދުހޭ
10 February 2022
ވަކި މީހެއްގެ ބޯއީ އަކަށް ހެދިގެން އުޅޭ މީހުން ޕާޓީގެ ލީޑަރޝިޕުން ދުރުކޮށް އަމިއްލަ ފިކުރާ ހިޔާލާއެކު ކުރިއަށްދެވޭނެ މީހުންނަށް ޖާގަދިނުމުން ޕާޓީގެ ކިލަނބުވެފައިވާ ތަސްވީރަށް ސާފުކަމެއް އައިސްދާނެ.
ކުޅޭކުޅެ
10 February 2022
ނަޝީދު ތިޕާޓީގެ ރައީސަކަށް ހުރިހާދުވަހަކުބތިޕާޓީ ވާނީ ކުޅޭ ކުޅެ ޕާޓީއަލަށް. އޭނާ ޕާޓީގެ އިސްމަގާމްތަކުން ދުރުކޮށްގެން މެނުވީ އެމްޑީޕީއަކީ ހަރުދަނާ ޕާޓީއަކަށް ނުވާނެ. ވަރަށް ސަލާމް
ރަދީފްއޮފިޝިއަލް
10 February 2022
4 ކަށިމަތި މާލޭ މީހާ ދޯ.މަމޮޅު ހެދިފަ ދެން ހުރެބަލަ.