ޔާމީން: އާރަށް މައްސަލާގެ ހުކުމް އަވަސްކުރީ އެމަނިކުފާނަށް ދައުވާކުރާ ހުރިހާ މައްސަލަތައް އެއްކޮށް ނިންމަން ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި --- ފޮޓޯ/މިހާރު
10 ފެބުރުއަރީ 2022 - 13:48
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުން އަވަސް ކުރީ އެ މަނިކުފާނަށް ދައުވާކުރާ ހުރިހާ މައްސަލަތައް އެއްކޮށް ނިންމުމަށް ކަމަށް އެ މައްސަލަތައް ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، ޔާމީނަށް ކުރާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ކުރިން ހަމަޖެއްސީ އަންނަ ނޮވެމްބަރު މަހަށެވެ. އެކަމަކު ފަހުން ވަނީ ތާވަލް ބަދަލުކޮށް، އަންނަ ޖޫން މަހު ހުކުމް އިއްވާ ގޮތަށް ހަމަޖައްސައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އޮތީ އަމާޒުވެފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ ޝަކީލް ވިދާޅުވީ، ހުރިހާ މައްސަލަތަކެއްގައި ކޯޓުން އަމަލުކުރާ އުސޫލަކީ އެކަކުގެ މައްޗަށް ގިނަ ދައުވާތަކެއް ކުރާ ނަމަ، އެ ހުރިހާ މައްސަލަތަކެއް އެއްކޮށް ނިންމުން ކަމަށެވެ. އަދި އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމީނަށް ދައުވާ ކުރާތީ، އެ މައްސަލައާ އެކު އާރަށުގެ މައްސަލަތައް ވެސް ނިންމަން ތާވަލަށް ބަދަލު ގެނައީ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ފުއްގިރި މައްސަލަ ވެސް ބައްލަވަމުން ގެންދަވާ އިސް ގާޒީ ޝަކީލް ވިދާޅުވިގޮތުގައި، އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމުމަކާ ގާތަށް ގޮސްފައިވާއިރު، އާރަށް މައްސަލަ އޮތީ އެ އަށް ވުރެ ފަހަތުގަ އެވެ. އެހެންވެ، ދެ މައްސަލަ އެއްކޮށް ނިންމޭނެ ގޮތަށް ތާވަލަށް ބަދަލު ގެނައީ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ، ތާވަލެއް ދުރާލައި ކަނޑައަޅާފައި އޮތަސް، ދިމާވާ ކަމެއްގެ ސަބަބުން ތާވަލެއް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ. އަދި ވަކި މައްސަލައަކަށް ވާތީ ތަފާތު އުސޫލެއް ގެންގުޅުމުގެ ވިސްނުމެއް ނޯންނާނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
ޔާމީންގެ ޝަރީއަތާ ގުޅިގެން ބައެއް މީޑިއާތަކުން ނަފްރަތު އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ވެސް އިސް ގާޒީ މިއަދު ފާޅުކުރެއްވި އެވެ. އިސް ގާޒީ ވިދާޅުވީ އެ ޝަރީއަތް ކުރިއަށް ގެންދަނީ ހުޅުވާލައިގެން ކަމަށް ވާއިރު އަދި ކޯޓުގެ ފަރާތުން މައުލޫމާތު ދޭން މުވައްޒަފުން ތިބޭއިރު ސިއްރު މަސްދަރުތަކާ ހަވާލާދީ ބައެއް މީޑިއާތަކުން މައުލޫމާތު ފެތުރުމުން އާންމުންގެ ހިތްތަކުގައި ކޯޓާ މެދު ނަފްރަތު އުފެދޭ ކަމަށެވެ. އެހެންވެ، އެފަދަ ކަންކަން ނުކުރަން އިސް ގާޒީ އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
10 February 2022
ޔާމީނު ކީއްވެމައްސަލަ ދަންމަން ބޭނުން ވަނީ ؟ކުރީގެ މައްސަލަ ވެސް އަވަހައް ނިންމުނުނަމަ ޖަލުގައެހާ ގިނަދުވަހު ހުންނާކަށް ނުޖެހުނީސް
ދަރަނި ދަންތުރަ
10 February 2022
ތަފާތުނުކުރޭ ނޮވެމްބަރަށް ނިންމަންބުނީ މިހާރު އަވަސްކުރީ ތަފާތެއްނުވޭދޯ ގާޒީންގެ ސަބަބުން ނަފުރަތުއުފެދެނީ ބަހާ އަމަލާ ދިމާނުވޭ
އަހާ
10 February 2022
ފުށްގިރީ ކާކުހޭ؟ ކޮންމެވެސ
ޢަރުތަ
10 February 2022
ފުށްގިރިކަން އިނގެނީ، ޒިންމާވާނެ މީހަކު ނެތް، ދައުލަތުގެ ބޭތުލްމާލު ބަޔަކު ފަސްއަހަރުތެރޭ ދަވާލި، ޒިންމާވާނެ މީހަކުނެތް، މިވަރު ޤައުމެއްގެ ރައްޔިތަކަށް ވެގެން އަހުން މިހުންނަނީ ފަޅައިގެންދާވަރަށް ފަޚުރުވެރިވެފަ.
ހަސަނު
10 February 2022
ކޯޓާމެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަނީ ކޯޓުގެ ވަކީލުން.. އެއީ ޔާމިނަކީ ޖަލަށް ލާންޖެހޭ މީހެކޭ މީގެ ކުރިން ބުނި ޔާމިނުގެ ވަކީލު..
ބޭރުވެލާ
10 February 2022
ޝުކުރިއްޔާ އިސް ގާޒީ.....ކިބުރުވެރިކަމާއި ބޮޑާ ކަމުގެ ނަމޫނާ އެއް ޔާމީން އަކީ
ޖާނު
10 February 2022
ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް އެމީހާގެ ހިތުގައިގައިވާ މީހާ ސުވަރުގެ ނުވަންނާނެކަމަށް އޮވޭ. ވީމާ، އަޅުގަނޑުމެން އެންމެންވެސް ސަމާލުކަން ދޭންޖެހޭނެ ކަމެއް.