މާލޭގައި އިއްޔެ ހިނގި އެކްސިޑެންޓުގެ މަންޒަރެއް--
11 ފެބުރުއަރީ 2022 - 11:14
މާލޭގެ އެއް ނަމްބަރު ފާލަން ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެހެން ސައިކަލެއްގައި ޖެހިގެން އެކްސިޑެންޓް އިއްޔެ ވެއްޖެ އެވެ.
ފުލުހުން ބުނީ ސައިކަލެއް އޯވާޓޭކް ކުރަން އުޅެނިކޮށް އެކްސިޑެންޓުވި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މެންދުރުފަހު 3 ޖަހަނިކޮށް ކަމަށެވެ. އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނި ނަމަވެސް އެ ހާދިސާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ހުޅުމާލޭ ފެރީ ޓާމިނަލްއާ ދިމާލުން އެއް ނަމްބަރު ފާލަމާ ދިމާލަށް މަގުގެ ކަނާއަތް ފަރާތުން ދުއްވާފައި ދިޔަ ސައިކަލެއް ވާއަތް ފަރާތަށް ގާތްކުރަން އުޅެނިކޮށް ފަހަތުން ތަންކޮޅެއް ބާރަށް ދުއްވާފައި ދިޔަ ސައިކަލު އޯވާޓެކް ކުރަން އުޅެނިކޮށް އަނެއް ސައިކަލުގައި ޖެހޭ މަންޒަރެވެ. ފަހަތުން އައި ސައިކަލުގައި އެންމެ މީހަކު އިނަސް ކުރީގައި އިން ސައިކަލުގައި ދެ މީހަކު ތިއްބެވެ.
ދެ ސައިކަަލު ޖެހި ތިން މީހުން ވެސް ސައިކަލާ އެކު އެތަނަށް ވެއްޓޭއިރު ފަހަތުން އައި ސައިކަލު ވެއްޓުނީ ފަޅު ތެރެއަށެވެ. އަދި ސައިކަލު ގޮސް ޖެހިގެން ފެރީއަށް އަރާ ތަނުގައި ހުރި ދަގަނޑު ސިޑިއެއް ވެސް ފަޅުތެރެއަށް ވެއްޓޭ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
CCTV: Miadhu Rasmee faalan kairi hingi accident ehga GN cycle eh falhu thereyah vettun
— #MvCrisis (@MvCrisis) February 10, 2022
Ithuru mauloomaathu: https://t.co/KtcXtQFIYT pic.twitter.com/XXVMYTywUn
ބެލެވޭ ގޮތުގައި ކުރީގައި އިން ސައިކަލުގައި ތިބި ދެ މީހުންނަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ. އެކަމަކު ފަހަތުން އައި ސައިކަލުގައި އިން މީހާ ގޮސް ވެއްޓުނީ އެ މަގުގެ އެއް ފަރާތެއްގައި ހުރި ގަހެއްގެ ކައިރިއަށެވެ. ބެލެވޭ ގޮތުގައި އޭނާއަށް ކޮންމެވެސް ވަރަކަށް އަނިޔާވި އެވެ. އެކަމަކު ލިބުނު އަނިޔާގެ ތަފްސީލު ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދ
13 February 2022
100% ކުރީގަ އިން ސައިކަލުގެ މައްސަލަ. ހިތައް އަރާއިރު އޮންނަނީ އަނެއްފަރާތައް އަރާފަ. ސިގްނަލްދިނަސް ބަލަންވެސް ޖެހޭ އަދި ހަމަސިގްނަލް އަނެކާއަށް ފެންނާހާ ވަގުތު މަޑުވެސް ކުރަންޖެހޭ
ސިކުނޑި
13 February 2022
ކުރީގައި އިން ސައިކަލަށް ސިގްނަލް ދެވުނުލެއް ތަންކޮޅެއް ލަހީ! ސިގްނަލް ދިނަސް ފަހަތް ބަލާފަ އެ އަނބުރާލަން ޖެހޭނީ! ޖީއެންއެއް ޕީސީއެކްސްއެއް ނޫން ވީޑިއޯއަށް ބަލާއިރު ކުރީގައި އިންސައިކަލަށް ބަލަންވާވަރަށް ނުބެލުނީ!
ނާމްދި ކާނޫ
12 February 2022
ކޮން އިރަކުންތޯ ޓުރެފިކު ޕޮލިހުން ނިކުމެ ވެހިލަކް ދުއްވުމުގެ ގަވާއިދުތަށް މަގުމަތީގައި އެންފޯސް ކުރާނީ؟ މިކަން ކުރާތަނެއް ނުފެނޭ ބުރިޖު ހައިވޭ އިން ސްޕީޑު ގަން ބޭނުން ކުރުން ފިޔަވާ (އެވެސް މަދު މަދުން) ކޮންމެދުވަހަކު އެތަށް ވެހިކަލެއް މާލޭ ސަރަހައްދަށް އިތުރުވާއިރު، ވެހިކަލް މަގުމަތީ ދުއްވުމުގެ ގަވާއިދުތަކުން "ބޭރުން" ދުއްވާ ވެހިކަލް ވަރަށް ގިނަ! ހަގީގަތުގައި ގަވާއިދުން ވެހިކަލް ދުއްވާ މީހާއަށްވެސް މަގުތަށް ވަރަށް ބިރުވެރިވެއްޖެ!
ލައިސަންސް
12 February 2022
މާލޭގައި ވެހިކަލް ދުއްވަނީ ވާތްފަރާތުންތޯ ކަނާތްފަރާތުންތޯ، އަދި އޯވަޓޭކް ކުރަނީ ކަނާތްފަރާތުންތޯ؟
އެމްސް
12 February 2022
ޤަވާޢިދުން ލައިސަންސް ނަގާފަ ތިބި ބަޔަކަށް ވިއްޔާ ތިކަންކަން އެނގެންވެސް ވާނެ! 2 މީހުންވެސް އެ ދުއްވީ ނުޤަވާޢިދު ފަޅިން!
ޖާބިރު
12 February 2022
ޙަބަރު ލިޔުނު މީހާ ރަނގަޅަށް ވީޑިއޯ ބަލާފަ ޙަބަރު ލިޔެބަލަ. 3 މީހުންނެއް ނުވެއްޓޭ. !
އަލީީީ
11 February 2022
ތިއޮތީ ޖީއެން ސައިކަލު ދުއްވިފަ. ޖީއެން ސައިކަލަކާ ޖެހިއްޖެއާ މަގު ހުރަސްކޮއްލާނެ ފުރުސަތެއް ނުލިބޭނެ، އެހާ ބާރަށް ދުއްވާނީ.
އެމްސް
12 February 2022
ޓެކްސީތައްވެސް ތި ފުރުސަތެއް ނުދޭ!
ޙެބަލި
11 February 2022
ޖީއެން ސައިކަލަކަށް އެރިއްޖެއްޔާ އިންނަނީ ހޭބަލިވެފަ، ދުއްވާނި ދުންޖަހާފަ ، އަތްދިގުގަމީސްލާފަ އަތުކުރި ގޮއްއަޅުވާފަ ހުސް ކަތީބުން މީގެ ސައިކަލު ދުއްވާނީ.
ސަމްސު
11 February 2022
ކަތީބުން...... ހެހެހެ
ބަލިނީ
11 February 2022
ގޭމްތަކުގައި ދުއްވާހެން ދުއްވާ ޒުވާނުން އެގޮތަށް ދުއްވާނަމަ އުމުރަށް ޖަލަށް ލާންވީ! އެމީހުން ހިތަކަށް އެމީހުންގެ ސަބަބުން އެހެންމީހުންގެ ފުރާނަށް ވާގެއްލުމެއް! އަދި އެހެންމެ ދަންވަރުގަޑީގަވެސް އޭގެ އަޑުން ސިއްސާއިގެން ދާ ތުއްތު ކުދީން ނަށް ވާ އުނދަގުލެއް! ވަރަށް ރަހުމްކުޑަ ބައެއް!
އެމްސް
12 February 2022
ޤަވާޢިދުން ދުއްވާ އެއްވެސް ބަޔަކު މިޤައުމަކު ނޫޅޭ!
ޓުރެފިކް ށަރިއްޕެ
11 February 2022
އެމީހުންގެ ކަމަކީ އެލްބޯޑު ޖަހައިގެން ދުއްވާއިރު ފަހަތުގައި އިންނަ މީހާ އަތުގައި ޑްރއިވިންގ ސްކޫލް ހުއްދަ އޮތްތޯ ބެލުން , ޕާކުތަކުގައި ޕާޓޭން ތެޔޮބިޑި ބޯން ތިއްބަސް އޯކޭ ގްރޫޕް ޖަހާލާފަ މަގުމަތިން ގަވައިދާ ހިލާފަށް ބާރު ސްޕީޑްގަ ގޭންގް މީހުން ދުއްވިޔަސް އެމީހުން ގައި ހިރުވައި ނުލާނެ
އެމްސް
12 February 2022
ޤަވާޢިދުން ދުއްވާ ފުލުހެއްވެސް ވަރަށް މަދު، ދެނޯ؟
އަހުމިއްޓޭ
11 February 2022
ބްރިޖު އަދި ހައިވޭގައިވެސް ތިކަހަލަ ކިތަންމެ އެކްސިޑެންޓެއް ހިނގައިފި. ޓްރާންސްޕޯޓް އަދި ފުލުހުންވެސް މިކަމާއި ކަންބޮޑެއްނުވޭ. ނަމަވެސް، ލޭންބަދަލުކުރަން އަދި ސްޕީޑް ދަށްކުރަން ކޮންމެވެސް ގަވާއިދެއްހަދާ ނިޝާންތަކެއް ޖަހަންއެބަޖެހޭ ހައިވޭގައާއި ބްރިޖްގަ.
އެމްސް
12 February 2022
ޤަވާޢިދުން ދުއްވުމަކީ ހަމަ އެކަނި މަޑުން ދުއްވުމެއްވެސް ނޫން! މިރާއްޖޭގަ ގޯޅި އަޅަނީވެސް އަދި އޯވަރޓޭކް ކުރަނީވެސް ޤަވާޢިދަކުނެއް ނޫން!