އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް "މިހާރު" އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
14 ފެބުރުއަރީ 2022 - 16:14
ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓް މޮޅުވީ ކަމަށް ނިންމަން ގާނޫނުއަސާސީ އަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރެއްވި އިސްލާހަކީ އެމްޑީޕީ އަށް މޮޅު ވެވިދާނެ ފޯމިއުލާއެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެކަމާ މެދު މަޝްވަރާކޮށް، ރަނގަޅު ހައްލެއް ހޯދަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ 2023 އަށް ނެރެމުން އަންނަނީ ސިޔާސީ އެކި ބޭފުޅުންނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ގޮތްތަކަކަށް ނެރޭ ވަރުގަދަ ފޯމިއުލާތަކެއް ކަމަށެވެ. ނަޝީދު، އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވައި ކޮންގްރެސްގައި މަޝްވަރާކުރާ ގޮތަށް އިއުލާން ކުރެއްވި 30 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވާ ބޭފުޅަކު މޮޅުވީ ކަމަށް ކަނޑައެޅުގެ އިސްލާހު ހިމެނެނީ ވެސް އޭގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި 30 ޕަސެންޓް ވާހަކައިގައި މެރިޓްސް އެބަހުރި،" ފައްޔާޒް ވިދާޅުވި އެވެ.
- އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމުލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ކެންޑިޑޭޓަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުން.
- އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުން.
ފައްޔާޒް ވިދާޅުވި ގޮތުގައި އެއް ޕާޓީއަކުން އެކަނި ނުކުމެ އިންތިހާބު ކާމިޔާބުކޮށްފި ނަމަ ކޯލިޝަން ޕާޓީތަކާ އެކު ސަރުކާރު ބަހަން ޖެހުމުގެ ޝަކުވާއަށް ނިމުމަކަށް އަންނާނެ އެވެ. އެއާއެކު ވެސް ރާއްޖޭގައި އަދިވެސް އެއް ޕާޓީއަކުން އެކަނި ނުކުމެ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމުގެ ހަގީގަތް އޭނާ ގަބޫލުކުރައްވަ އެވެ.
މިސާލަކަށް އަޅުގަނޑުމެން އެހެން ޕާޓީއަކާ އިންތިހާބުގައި ނުގުޅި ލިބެނީ 45 ޕަސެންޓް، ދެން ތިބި ހުރިހާ ޕާޓީއެއް އެއްކޮށްލައިގެން ފުރަތަމަ ބުރުގައި ނުކުމެ 55 ޕަސެންޓް ލިބުނީމާ އަޅުގަނޑުމެންނަށް ވެރިކަން ލިބޭ ފޯމިއުލާއެއް ކަމަކަށް ނުފެނޭ:--- ފައްޔާޒް
ފުރަތަމަ ބުރުގައި އެންމެ މަތިން ވޯޓު ހޯދާ ކެންޑިޑޭޓު މޮޅުވީ ކަމަށް ގާނޫނުއަސާސީ އަށް ގެންނަން އުޅޭ އިސްލާހު މިހާރު އޮތް ގޮތުން، ފައްޔާޒް ގަބޫލުކުރައްވާ ގޮތުގައި، އެމްޑީޕީ އަށް މޮޅު ހޯދޭކަށެއް ނެތެވެ.
"މިސާލަކަށް އަޅުގަނޑުމެން އެހެން ޕާޓީއަކާ އިންތިހާބުގައި ނުގުޅި ލިބެނީ 45 ޕަސެންޓް، ދެން ތިބި ހުރިހާ ޕާޓީއެއް އެއްކޮށްލައިގެން ފުރަތަމަ ބުރުގައި ނުކުމެ 55 ޕަސެންޓް ލިބުނީމާ އަޅުގަނޑުމެންނަށް ވެރިކަން ލިބޭ ފޯމިއުލާއެއް ކަމަކަށް ނުފެނޭ،" ފައްޔާޒް ވިދާޅުވި އެވެ.
އެއީ ފުރަތަމަ ބުރުގައި އެމްޑީޕީއާ ދެކޮޅަށް ކޯލިޝަން ހަދައި އެންމެން އެއްގަލަކަށް އެރުމުގެ ފުރުސަތު ވެސް އޮތުމުންނެވެ.
"އެކަމަކު ޑިބޭޓްކޮށް، ވާހަކަ ދައްކަން ޖެހޭ ކަަމަށް އަޅުގަނޑު ގަބޫލުކުރަން. އޭގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 30 ޕަސެންޓުން ހޮވޭ ކެންޑިޑޭޓް ވެރިކަމާ ހަވާލުވިޔަސް އަޣުލަބިއްޔަތަކާ ނުލައި ނުވަތަ އެހެން ބައެއްގެ ތަރުހީބާއި އެއްބާރުލުމާ ނުލައި ކުރިއަށް ދެވިދާނެ ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ފިކުރަށް ނުވަތަ ޕީޕީއެމްގެ ފިކުރަށް ބެލިޔަސް އެއްވެސް ސުވާލެއް ނެތި ޕާޓީއާއެކު ކުރިއަށް ދާން ތިބޭނީ 20-30 ޕަސެންޓް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ދެން މި ތިބެނީ މެދުގައި އުޅޭ ބައެއް. މިސާލަކަށް އެއް ޕާޓީއެއްގެ ސިޔާސަތު ރަނގަޅު ކަމަށް ގަބޫލު ކުރެވިފައި އެ ސިޔާސަތުތައް ތަންފީޒު ކުރަން ތިބި މީހުންނާ މެދު ޔަގީންކަން އޮތިއްޔާ މި ޕާޓީއާއެކު ތިބޭނެ. ނޫން ނަމަ ކަމުނުދަންޏާ އެހެން ކޮޅަކަށް ދާނެ. އެހެންވީމާ 51 ޕަސެންޓް ފުރަތަމަ ބުރުގައި ނުލިބިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ފައްޔާޒް ވިދާޅުވި އެވެ.
އެކަމަކު ކުރިއަށް އޮތް ތަނުގައި އެ ހިސާބަށް އެމްޑީޕީއަށް ދެވޭނެ ކަމުގެ ޔަގީންކަން ފައްޔާޒަށް އެބައޮތެވެ. އޭނާގެ އަމާޒު 2023 އާ ހަމައަށް ގެންގުޅުއްވާނީ އެމްޑީޕީއަށް ދެވަނަ ދައުރެއް ކަށަވަރު ކުރެއްވޭނެ އެންމެ ރަނގަޅު ހައްލުތަކަކާ އެކު ކުރިއަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިއްދޫ ހަންދަރު ޙަސަނު
16 February 2022
ނޫން ނޫން އެމްޑީޕީއަށް އަދި ގައުމަށް ހެއު އެބަ އޮތް އެކަމުގައި އެކަމަކު ވަކި ޕަސެންޓެއް ނެތި އިޞްލާޙުވެ ނިމޭއިރު އޮންނަންވީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އާދެވޭނީ ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރއިން އެންމެ ގިނަވޯޓު ހޯދާ ކެންޑިޑޭޓަށެެވެ. އޭރުން ކޮއިލިޝަން ހަދައިގެން ކޭކު ފޮތި ކޮށް ބައިއެޅުން ނިމި ވެރިކަން ލިބޭ ފަރާތުން ހަމަ އިސްކޮޅަށް ތެދުުވެ ތެދުވެރި މިންނަތް އިޚްލާޞްތެރި ތެރި ޚިދުމަތެއް ކޮށްދެވިދާނެ ތޯއްޗެކެވެ.
ހައިރާނ
16 February 2022
އެއްވެސް އަޑެއްބަޑެއްހިލަމެއް ނެތިއޮވެފަ ކުއްލިއަކަށް ހާދަހައި ޙަރަކާތްތެރިކަމެއް!
އަށާވީސް
15 February 2022
މިހާރު ވެރިކަމުގަ އެއޮތީ އެމްޑީޕީގެ 30% އާ މައުމޫން، ގާސިމް، އިމްރާން އަދި ޕީޕީއެމް ދެކެ ފަހު ވަގުތު ރުޅިއައި މީހުންކޮޅެއް ހިމަނައިގެން ވާ 28% އާ އެއްކޮށްލީމަ އޮތް 58% ގެ ވެރިކަމެއް. 2008 ގައި ގާސިމާ އިމްރާން ބޭރުކޮށްގެން އެމްޑީޕީއަށް ނުކުރެވުނު ވެރިކަމެއް. މިވެރިކަން ހިފެހެއްޓިފަ އެއޮތީ 28% ގެ ތެރަހުގެ ސަބަބުން. ކުރިއަށް އޮތްތާ 30% ލިބިގެން ކުރާ ވެރިކަމެއް ރޫޅެން މާ ގިނަ ދުވަހެއް ވާނެބާ.
އުނބުށޭމު
15 February 2022
ފަންސާސް އިންސައްތަ ނުލިބި ފުރަތަމަ ބުރުން ނުހޮވޭގޮތަށް ހެދުމުގެ ބޭނުމަކަށްވީ އޭރުއޮތް ޒަމާންވީ ވެރިކަން ބަދަލުކުރަން ޖެހެންހުރި ހުރިހާ މަޅިއެއް ޖެހުމެވެ. އޭގެ ސަބަބުން ދައުލަތުން އިންތިހާއަށް ބޮޑު ހޭދައެއް ކުރަންޖެހުނީއެވެ. މިހާރުވެސް އެފަދަ މަގުޞަދެއްގައި ކަމެއް ކުރުމަކީ ބުއްދިވެރިކަމެއްނޫނެވެ.
ޝަފީރު
15 February 2022
ކޮންމެ ޕާޓީއެއް ވެރިކަމަށް އަޔަސް އަންނިއަށް ބައެއް އަޅަން ޤާނޫނު އިސްލާޙު ކުރަންވީނު. އޭރުން ވެރިކަން ނުލިބުނަސް ބައެއް ލިބޭނެނު. އޭރު %30 އަށް ވެރިކަން ވީނު.
މުލޭ
15 February 2022
30% އަކީ ރަނގަޅު ވަރެއް ނޫން. ތިން ހަތަރު ބުރަށް ދިޔަޔަސް ވޯޓުލާ މީހުންގެ %50 އަށްވުރެ ގިނަ ވޯޓު ހޯދައިގެން ނޫނީ ވަލިއްޔުލްއަމްރު ކަމަށް އާދެވިގެން ނުވާނެ. ޚަރަދު ބޮޑުވެގެން ތެޅެންވީ ރްނގަޅު ކަމަކަަށް ހޭދަކުރްންވީމަތަ. ހެޔޮދޯ ބިލިއަނުން ވައްކަންކޮށް ނާޖާއިޒު ހޭދަތައް ކުރިޔަސް.
ާއުނިމާ
15 February 2022
ގާނޫނޫ އަސާސީގައި ލިޔަންވީނު ކޯލިޝަން ނެހއދޭނެކަމަށާއި އެއްޕާޓީޔާ އަނެއްޕާޓީޔާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް
ޢިބޫ
14 February 2022
ގަވައިދާ ހިލާފަށް އުޅޭ ބޭރު މީހުންގެ ކަންތަށް ހަމަޔަކަށް ނޭޅުވިއްޖެއްޔާ އިސްތިއުފާ ދޭނަމޭ ބުނީ ކާކުބާ؟
ކުކުޅުމުދި
14 February 2022
ތިރީސް ޕަސެންޓް ޕްލަސް އަކީ މިހާރުގެ ނިޒާމާއި ހާލަތަށް ބަލާއިރު ރަގަޅު މިންގަޑެއް. މިކަމާއިމެދު ކޮށިވިސްނުންތެރިންވެސް އަމިއްލަ ވިސްނުމަކުން ވިސްނާލުން ރަގަޅު ދެތިން މީހުން ކުރިމަތިލީމަ ވޯޓުބެހިގެން ދާގޮތާއި ގުރޫޕް ހަދައިގެން ވެރިކަމަށް އައީމަ މިއޮންނަ ކޫސަނިކަމާއި ކަރަފުސަނާއި ފަސާދަޔަށް ވިސްނާލުން ރަގަޅު. އެނގިތިބެ ދެކޮޅު ހަދާނެ ބަޔަކީ ރައްޔިތުންގެ ތާއިދުކުޑަ އެހެނަސް މީހެއްގެ ތައްޕާހުންވިއަސް ސަރުކާރުގައި ވަކިހިއްޕަންބޭނުންވާ މިހުން.
ސާބޭ.
14 February 2022
އަންނިއާ ދެކޮޅުވާން ކެރޭ ހަމައެކަނި ބްރޯ