ފައްޔާޒަށް ނަޝީދާއި ޑިމޮކްރެޓްސް މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
16 ޖޫން 2025 - 16:13
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
ނަޝީދު މާލެ ވަޑައިގެން، ފައްޔާޒުއާ ބައްދަލުކުރެއްވިއިރު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައި، އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ބައެއް ބޭފުޅުންގެ ހިޔާލު ވަނީ ހޯއްދަވައިފަ އެވެ.
ނަޝީދާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްފައިވާ ކަމަށެވެ.
"ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ ނަޝީދާއި ޑިމޮކްރެޓްސްގެ ފަރާތުން އޭނާއަށް ދެއްވި މެންދުރުގެ ފަރީއްކޮޅެކެވެ. މި ބައްދަލުވުމާ ގުޅޭ ގޮތުން ނަޝީދު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ އާއި އެ ޕާޓީގެ ކުރީގެ ރައީސް އަދި މިފަހުން އެމްޑީޕީއާ ގުޅިވަޑައިގަތް ހަސަން ލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ. ނަމަވެސް، އެމްޑީޕީގެ އެހެން ބޭފުޅަކު ބައްދަލުވުމުގައި ނެތެވެ.
ފައްޔާޒާއި ނަޝީދު އެކުގައި އަލުން ސިޔާސީ މަޝްވަރާތައް ފެށިއިރު، އެމްޑީޕީ ދެބައިވެ ނަޝީދު އެ ޕާޓީން ނުކުންނެވީ ފައްޔާޒުއާ ވެސް ވަރަށް ބޮޑަށް ހިޔާލު ތަފާތުވެގެންނެވެ. ފައްޔާޒުއާ ދެކޮޅަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދުގެ ފަރާތުން ކެންޑިޑޭޓެއްގެ ގޮތުގައި އިމްތިޔާޒު ފަހުމީ ވާދަވެސް ކުރެއްވި އެވެ.
ފައްޔާޒު، ސޯލިހު އަދި ނަޝީދު ---
ނަމަވެސް، އެ އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ އެމްޑީޕީ ތެރެއިން އެކި ނުފޫޒު ފޯރުވައިގެން ކަމަށް ނަޝީދަށް ތާއީދުކުރި މީހުން ތުހުމަތު ކުރި އެވެ. އެ ހިޔާލު ތަފާތުވުންތަކުގައި ފައްޔާޒު ވެސް ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވާފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތައް ފައްޔާޒުގެ މައްޗަށް ވެސް ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން ކުރައްވާފައިވެ އެވެ.
ދެ ބޭފުޅުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތައް ހައްލުކުރަން މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ބެލެވޭއިރު، އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ފައްޔާޒް ވާދަކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން އެމްޑީޕީގެ ޓިކެޓްގައި ދެވަނަ ދައުރަކަށް ވާދަކުރައްވަން ސިއްރިއްޔާތުގައި މަސައްކަތް ކުރައްވާތީ، އެކަމާ ފައްޔާޒު ނުރުހޭ ކަމުގެ އަޑުތައް ވެސް ގަދަ އެވެ.
ރިޔާސީ ޓިކެޓާ މެދު އެމްޑީޕީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކުގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ ޕާޓީގެ ކޮންގްރެސްގަ އެވެ. އަންނަ އޮގަސްޓް މަހު ކޮންގްރެސް ބާއްވަން ރައީސް ސޯލިހު ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވާ ކަމަށް ވެސްވެ އެވެ.
ފައްޔާޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ދެ ބޭފުޅުންގެ މެދުގައި ވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތު ކަމަށް އަޑުތައް ވަނީ ފެތުރިފައި
ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ވެސް ހިޔާލު ތަފާތުވުން ވަރަށް ބޮޑެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގައި ނަޝީދު ހުންނަވަނިކޮށް، ޕާޓީގެ ކޮންޓްރޯލް ގެއްލި ދެ ބޭފުޅުންގެ ދެމެދުގައި ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.
ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީ، ޑިމޮކްރެޓްސް އުފެއްދީ ޖޫން، 2023 ގަ އެވެ. ނަޝީދު އޭރު ވަނީ އެމްޑީޕީ "ރޫޅާލާނަން" ކަމަށް ވިދާޅުވެ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ފުރުއްވުމަށް ފަހު، ރާއްޖޭގެ ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ. އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މީގެ އަހަރެއް ކުރިން އެ މަނިކުފާނު ވަނީ ގާނާއަށް ބަދަލުވެވަޑައިގެންފަ އެވެ. އަދި އެ މަގާމުގައި ހުންނަވައި، އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް ސިޔާސީ މަަސައްކަތް، އަމަލީ ގޮތުން ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެކަމަކު މި ފަހުން، ނަޝީދު ވަނީ ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަނޑިޔާރު
17 June 2025
ރައީސް ނަޝިދު އާއި ޔާމީން ފިޔަވާ މި ޤައުމަށް ކަމެއް ކޮށްދެވުނު އެކަކުވެސް ވެރިކަން ކޮށްފައި ނެތެވެ. ނޝީދު ވެރިކަމުގައި ޖީއެސްޓީ ތަޢާރަފް ކުރުމުގެ ސަބަބުން މި އަދު ރައްޔިތު މީހާ އަށް މުސާރަ ކޮޅުވެސް ލިބެއެވެ. ޔާމީން ހުޅުމާލެ ފޭސް2 ހިއްކާފައި ބުރިޖުގެ މަސައްކަތް ޗައިނާ ލައްވާ ދިވެހިި ރައްޔިތުންނަށް ކޮށްދެއްވުމުގެ ސަބަބުން ވިޔަފާރި ތަކަށާއި ބޯހިޔާ ވެހި ކަމަށް ކޮށްމެވެސް ވަރައެއްގެ ހައްލެ ލިބުނެވެ.
އަލިކޮއި
17 June 2025
ތުންތުން މަތިން އަޑުއިވެނީ ވޯޓާ ކައިރިކޮށް ކަރަންޓު ހިލޭކުރާނެކަމަށް. ދެން އެނޫން އިތުރު ކަމެއް ނެތްތާ ކޮށްދެވިފައެއް މި ސަރުކާރަކަށް
އައިޝަތް މާހާ
17 June 2025
ނަޝީދު ކިތަންމެ ވަރަކަށް އުޅުނަސް ދެން ނާދެވޭނެ ވެރިކަމަށް. ބަލަންތިބޭ. ދެވަނަ ދައުރެއް ގައުމުގެ ވެރިޔެއް ދެވަނަ ފަހަރަށް ކުރާތަން. ރައީސް މުޢިއްޒް.
ހުސްނުބާނޫ
17 June 2025
އެދުރުވީ ހިހޫތަނުން ފަރިއްކުޅުއްވަން. ތިމީހުން ކުރީގަ އަޑުއެރުވީ ފިލިވަހީދުއޭ ކިޔައިގެން. މިހާރު ކާކަށްބާ އެލަގަބު ލިބެނީ. ކުރީގެ އެއްވެސް ރައީސަކަށް މަށެއް ވޯޓެއްނުދޭނަން.
ވޯލް
17 June 2025
މިހާރު މާލަސްވެއްޖެ. އެމްޑީޕީ އެޕާޓީގެ ވަރަށް ގިނަ ކަންކަން ރަގަޅުކޮށްގެން މެނުވީ މަޖޯރިޓީ ރައްޔިތުންގެ އިތުބާރު ނުލިބޭނެ އަދި އަންނި، އިބޫ ފައްޔާޒު ޝާހިދު ފަދަ ނޫން އަދި ތިޔަ ޕާޓީގެ ލީޑަރސިޕްގައިވެސް ނެތް މީހަކު ނެރެގެން މެނުވީ 2028 އަށް ވޯޓު ނުދޭނަން.
ދިއްދޫމީހާ
17 June 2025
ނަޝީދުއަ ފޫވައް ވައްޓާނުލެވުނުދޯ؟މިފަހަރު އަހަރެމެން ފުލުގައި އިން ކަށި އުފުރާލާނަން..
ތުއްތޮންބެ
17 June 2025
ތުއްތޮންބެ މުސްކުޅި ހަރުބަހެއްގައޮވޭ "ގަތްވަޅަށް މަރުވަންއާދެޔޭ" އޭގެރީތި މިސާލެއް.
ބޭނުމެއްނޫން
17 June 2025
ހަމަމަގޭ އިސްލާހޭ ދޮންފަޅޮލޭ ދެންނުކިޔާ. ތިމާއަށް ވެރިކަން ނުލިބިގެން ރަނގަޅަށް ހިނގަހިނގާ އޮތް ވެރިކަމެއް ބަދަލުކުރަން ފޫގަޅައިގެން އުޅުނުބައެއް ތިއީ. މިހާރު ކަމެއް ގޯސްނަމަ އޭގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ. ވައްޓައިލެވުނު ފޫވައް ފީވަންދެން ބާއްވައިލާ. އަހަރެމެން ތިއެއް ބޭނުމެއް ނޫން.
ކަމަކުނުދޭދޯ
17 June 2025
ކަމަކުނުދޭ ތަމެން ތިޔާ ކިޔާ އެއްޗެއް ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ތަމެން ތިޔާ ކިޔާ އެއްޗެއް ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ތަމެން ތިޔާ ކިޔާ އެއްޗެއް ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ތަމެން ތިޔާ ކިޔާ އެއްޗެއް ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ ކަމަކުނުދޭ
އާތިފް ހަސަން
17 June 2025
ކަލޯ ކަލޭމެންނަށް ވޯޓް ދޭނެ ބަޔަކު ނެތް މިގައުމަކު ދެން. އެހެން ކަމަކާ އުޅޭ.
އައުލަތް
17 June 2025
ދެވަނަ ދައުރެއް ނަގާނީ ރައީސް މުއިއްޒް. އިންޝާﷲ.
ރުންކުރު
17 June 2025
އެއްވެސް އުރަތްޕެއް ވައްޓަފާޅިއެއް ނެތް މީހަކަށް ދެވަނަ ދައުރެއް ދޭނީ މޮޔާން. ވެރިކަމަށް އަރަންށާއި ވެރިކަމަށް އަރާހުރެގެން ވީ ހުސް ވައުދު. ވާކަމެއް ހަރާން. މިހާރު ދައުރު ދެބައި ވަނީ. މީދެން ބޮޑުވަރު ނޫންތޯ؟؟