22 ޖޫން 2025 - 22:31
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ އިއުލާނުކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި، އިބޫ މިކަން ހާމަކުރެއްވީ، އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އެ ކަމަކު އިބޫގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިބޫގެ ވަރަށް އަރިސް ބޭފުޅަކު "މިހާރު" އަށް މިރޭ ވިދާޅުވީ، އެ ނިންމެވުން އިއުލާން ކުރެއްވުމުގެ ކުރިން އެމްޑީިޕީގެ އެކި ފަންތީގެ ބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.
"އެ މަޝްވަރާތައް ކުރިއަށް ދާތާ ދުވަސްތަކެއް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަންޖެހިވަޑައިގަތް އިބޫ، ދެވަނަ ދައުރެއް ހޯއްދަވަން އަނެއްކާވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަން މި އިއުލާން ކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން މާދަމާ ރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވެފައިވަނިކޮށެވެ.
ނަޝީދު ވެސް 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެމްޑީޕީގެ އެތެރޭގެ މަސްރަހު މިހާރު އެނބުރެމުންދާ ގޮތަށް ބަލާއިރު ބެލެވޭ ގޮތުގައި ކުރިއަށް އޮތް ރިޔާާސީ އިންތިހާބުގެ ޓިކެޓު ހޯއްދަވަން ނަޝީދު ކުރިމަތިލައްވާނެ އެވެ.
އެމްޑީޕީން މިދިޔަ އޭޕްރީލް 12 ގައި ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް 15 އިގެ ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވާށެވެ. ބެލެވޭ ގޮތުގައި އެއީ 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.
ނަޝީދު އާއެކު އިބޫ ވެރިކަމުގައި އެމްޑީޕީ ދޫކުރައްވައި، ދަ ޑިމޮކްރެޓްސް އުފެއްދެވި އެމްޑީޕީގެ އިސް ބޭފުޅުން ވެސް އަލުން އެނބުރި މާދަމާ ރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދު އާއެކު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްދޫ އާދަނު
23 June 2025
ހުޅުމާލޭގައި މިފަހުން ބިންކޮޅެއް ހިއްކާފައި އޮތްވާހަކަ ދަންނަވާލިން. ބަހާއިރު ގައްދޫ އާދަނު މަތިން ހަނދާން ނައްތާނުލާތި.
އޮނަރަބްލް އަފީފު ދީދީ
23 June 2025
ކ.މާލެ ނޫން އެހެން ރަށްރަށަށް ވެސް ސޯލިޙް ކަންކަން ކޮށްނުދޭ ވާހަކަ އެއްނުބުނަން. އެހެން ނަމަވެސް "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ކ.މާލޭގެ ޤާނޫނީ ރަށްވެހިންގެ ތެރެއިން އެތައް ހާސް މީހުން (ދަފުތަރުގައި ރަށްވެހިވެގެން ތިބި މީހުން) ބާކީކޮށް ކ.މާލޭގެ ވަކި ޤަބީލާ ތަކަކުގެ ކޮންމެ މީހަކަށް (ތުބުން ކިރު ނުނެއްޓޭ ކުޑަކުދިންގެ ބޯވެސް ގުނައިގެން) ފަސްސަވީސް މިލިޔަން ރުފިޔާގެ ބިމެއް ދިންދިނުމަކީ ޤާނޫނުގެ ބާރު ކަޑުވާލި ކަޑުވާލުމެއް.
ރުންކުރު
23 June 2025
މި ފަހުން ރާއްޖޭގައި ވެރިކަން ކުރި މީހުންގެ ތެރެއިން އިބޫއަކީ އަތޮޅުތެރެއަށް ތަރައްޤީ ގެނެސްދިނުމަށް ގިނަ ކަންތައްތަކެއް ކުރި ވެރިއެއް. މިހާރުވެސް އެކަންކަމުގެ ފައިދާ ލިބޭ މީހުން ހާހުން ގުނާލެވޭނެ. އެހެން ވީމަ ދެވަނަ ފަހަރަށްވެސް އިބޫއަށް ވޯޓު ނުދޭންވީ ކީއްވެ؟ މާލެއާއި އަތޮޅުތެރެއާ ހުރި ތަފާތުތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރި. މަގޭ ވޯޓު ދެންވެސް އިބޫއަށް ލިބޭނެ ކުރިމަތިލައިފިއްޔާ
2028 އުމަރު
23 June 2025
ސީދާ އުމަރަށް ވޯޓް ދިނުމަށް އަދި ކެމްޕެއިން ކޮށްދިނުމަށް މުޅި އާއިލާ އާއި ރައްޓެހިންނަށް އަންގާފަ ވާނެ، ހޮވުނަސް ނުހޮވުނަސް ސިޔާސީ ޕާރޓީ ތަކަށް ޓާޓާ ގުޑްބާއި،2028 އުމަރު އިންޝާ ﷲ
އަދުރޭސް
23 June 2025
އަޅެއް ކަމެއް ލެގަސީ އެއް އޮތްނަމެވެސް އޯކޭ ފައިނަގަން… ފައިދާ ނުވާ ދަރަނި ތަކެއް ނަގާފަ ދިޔައީ.. ޔާމީން އޯކޭ ދޯ އޭނަ އެބަހުރި އިކޮނޮމީ ގްރޯވާނެ ކަންކަން ކޮއްފަ
ސައުތު މޭން
23 June 2025
މިދެން ކިހާ ދެރަކަމެއް،
ހުސްނުބާނޫ
23 June 2025
އިބޫއަށް ވެރިކަން ކުރެވިއްޖެ. ދެން ގޭގަ މަޑުކޮށްލައްވާ. އަދި އަންނިވެސް. އަހަރެމެން ދެންވެސްބޭނުމީ އާމޫނެއް. އޭނަމިހާރު ފޫގަޅާފައެހެރީ ސީދާތަހުތަށް. ތިހަބަރާއެކީގަ އޭނަގެ ހިތް ހަލާކުވާނެ. ދެން ނޭނގެ ކޮންލަވައެއްކަމެއް ޕަބުލިކަށް ދޫކޮށްލާނީ.
ދޮހޮއްތު
23 June 2025
ކަލޯގަޔާ މިފަހަރު އުތުރުން ކަނޑުގެ ބައެއް ގެއްލޭނެ...
ސޮލާހު މޫސާ
23 June 2025
ގައުމަށް އްެއްވެސް ތަރައްގީއެއްނައިސް ކުރީގެް ރައިށް ކަން ކޮއްފަ ހުރި މީހާ މުޅި ދައުރު ޖަލުގަ ބަހައްޓާގެން ދައުރު ނިންމާލީ ކަމަކުނުދޭ
މީރާ
23 June 2025
ފައްޔަ އައް ފުރުސަތުދެއްވާ ސާހިދުވެސް ރަނގަޅުވާށނެ