އަލިފުށި- ޖެނުއަރީ 23، 2022: ރ. އަލިފުށީގައި މިއަދު ކުޅުނު ފައިނަލް މެޗަށް ފަހު ވެލެންސިއާގެ ކީޕަރު ފައިސަލް އުފާފާޅު ކުރަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
15 ފެބުރުއަރީ 2022 - 10:51
ރާއްޖޭގެ އެއް ނަމަބަރު ގޯލް ކީޕަރު މުހައްމަދު ފައިސަލް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނާ ކަމަށް އޭނާ މިއަދު ބުނެފި އެވެ.
ރަނގަޅު ފޯމެއްގައި ހުރި ކީޕަރު ކުޅުން ހުއްޓާލަން ވިސްނާ ސަބަބެއް ނުބުނެ އެވެ. އޭނާ "މިހާރަ"ށް މިއަދު ބުނީ ކުޅުން ހުއްޓާލަން އިއުލާންކުރާ ދުވަހު ސަބަބުތައް ހާމަކުރާނެ ކަމަށާއި އެކަމުގެ ސަބަބުތައް ބައިވަރު އެބަހުރި ކަމަށެވެ.
"ކްލަބު ފުޓުބޯޅަ އިން އަދިވެސް ފެންނާނެ. އެކަމަކު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނަމުން މިދަނީ،" ވެލެންސިއާ އަށް ކުޅޭ ކީޕަރު ބުންޏެވެ.
ފައިސަލްގެ ފޭސްބުކުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ މިހާރު ވިސްނަނީ ފުޓުބޯޅަ ކެރިއަރު ހުއްޓާލަން ކަމަށެވެ.
"ލޯބިވާ ސަޕޯޓަރުންނަށް ބުނެލަން ބޭނުން ވަނީ މިހާރު ތައްޔާރު ވަމުން މިދަނީ ފުޓުބޯޅަ ކެރިއަރު ހުއްޓާލަން. އެކަމުގެ ސަބަބުތައް ވަރަށް ގިނަ. ހުއްޓާލާ ދުވަހަކުން ރާއްޖޭގެ ފުޓުބޯޅައިގައި އަޅުގަނޑުގެ ތަޖްރިބާ ކިޔައިދޭނަން. ދިވެހި ފުޓުބޯޅަ އަށް ލޯބިކުރާ މީހުންނަށް ނޭނގޭ އެތައް ހަގީގަތެއް ހާމަކޮށްދޭނަން،" ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލްގެ ޕޯސްޓުގައިވެ އެވެ.
ފައިސަލް ވަނީ ރ. އަލިފުށީގައި މިދިޔަ މަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި އޭނާ ވަނީ އޮކްޓޯބަރު މަހު ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
16 February 2022
މައްސޫރުވާން ހެޑްލައިން އެއް އަޅާލީދޯ!
މުށާދީ
15 February 2022
ރަނގަޅު ނިންމުމެއް. މަރުހަބާ ކިޔަން އައު މޫނުތަކަށް ދޮރު ހުޅުވާލަދިނީތީ. އަރަން ތިބި ކީޕަރުންނަށް ހަމަ ރަގަޅު ފުރުސަތުތައް މިގޮތަށް ހުޅުވެންވާނެ. އެއްވެސް ކަމެއްގައި އެކަކަށް މާބޮޑަށް ބަރޯސާވުމަކީ ރަނގަޅު ގޮތެއް ނޫން.
ސަޕޯރޓަރުން
15 February 2022
ރަނގަޅު ނިންމުމެއް ފައިސަލް ، ވ ތާއީދު ތިޔަނިންމުމައް
ރަދީފްއޮފިޝިއަލް
15 February 2022
ސާބަހޭ ބްރަދާ.ގަބީލާ ބަޔަކު ރާއްޖޭގެ ފުޓްބޯޅަ ހަލާކުކޮށްފި. [ދިވެހި ފުޓުބޯޅަ އަށް ލޯބިކުރާ މީހުންނަށް ނޭނގޭ އެތައް ހަގީގަތެއް ހާމަކޮށްދޭނަން،"] އަވަސް ކުރޭ ޕްލީޒް.ރަނގަޅަށް ބިތުފަންގި ކޮށާލައްޗޭ ބްރަދާ.ގުޑް ލަކް.ވ.ވެދުން