އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއިލް އާއި ޔޫއެންޑީޕީގެ އެންރީކޯ ގަވޭލިއާ--ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
15 ފެބުރުއަރީ 2022 - 13:58
ޑޭޓާ މެނޭޖްކޮށް އިގްތިސާދީ ސިޔާސަތުތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ހޯދުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާ އެވެ.
މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ ޕޮލިސީތައް ކަނޑައެޅުމުގައި، އެވިޑެންސް ބޭސްޑް ޕޮލިސީމޭކިން އަށާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ ގޮތަށް ރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުުރެވޭނެ އެވެ.
ފައްޔާޒް ވިދާޅުވީ، މި އެމްއޯޔޫގެ ދަށުން ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ޑޭޓާގެ ބޭނުން ފުރިހަމަކޮށް ހިފޭނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ޑައިވާސިފައި ކުރުމަށް އެހީތެރިވުމަށް އެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް މިކަމުން އެހީތެރިކަން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
- ޑޭޓާ މެނޭޖްކުރުމާއި ދިރާސާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިގްތިސާދީ ސިޔާސަތުތައް އެކުލަވާލުމާއި ސަރުކާރަށް ފަންނީ ލަފާ ދިނުމުގައި ބޭނުންވާ ޑޭޓާ މެނޭޖްމަންޓް ގަވަނަންސް ހަރުދާނާކުރުމަށް އެހީތެރިވެދިނުން.
- އ.ދ އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ތަންފީޒު ކުރުމުގެ ތެރެއިން، ކްލައިމެޓް އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުން އަދި މިކަމާ ގުޅޭ އިންވެސްޓްމަންޓް މެޕެއް އެކުލަވާލުން.
- ރާއްޖޭގެ އިގްތިސާދަކީ، ކަނޑުގެ މުއްސަނދި ކަމަށް ބަރޯސާވާ ދެމެހެއްޓެނިވި ނޫ އިގްތިސާދަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
- އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އަންހެނުން ހިއްސާވާ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ފަހި އިގްތިސދެއް ބިނާކުރުމަށް އެހީވުން
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިން1
15 February 2022
މައީ ޔޫކޭވިއްޔާ. އެމީހުނަށް އިގޭނެ.