އޭޑީކޭ ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަނީ: އިމިގްރޭޝަނުން ގަބޫލުކުރާ މެޑިކަލް ރިޕޯޓް މާލޭގައި މިވަގުތު ހަދަނީ ހަ ތަނަކުން.
18 ޑިސެމްބަރ 2016 - 13:39
ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ ހޮސްޕިޓަލުން ދޫކުރާ މެޑިކަލް ރިޕޯޓް ގަބޫލުކުރަން އިމިގްރޭޝަނުން އަލުން ފަށައިފި އެވެ.
ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ އާއި އޭއެމްޑީސީން ހަދާ މެޑިކަލް ރިޕޯޓު ބަލައިގަތުން މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ވަނީ މެެދުކަނޑާލައިފަ އެވެ. ނަމަވެސް އެ ޑިޕާޓްމަންޓުން މިއަދު އާއްމުކުރި، ބިދޭސީންގެ ވިސާ ހެދުމަށް ހުއްދަ ދޫކޮށްފައިވާ ލިސްޓުގައި އޭޑީކޭގެ ނަން ހިމަނާފައިވާއިރު އޭއެމްޑީސީގެ ނަމެއް ފާހަގަކޮށްފައެއް ނުވެ އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވެސް ވިދާޅުވީ، އޭޑީކޭއިން ދޫކުރާ ބިދޭސީންގެ މެޑިކަލް ރިޕޯޓު ބަލައިގަންނާނެ ކަމަށް އިމިގްރޭޝަނުން އަންގާފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލާ ގުޅޭގޮތް ނުވުމުން މިކަމުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
އިމިގްރޭޝަނުން ގަބޫލުކުރާ މެޑިކަލް ރިޕޯޓް މާލޭގައި މިވަގުތު ހަދަނީ ހަ ތަނަކުންނެވެ. އެއީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން މެޑިކާ އާއި ކްރިސްޓަލް މެޑިކަލް އަދި އެޑްވާންސް މެޑިކަލް ކްލިނިކެވެ. އަދި ބައެއް އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުން ދޫކުރާ މެޑިކަލް ރިޕޯޓު ވެސް އިމިގްރޭޝަނުން ބަލައިގަނެ އެވެ.
އެ ދެ ތަނުން ދޫކުރާ މެޑިކަލް ރިޕޯޓު ބަލައިގަތުން ހުއްޓާލީ، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި ހުންނަ މީހުންނަށް، ސައްހަ ނޫން މެޑިިކަލް ރިޕޯޓު ހެއްދި މައްސަލަތަކެއް ފުލުހުންނާ ގުޅިގެން ބަލަމުން އަންނާތީ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެން
20 December 2016
ކިހާވަރެއް ދީގެންބަަާ؟
ކައުންސެލަރު
19 December 2016
ކުޑަކުދިން ކުޅޭބަތްކައްކާއެކޭ އެއްވެސް ތަފާތެއް އެބައޮތްތަ؟
އަލީ
18 December 2016
މާތް ކަލާނގެ އާ ވަކީލް.
ޑާޑާޑާޑާ
18 December 2016
މަމެން ޕިންކީން މިރާއްޖޭގެ ވެރިކަމާއި ހަވާލުވީ އެއީ މަމެން ގެ ގައުމު ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށްލަން އެވެ. މަމެން އެކަން ކުރުމަށް ޓަކައި އޭޑީކޭ އަށް މެޑިކަލް ހަދަން އަލުން ރިނިވް ކޮށްދެނީ. މިކަން ދަންނަން ޖެހޭނެ އޭޑީކޭ އިން ވެސް. މަމެން ތަމެންނަށް ބްރެޑް އެން ބަޓަރ ދެނީ. މަމެން ތަމެންނަށް ލަގްޒަރީ ލައިފް ދެނީ. މަމެން ތަމެންނަށް މާލޭން އަގުބޮޑު ބިން ކުޑަ އަގަކަށް ދީފައި ހުރީ. ޑޯންޓް ޔޫ ޖަޖް އޮފް މައިކޮމްޕޯޝަރ. ޑާޑާޑާޑާ ޑާޑާޑާޑާ
އާރޔޫ
18 December 2016
އޭޑީކޭ އަށް މެޑިކަލް ސެރޓިފިކެޓް ހައްދާދޭން ހުއްދަ ދިނީ އެއީ ރިޒަރވޭޝަން ތަކެއްގެ މަތިންނެވެ. ފުރަތަމަ ރިޒަރވޭޝަން އަކީ މަމެން ޕިންކީންގެ ބަޖެޓުން ފައިސާ ދީގެން އާސަންދަ އިން ކުރަމުން ގެންދާ ޚަރަދުން ވަރަށް ބޮޑު އަދަދެއް އޭޑީކޭ އަށް ދަނީ ލިބެމުންނެވެ. އެކަމަކު އިން ރިޓާރން ގައި މަމެން ޕިންކީން ނަށް އޭޑީކޭ އިން ލިބެނީ ކޯއްޗެއްތޯ ސިޔާސީ ގޮތުން. މީ ވިސްނާލަން ޖެހޭނެ ކަމެކެވެ. މަމެން ބޭނުންވަނީ މަމެން ނާއި އެކު ވެގެން މަމެންނާއި އެކު ބައިވެރި ވެގެން މިގައުުމު ތަރައްގީ ކުރާނެ ބަޔަކު. އާރ ޔޫ ދެޓް ވަން. އައި ކޭން ސީ ދަ މޯލްޑަރ ފްރޮމް ޔުއަރ އައިޒް.
މަށަށް
19 December 2016
މަށަށް ފެންނަނީ ދިވެހިން ކޮމެންޓް ކުރަން ނޭނގެންޏާ ނުކުރަން! ބޮލަށް ނުކުޅަދާނަ ތިޔަ ކޮމެންޓްތައް ފެނުނީމާ!
ޢަބުރޭ
18 December 2016
ކުޅޭކުޅޭ ސަރުކާރު
ކޮށްދޭންވީ
18 December 2016
އޭޑީކޭ މެޑިކަލް ރިޕޯރޓް އަލު ބަލައިގަންނަން ފެށީއެވެ. އެހެން ކަމަށްވާނަމަ އޭޑީކޭގެ ޗެއާރމަން މަމެން އަސްލު ޕިންކީންނަށް ގްރާންޓް ކޮށްދޭން ޖެހޭނީ ސިގްނޭޗަރ އެން ފިންގަރ ޕްރިންޓް. އެލްސް އެގެއިން ސިވިއަރ ސެންކްޝަންސް އަޅާނެ ކަމަށް މަމެން ޕިންކީން ބުނާ ކަށް ނެތީމު. ތަމެން ރަންރީނދުލޭ މެންނާއި ގުޅިގެން އުޅެނި ކޮށް އެންމެ ފަހުން ތަމެން ޖެހިދާނެ ތިޔާ ބިން ވެސް މަމެންނާއި ހަވާލު ކޮށް ފައި ފަރަށް ބޮލި ހިލަން ދާން ދޯ. ތަމެން ކޮށްފައިވާ އިންވެސްޓްމަންޓް އަށް ބަދަލު ދޭ ކަށް މަމެންނަށް އެއް ކަމެއްވެސް ނޫނެވެ.
Gan Island
18 December 2016
ސުބުހާނަށް ﷲ .. !! Mount Elizabeth Hospital އަށާއި Bumrungrad International Hospital އަދި އެޕޯލޯ ހޮސްޕިޓަލް ގެ މެނޭޖްމަންޓަށް ތިޔަ ހިދުމަތް ދެއްވާ ފޮޓޯ ނުދައްކާތި. އެމީހުން ވެސް ތިފެންވަރަށް ހިދުނަތް ދޭން ފައްޓަފާނެ.