ބީޗް ފްރޮންޓުން ބިން ގަންނަން ކުރިމަތިލި މީހުންގެ ބީލަން ހުޅުވުން-- އެވްރެޖްކޮށް 10،000-7،000 އާ ދެމެދުގެ އަގެއް އަކަފޫޓަކަށް ޖެހިޔަސް އޮޅިގެން އެކަކަށް ވަނީ 10 މިލިއަން ރުފިޔާގެ އަގެއް އަކަފޫޓަކަށް ޖަހާފައި-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު
16 ފެބުރުއަރީ 2022 - 11:25
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ނުވަތަ އަތިރިމަތި ކުރިމަތިން ވިއްކާ 26 ގޯއްޗަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން އޮޅިގެން އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން ޖެހުނީ އޮޅުމަކުން ކަމަށް އެޗްޑީސީން ނިންމައި އެ ބީލަން ޑިސްކޮލިފައި ކޮށްފި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް "މިހާރު" އަށް ވިދާޅުވީ، "އެއީ ޖެނުއިން މިސްޓޭކެއް" ކަމަށް ނިންމައި އެ ބީލަށް ހުށަހެޅި އިބްރާހިމް މާޖިދު ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހެޅި 320،000ރ. ކްލެއިމް ނުކުރާތީ، ބީޗް ސައިޑްގެ ބީލަށް ކުރިމަތިލުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
"އެއީ ނޯމަލް ކަމެއްގެ ގޮތަކު ނޫން އަޅުގަނޑުމެންނަށް ފެނުނީ،" އާތިފް ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ބިން ގަންނަން ބޭނުންވާ މީހުން ބީލަން ހުށަހެޅުން މިއަދު ކުރިއަށް ގެންދާއިރު ބީލަން ކެނޑުން މެންދުރު އެކަކުން ފެށިގެން އޮންނާނެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ވިއްކުމަށް އެޗްޑީސީން ނިންމާފައިވާއިރު، އޭގެ ތެރެއިން ބީޗް ފްރަންޓުން ބިން ގަންނަން ބޭނުންވި މީހުންނަށް ބީލަން ހުށަހަޅައި ބީލަން ކެނޑުން އޮތީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.
ކާމިޔާބުކުރި ބީލަންތައް އެވްރެޖްކޮށް އުޅެނީ އަކަފޫޓެއް 6،000ރ. އާއި 10،000ރ. އާ ދެމެދުގަ އެވެ. އެންމެ ކުޑަ އަގަކުން ބީލަން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 6،000ރ. އެވެ. އެކަމަކު އޭގެ ތެރެއިން ވިޔަފާރިވެރިޔާ މާޖިދު، އަކަފޫޓަކަށް 10 މިލިއަން ބީލަން ފޯމުގައި ޖެހިފައި އޮތްއިރު އޭނާއަށް ވެސް އެ އަދަދު ޖަހާފައިވާކަން އެނގުނީ ބީލަން ކަނޑައި އެކަން އެޗްޑީސީގެ އޮފިޝަލުން އެތަނުގައި އިއުލާނު ކުރުމުންނެވެ. މާޖިދުގެ ބީލަން ކަނޑައި އިއުލާންކުރިއިރު، އެ ވަގުތު މާޖިދު އެ ތަނުގައި ނެތް ނަމަވެސް އެތައް ބައެއްގެ ފޯނުކޯލުުތަކާ އެކު، ބީލަން ކެނޑި މާލަމަށް ފަހުން ވަޑައިގެން ކަން ވީ ގޮތް މާޖިދު ވަނީ އެޗްޑީސީގެ އޮފިޝަލުންނަށް އޮޅުންފިލުވައި ދެއްވައިފަ އެވެ.
އުމުރުން 70 އަހަރުން މަތީގެ މާޖިދުގެ ބީލަން ޑިސްކޮލިފައި ކަމަށް އެޗްޑީސީން ނިންމީ އޭނާއާ ވެސް ބައްދަލުކޮށް، ކަން ވީ ގޮތް ސާފުކުރުމަށް ފަހު އެވެ.
އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ކަމަށް ބީލަން ފޯމުގައި މާޖިދަށް ޖެއްސެވުނީ މުޅި ބިމުގެ އަގެވެ. މި ރޭޓުން ބެލުމުން، އަކަފޫޓަކަށް ނުވަތަ 1 ފޫޓް 1 ފޫޓްގެ ބިންކޮޅަކަށް 10 މިލިއަން ކަމަށް ފޯމުގައި އޮތް އަގަކީ މުޅި ބިމުގެ އަގެވެ. އެއީ 2،000 އަކަފޫޓްގެ ބިމަކަށް 10 މިލިއަން ރުފިޔާ އެވެ.
"މާޖިދު ހިތުން ފޯމުގައި އޮންނާނީ އޭނާ ނިންމަވައިގެން ހުންނެވި ގޮތަށް އަކަފޫޓަކަށް 5،000ރ. ގެ ރޭޓުން އަގު ޖަހާފައި. މާޖިދު އެ ހިސާބު ހެއްދެވީ 2،000 އަކަފޫޓުގެ ބިމަކަށް ބައްލަވައިގެން،" މާޖިދުގެ ފަރާތުން "މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅަކު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވެ އެވެ.
އަތިރިމައްޗާ ކައިރި ނުވަތަ ބީޗް ސައިޑުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ބަލައިގަންނާނީ މިއަދުގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު އެވެ. މި ބީލަންތައް ހުޅުވުން އޮންނަނީ މެންދުރު 1:00 ގަ އެވެ.
ބީލަން ފޯމު ބަލައިގަތުމާއި ބީލަން ހުޅުވުން ވެސް އޮންނާނީ ހ. މީރުމާގެ ފަސް ވަނަ ބުރީގަ އެވެ.
ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހޭއިރު، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަންތާ ފޮކްސް
17 February 2022
މާޖިދު އެނަން ކިޔާ ކޮންމެ މީހަކު ލެކިއުޓު މާޖިދައްވޭތަ……؟
ވޯގް ޔާމިން
16 February 2022
320،000 ރުފިޔާ ބިޑް ސެކިއުރިޓީއަށް ދައްކާފަ 2 ބިޑް އަށް ކުރިމަތިލުމުގެ ފުރުސަތު ތިޔަ ދިނީ؟ ރައްޔިތުންނަށް ލިބެން އޮތް ހަލައްކަ ރުފިޔާ ތެރޭން ދެބައިކޮށްފަ އެއްބައި މަހަުޖަނަކު ދެރަވެފަ ހުރެގެން ދޫކޮށްލީ
އެއްލަކިންގު
16 February 2022
ޖުމުލައިގެ އެއްބައި ކިޔާފައި ތިބެ ކޮމެންޓުކުރަނީ. ބަލަގަ ބިޑު ސެކިއުރިޓީ އަނބުރާ ނުދެޔޭ. އޭގެ ބަދަލުގަ ދިނީ އަނެއް ބިޑަށް ކުރިމަތިލުމުގެ ފުރުސަތު. ދެން އަނެއްކާ އަކަފޫޓަކަށް ޖަހަންޖެހޭ އަދަދު ޖަހައިގެން ތިޔަކަން ވޭތޯ ބަލާބަލަ މާޖިދުވެސް. ލައްކަ އަގު ބޮޑޭ އެކަމު ސެންޓު ވިއްކާލެއް
އުދުހޭ
16 February 2022
އަދީބް ވެސް ރަށްތަށް ވިއްކާފަ ފައިސާ ނެގީ ޖެނުއިން މިސްޓޭކަކުންނޫންތަ؟ ޖެނުއިން މިސްޓޭކް ގަބޫލުކުރެވެންވާނީ އެކަމަށް އުސޫލެއް އޮވެ އެއުސޫލުގެ ތެރެއިން. އުސޫލުތަގެ ބޭރުން ބަލައިގަނެގެން ނުވާނެ. މިހާރު ތިޔަކަން ކޮރަޕްޝަނަށްވެސް ބެލިދާނެ.
ވަޅަށް ބަކުރު
16 February 2022
ބަލަ ޖެނުއިން މިސްޓޭކަކުން މީހަކު ހުރެބަލަ މީރާއަށް ބީޕީޓީ ނޫނީ ޖީއެސްޓީ ބަޔާން ނުލާ... ނޫނީ ޖެނުއިން މިސްޓޭކަކުން ސައިކަލެއް ނުބައި ތަނެއްގަ ބައިންދާލަބަލަ ވާގޮތް ބަލާލަން... މިއީ ރިހާކުރުފުޅި ވަގަށްނެގި މީހާ ޖަލަށްލާފަ، 2 ބިލިއަން ދިރުވާލި މީހުން ގެއަށް ފޮނުވާލި ގައުމެއްނު.
އަހުމިއްޓޭ
16 February 2022
މާޖިދުގެ ފޮޓޯއެއް ކީއްވެބާ ނުޖެހިގެން މިއުޅެނީ. ކާކުކަން އެގެން އާންމުން އެބަބޭނުންވޭ.
ތުނިޔަ
16 February 2022
ލެކިއުޓް މާޖިދު
ރަދީފްއޮފިޝިއަލް
16 February 2022
އީވް މާޖިދު
އާދަންކުޑޭ1254
16 February 2022
ލެކިއުޓް މާޖިދު
ޖާޔާ
16 February 2022
ޖާޔާ އެސްއެސް
ޝުކުރު
16 February 2022
ވަރަށް ރަނގަޅު ނިންމެވުމެއް. އިންސާނުންއަތުން ކުށްހެދިދާނެ. ދޫދެެން ހުރިތަނުގަ ދޫދިނުމަކީ އެންމެ ރަނގަޅުގޮތް. ތިއީ އަޅުގަނޑު ދަންނަ އަދި އަޑުވެސް އެހި މީހެއްނޫން. އެކަމަކު ޔަގީނުން މާޖިދު އަދި އެބޭފުޅާގެ އާއިލާވެސް އެހަނދާންނެތި ނުވާނެ. އެޗްޑީސީގެ ތިޔަ ހިއުމަނިސްޓިކް ޑިސިޝނަށް ސެލިއުޓް ކުރަން. ކެޕިޓަލިސްޓް ވިސްނުމެއްގައި ނިންމި ނަމަ އެޗްޑީސީއަށް ލިބެންއޮތް 3 ލައްކަ ރުފިޔާ ތިޔަ ދޫކޮށްލެއްވީ! ޝުރިއްޔާ!
މުހައަމާ
16 February 2022
ލެކުއިޓް މާޖިދު އަޑުއަހަމުތަ
ކެޕިޓަލިސްޓު
16 February 2022
ކަރެކްޝަން: ރައްޔިތުންނަށް ލިބެންއޮތް 320،000 ރުފިޔާ އެޗްޑީސީއިން ތި ދޫކޮށްލީ
ފޮނިފޮނިޓައްޕު ކުމާރު
16 February 2022
ދެވަނަ ޕެރެގުރާފުގާ އެބައޮތް " ....... އެ ބީލަށް ހުށަހެޅި އިބްރާހިމް މާޖިދު ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހެޅި 320،000ރ. ކްލެއިމް ނުކުރާތީ، ބީޗް ސައިޑްގެ ބީލަށް ކުރިމަތިލުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ." މީގާ މިބުނަނީ ކީކޭބާ؟
ރަދީފްއޮފިޝިއަލް
16 February 2022
އެފައިސާ (ބިޑް ސެކިއުރިޓީ) ހޯދަން އޭނަ އެދިފައިނުވޭ.އެހެންކަމުން މިއަދު ބިޑް ހުޅުވާ 34 ބިމުގެ ތެރެއިން ބިމެއް ގަންނަން ބިޑް ހުށަހެޅުމުގެ ފުރުސަތު ދީފަ އޮތްކަމަށް.ނަމަވެސް މިފަހަރު ބިޑް ކުރާއިރު ބިޑް ސެކުއުރިޓީ އަލުން ސަބްމިޓް ކުރަން އޭނަ ނުޖެހޭނެކަމަށް އެޗްޑީސީން އެބުނަނީ.ވ.ވެދުން
ގައްބަރޭ
16 February 2022
ސުހެއިލް ވަކުތުން ވަކުތައް އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ
އަސަރު69
16 February 2022
އެޗްޑީސީ އެއުޅެނީ މޮޔަވެގެން. އެއީކީ ސަރުކާރުގެ ބާރެއް ހިނގާތަނެއްނޫންތަ؟ ހެޔޮވާނީ ކިހިނެއް. ރައްޔިތުންގެ ފައިސާއިން ބިންހިއްކުމަށްފަހު ބޮޑެތި މަހުޖަނުންނަށް ބިންތައް ވިއްކާ ހުސްކޮށްލަނީ. ގިނަދުވަހުން އަގުއަދާކުރާ ގޮތަށްނަމަވެސް އެންމެ އާދައިގެ މީހާއަށްވެސް ބިންކޮޅެއް ލިބެންވާނެ. ސިޔާސީ ހަމަ ކޮންމެމީހަކުވެސް ވޯޓުހޯދަން ގާތްވީމާ ނިކަންކޮށްޓުން ކޮށްޓާނެ. ވެރިކަމަށް އެރުނީމާ އާދައިގެ ރައްޔިތުމީހާއަކީ މީހެއްނޫން.