ތަކުރާރުކޮށް ޖިންސީ ގޯނާކުރަމުން ދަނިކޮށް ފަޅާއެރީ އެ ކުއްޖާ ބަނޑުބޮޑުވުމުން. މި މައްސަލައިގައި ބިދޭސީއަކަށް 10 އަހަރުގެ ހުކުމެއް އިއްވީ 2019 ގައި.
ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއް: ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކާ ބެހިގެން ޖަލަށްލި މީހެއްގެ ޖަލު ހުކުމް ވަނީ ދަމަހައްޓާފައި --- ފޮޓޯ/މިހާރު
15 ފެބުރުއަރީ 2022 - 19:56
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް މާލޭގެ ފަހާ ތަނެއްގެ ތެރޭގައި އެކިފަހަރު މަތިން ބިދޭސީންތަކެއް ޖިންސީ ގޯނާކުރި މައްސަލާގައި 10 އަހަރަށް އެކަކު ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ސިކުނޑީގެ އުނިކަމެއް ހުންނަ 13 އަހަރުގެ އެ ކުއްޖާއަށް އެކިފަހަރު މަތިން ބިދޭސީންތަކެއް ޖިންސީ ގޯނާކުރީ 2016 ވަނަ އަހަރާއި ޖުލައި، 2017 އާ ދެމެދު އެ ކުއްޖާ އެތަނަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. އެ ކުއްޖާގެ ބަހުން އެނގޭ ގޮތުގައި އެތަނުގައި މަސައްކަތްކުރި ދެ ބިދޭސީން އެ ކުއްޖާއާ މެދު އެ އަމަލު ހިންގީ އެތަނުގެ ޗޭންޖިން ރޫމެއްގެ ގޮތުގައި ހަދާފައި ހުންނަ ތަނެއްގަ އެވެ.
ތަކުރާރުކޮށް ޖިންސީ ގޯނާކުރަމުން ދަނިކޮށް އެކަން ހާމަވީ އެ ކުއްޖާ ބަނޑުބޮޑުވުމުންނެވެ.
އެ މައްސަލާގައި ބަންގްލަދޭޝްގެ ބިދޭސީއަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ގަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ކުއްޖާ ޑޮކްޓަރަށް ދެއްކިއިރު ބަނޑުބޮޑު ކަން އެނގުނު ހިސާބުން އެ ކުއްޖާގެ އާއިލާއިން ސުވާލު ކުރުމުން އެ މީހުންނަށް އެ ކުއްޖާ އެ ވާހަކަ ކިޔައިދީފައިވާއިރު، އެ ވާހަކަ ފުލުހުންގެ ތަހުގީގަށް ވެސް ކިޔައިދިން ކަމަށެވެ.
މީގެ އިތުރުން އެ ކުއްޖާގެ ނަފްސާނީ ހާލަތު ބެލި ޑޮކްޓަރުންގެ ބަހަށް ބަލާއިރު ވެސް، ޖިންސީ ގޯނާ ލިބިފައިވާ ކަން އެނގޭ ކަމަށާއި އަދި ކުށް ސާބިތުވި މީހުންގެ ތަހުގީގުގައި ބަޔާނުގައި، އެ ކުއްޖާއަކީ އެތަނަށް އާންމުކޮށް ގޮސް އުޅުނު ކުއްޖެއް ކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި އެ ހާދިސާ ހިނގިތާ ދުވަސްތަކެއް ފަހުން އެ ކުއްޖާ އެ ވާހަކަ ކިޔައި ދިނުމަކީ އެ ކުއްޖާގެ ބަސް ގަބޫލު ނުކޮށް ދޫކޮށްލެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ ބިދޭސީ މީހާގެ މައްޗަށް ކުށް ސާބިތުވާތީ އޭނާ ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހުސައިން ހުސައިން ޒަކަރިއްޔާ އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަމީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންމަ
16 February 2022
މިކުއްޖާފުޅު ގެ ބަލަދުވެރިޔަކު ނެތީބާ، ބަލަދުވެރިޔާ އިހުމާލުވެފަިވާނަމަ އެކަމަށްވެސް ފިޔަވަޅު އަޅަން ޖެހޭނޫންތޯ؟
ސެލްފީ
16 February 2022
ވިޔަފާރިވެރިން އަދިވެސް މި ރޮނީ ބަންގްލަދޭޝް މީހުން ނުގެނެވިގެން ދެފައި ތަޅާފަ ރޮއެ ހޭރެނީ. ބަންގްލަދޭޝް މީހުންވެސް ގިނައީ ރަނގަޅު މީހުން އެކަމަކު އެއް ގައުމަކުން މިހާ ބައިވަރު މީހުން އައިސް ގައުމެއް ތެރޭ ވަކި ގައުމެއް އުފެދުނީމަ ހުރިހާ ނޭދެވޭ ކަމެއްވެސް ހިނގާނެ.
ކުޑަ ހަސަނު
16 February 2022
ބެހުނީ ނުކިޔައި ރޭޕްކުރީއޭ ކިޔާބަލަ....
ކުދިން ޖެހޭނީ ހިމާޔަތް ކުރަން.
16 February 2022
ހަރުކަށި އަދަބު ދޭންވީ. އެކަމު އަނެއްކޮޅު ވެސް ބަލާލަމާ. މިގައުމުގަ ޒިނޭ ކުރޭ އަދަދު ނުކުރެވޭވަރައް. ކްލިނިކް ތަކައް އެގޭނެ ބަނޑުބޮޑު ވާވަރުވެސް. ނުކުޅެދެޔޭ ބުނީމަ ސިކުނޑީގެ އުނިކަމަކައް ވެދާނެ. ނަމަވެސް ބައެއް އެދުންތައް ހުރެދާނެ. އެކުޢްޖާޔައް ނުވެސް އިގިދާނެ ރަގަޅު،ނުރަގަޅު، ހަމަ،ނުހަމަ އެއް. ޑރ ކިކޭ ބާ ބުނަނީ މިކަހަލަ ކުދިންގެ ޖިސްމާނީ އެދުން ކޮންޓްރޯލް ކުރުމައް؟ ބޭސް ދޭބާ؟ އެއީ ރަގަޅު ކަމެއްބާ؟ އެކުދިންގެ ދުނިޔެ ލިމިޓް ކުރީމަ ވާނީ ކިހިނެތް؟
އަހައްމަދޫ
16 February 2022
ކޮން އިސްތިއުނާފެއްތަ. މިކަހަލަ މަސްއަލަ އިސްތިއުނާފް ކުރެވިގެންވެސް ނުވާނެ. ދެން ކޮންމެވެސް އިސްތިއުނާފެކޭ ކިޔައިގެން ކޮންމެސް ބާގަޑަކުން ދެމިގެންނާނެ
އައްޔަަ
16 February 2022
މިޔެއްނުން އައުޓު ކުރަންވި ބަޔަކީ!
ޓިނު
16 February 2022
ޥަގުންނާއި ވަގުންއެތެރެކުރި ބަންގާޅުމީހުން ހިމާޔަތް ނުކުރެވިގެތާ އައުޓް އައުޓް ގޮވަމުން އެދުވަނީ.
އިބްރ
16 February 2022
އިންޑިއާ މީހަކުނަމަ ފޮނުވާލާނީ ްްްް ގައުމަށް. އެއީ އައުޓްކުރަންޖެހޭ ސަބަބު.
ސީނާ
16 February 2022
ބަންގްޅިން# އައުޓް....ރަޖަމްކޮށް ބަލަ
އަންދާ ޤާނޫނު
16 February 2022
ކޮބާ ދެވަނަ މީހާ؟ އަނެއްކާ އެއީ ރޯޔަލް މީހެއްވީމަ މިމައްސަލައިން ގެއްލުނީތަ؟
އަބަ
15 February 2022
ބިދޭސީ ބނގޅ އެއް ވީމަކަންނޭނގެ ތި ސަލާމަތް ނުވީ. އެހެންނޫންނަމަ ކޮންމެވެސް ފަންސުރެއް މަދުވެގެން ތި މީހަކު ހުރީހީ ދޫވެފަ
ހާދަ ނުކެރިފަ
16 February 2022
ބަންގާޅު، ބަންގާޅީ އެއީ 1971 ގައި އުފެދުނު ބަންގްލަދޭޝީންގެ ގައުމީ ހައިސިއްޔަތު. މި ދިވެހިރާއްޖޭގެ ބައެއް އަންހެންވެެރިން އެނަމާހުރެ ހިތުގައިޖެހުނަސް ބަންގާޅު އާބާދީ އިންޑިޔާގައިވެސް އަދިވެސް އެބައޮތް. ބަންގްލަދޭޝޭ މިކިޔަނީ އިރުމަތީ ބަންގާޅު އިންޑިޔާއިން މިނިވަންވުމަށްފަހު. ހުޅަނގު ބަންގާޅު އިންޑިޔާގައި އަދިވެސްްއޮވޭ. އިނގިރޭސިބަހުންވެސް އެތަނަށް ކިޔަނީ ވެސްޓް ބެންގޯލް. ބަންގާޅު މިބަހުގައި ފިލިޖަހައިގެން ލިޔަން ކެރެން ނުޖެހޭ ސަބަބެއްނެތް
ޢެކެއް
15 February 2022
ތިޔަކަން ހިނގިއިރު އެކުއްޖާގެ ބެލެނިވެރިން ކޮބާތޯ؟؟
ކޮރަލް
15 February 2022
ލޭބަރުންނަށް ވިޔަފާރި ތައް ލިބި އޭގެ ނޭދެވޭ އަސަރު އެބަ ކުރެ އެވެ.، ބިދޭސީ ލޭބަރުިން މިހާރު ކުރަނީ ލޭބަރު މަސައްކަތެއް ނޫނެވެ. އެކަމު ޑްގްރީ ހުރި ދިވެހި ބައެއް ޒުވާނުން ކުރަނ ީ ލޭބަރ މަސައްކަތެވެ.