ޓްރީ ޓޮޕް ހޮސްޕިޓަލަށް ހަމަޖެއްސި ޕީޑިއެޓްރިކް ޑެންޓިސްޓް އައިޝާ ނިހާ އިބްރާހިމް.
20 ފެބުރުއަރީ 2022 - 14:14
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކުޑަކުދިންގެ ދަތުގެ ފަރުވާ އަށް ހާއްސަ ޑޮކްޓަރެއް ކަނޑައަޅައި އެ ހިދުމަތް ފަށައިފި އެވެ.
ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއް ހޮސްޕިޓަލުން ކުޑަކުދިންނަށް ދަތުގެ ފަރުވާ ދޭނީ އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ކޮންސަލްޓެންޓް ޕީޑިއެޓްރިކް ޑެންޓިސްޓް އައިޝާ ނިހާ އިބްރާހިމް ކަމަށެވެ.
ޑރ. އައިޝާ އަކީ އިންޑިއާގެ ޕަރުތާ ޑެންޓަލް ބެންގަލޫރު ހޮސްޕިޓަލްގެ 10 ބްރާންޗެއްގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ޑެންޓިސްޓެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ، ޕީޑިއެޓްރިކް ޑެންޓިސްޓެއްގެ ހިދުމަތް ދޭނީ އެންމެ ތުއްތު އިރުން ފެށިގެން ފުރާވަރުގެ ކުދިންގެ ދަތުގެ ފަރުވާއާ ގުޅޭ ބޭނުންތަކަށް އިސްކަންދީގެންނެވެ.
މި އާ ހިދުމަތުގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުން އިސްކަން ދޭނީ ކުޑަކުދިންގެ އަނގައިގެ ސިއްހަތު ރައްކާތެރިކުރުމަށާއި އެކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުމަށް ކަމަށް ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ އާ ހިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންގެ އިމަޖެންސީ ދަތުގެ ފަރުވާ އާއި ބޭބީ ޓީތް ފިލިންގްސް އާއި ޕަލްޕެކްޓޮމީ ނުވަތަ ބޭބީ ޓީތް ރޫޓް ކެނަލް ޓްރީޓްމެންޓް އަދި ދޯރި ލެއްވުމާއި ބޭބީ ޓީތް އެކްސްޓްރެކްޝަނާއި ދަތްތަކުގެ ރައްކާތެރިކަމަށްޓަކައި ފްލޮރައިޑާއި ސީލެންޓުން ފަރުވާކުރުން ހިމެނެ އެވެ. އަދި ސްކޭލިން އެންޑް ޕޮލިޝިން އާއި ފުޓުނި އެޅުމާއި ރޫޓް ކެނަލް ޓްރީޓްމެންޓުގެ ހިދުމަތް ވެސް ލިބޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް މެޑިސިން ޑިޕާޓްމެންޓުން ދޭ ހިދުމަތްތަކާއި ފަރުވާ މިހާރަށް ވުރެ ވެސް ރަނގަޅު ކުރުމަށްޓަކައި އެ ޑިޕާޓްމެންޓުން އަންނަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އުކުޅުތައް ބޭނުން ކުރަމުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީނާ ޖ
21 February 2022
އާސަންދައިން ދަތުގެ ހިދުމަތް ދީބަލަ. ދަތްޕިލަ މުޅިން ހަލާކުވެއްޖެ.
އަލީ ސާ
21 February 2022
ދަތުގެ އެއްވެސް ފަރުވާއެއްގެ ހިދުމަތެއް އާސަންދައިން ނުލިބޭ. އަހަރަކު އެއްފަހަރުވެސް ޑރ ދަށްކާކަށް އަހަރުން ނުދަން. އެކަމަކު މުޅި ދަށްޕިލަ ހަލާކުވެފަ މިހިރީ. އާސަންދައިން ހިދުމަތް ލިބޭނަމަ ކިހާ ރަނގަޅު
ޕޭޝަންޓ
20 February 2022
އަޅުގަނޑަށްވެސް ހީކުރެވުނީ.. ތަންކޮޅެއް ކުރިން އައި ޖީ އެމް ހޮސްޕިޓަލުން ހިތްހެޔޮ މިފަދަ ޑެންޓަލް ޑޮކްޓަރަކު ފަރުވާދެއްވިއެވެ. ދަތުގެފަރުވާ އަކީވެސް ވަރަށް ބޭނުންބޮޑު ކަމަކަށް ވެއެވެ. އެންމެ ބޮޑުސަމާލުކަމެއް ދޭންވީ ދަތާއި އަނގައިގެ ސިއްހަތަށެވެ.
ބައި
20 February 2022
ހީކުރީ ދިވެހި ޑޮކްޓަރެއް ކަމަށް. އަނެއްކާ ދިވެއްސަކަށް މަންމަ ނުވަތަ ބައްޕަކިޔާ ކުއްޖެއްތަ ތިއީ؟