އޭޖީ އިބްރާހީމް ރިފްއަތު: ހުޅުމާލޭ ކޯޓު އުވާލަން ގާނޫނު އިސްލާހު ކުރާނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
20 ފެބުރުއަރީ 2022 - 14:20
ހުޅުމާލޭ ކޯޓު އުވާލުމުގެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލިޔަސް، އެ ކޯޓު އުވާލަން ގާނޫނު އިސްލާހު ކުރާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުގެ އެންމެ ހަނި އަޣުލަބިއްޔަތުން ހުކުމް ކޮށްފައި ވަނިކޮށް އެ ނިންމުން ރިވިއުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދާދިފަހުން އެދުމުން މިހާރުގެ ސުޕްރީމް ކޯޓުގެ ބެންޗުން ނިންމެވީ އެ ނިންމުން ރިވިއު ނުކުރުމަށެވެ.
ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އެޓާނީ ޖެނެރަލް ރިފްއަތު ކުރެއްވި ޓްވީޓެއްގައިވަނީ ހުޅުމާލޭ ކޯޓަކީ ސިޔާސީ މަގްސަދެއް ހާސިލްކުރަން އުފެއްދި ތަނެއް ކަމަށާއި އެ ކޯޓުގެ ސައްހަ ކަމަށް އޭރުގެ ސުޕްރީމް ކޯޓުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށެވެ.
އެކަމަކު މިހާރުގެ ސުޕްރީމް ކޯޓުގެ ބެންޗުގެ ނިންމެވުމާ މެދު ވަކި އެއްޗެއް ވިދާޅުނުވެ، ރިފްއަތު ވިދާޅުވީ "ފާޅުކަން ބޮޑު ބޭ އިންސާފު" ރަނގަޅު ކުރަން ގާނޫނު އިސްލާހު ކުރާނެ ކަމަށެވެ.
ހުޅުމާލޭ ކޯޓަކީ ސިޔާސީމަޤްޞަދެއް ޙާޞިލްކުރުމަށް އުފެއްދި ތަނެއް.ޤާނޫނާ ޚިލާފު އެނިންމުން ނަގަހައްޓާފައިވަނީ31/އެސް-ސީއެސް/2012 ޤަޟިއްޔާއިން.ޤާނޫނުގައި ނެތް ކަމެއް ޤާނޫނާ އެއްގޮތަށް ނުކުރެވޭނެ!ޤާނޫނީ މިބޮޑު ފުށުއެރުން/ފާޅުކަން ބޮޑުބޭއިންޞާފު ރަނގަޅުކުރުމަށް ޤާނޫނު އިޞްލާޙުކުރާނަން https://t.co/GY9Nf7ujYg
— I Riffath (@ibriffath) February 20, 2022
އޭޖީގެ ޓްވީޓް
ހުޅުމާލޭ ކޯޓުގެ މައްސަލަ ކުރިން ހޫނުވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 2012 ވަނަ އަހަރު އެ ކޯޓުގައި ދައުވާ އުފުލުމުންނެވެ. އެ ކޯޓުން ސައްހަ ނޫން ކަމަށް ބުނެ އޭރު އުފެދުނު ގާނޫނީ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމިޔަސް، ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް އޮއްވައި ދައުލަތުން 2015 ވަނަ އަހަރު އެ މައްސަލަ އަނބުރާ ގެންދިއުމަށް ފަހު ނަޝީދަށް ޓެރަރިޒަމްގެ ދައުވާކުރީ ކްރިމިނަލް ކޯޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަށިބެ
21 February 2022
ޤާނޫނު އަސާސީގައި ހުޅުމާލެ ވިލިގިލި ހިމެނެނީ މާލޭގެ އިހުތިސާސްގައި އެހެންވީއިރު މާލޭ ސިޓީކައުންސިލަށް މިރަށްރަށުގެ އިހުތިސާސް ނުދީ އުޅޭގޮތެއް ސާފުވާން އެބަޖެހޭ. ހުޅުމާލޭ ކޯޓްގެ މައްސަލާގައި ހުޅުމާލެ ހިމެނެނީ މާލޭގެ އިހުތިސާސްގެ ތެރޭގައި ކަމަށް ބަންޑާރަ ނައިބު ވިދާޅުވާ ވިދާޅުވުން ދެކޮޅެއް ނުޖެހޭ. އެހެންވެ ބުނެލީ.
ހައްލެއް
21 February 2022
ހުޅުމާލެ ރައްޔިތުންގެ ފަރާތުން ތަދައްޚުލު ވާންޖެހޭ. 80 ހާހުގެ ބޮޑު އާބާދީއަކަށް ކޯޓުގެ ޚިދުމަތް ނުލިބުން ރަނގަޅެއް ނޫން. ނޫނީ ހުޅުމާލެއަކީ ވަކިސިޓީއަކަށް ހަދާ.
ބަކުރުބެއްޔާ
21 February 2022
ވަރަށް ހީވޭ ސަރުކާރަށް ބަލަދު އަރާ ކުއްޖެއްގެ މައްސަލަ ތި ކޯޓުން ނިންމާފަ އޮތްހެން އަޅެ “މިހާރު” އިން ބަލާލަ ދީބަލަ ކޮންބައެއްގެ މައްސަލަ އެއްތޯ ތިކޯޓުން ނިންމާފަ ހުރީ
ޑިރާސާ
21 February 2022
ސަރުކާރުން ގަޅި އެއްޗެއް ނަހަދާތި ، ތިޔަ ގޮތަށް ގާނޫނާ ޙިލާފޭ ކިޔައިގެން ކޯޓު އުވާލައިފިއްޔާމުން ތިޔަ ކޯޓުގެ ހުކުމްތަކާއި ،އަމުރުތަކުން ބަންދުކުރި މީހޫންނާއި ، ހައްޔަރު ކުރި މީހުންނާއި ޖަލު ހުކުމުގައި ތިބި މީހުން ހުކުމާއިމެދު ސުވާލު އުފައްދައި ބަދަލު ހޯދަން ސްޕްރީމް ކޯޓަށާއި ދައުލަތުގެ އިދާރާތަކަށް ދާނެ..
ދިރާސ
21 February 2022
ހުޅުމާލެ ކޯޓުން ކޮށްފައިވާ ހުކުމް ތަކާއި ، އަމުރުތަކާއި ، ކައިވެނި ތަކާއި އެކޯޓު މެދުވެރިކޮށް މިވީ 11 އަހަރު ތެރޭގައި ދައުލަތަށް ވަދެފައިވާ އާމްދަނީ ގާނޫނާއި ހިލާފު ކަމަށް އެޓާރނީ ޖެނެރަލް ވިދާޅު ވަނީތޯ...؟
މޮޔައިން
21 February 2022
ގާނޫނު އިސްލާހުކޮއްބަލަ ދިވެހިން މިތަނުން ފައިބަން. ހަހަ
މޯޑް
21 February 2022
ސުފްރީމް ކޯޓް ގަ ތިބި މީހުން އުޅެނި އުމްރުދުވަހު އެތާ ތިބޭނަމޭ ހިތާ
އިންދިއިށް
20 February 2022
ގާނޫނު އިސްލާހުތަ ކުރަނީ.ނޫނީ ގަޑުބަޑުކުރަނީތަ
ކުރިސީ
20 February 2022
ދެން ރައްޔިތުންގެ މަޖްލިސް ކައިރީ ދޫލަ އަޅައިގެން ހެދި ކޯޓު އެއީ ކޮން ކޯޓެއް؟ އެނު މަނިކުފާރާއި، ޙަސަން ލަތީފް ފަދަ ބޭފުޅުން ތިއްބެވީ އެތާ އަތްޖަހަން.
ޞބބވވ
20 February 2022
ހުޅުމާލެއަކީ މާލެއޭ ބުނެވޭނެގޮތެއް ހޯދަނީ. ހުޅުމާލެއަކީ ހަމަވަކިރަށެއް. އެހެންވެއެރަށުގަ މެޖިސްޓްރޭޓްކޯޓެއް ހުންނަންޖެހޭ. މިހާރުވެސް މާލެކޯޓުތަކުން ކޭސްމެނޭޖްނުކުރެވޭ.