22 ފެބުރުއަރީ 2022 - 10:41
ގާނޫނުއަސާސީ އަށް ހުށަހަޅަން އެމްޑީޕީން ގަސްދުކުރާ އިސްލާހުތަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކާ އެކު މަޝްވަރާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދާ ބަހުސްގައި އެމްޑީޕީގެ ގިނަ މެންބަރުން ވާހަކަ ދެއްކެވީ ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅަން ޖެހޭނީ ކުއްލިއަކަށް ނޫން ކަމަށް ވިދާޅުވެ އެވެ. އެކަމާ ގުޅޭ ގޮތުން ފުން ދިރާސާއެއް ހަދައި މަޝްވަރާކުރަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވެ އެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުން މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާފައިވާ ކަމަށެވެ.
ނަމަވެސް އެ އިސްލާހުތައް ހަމައެކަނި އެމްޑީޕީން އެދޭ ގޮތަށް ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް މަސައްކަތްކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެކަން ކުރާއިރު [ގާނޫނުއަސާސީ އިސްލާހު ކުރާއިރު] ޕާޓީތަކާ އެކު މަޝްވަރާ ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެ ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި އެވެ.
އޭގެ ތެރޭގައި، ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތާރީހެއް ކަނޑައެޅުމަށްޓަކައި ކޮންގްރަސްއެއް ބޭއްވުން ހިމެނެ އެވެ އަދި އެ ކޮންގްރެސްގައި ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފާސްކުރަން ވެސް ނިންމި އެވެ.
- މިނިވަން މުއައްސަސާތަކުގެ އަދަދާއި އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
- ގާނޫނުއަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން.
- ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓު ހޯދާ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން.
- އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރު ބާއްވަން ގާނޫނުއަސާސީގައި ކަނޑައެޅުން.
- ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ތާރީހް ކަނޑައެޅުން. އަދި އެ ނަތީޖާއާ އެއްގޮތަށް ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމް ކަނޑައެޅުން.
- ގާނޫނުއަސާސީގައި ލާމަރުކަޒީ އިތުރު އުސޫލުތައް ކަނޑައެޅުން.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
???
23 February 2022
މިނުބައިކަލޭގެ ރާއްޖޭން ބޭރުކުރޭ
ގޯޕާލް
23 February 2022
މީނައާދިމާލަށް އެއްޗިހި ކިޔޭކަށްވެސް ނެތް. ނުކިޔާ ހުރެވޭކަށްވެސް ނެތް. ކީމަ ވާނީ ކީ ކަމަށް. ނުކިޔައިފިއްޔާ ވާނީ ނުކިޔާކަމަށް. ރަނގަޅު އެއްގޮތެއްވެސްނެތް. ހަމަ ނުބައި މީހަކީ
ޒުމާ
23 February 2022
ގާނޫނު ކީއްކުރަން ކޮންމެ އެއްޗެއް ބަދަލު ކޮށްގެންވެސް ކަލޭ ވެރިކަމަށް އާދެވޭތޯ ބަލާ. މީނަ ލައިގެން އުޅެވޭކަށްވެސް ނެތް.ނޫޅެ ވާކަށްވެސް ނެތް. %50 ޕަސެންޓް ލިބެންޖެހޭނެ.މިއުޅެނީ އަތޮޅު ކައުންސިލަށް ކުރިމަތި ލައިގެންނުން.ދިވެހި ރާއްޖޭގެ ރައީސްކަމަށް. % 20 ޕަސެންޓުން %25 އިން %30 ޕަސެންޓުން ވެރިކަމަށް އާދެވޭތަ؟
އުސްމާނުބެ
22 February 2022
ކާލޭގެ ހިސާބުން ދައްކަނީ ދެން ލިބޭނީ 30% ވޯޓްކަމައް ދެއްތޯ، އެގޮތައް ފާސްކޮއްފިޔާ އިދިކޮޅައް ވޯޓްލާންވެސް ދާނަން........ ދެން ކަލެއައް ވޯޓުލުން ނިމުނީ.........
އެމްޑީޕީ
22 February 2022
ގާނޫނު އަސާސީ އިސްލާހު ކުރަން ބޭނުންވެގެން އެމްޑީޕީއަކުން ނޫޅެއެވެ. ބޭނުން ވެގެން އުޅެނީ ނަޝީދާއި އޭނާއަށް ތާއީދުކުރާ މަދު ބައިގަނޑެކެވެ. އެހެންވީމާ ގާނޫނު އަސާސީ އިސްލާހު ކުރަން ބޭނުންވެގެން އުޅެނީ އެމްޑީޕީއޭ ކިޔައިގެން ނުވާނެއެވެ. އެމްޑީޕީގައި ގިނައީ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ބޭނުންނުވާ މީހުން، ނިޒާމްބަދަލު ކުރަން އުޅެނީ ނަޝީދަށް ވެރިކަން ހޯދަދޭން އުޅޭ މަދުބައެއް. ތާއީދު ނެތް މީހަކަށް ވެރިކަން ހޯދަން ގާނޫނު ބަދަލުކުރުމަކީ ހައްލެއް ނޫން
ޔާމީނު
22 February 2022
ޔާމީނުވެސް ބޭނުން. އޮގަތަށް އޭނަޔަށްވެސް ދެންވެރިކަމަށް އާދެވެން އޮތޯ. އެމްޑީޕީ ބޮލުރޮދިއަޅުވާފަ ތިކަންކުރާނެ. އެމީހުންވެސް ބައިވެރިވާނެ. ކޮޅެއްގަ ނުޖެހޭ ދެމީހުނއ ހަމަނުވާ ޕާޓީތައްވެސް ބައިވެރިވާނެ. ދެރައޮތީ ނިކަމެތި ރައްޔިތުންނަށް. ބާރަށް އަތްޖަހާ
ކޮންސޮޅި
22 February 2022
ގާނޫނުއަސާސީ އިސްލާހުކުރަން މަސްވަރާކޮށް ޒުވާބުކޮށް އެކިޔާގޮތަށް ބްރެއިންސްޓޯމް ޖައްސަންޖެހެނީ ގައުމުގައިއުޅޭ ވަކިފަރާތަކަށް ނުޖެހޭ ހުނަރުވެރި އިލްމުވެރި ގައުމުގެ ރައްޔިތުންނަށް ހަމަހަމަ އުޖާލާ މުސްތަގުބަލެއް ގެނެސްދިނުން ޕްރައިޑެއްކަމަށްދެކޭ އެކަން ވިސުއަލައިޒްކޮށް ޑިފައިން ކުރަން އިގޭބަޔަކާއިއެކު. ގާނޫނުއަސާސީފޮތް އަޅިއުދުންމަތީ ބާއްވައިގެން ރޯކުރީމަ އިތުރަށް ގެދަބުޅިހިފުން ނޫންކަމެއް ނުވާނެ.
ޔަަން
22 February 2022
ބަދަލު ކުރާނެ ކަމެއް ނެތް... ލާމަރުކަޒީ އުސޫލުން ރަށްތައް ތަރައްގީ ނުކޮށްދީފަ އަދި ވެސް ވީ ގާނޫނު ބަދަލް ކުރަންތައް! ރަގަޅަށް ވެރިކަން ކޮށްފިއްޔާ ރައްޔިތުން އަލުން ހޮވާނެ!
ކަނބިލި
22 February 2022
ތާއަބަދަށް އެކަކު ވެރިކަމުައި ބަގުޑި ބެއްދުން ފެހި ގާނޫނު އަސާސީއާއެކު އަލްވަދާކިޔައިފި. ސިޔާސީގޮތުން ބޭންކުރަޕްޓް ވެފައިތިބި މީހުން ތިޔަކަމާ ނޫޅުން ރަނޅުވާނީ. ރާއްޖޭގައި އޮތީ ނިޒާމުގެ މައްސަލައެއް ނޫން. ނިޒާމު ހިންގަން ތިބި މީހުން ކުފޫހަމަނުވާ މައްސަލަ އޮތީ.
ބޮޑުމީހާ
22 February 2022
ބާރުތައް ކިތަންމެ ވަރަކަށް ޖަމާކުރިޔަސް ވެރިކަންދެއްވަނީ ވަކި ފަރާތަކުން. އަމިއްލަ އެދުމުން ފޯވެފަ ތިބި ބަޔަކަށް އިތުރަށް ދޭނެ ވޯޓެއް ނެތް
ސަސ
22 February 2022
އެއްކަލަ ބޮޑު ބަރުލަމާނީ ޕެޓިޝަން ކޮބާތަ؟ މަ ހީކުރީ މިހާރު ތިޔައީ ބޮޑުވަޒީރު ކަމަށް.