ހުޅުމާލެ ފެރީ ޓާމިނަލް: ރޯދަ މަސް ވުމުން ދަތުރުތަކަށް ވެސް ބަދަލުތަކެއް.--މިހާރު ފޮޓޯ
06 ޖޫން 2016 - 19:21
ރޯދަ ވިއްލާ ވަގުތާ ދިމާކޮށް ހުޅުމާލެ އަދި ވިލިމާލޭ ފެރީ ދަތުރުތައް އެއް ގަޑި އިރަށް މެދުކަނޑާލާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 6:00-7:00 އާ ދެމެދު ވިލިމާލޭ ފެރީގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. އަދި ހަތެއް ޖަހާއިރު ދަތުރުތައް އަލުން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭ ފެރީގެ ހިދުމަތް މެދުކަނޑާލަން ހަމަޖައްސާފައިވަނީ 5:40 އިން 6:40 އާ ދެމެދެެވެ. ހުޅުމާލޭ ފެރީ ޓާމިނަލް 6:40 ގައި ހުޅުވިޔަސް ދަތުރުތައް ފަށާނީ 7:00 ގަ އެވެ. އޭނާ ވިދާޅުވީ އެހެން މަސްތަކެކޭ ވެސް އެއްގޮތަށް ފެރީގެ ދަތުރުތައް އާއްމުކޮށް އޮންނާނީ 10-15 މިނެޓުން ކަމަށެވެ.
ހުޅުމާލެ އަށް ގިނަ މީހުން ދަތުރުކުރާ ވަގުތުތަކުގައި ޕްރިމިއަމް ފެރީގެ ހިދުމަތް ކޮންމެ 30 މިނެޓަކުން ދޭނެ ކަމަށާއި ދަތުރުކުރާ މީހުންނަށް ވީހާ ވެސް ފަސޭހަ އިން ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވުމުން ހުޅުމާލެ އަށް ދަތުރުކުރާ މީހުންގެ އަދަދު މިއަދު މަދުކަމަށާއި ނަމަވެސް ރޯދައިގެ ފަހުކޮޅަށް އެޅުމުން ކޮންމެ އަހަރަކު ވެސް އެ އަދަދު އިތުރުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
07 June 2016
އެމްޓީސީސީގެ އިއްޒަތްތެރި ވެރިންނަށް ވެދުން ސަލާމް! ބުނަން މިއުޅޭ ވާހަކައަކީ އަހަރަކު އެތައް މިލިއަންރުފިޔާ ފައިދާގެ ގޮތުގާލިބޭއިރު، ހުޅުމާލޭގާއުޅޭ ފަރާތްތަކަށް ތިހާ ހިތްދަތިކަން ނުދެއްވާށޭ! ފެރީގެޚިދުމަޓް ސަކަރާތޭ ސަކަރާތޭ ކިޔުއްވަން ނަހައްދަވާށޭ! އަހަރެމެން މިފަދަ ނިކަމެތި ހާލެއްގާ ދަތުރުކުރާތާ ހާދަހާ ގިނަދުވަހެއް ވެއްޖެޔޭ، މިކަމަށް އަވަސް ހައްލެއް ގެނެސްދެއްވާށޭ! ނޫނީ މިކަން ނުކުރެވެންޏާ ވީއެންމެ އަވަހަކަށް އިސްތިއުފާ ދެއްވާފާ ގެޔަށް ވަދައިގަންނަވާށޭ! މިހާރުވެސް ތިކަން ކޮށްދޭހިތުންތިބި އެތައްބައިވަރު ކުންފުނިތައް އެބަހުއްޓޭ! އިހްތިރާމް ގަބޫލުފުޅު ކުރައްވާށޭ! -އިބްރާހީމް-
ވިސްނާލީމާ
07 June 2016
40000 ހާސްމީހުންއުޅޭ ރަށަކަށް ޚިދުމަތްދިނުމަށްހައެއްކަފެރީ! ކިހިނެއްވާނެކަމެއް! އެހެނެއްނޫން ވިލިމާލޭދަތުރުތައް ދެން އެހާ ގޯހެއްނޫން! ހައެއްކަހާސްމީހުންއުޅޭ ރަށަކާ ސާޅީސްހާސްމީހުން އުޅޭރަށަކާ ތަފާތުހުންނާނޭކަން އެމީހުނަށް ވިސްނޭނަމަ ކިޮންފަދަ! ރޯދައަށް ދެދުވަހަކަށް ވީއިރު ޓާމިނަލްގާ ގަޑިއެއްގެއިރު ހޭދަކޮށްނުލ؛ާ ހުޅުމާލެއަކަށްނުދެވޭ! މީހުންތިބޭ ތިންބައި ފުރިގެން ބޭރުގާ ތިބެންޖެހޭ! ކީތްތަވާނީ މީހުން އަންނަވަރަކުން ފެރީއަށޤ އަރުވަމުން ދިޔައްޔާ! ހަމަ ފުރޭއިރަށް ނައްޓާލަންވީ! ނުފުރުނަސް ފަސްމިނިޓް ދިހަމިނިޓްވީމާ ނައްޓާލަންވީ! ކަމަކަށޤ ކަމެއްނުކޮށް ޚިދުމަތެއްދީބަލަ! ޕްލީޒް! -އިބްރާހީމް-
އަހުމަދު
07 June 2016
މީ ދެން ކިހާ ދެރަ މައްަސަލައެއް! ބަލަގަ 24/7 ޑިޔުޓީ ބަހައިގެން މަސައްކަތް ކުރާ އެހެން މީހުން ރާއްޖޭގައި ނޫޅޭނީތަ؟ ދެން ރޯދަ ވީއްލަން ހުޅުމާލެ އަށާ ވިލިގިއްޔަށް ދާ މީހުން ތޮއްޖެހިގެން ފަހެއް ޖެހީއްސުރެ އެކަމާ އުޅެން! އެހެންވީރު، ވީނުންތަ ސްޓެލްކޯއާ، ވޯޓަރ ސަޕްލައި އާ ހޮސްޕިޓާ ތަކާ، ސިފައިންނާ ފުލުހުންނާ، އެއަރޕޯޓު ފަދަ ތަންތާ މަސައްކަތް ކުރާ މީހުންވެސް އެއް ގަޑިއިރަށް އެމީހުންދޭ ޚިދްމަތް މެދު ކަނޑާލަން! ކީކޭތަ ދެން ބުނާނީ!
ޒަބީބު
07 June 2016
ދަތުރުކުރާ މީހުންގެ ފަސޭހައަށް ތިކުންފުނިން މަސައްކަތްކުރާތާ 12 އަހަރުވެއްޖެއެވެ. އެކަމަކު މީހުންގެ ޝަކުވާ އަބަދުވެސް އޮހެއެވެ. އެމްޓީސީސީ އާ ވާދަކުރާނެ އެހެންކުންފުންޏެއް ނުނެރެ ތިކަން ނުވާނެއެވެ. ނުވަތަ ތިމީހުން އަތުން ތިތަން ޖެހެނީ ފޭރިގަންނާށެވެ. މުސީބާތެއް ބޮޑު މުސީބާތެއް އުނދަގުލެއް ބޮޑު އުދަގުލެއް ވޭނެއް ބޮޑު ވޭނެއް.
ކލަފކ؛ސ
07 June 2016
ދޮންކަލޯ ކޮންމެ މީހަކަށް ފެރީއެއް ނުބޭއްވޭނެ ދޯ. ހަޖަމުގެ ބައި ވަރަށް ދައްކަން ފާހަގަކުރެވޭ.
އަލީ
07 June 2016
ތި ޔައީ ވަރަށް ދެރަކަމެއް، އެއްގަޑި އިރަކީ ވަރަށް ގިނަ ވަގުތު، އަނެއް ކޮޅުން ބަލާއިރު ތޭވީސް މިނިޓުން އާންމު ގޮތެއްގާ ފެރީގަ ދަތުރެއް ކުރެވެނީ... އެހެން ވީމަ ދެން ޖެހޭނީ ގަޑި އެއްހާ އިރު ވަންދެން ކިއުގައި މަޑު ކޮއްލަން.... ތި ތަނުގަ ހޫނު ވާވަރުން ދާންވާ ހިސާބަށް ދާ އިރު ހުން ނަނީ ދާ ހިއްލާ ފޯވެފަ.... މިހާލަތު ގަ އޮތް ތަނެއްތީ..