23 ފެބުރުއަރީ 2022 - 20:49
ވެރިކަމުގައި ކޮންމެ ޕާޓީއެއް ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް، އެމެރިކާގެ ރަސްމީ ސިޔާސަތަކީ ރަޝިޔާ އަކީ އެމެރިކާގެ އެންމެ ބޮޑު ދުޝްމަން އަދި އެންމެ ބޮޑު އަސްކަރީ ވާދަވެރިޔާ ކަމުގައި ބެލުމެވެ. ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް، އެމެރިކާގެ ކުރީގެ ރައީސުން ދަމަހައްޓަމުން އައީ އެ ސިޔާސަތެވެ.
ނަމަވެސް ޔޫކްރޭނަށް ރަޝިޔާ ސިފައިން ފޮނުވަން ނިންމި މައްސަލައިގައި އެމެރިކާ ސަރުކާރުގެ ސިޔާސަތާއި، ވެރިކަމުން އެންމެ ފަހުން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިޔާސަތު މިފެންނަނީ އުޑާއި ބިމާހާ ތަފާތުކޮށެވެ. ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ދެ ޖުމްހޫރިއްޔާގެ މިނިވަންކަން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ގަބޫލުކުރެއްވުމުން، ޓްރަމްޕު ވަނީ އެކަމަށް ހިތްވަރުދެއްވައި ތައުރީފު ކުރައްވައިފަ އެވެ.
ޓްރަމްޕު ވިދާޅުވި ގޮތުގައި ޔޫކްރޭނުން ވަކިވެ މިނިވަންކަން އިއުލާންކުރި ދެ ޖުމްހޫރިއްޔާއަކީ މިނިވަން ދައުލަތެއް ކަމަށް ޕުޓިން އިގުރާރުވުމަކީ ވަރަށް ބުއްދިވެރި ނިންމެވުމެއް ކަމަށެވެ. ޔޫކްރޭންގެ ބޮޑު ސަރަހައްދެއް މިނިވަން ތަނެއްގެ ގޮތުގައި ރަޝިޔާ އިން ކަނޑައެޅުމަކީ ވަރަށް ފައްކާ ކަމެއް ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.
"އެހެންވީމާ ޕުޓިން މިހާރު އެ ވިދާޅުވަނީ އެއީ މިނިވަން ތަނެކޭ، ޔޫކްރޭންގެ ބޮޑު ސަރަހައްދެއް. އަހަރެން މިބުނަނީ އޭނާ ކިހާ ހުށިޔާރުހޭ. އޭނާ އެ ދަނީ އެތަނަށް ވަދެ ސުލްހަ ބެލެހެއްޓުމާ ހަވާލުވާން. އެއީ ސުލްހަ ބަލަހައްޓާ ވަރުގަދަ ލަޝްކަރެއް. އަހަރެމެންގެ ދެކުނު ބޯޑަރުގައި ވެސް އެކަން އެ ގޮތަށް ކުރެވިދާނެ،" ޓްރަމްޕު ވިދާޅުވި އެވެ.
"އެއީ އަހަންނަށް ފެނުނު ސުލްހަ ބަލަހައްޓާ އެންމެ ވަރުގަދަ ލަޝްކަރު. އޭނާ (ޕުޓިން) އަކީ ވަރަށް ބުއްދިވެރި މީހެއް. އަހަރެން ވަރަށް ވަރަށް ރަނގަޅަށް އޭނާ ދަންނަން."
ޓްރަމްޕު ފާހަގަ ކުރެވިފައިވަނީ ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް، އެމެރިކާގެ އާންމު ސިޔާސަތާ ހިލާފަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި ގާތް ގުޅުމެއް ބޭއްވެވި ރައީސެއްގެ ގޮތުގަ އެވެ. އެމެރިކާގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވި އެއްވެސް ބޭފުޅަކު، އެމެރިކާގެ ހާރިޖީ ސިޔާސަތާ ދެކޮޅަށް މީގެ ކުރިން ވާހަކަ ދައްކަވައިފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
24 February 2022
ޓްރަމްޕަކީ މުނާފިގެއްނޫން. އެހެންވެ އޭނައަށް ކަންތައް ކުރީ ވެސް އަދި ވާހަކަ ދައްކަނީ ވެސް އަސްލާއި އެއްގޮތަށް.
ނީކް
24 February 2022
ޓުރަމްޕަށް ވެރިކަން ދިނީ ރަޝިޔާއިން
ޜާގޮނޑި
24 February 2022
ޕުޓިން އަކީ އެމެރިކާއިން ދީފާނެ ދެބިހައް ސަރަހައްދައް އަތްގަދަ ކުރަން ނޭޓޯ ކީއްކުރަން ދުނި ޔެ އެއްކޮޅައް ލި ޔަސް ރުހޭނެ މީހެއްނޫން މިކަމުން އިބުރަތްލިބި ދެބިހައް ގައުމުގެ ހުންގާނު އިންޑި ޔާ މިލިޓްރީއާ ހަވާލު ކުރުން ހުއްޓާލާ
ޙަބީބު
24 February 2022
ކޮބާހީވޭ އެމެރިކާގެ ހަމަވިސްނޭ މީހެއްމީ އަބަދަކު އެމެރިކާ ހީކޮއްގެންނޔވާނެ ދުނި ޔެ ބަނޑުދޮށުލައިގެން އޮވެވިދާނެ ކަމަކައް އެމެރިކާ ގޮސް ފަލަސްތީނު ހިމާއަތް ކޮއްބަލަ ކަމެއްކުރަންޏާ
ޓުރަމް ޕުއް
23 February 2022
އެއީ ބައިޑަން ޕުރަޝަރަށް އެރުވުމަށާއި އަދި އޭނަ އާއި ދެކޮޅު ހުރިކަން މި ވަގުތު އަންގާލީ@
ރަދީފު ބިން ރަފައިދާ
23 February 2022
އަސްލު ޓުރަންޕަކީ ބައިޑަންއަށްވުރެ އެތަށްގުނަ ރަނގަޅުރައީސެއް. އެމެރިކާގެ ބޮޑުން އަދި މީޑިޔާއިން ޓުރަންޕާ ޖައްސާލާ އޭނާ ވެރިކަމުން ދުރުކުރީ ޕުޓިންއާ އޭނާ ގުޅި ދުނިޔެ ސުލްހަވެދާނެތީ. ޓުރަންޕަކީ 100 ގެ މީހެއް.
އުދުހޭ
23 February 2022
ޓްރަންޕަކީ ފައްކާ ގޮލައެއް. ކުޑަކޮށް ބުއްދީގަ ކަމެއް އުޅޭނީ. އެއީ މަޝްހޫރުވެވެން އޮތިއްޔާ ބުނެފާނެ ކޮންމެފަދަ ބަހެއްވެސް.
ާއެނދިމަރިޔަނބު
24 February 2022
ޓްރަމްޕަކީ އެމެރިކާގެ ޖާބިރު
ވިޒޑމ
23 February 2022
ސަޅި ޓްރަމްޕް. އޭނަ އެ ބުނި އެއްޗެއް އެބަ ފަހުމް ވޭބާ ބަޔަކަށް؟ އެ ބުނީ އެފަދަ ލަޝްކަރެއް މެކްސިކޯ ބޯޑަރު ކައިރި ހަދަން ރަނގަޅު އައިޑިއާ އެކޭ. އެއީ މަސްތުވާތަކެތި އެތެރެކުރާ ހާލި އެމެރިކާ އަށް. ޓްރަމްޕް ވަނީ އޭނަ ވެރިކަމު ހުރިނަމަ ޕުޓިން އަށް ޔުކްރޭނަށް ނޭރޭނެ ކަމަށް ބުނެފައި. ރަނގަޅަސް ގޯހަސް ޕުޓިންގެ އެ ނިންމުން ބުއްދިވެރިކަމަށް އެ ބުނީ. އެއީ މިނިވަންކަން އިއުލާނުކޮށް އަދި ގަބޫލު ކުރި ދެގައުމަކަށް ސިފައިން ފޮނުވުން މައްސަލަ އެއް ނެތް.
ރަދީފްއޮފިޝިއަލްްް
23 February 2022
ތިކަހަލަ ނަޓު ދޫވެފަހުރި ކުރީގެ ރައީސަކު އުޅޭނެ ރާއްޖޭގައިވެސް އިންޑިޔާ އައުޓް ޖަހާފަހުރި ގަންޖަފަރާސްގަނޑެއް ލައިގެން. ވ. ވެދުން
ރަދީފްއޮފިޝިއަލް
24 February 2022
އެހެންމީހުންގެ އެކައުންޓް ނަމުން ވައްކަންކުރުން = މީހަކު ލައި ބާވެފަ އޮންނަ ބޮކްސާއެއް ލައިގެން ހުންނަން ވެސް ފަސް ނުޖެހޭނެ.ލަދު ކޮބާ؟
ާއުނިމާ
24 February 2022
އަނެއްބަޔަކު ކުކުޅު ބިހަށް ޤައުމު ވިއްކާލައިގެން ނަގޫޖަހާގެން