ޕޫޖާ އާއި އޭނާގެ ފިރިމީހާ--
24 ފެބުރުއަރީ 2022 - 06:52
ޒީޓީވީ އިން ދައްކާ "ކުމްކުމް ބާގްޔާ" ގައި ރިއާގެ ރޯލުން ފެންނަ ޕޫޖާ ބަނާޖީ، ޝޯ ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ޝޯ ދޫކޮށްލަން ނިންމިކަން އިއުލާނުކުރީ ފުރަތަމަ ދަރިފުޅަށް ބަަލިވެ އިނުމުން ކަމަށާއި މިހާރު ބަނޑަށް އަށް މަސްވެފައިވާ ކަަމަށް އޭނާ ބުންޏެވެ.
އެ ޝޯގެ އެންމެ ފަހުގެ ޝޫޓިންތައް އޭނާ ކުރިއަށް ގެންދިޔައީ މިމަހުގެ 21 ގަ އެވެ. އެ ދުވަހު ޓީމުގެ ފަރާތުން އޭނާއަށް ސަޕްރައިޒެއް ވެސް ލިބުނެވެ.
އޭނާއަށް ހާއްސަކޮށް ފެއާވެލް ޕާޓީއަށް ބާއްވާފައިވާއިރު ޕޫޖާ ވަނީ ޕާޓީގެ ފޮޓޯ އާއި ވީޑިއޯ ވެސް ސަޕޯޓަރުންނަށް ދައްކާލައިފަ އެވެ. އަދި އޭނާ ސަޕޯޓަރުންނަށް ލޯތްބާއި ޝުކުރު ބަންޑުންކޮށްލީ އޭނާ ޝޯ އިން ފެނުނު މުއްދަތުގައި ދިން ތަރުހީބަށެެވެ.
އުމުރުން 30 އަހަރުގެ ޕޫޖާ، 2017 ވަނަ އަހަރު ކައިވެނިކުރީ ފެތުންތެރިޔާ ސަންދީޕް ސެޖްވާލާ އެވެ. އެމީހުންނަށް އަލަތު ދަރިފުޅު ލިބޭނީ އަންނަ މަހު އެވެ.
ޕޫޖާއަކީ ގިނަ ޝޯތަކެއްގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބަޔާއި ޗަންދްރަ ނަންދިނީ އަދި ދިލް ހީ ތޯ ހޭ ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy