އާސެނަލްގެ ކޯޗް މިކަލް އާޓެޓާ: އޭނާ ބުނީ ކެޕްޓަނެއް އިހްތިޔާރު ކުރުމުގެ މައްސަލަ އަށް ހައްލު ހޯދޭސީ ސީޒަން ނިމުމުން ކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް
24 ފެބުރުއަރީ 2022 - 11:57
ލަންޑަން (ފެބްރުއަރީ 24) - އާސެނަލްގައި އޮތް ހަމައެކަނި މައްސަލައަކީ ކެޕްޓަނެއް އިހްތިޔާރު ކުރުން ނޫން ކަމަށާއި އެއަށްވުރެ ގިނަ މައްސަލަތައް އެ ކްލަބްގައި އެބަހުރި ކަމަށް ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.
ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން ވެސް ޕިއޭ އެމެރިކް އޮބާމަޔަން އަތުން އާސެނަލްގެ ކެޕްޓަން ބޭންޑް ނެގި އެވެ. އޭގެ ފަހުން ކެޕްޓަން ބޭންޑް އަޅަމުން ގެންދިޔައީ އެލްގެޒެންޑާ ލަކެޒެޓް އެވެ. އޭނާގެ ކޮންޓްރެކްޓް ޖޫން މަހު ހަމަވާނެ އެވެ. އަދި މިހާތަނަށް އާ އެއްބަސްވުމަކާ ހަމައަށް ދެވިފައެއް ނުވެ އެވެ.
ދެވަނަ ކެޕްޓަނެއްގެ ގޮތުގައި ހުރީ ރޮބް ހޯލްޑިންގްސް އެވެ. ނަމަވެސް އެކަން އާންމުކޮށް ކުރިއަކަށް ނުދެ އެވެ. ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗްގައި ލަކެޒެޓް ބޭލުމުން ކެޕްޓަން ބޭންޑް އެޅީ ކީރަން ޓީނީ އެވެ.
އާޓެޓާ ބުނީ ކެޕްޓަނެއް އިހްތިޔާރު ކުރުމުގެ މައްސަލަ އަށް ހައްލު ލިބޭނީ ސީޒަން ނިމުމަށް ފަހު ކަމަށެވެ. އޭނާ ބުނީ ކީރަން ޓީނީ އަތުގައި ކެޕްޓަން ބޭންޑް އެޅުވުމުން ސުވާލު އުފެދޭނެކަން އެނގޭ ކަމަށެވެ.
"އެކަމަކު އެނގެންޖެހޭނެ އަހަރެމެން ތެރޭގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި. އަދި ކެޕްޓަނެއް އިހްތިޔާރު ކުރުމުގެ މައްސަލަ ވެސް އެބައޮތް. އަހަރެން ގެރެންޓީ ދެން މިގޮތަށް ކެޕްޓަން ބޭންޑް ބަދަލުވަމުން ދިއުމަކީ އަހަރެމެން ބޭނުންވާ ގޮތް ނޫންކަން،" އާޓެޓާ ބުންޏެވެ.
"ކޮންމެވެސް މަރުހަލާއެއްގެ ތެރެއިން ދާއިމީ ކެޕްޓަނެއް އިހްތިޔާރު ކުރާނަން. މުބާރާތެއް ނެތި އަހަރެމެންނަށް ވަގުތު ލިބޫނީމަ އެކަން ކުރާނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރް
24 February 2022
މިސީޒަންނިމި އަންނަ ސީޒަން ފެށުމާދެމެދު ދާއިމީ ކެޕްޓަނީ އަޅުގަނޑުގެ އެކުވެރި ރަދީފްކަމުހައި ހަމަޖައްސާ، އެމުއްދަތުގަ ކެޕްޓަން ބޭންޑް ރަދީފްގެ އަތުގައި އެޅުވުމަށް އާޓެޓާއަށް ހަރުކަށި އިބާރާތުން ގޮވާލަން. އަދި ވައިސްކެޕްޓަނަކީ ސީދާ ކޮރެންކޭ ކަމުގައި ހަމަޖައްސާ، ސިޒަން ފެށުމާހަމައަށް ލީގުގެ އެއްވަނާގައި އުތުމުގެ ޝަރަފް ހޯދުމަށް ގޮވާލަން
ރަދީފްއޮފިޝިއަލް
25 February 2022
ސްޕާސް އަތުން ބަލިވިދުވަހު ނިކުމެ ކޮމެންޓެއް ކޮއްލަން ބްރޯއަށް ނުކެރުނު ދޯ.