ޓޫރިސްޓުންތަކެއް އައްޑޫ ގޮނޑުދޮށެއްގައި މަޑުކޮށްލައިގެން: ބިލިނީ ބީޗް ނެތުމުން މާކެޓް ކުރަން ދަތިކަމަށް ގެސްޓްހައުސްތަކުން ބުނޭ-- ފޮޓޯ: ޕެބަލްސް އިން
25 ފެބުރުއަރީ 2022 - 13:45
އައްޑޫއަކީ ގެސްޓް ހައުސް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައި އޮތް ސަރަހައްދެކެވެ. ކޮވިޑާ ގުޅިގެން ޓޫރިސްޓުން އައުން މަޑު ޖެހުނު ނަމަވެސް މިހާރު އެ އަތޮޅަށް ދާ ޓޫރިސްޓުންގެ އަދަދު އަނެއްކާ ވެސް އަންނަނީ އިތުރުވަމުންނެވެ.
ކޮވިޑާއެކު ނިއު ނޯމަލްއަކަށް ރާއްޖެ މިސްރާބު ޖަހާފައިވާއިރު ސަރުކާރުން ވެސް މަސައްކަތް ކުރަނީ އައްޑޫގެ ޓޫރިޒަމް އިތުރަށް ފުޅާ ކުރުމަށެވެ. ނަމަވެސް މިކަމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް، އައްޑޫގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުން ގަބޫލު ކުރެ އެވެ.
އައްޑޫގެ ގިނަ ގެސްޓްހައުސްތަކުގެ ވެސް މައިގަނޑު އެއް ޝަކުވާއަކީ އެ އަތޮޅުގައި "ބިކިނީ ބީޗެއް" ނެތުމެވެ. އެކަމަށް އެކި ފަހަރުމަތިން ކައުންސިލާއި ސަރުކާރުގައި އެދުނު ނަމަވެސް މި ކަންބޮޑުވުމަށް ހައްލެއް ނުލިބޭ ކަމަށް އެ ގެސްޓްހައުސްތަކުގެ ވެރިން ބުނެ އެވެ.
އައްޑުއަށް ދިޔަ ޓޫރިސްޓުންތަކެއް: ގިނައިން އަންނަނީ ޔޫރަޕުގެ ޓޫރިސްޓުން ކަމަށް ވާތީ ބިކިނީ ބީޗެއް އޮތުން މުހިންމު ކަމަށް ގެސްޓްހައުސްތަކުން ބުނޭ-- ފޮޓޯ: ޕެބަލްސް އިން
ސ. ހިތަދޫގައި ހުންނަ ގެސްޓަހައުސް އެއް ކަމަށްވާ ޕެބަލްސް އިން ގެ އޮޕަރޭޝަންސް މެނޭޖަރު މިންހާޖް ނަޒީރު ވިދާޅުވީ ބޭރު ގައުމުތަކުގައި އެތަން މާކެޓް ކުރާއިރު އައްޑޫގައި ބިކިނީ ބީޗެއް ނެތުމުން ވަރަށް ބޮޑު ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި މިހާރު އައްޑުއަށް ޓޫރިސްޓުން ގެނައުމުގައި އެއީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޮޑު މާކެޓަކީ ޔޫރަޕު ހިސާބު. އެ ހިސާބުން ޓޫރިސްޓުން އަންނައިރު އެންމެ ގިނައިން އަހާނީ ބިކިނީ ބީޗެއް އޮވޭހޭ. އެހެންވެ މާކެޓް ކުރަން ވަރަށް އުނދަގޫތަކާ ކުރިމަތިވޭ،" މިންހާޖް ވިދާޅުވި އެވެ.
މި އަތޮޅު ފޭދޫގައި އިކުއަޓޯރިއަލް ޑައިވާސް ލައުންޖުގެ ނަމުގައި ގެސްޓްހައުސްއެއް ހިންގާ އިބްރާހިމް ރަޝީދު ވިދާޅުވީ އައްޑޫގައި ބިކިނީ ބީޗެއް ނެތުމުގެ ސަބަބުން ގިނަ ޓޫރިސްޓުން ގެންދަން ޖެހެނީ ކައިރި ފަޅުރަށްތަކަށް ކަމަަށެވެ. ނަމަވެސް ރަށުގައި އެފަދަ ބީޗެއް އޮންނަން ޖެހޭ ކަމަށާއި މީގެ ސަބަބުން ގެސްޓްހައުސްތަކަަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.
"ގްރޫޕްތައް އެއްކޮށް، ނޫނީ ކަޕްލްތައް މިއަންނަނީ. އަންނައިރު އެއްބަޔަކު ބޭނުންވެދާނެ ޑައިވިންއަށް ދާން. އެކަމަކު ދެން ތިބި މީހުން ބޭނުންވެދާނެ އަތިރިމަތީގައި މަޑުކޮށްލައިގެން ތިބެން. އެހެން ތިބޭއިރު އެ މީހުން ބޭނުންވާނީ ބިކިނީގައި ތިބެން. އެކަމަކު އެގޮތަށް ތިބެވޭ ހާއްސަ ބީޗެއް ނޯވޭ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އައްޑޫއަށް ދިޔަ ޓޫރިސްޓުންތަކެއް ޑައިވް ކުރަނީ-- ފޮޓޯ އިކުއަޓޯރިއަލް ޑައިވާސް ލައުންޖް
ގިނަ ޓޫރިސްޓުންގެ މެދުގައި އައްޑޫ މަގުބޫލުވެފައި އޮންނަނީ ޑައިވިން މަންޒިލެއްގެ ގޮތުގަ އެވެ. އައްޑު އާއި ފުވައްމުލަކާ ދެމެދު އޮންނަ މަންތާ ޕޮއިންޓާއި ޓައިގާ ޝާކް ޕޮއިންޓަކީ އާއްމުކޮށް ޓޫރިސްޓުން ޑައިވް ކުރަން ދާ ތަންތަނެވެ.
އައްޑޫގައި ޓޫރިސްޓުންނަށް ހާއްސަ ބީޗެއް އަޅަން ކުރީގެ ކައުންސިލުން ނިންމި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން މެދުކެނޑުމަށްފަހު އަލުން އެ މަސައްކަތެއް ނުފަށަ އެވެ. މި ބީޗް އަޅައިދޭނެ ކަމުގެ ޔަގީންކަން، މޭޔަރު އަލީ ނިޒާރު ދެއްވާފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
"ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް މިކަން ކޮށްދޭން އެދެވިއްޖެ. މިއީ މި އަތޮޅުގެ ހުރިހާ ރަށެއްގެ ވެސް ގެސްޓްހައުސްތަކުން އެދޭ ކަމެއް. މިހާރުގެ ކައުންސިލުން ޔަގީންކަން ދެއްވި އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން އައްޑުއަށް ޓޫރިސްޓުން ގެންދިއުމުގައި އެންމެ ބޮޑު ދައްޗަކަށް ވެފައި އޮތީ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކެވެ. ނަމަވެސް މިހާރު ސްރީލަންކަން އެއާލައިނުންނާއި މަންޓާ އެއާއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމުން އެކަމަށް ކުޑަ ނަމަވެސް ހައްލެއް ލިބިއްޖެ ކަމަަށް ގިނަ ގެސްޓްހައުސްތަކުން ގަބޫލު ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
27 February 2022
އަހަރުމެން ގެޔަަކުވެސް ނެތް ބީޗެއް
ބީޗެއް
26 February 2022
އެތާ އެބައޮތްތަ އެއްވެސް ބީޗެއް؟
އޮނަރަބްލް އަފީފު ދީދީ
26 February 2022
ކ.އަތޮޅު މާލެ ސަރަޙައްދުގައި ތަރައްޤީވެފައިވާ "ފަތުރުވެރިކަމުގެ ޙަޤީގީ ބާނީންނަކީ އައްޑޫމީހުން" ކަމުގައިވިޔަސް (އެނދުއަޅާލަން އިގޭ މީހަކުވެސް ނެތީމާ، ހުރިހާ ރިސޯޓެއްގައި އޭރުތިބީ އާރއޭއެފް ގޭން ގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ) އައްޑޫމީހުން ކަމުގައިވާތީ މިހެން މިބުނީ. # ނަމަވެސް ކ.މާލޭސަރަހައްދުގައިއޮތްފަދަ ފަތުރުވެރިކަމުގެ ވިޔަފާރި އައްޑޫގައި ކުރަން ނުވިސްނާ އެވިޔަފާރި ކުރަންބޭނުން އައްޑޫމީހުންވެސް އެކަން ހުވަދޫގައި ކުރަންވީނޫންތޯ.
އަޙްމަދް…
25 February 2022
އިންޑިއާ ލައްވާ ބީޗެއް ހައްދާބަލާ
އައްޑޫގަން
25 February 2022
މިރަށަށް ސުނޯ ފައިބާނަމަ އެފްރިކާ ބައްރުގެ ވ.ގިނަ ޓޫރިސްޓުން ލިބުނިސް. ޝަކުވާކުރުމުގެ ބަދަލުގެ ކުރެވޭނެ ކަމެއްކުރުން ބުއްދިވެރި. މިސާލަކަށް މަސްދަނޑުތަކެއް ކަނޑުގަ ހަދައިގެން މަހުގެ ވިޔަފާރިކުރިއްޔާ މާރަނގަޅުވާނެ. އެކިތަންތަނަށް ދެއްވާނީ އެކި ނިއުމަތް. އައްޑޫގަ ރީތި ބީޗްނެތިގެން ޓޫރިޒަމް ކުރިނާރަންޏާ ކުރެވޭ ޒާތުގެ ވިޔަފާރިކުރީމަ ރަނގަޅުވާނެ. އިތާމުތް އާލާކުރާ ތަންތަން ހެދިޔަސް ރަނގަޅުވާނެ
ގަންފުނަދޫ.
26 February 2022
މަޖާވާނެ ކަމެއްނެތް.
ހާމަ333
25 February 2022
ތި ދަރަޖަ ކުރިވަރަކާ ކައިރިއަށްވެސް މިތާކު ޕާޓޭންގެ އުދަގުލެއް ނުފެނޭ...ދެން އާބާދީ ބޮޑުވާވަރަކަށް ހުރިހާކަމަކުންވެސް ކަންކަން ކުރާމީހުން ގިނަވާނެތާ 200 މީހުން ދިރިއުޅޭ ރަށަކާ އެއްވަރެއް ނުވާނެތާ....ތިހެން ބަލާއިރު މާލެ ބޮޑުތަނުންވެސް މާ ނުރައްކާނޫންތަ....ދެން ތިބެންވީތަ ރަށުގަ?
ހާމަ333
25 February 2022
އޭއްޗެކޭ މީއްޗެކޭ ކިޔާފަ 5 އަހަރު ހިފެހެއްޓޭތޯ ކޮންމެ ބަޔަކުވެސް ބަލާނެ...ނިމެން ކާރިވީމަ ކޮންމެ ބަޔަކުވެސް ވޯޓު ވޯޓު ހޯދަން އައްޑޫގެ ބޮޑުއާބާދީފެންނާނީ ރަންގަނޑެއްހެން...ވައުދުވާނެ ދުނިޔޭގަ ނެތްފެންވަރަށް އައްޑޫ ތަރައްގީކުރަން ބިލިއަނުން ބަޖެޓްކުރާނަމޭ....ވާކަމެއް ކޮށްދޭކަމެއް ފެންނަކަމެއް ލިބޭފަސޭހައެއް ލިބޭ ތަރައްގީއެއް ހަރާމުން ހަރާން....އައްޑޫމީހުން ގުބޯ ހެއްދުމާއި ދެކޮޅަށް ތެދުވާންޖެހޭ...މަޖިލިސް މެމްބަރުން ހައްޕުކިޔާފަ ތިބެނީ ވިކިފަ ތިބޭތީ...
ފިލިއަފީފު
25 February 2022
އަފީފު ފިލައިގެން ދިޔައީ ބީޗްވެސް ހިފައިގެންތަ؟
ޖެނޮސައިޑު ނާސިރު
26 February 2022
ކ.މާލޭ ނާސިރުކިޔާ މީހަކުވެސް ވަރަށް ގިނަ އެއްޗެހި ހިފައިގެން ސިންގަޕޫރަށް ބަދަލުވިއޭކިޔާތީ އަޑުއިވޭ.
ހާމިދު ޝާޙިދު
25 February 2022
ރައީސް ޔާމީން ރަސްފަންނު އޮތް ސަރަހައްދުން ތަންގަނޑެއް ކޮނެ ނަގައިގެން ހަދާފައި އެއޮތް ކަަހަލަ ރީތި ބީޗެއް ކީއްވެބާ، އައްޑޫ މީހުންދެކެ މިހާ ލޯބިން އުޅޭ އެމްޑީޕީގެ އެމްޕީންނާއި ކައުންސިލަރުންނަށް ނޭޅިގެން މިއުޅެނީ. އައްޑޫގެ އަގުލަބިއްޔަތު އެބައިމީހުންގެ އަތްމަތީގައި އޮންނަތާ މިހާރު ކިތަންމެ ދުވަހެއްވެއްޖެ ނޫންތޯ~! މިކަމާ ވިސްނާ ބަޔަކުވެސް އުޅޭހެނެއް ހިއެއްނުވޭ.
ރަދީފްއޮފިޝިއަލް
25 February 2022
އައްޑޫގަ ބީޗް ނެތް މައްސަލަ މާލޭގެ ރައްޔަތުން ބޮލަށް ވެސް ބައެއް މީހުން ޖަހާލާނެ.ވ.ވެދުން