ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: އޭސީސީ އަށް މެމްބަރުން އައްޔަން ކުރާ މައްސަލަ ކޮމިޓީ އަށް ފޮނުވަން ރިޔާސަތުން ނިންމި---ފޮޓޯ: މަޖިލިސް
28 ފެބުރުއަރީ 2022 - 09:56
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަންކުރާ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ކޮމިޝަނަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ފަސް މެމްބަރުންގެ ނަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވުމާ ގުޅިގެން، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ނަންތައް އިއްވެވުމަށް ފަހު، ނަންތައް ދިރާސާ ކުރައްވައި ގޮތެއް ކަނޑައަޅަން ފޮނުއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ.
އެ ކޮމިޓީން އެ ނަންތަކާ މެދު ގޮތެއް ނިންމުމުން، އެންމެ ފަހުގެ ގޮތް ކަނޑައަޅާނީ މަޖިލީހުގައި ނަގާ ވޯޓަކުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އޭސީސީ އަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގެންނެވި ފަސް ބޭފުޅުންގެ ނަމުގެ އިތުރުން އާންމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަ ދެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ހިމެނުއްވި ކަމަށެވެ.
މަޖިލީހުގެ ޗުއްޓީގެ ތެރޭގައި ޖަލްސާ ބާއްވައި، އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތިން މެމްބަރަކު އިސްތިއުފާ ދެއްވީ އެވެ. އޭގެ ކުރިން އަމިއްލަ ސަބަބުތަކަކާ ހެދި ދެ މެމްބަރަކު ވަނީ ވަކިވެވަޑައިގެންފަ އެވެ.
އެހެންވެ، ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް އޭސީސީ މިއަދާ ހަމައަށް ވެސް އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.
- އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި
- އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ
- ތާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި
- ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު
- ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު
އޭސީސީ އަށް މި ސަރުކާރުން ފުރަތަމަ އައްޔަންކުރި މެމްބަރުން ވަކިކުރަން މަޖިލީހުން ނިންމީ އެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު، އެ ކޮމިޝަންގެ މެމްބަރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ފާސްކުރުމުންނެވެ.
ނަމަވެސް އެ މެމްބަރުން ވަނީ ބޮޑެތި މައްސަލަތަށް ބަލަން އެކަށީގެންވާ ވަރަށް އިންސާނީ ވަސީލަތް ނެތް ކަމުގެ ޝަކުވާ ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާ
01 March 2022
ރަނގަޅު ލިސްޓެއްކަމަށް ފެނޭ
ނުހައިން
28 February 2022
ސިޔާމާއާ ސަލާމް؟ ސުބްހާނަﷲ
ލިޔޫ
01 March 2022
ޝިޔާމާ ވަރަށް ރަނގަޅުވާނެ
ރަދީފްއޮފިޝިއަލް
28 February 2022
ޕަޕެޓުންގެ ލިސްޓެއް.ވެލްކަމް ޓު މާސްޓަރ އޮފް ޕެޕެޓްސް ލޭންޑް.
އަލީ ބަލީ.
28 February 2022
ސަރުކާރާއި ދައުލަތުގެ ހުރިހާ ވަޒީފާ ތަކެއްދެނީ ކ.އަތޮޅު މާލޭ މީހުންނަށީ ގޮވާތީ މިފަހަރު މިއޮތީ މުޅިންވެސް އެހެން ރަށްރަށުގެ މީހުނަށް ވަޒީފާ ދީފަދޯ ؟ އެކަމަކު ހީވަނީ ދުވަސްކޮލަކުން ތިއެންމެން ވަކިކުރާނެހެން. ތިއީ ކޮންމެވެސް ގޭސްގަނޑެއް.