ދުނިޔެ / ޔުކްރެއިން

އެންމެ ބިޔަ މަތިންދާބޯޓު ހަލާކުކޮށްލައިފި

ދުނިޔޭގައި މިވަގުތު އޮތް މުދާ އުފުލާ އެންމެ ބިޔަ މަތިންދާބޯޓު، އެންޓޮނޯވް އޭން-225 "މްރިޔާ"

28 ފެބުރުއަރީ 2022 - 12:18

5 comments

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގައި އޮންނަ ދުނިޔޭގެ އެންމެ ބިޔަ މަތިންދާބޯޓަށް ރަޝިޔާ ސިފައިން ހަމަލާދީ ހަލާކުކޮށްލައިފި ކަމަށް ޔޫކްރޭންގެ ދިފާއީ އުފެއްދުންތަކާ ބެހޭ ސަރުކާރުގެ ކުންފުނި އުކްރްއޮބޮރޮންޕްރޯމް އިން ބުނެފި އެވެ.

ޔޫކްރޭންގެ ކުންފުނިން ބުނި ގޮތުގައި ދުނިޔޭގައި މި ވަގުތު އޮތް މުދާ އުފުލާ އެންމެ ބިޔަ މަތިންދާބޯޓު، އެންޓޮނޯވް އޭން-225 "މުރިޔާ" އަށް ރަޝިޔާގެ ވައިގެ ސިފައިން އިއްޔެ ހަމަލާދީ ގޮއްވައިލީ، ވެރިރަށް ކިއޭވްގެ ރަށްބޭރުގައި އޮންނަ އެންޓޮނޯވް އެއާޕޯޓްގެ ގަރާޖު (ހޭންގަރު)ގައި އެ ބޯޓު އޮއްވަ އެވެ. ރަޝިޔާ ސިފައިން އެ ބޯޓު ގޮއްވައިލިކަން އާންމުކުރައްވައި ރަޝިޔާގެ ދިފާއީ ވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަޝިޔާ ސިފައިންނަށް ޔޫކްރޭނަށް މާއްދީ ގެއްލުންތައް ދެވިދާނެ ކަމަށެވެ.

"ރަޝިޔާ އިން އަހަރެމެންގެ 'މްރިޔާ' ސުންނާފަތި ކޮށްލީ ކަމަށް ވެދާނެ. ނަމަވެސް ޔޫރަޕްގެ ވަރުގަދަ، މިނިވަން އަދި ޑިމޮކްރެޓިކް ގައުމެއްގައި ގޮތުގައި ދެމިއޮތުމަށް އަހަރެމެން މިދެކޭ ހުވަފެން ސުންނާފަތި ކޮށްލުމުގެ ގާބިލުކަމެއް އެމީހުންގެ ކިބަޔަކު ނެތް. ނަސްރު ލިބޭނީ އަހަރެމެންނަށް،" ރަޝިޔާގެ ދިފާއީ ވަޒީރު ޑިމީޓްރޯ ކުލޭބާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ޔޫކްރޭންގެ ދިފާއީ އުފެއްދުންތަކާ ބެހޭ ކުންފުނިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ބޯޓު ހަލާކުވެފައިވާތީ، ރަޝިޔާގެ ހަރަދުގައި އަލުން އެ ބޯޓު މަރާމާތު ކުރެވިދާނެ އެވެ. އެކަމަށްޓަކައި ތިން ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއްގެ ހިނގާނެ ކަމަށާއި، މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުމަށް ފަސް އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މްރިޔާ އަށް ރަޝިޔާ ސިފައިން ހަމަލާ ދިން އިރު އެ ބޯޓު ބާއްވާފައި އޮތީ އިންޖީނެއް މަރާމާތު ކުރުމަށެވެ. އެ ބޯޓު އޮތް ވައިގެ ބަނދަރަށް ރަޝިޔާ ސިފައިން އިއްޔެ ހަމަލާ ދިން އިރު އެ ބޯޓުގެ އެއް އިންޖީނު އޮތީ ބޯޓުން ވަކިކޮށްފައި ކަމަށްވާތީ، އިއްޔެ އެ ބޯޓުގެ އެއްވެސް ދަތުރެއް ނުކުރެ އެވެ.

މްރިޔާ އަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ ދައުލަތެއްގެ ގޮތުގައި ޔޫކްރޭން (ޔުކްރޭނިއަން ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކް) އޮތް އިރު، 1980ގެ އަހަރުތަކުގައި ބަނދެފައިވާ މަތިންދާބޯޓެކެވެ. ޔޫކްރޭނުން މި ބޯޓު ބަނީ، ރޫސީ ވިލާތުގެ ޖައްވީ ދަތުރުތަކުގައި އޭރު ބޭނުންކުރަމުން އައި ޖައްވީ އުޅަނދުތައް އެއް ތަނުން އަނެއް ތަނަށް އުފުލުމަށެވެ.

އޭގެ ފަހުން 1991 ގައި ސޮވިއެޓް ޔޫނިއަން ރޫޅި ދިއުމުން ޖައްވީ ދަތުރުތައް ހުއްޓުމަކަށް އައިސް، އެ މަތިންދާބޯޓުގެ އެއްވެސް ބޭނުމެއް ނުކޮށް އަށް އަހަރު ވަންދެން ބާއްވާފައި އޮތެވެ. އޭގެ ފަހުން އަލުން މަރާމާތުކޮށް ބައެއް ބަދަލުތައް ގެނައުމަށް ފަހު، ވިޔަފާރި އުސޫލުން ވައިގެ މަގުން ބަރު މުދާ އުފުލުމުގައި، އެންޓޮނޯވް އެއާލައިންގެ ފަރާތުން އެ ބޯޓު ބޭނުންކުރަން ފެށީ ޖެނުއަރީ 3، 2002 ގަ އެވެ.

5 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 31%
icon angry icon angry 19%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫހި

01 March 2022

ކަޑަ ކަމެއް މީ..ދުނިޔޭގައި އޮތް އެންމެ ބޮޑު ކާގޯ މަތިންދާބޯޓް ގޮއްވާލުން..

The name is already taken The name is available. Register?

މިހާރުތަ

01 March 2022

ޔޫކުރޭނުން ބުނީ އެކަމަކު ޓްވިޓްކުރީ ރަސިޔާއިން.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

28 February 2022

''ނަމަވެސް ޔޫރަޕްގެ ވަރުގަދަ، މިނިވަން އަދި ޑިމޮކްރެޓިކް ގައުމެއްގައި ގޮތުގައި ދެމިއޮތުމަށް އަހަރެމެން މިދެކޭ ހުވަފެން ސުންނާފަތި ކޮށްލުމުގެ ގާބިލުކަމެއް އެމީހުންގެ ކިބަޔަކު ނެތް. ނަސްރު ލިބޭނީ އަހަރެމެންނަށް،" މީތި ވަރަށް ސަޅި.މިފަދެ ޕެޓްރިއޮޓިކް އިބާރާތުން އަހަރުމެންގެ ވެރިއަކު އެއްޗެއް ބުނި އަޑު 2019ގެ ފަހުން އަހަރެން ނާހަން.ވ.ވ.ެވެދުން

The name is already taken The name is available. Register?

މުހައްމަ

01 March 2022

ޔޫކުރޭނުން ބުނި ވަަހަކައެއް އެކަމަކު ނިމުނީ ރަސިޔާއަަަަށް ނަސްރުލިބުމަށް. ކިހިނެތްތަ ތިޔަ ލިޔަނީ މި ނޫސްވެރިން

The name is already taken The name is available. Register?

އަލިރަސްގެފާނު

28 February 2022

މީގަ ކިޔާ ނުކިޔާއެއް ނޭނގުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454