އޮލިމްޕަސް ސިނަމާ: ކޮވިޑް-19އާ ގުޅިގެން ބަންދުކުރި ގޮތަށް އެތަން އަލުން ނުހުޅުވާ.
01 މާޗް 2022 - 14:34
އިންޑިއާ ސަރުކާރުގެ އެހީގައި އޮލިމްޕަސް ސިނަމާ މަރާމާތުކުރުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށަން ނިންމައިފި އެވެ.
އޮލިމްޕަސް ބަލަހައްޓާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން މިއަދު ބުނީ އެ ސިނަމާ އަޕްގްރޭޑްކުރުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާން ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތައް ކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އެއްބަސްވުމުގެ ދަށުން ކަމަށް އެންސީއޭ އިން ބުންޏެވެ.
- އޮލިމްޕަސްގައި ފިލްމު ދެއްކުމަށް ޕްރޮޖެކްޓަރެއް ހޯދުން.
- ސާވާއެއް އިންސްޓޯލްކުރުން.
- އޮލިމްޕަސް ހޯލުގެ ޑޮލްބީ އެޓަމްސް ސަރައުންޑް ސައުންޑް ސިސްޓަމެއް އިންސްޓޯލްކުރުން.
- ރޫމް ކަރެކްޝަން ހެދުން.
- އޮލިމްޕަސް ހޯލް އަދި ރިހާސަލް ރޫމްތައް އެކޯސްޓިކްސް ޓްރީޓް ކުރުމަށް ބޭނުންވާ އެކޯސްޓިކް ޕެނަލާއި ފާރާއި ސީލިންގްގައި ޖަހާ ސްޕޮންޖް އަދި ފްލޯކާޕެޓް ހޯދުން.
އޮލިމްޕަސް ހޯލް އަދި ރިހާސަލް ރޫމްތައް އެކޯސްޓިކްސް ޓްރީޓް ކުރުމަށް ބޭނުންވާ އެކޯސްޓިކް ޕެނަލާއި ފާރާއި ސީލިންގުގައި ޖަހާ ސްޕޮންޖް އަދި ފްލޯކާޕެޓް ހޯދުން ފިޔަވާ އެހެން ތަކެތި ހޯދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ ނުވައެއް ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ އިރު، ބާކީ ހުރި އެހެން މަސައްކަތްތައް ކުރުމަށް ހުށަހަޅަން ޖެހެނީ މި މަހު 10 ގެ ކުރިންނެވެ.
ކޮވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދުކުރި ގޮތަށް އެ ތަން އަލުން ނުހުޅުވަ އެވެ. ދިވެހި ފިލްމު އަޅުވަން ރާއްޖޭގައި ހާއްސަ ކޮށްފައިވާ ހަމައެކަނި ސިނަމާ ނުހުޅުވަ ލަސްވާތީ، ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޝަކުވާ ވަރަށް ބޮޑެވެ. އެންސީއޭ އިން ބުނެފައި ވަނީ އޮލިމްޕަސް ހުޅުވުން ލަސްވަނީ ޒަމާނީ ފެންވަރަށް އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އެވެ.
މީގެ ކުރިން 2013 ވަނަ އަހަރު ވެސް އެ ސިނަމާ މަރާމާތުކުރި އެވެ.
އިންޑިއާ ސަރުކާރާ އެކު، މިދިޔަ އަހަރު އޮކްޓޯބަރު 21 ގައި ހެދި "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އެއްބަސްވުމަކީ ރާއްޖޭގެ ތިމާވެއްޓާއި ތަރިކާ އާއި ސަގާފަތާއި އަންހެނުން ބާރުވެރިކުރުމާއި އަދި ކުޑަކުދިންގެ ހުނަރު ތަރައްގީކުރުން ފަދަ ކަންކަމަށް މާލީ އެހީތެރިކަން ދޭ ގޮތަށް ވި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން ވަނީ 36.6 މިލިއަން ރުފިޔާ ދީފަ އެވެ.
އޮލިމްޕަސް މަރާމާތުކުރުމުގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ދެ ރަށަކަށް ސީ އެބްމިއުލާސް ހޯދައިދިނުމާއި ތިން ރަށެއްގެ ސްކޫލުތަކުގައި އިންކުލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ހެދުމާއި ލ. މާބައިދޫގައި އައިސް ޕްލާންޓެއް ހެދުމާއި ނ. މިލަދޫގައި މަލްޓި ޕާޕަސް ކައުންސިލް އިމާރާތެއް ހެދުމާއި އދ. ދަނގެތީގައި ކަލްޗަރަލް ސެންޓަރެއް ހެދުން އަދި ދެ ރަށެއްގައި މަގު ބައްތި ހަރުކުރުމަށް ނިންމާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނާޑި
02 March 2022
އޮލިމްޕަސް ވަރުތަނެއްގައި އިސްޕޮންޖު ޖެހުންވެސް އެއީ ދެން ހާދަ ބޮޑު ބިޔަ ޕުރޮޖެކްޓެކޭ ދޯ
ހަމީދު 1
02 March 2022
ދިވެހިން މިހާރު ތިހާ ހިސާބަށް ދިޔައީތަ؟
ކުޑަކަތީބު
02 March 2022
މި ފަދަ އެހީތައް ދޭތީ ޕީޕީއެމް މޭކަރައިގެން އިންޑިޔާ އައުޓޭ ގޮވަނީ. ދޫވެހި 22 ބުރީގެ ޓަވަރާއި އެއުންޓަންވަންނަ ވަގު ފައިސާގެ އަޑުކަނޑުވާލެވޭނީ މި ކަހަލަ ސްޓަންޓެއް ޖައްސައިގެން
ޑޮކްޓާރ. ބަނާނާ
02 March 2022
ޢަޅެފަހެ މިގައުމުގައި މިފަދަ ތަނެއް މަރާމާތު ކުރަންވެސް ފައިސާ ފޮތްޗެއް ނެތީތޯ... މާލެ ހުޅުމާލެ ފަދަ ސްޓޭޓް ގެ މަގުތަކުގައި ވާ ބަމްޕަރު ތަކުގައި ރީދޫ ކުލަ ހާކާލަން ވެސް ސެންޓްރަލް ގަވަރމެންޓް އާއި ހަވާލު ކޮށްދެއްވާ! ޥަރަށް ސަލަމް
ހަބަރުބެ
02 March 2022
މަރާމާތުކޮށް ނިންމާފަ ހުޅުވާއިރު ދެން ކިޔާނީ ބާރަތުޕަސް
120687
01 March 2022
އަނެއްކާ އަނެއް ފައުޖު ގެންނަން ތިޔަ ޖެހުނީ. އޮލިންޕަސް ހިންގަން. މިހާ ދުވަހު އޮލިންޕަސް ތަރައްގީ ނުވެ އޮތީ މިތަނުގައި ތިޔަކަން ކުރަން އެނގޭ ބަޔަކު ނެތިގެން. އަނެއްކާ ފައުޖީން ޢަދަދު އެނގޭބާ، ކޮންމެ ކަންމައްޗަށް ދެ ތިން މީހުން ލައިގެން ވާނީ. ވަރަށް ކާރޫބާރު ބޮޑު ސަރަހައްދެއްވީމާ ޕްލެޓޫނެއްގެ މީހުންވެސް މަދުވާނެ.
ނަގިއްޔާ
01 March 2022
އައިމެކްސް ތިއޭޓާގެ ޒަމާނުގަ ކުޑަކުކުޅު ކޮއްޓެއްވަރުވާތަނެއް ނަހަދާ ފެންވަރުރަގަޅު މޯލްއެއް އަޅާލާ، ފުޑްކޯޓަކާ، ސޮޕްތަކާ މަލްޓިޕްލެކްސްއެއް ހަދާލަބަ. ކުޑަޖަލެއްކަހަލަ، ވަށާ މޫދު އޮންނަރަށެއްގައި މުނިފޫހިފިލުވަން ވަދެލާނެ މޯލްގަޑެއްވެސް ނެތި އަހަރެމެން ފޫހިވެގެން ހަލާކުވަނީ! މަޖީދީމަގު ބަރިއަކަށް ހުރި ކުދި ފިހާރަތަކުން ގެސްފައިހުރި ތައިލޭންޑްގެ މަގުމަތީބާޒާރުގައި ހުންނަ ފޭކްބުރޭންޑްތަކުގެ އެއްޗެހިދެން ނެލެވޭނެ. މަހުޖަނެއްހެ ދީލަތީ އެހީނުލިބޭނެބާ!
ށަވިޔަނި
01 March 2022
ބްރިޖް އެޅުމުގަ އިންޑިއާގެ ތަޖުރިބާ ކުޑަޔަސް ސިނަމާގެ ތަޖުރިބާ ވަރަށް ބޮޑު. މުމްބައިގެ ވަރްލީގައި ހުންނަ ސަތިޔަމް. ސިވަމް. ސުންދުރަމް އެއް ބިލްޑިންގު ގެ ތެރޭ ހުރި ތިން ސިނަމާއިން އަދި ސޫރަތު ސިޓީގެ ދަރްޕަން ފަދަ ސިނަމާތަކުން މިކަން އެނގޭ.
ފޮނިފޮނިޓައްޕު ކުމާރު
01 March 2022
އިންޑިޔާއާނުލާ ނަޖިސްހިންދާލާ ވަޅުގަނޑެއްވެސް ރާނާނުލެވޭ.
ޥެރިޔާ ވިދާޅުވަނީ
01 March 2022
"ޢެމްޑީޕީއަކަށް އަޅުގަނޑުމެންނަކަށް ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. ބޭރުގެ ކުންފުންޏަކަށް ދިނީމާ އެކަންކުރެވޭނީ. 1000 ފުލެޓުން 100 މިލިޔަން ޑޮލަރ ފައިދާ އަޅުގަނޑުމެންނަށް ލިބޭނެ. ރައްޔިތުން ބޭނުންވަނީ މިކަން. މިއުޞޫލުން ޤައުމު ވިއްކާލައިގެން ވެރިކަން ކުރެވިދާނެ. އަޅުގަނޑުމެން އެއްގޮތަކަށްވެސް ވިސްނާކަށް ނުޖެހޭ. އަޅުގަނޑުމެންނަށް ލިބޭ ލާރިއަކުމް ޒައްރެއްގެ މިންވަރުވެސް ނުގެއްލޭނެ."
ރަދީފްއޮފިޝިއަލް
01 March 2022
އޮފީހެއްގެ ފަންކާއެއް ބަދަލުކުރަން ޖެހުނަސް އިންޑިޔާ.ރަށެއްގެ ސްކޫލެއްގެ ބޮތްކެއް ބަދަލުކުރަން ޖެހުނަސް އިންޑިޔާ.މިއީ ކިހިނެއް ވެގެން އުޅޭ ބައެއްތަ!! ވ.ވެދުން
ކޮކަޑި
02 March 2022
ހާދަވަރަކަށް ބަވާފަ ސަލާމް ތިޔާ ބުނަނީ ..އަހަރެމެން ގޯތީ އިބުރާހިމް ވެސް ކަލެއަށް ސަލާމް ބުނި ......