ވިޔަފާރި / ގދ. ކާޑެއްދޫ

ކާޑެއްދޫ އެއާޕޯޓް އަތުލުމުން ލިބުނު ގެއްލުމުގެ ބަދަލު ނުހޯދަން ނިންމައިފި

ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް: ބަދަލު ހޯދަން މަސައްކަތް ނުކުރައްވަން ނިންމެވީ އެއީ އާއްމު މަސްލަހަތާ ގުޅުން އޮތް ކަމަކަަށްވާތީ ކަމަށް ވިދާޅުވޭ-- ފައިލް ފޮޓޯ: މިހާރު

ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުނީގެ އަތުން އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނުހޯދަން ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމަގިލި ދާއިރާގެމެމްބަރު ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.

ވިލާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ގާސިމް އާއި ވިލާ ގްރޫޕުން މިގޮތަށް ނިންމީ ކާޑެއްދޫ އެއާޕޯޓަކީ އާއްމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށް ވާތީ ކަމަށެވެ.

ވިލާ އެއާ އާއި ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ، 2017 ގައި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.

އެ އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ 2018 ވަނަ އަހަރު އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

މިއަދު ރަސްމީކޮށް ކާޑެއްދޫ އެއާޕޯޓް ވަނީ ވިލާ އެއާއާ އަލުން ހަވާލުކޮށްފަ އެވެ. އެއާޕޯޓް އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތައް މި މަސް ނިމެންވާއިރަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިލާ އިން ބުންޏެވެ.

ވިލާ އިން ތާވަލުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދޭނެ އެވެ.

އެއާޕޯޓާ ހަވާލުވެވަޑައިގަތުމަށް ފަހު ގާސިމް މިއަދު އެ އެއާޕޯޓް ބައްލަވާލެއްވުމަށް ވަޑައިގަންނަވާނެ އެވެ.

17 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައީސްބެ

02 March 2022

ބިތުފަންގި ނެގީމަ ތިކަމުގަ ފޮރުވިފައިވާ ސިއްރުތައް ހާމަވެގެންދާނެ.

The name is already taken The name is available. Register?

އަސަރު69

02 March 2022

ތިފަދަމީހުން އެއްޗެއް ދޫކޮށްލައިފިއްޔާ ބަލާނެކަމެއްނެތް. އޭގެ ދެގުނައެއްޗެއް ލިބުނީތިޔަ.

The name is already taken The name is available. Register?

ކަލެއަށް ކޮންކަމެއް؟

02 March 2022

2013 ގަ އެއާޕޯރޓް ހަވާލު ކުރީމާ 2017 ގަ އެއާޕޯރޓު އޭނާ އަތުން ނަގަންދެން އެއްވެސް ހެޔޮ ބަދަލެއް އައިތޯ؟ 4 އަހަރު ވަންދެން އެތަން ނަގައިގެން ކީންހޭ ކުރީ ބަލަގަ؟ 25 އަހަރު ވެއްޖެ އަދިވެސް އެ އާޕޯރޓު އޮންނަނީ ހަމަ އިހުގަވެސް އެ އޮންނަ ގޮތަށް. ކުޑަމިނުން ލަޖެގް ބެލްޓް ގަނޑެއްވެސް ނެތް. އެންމެ ފަހުން ލޯންޗު ލަފާ ފާލަންވެސް ވެއްޓިއްޖެ. ދެން ތިބުނާ އިންޓަނޭޝަނަލް ވާނެއެކޭ 7 އަހަރު ތެރޭ ތިކިޔާ އެއްޗެއް އެއީ ކިހާވަރެއްގެ ތެދެއްތޯ ބަލަން ތިބޭނަމޭ

The name is already taken The name is available. Register?

ކުޑަކަތީބު

02 March 2022

ބަދަލު ނުހޯދަން ނިންމީ އޭގެ ކިތަށް ގުނަ ލިބިގެން، ނުވަތަ ސަރުކާރަށް ދައްކަންޖެހޭ ބައިގެ ކިހާވަރެއް މާފުކޮށްދީގެން!

The name is already taken The name is available. Register?

ކައްޕިތާނު

02 March 2022

ކިޔަވަން ލޯނު ދިން އެތައް ކުއްޖެއްގެ ލޯނު ނުދެއްކި ހުއްޓާ މައާފުކޮށްދިނީ އެ ކުދިން އޭނަޔަށް ކިހާ ވަރެއް ދީގެނޯ؟

The name is already taken The name is available. Register?

ލައުރާގެ ކާފަ

01 March 2022

ޔާމީނަށްވެސް މީނާ ތާއީދުކުރީ ބޮނޑިވަރު ލިބޭނެ ކަމުގެ ހުވަފެނާއެކު. ޔާމީން މީނާއަށް ދިވެހި ގައުމު ގޮއެފާލަށް ލިޔެފަ ނުދިނީމަ ނުކުމެ ވެރިކަން ވައްޓާލަން ތެޅުނީ. މިއަދު އިބްރާހިމް ސާލިހު މި ހިންގަނީ ބޮޑު ޖަރީމާއެއް އޭނަގެ ވެރިކަން ދިފާއުކޮށް ދަމަހައްޓަން.

The name is already taken The name is available. Register?

ނަނަނަނަ

01 March 2022

ކާޑެއްދޫ އެއަރޕޯރޓް އިންޓަނޭޝަނަލް ކުރަނީ ކަނޑުގަ ތާރަ އަޅައިގެން ރަންވޭ ދިގުކޮށްގެންތަ؟ ނޫނީ ހިތަށް އަރަނީ ޓްރާންޕޯޓް މިނިސްޓަރަށް ކަމެއް ކޮށްގެންބާއޭ އެކަން ކުރަނީ.

The name is already taken The name is available. Register?

ކސބޭ242

01 March 2022

އެތަނަކަށް އެއްވެަސް ކަމެއްނުކޮށް ކޮންބަދަލެއް ؟ ކޮންގެއްލުމެއްވެގެން؟ ގާރޫންގެ ކަންޒްތަކުގެ ތަޅުދަނޑިފަތި އުފުލީވެސް ބޮޑު ޖަމާއަތެއްގެ މީހުން އެވަރުންވެސް އެކަލޭގެ ހިތެއްނުފުރުނު ހިނދުކޮޅެއްގެ ތެރޭނެތިދިޔައީ ޢިބްރަތަކަށް ވިސްނާމީހަކަށް އެވެސް ކ.ކޮހކަށް ނޫން

The name is already taken The name is available. Register?

ނ‫ާޑުވާ

01 March 2022

ކ‫ޮމެންޓް ކުރުމުގެ ކުރިން ކޯޓުތަކުގެ ހުކުމާ, ސަރުކާރުން ކުރާ ކަންކަމުގެ ތަފާތު އެނގުން މުހިއްމު.

The name is already taken The name is available. Register?

އ

01 March 2022

ދައުލަތުން ހޯދުމާ ކެއުމާ ފޭރުމާ ދަމައިގަތުމާ ދައުވާ ކުރުމާ މި ހުރިހާ ކަމެއްވެސް ކުރެވޭ.. އަހަރުމެން މިއުޅެނީ ހައްގު މިންވަރުވެސް ނުލިބިގެން.. ބުނަން ކަލޭތީ އަސްލު މިގައުމުގައި ވިޔަފާރި މިކިޔާއެއްޗެއް ކުރި ހަމައެކަނި މީހަކީ..

The name is already taken The name is available. Register?

ޢަހުމަދު މުހައްމަދު

01 March 2022

ދައުލަތުން ހަވާލުކުރި އެއަރޕޯޓު ނުހަނު ގެއްލުމާއިއެކު ނަމަވެސް ހަދައި ނިންމާލީމާ ފައިދާވާނީ ހަމަ ރައްޔިތުންނަށް.

The name is already taken The name is available. Register?

ދިއްދޫމީހާ

01 March 2022

އެ އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ 2018 ވަނަ އަހަރު އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. ދެން ކޮންތާކުންތޯ ބަދަލް ހޯދަން ތިޔަ އުޅެނީ؟؟ ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ދިޔައީ ކީއްވެގެން ކަން ދިވެހި ރައްޔިތުންނަ އިންގޭ، މިޤާސިމްގެ މިސާލަކީ ކަނޑުގުރުވާ އަޅާފަ ހުންނަ ފެންގަނޑެއް މާކަނާއާ ބަލަހައްޓަން ހަވާލްކުރީމާ ވާނެ ގޮތް…..

The name is already taken The name is available. Register?

ކާޑެއްދޫ މީހާ

01 March 2022

ބަލަ އެއަރޕޯޓު ހެދީމައި ފައިދާވަނީ ހަމަ މަމެންނަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454