ލައިފްސްޓައިލް

ބޭނުންނުކުރާ ރޮކެޓެއް ހަނދަށް ވެއްޓިއްޖެ

06 މާޗް 2022 - 06:32

6 comments

ޖައްވަށް ދޫވެފައިވާ، މިހާރު ބޭނުންނުކުރާ ރޮކެޓެއްގެ ބައެއް ހަނދަށް ވެއްޓިފައިވާ ކަމަށް ނާސާގެ ސައިންސްވެރިން ބުނެފި އެވެ.

ބޭނުންނުކުރާ އެ ރޮކެޓްގައި ތިން ޓަނު ހުންނާނެ ކަމަށް ލަފާކުރާ އިރު، އޭގެ މިސްރާބުތައް ސައިންސްވެރިން ބަލަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު، އެއީ ކޮން ބަޔަކު ޖައްވަށް ފޮނުވި ރޮކެޓެއް ކަމެއް އަދިވެސް ނޭނގެ އެވެ.

އެންމެ ފުރަތަމަ އެސްޓްރޮމާސް ބުނި ގޮތުގައި ބެލެވެނީ އެއީ މަހުޖަނު އީލޮކް މަސްކް އޭނާގެ ސްޕޭސް އެކްސް ޕްރޮޖެކްޓަށް ޖައްވަށް ފޮނުވި ރޮކެޓެއްގެ ބައެއް ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެއީ ޗައިނާ އިން ޖައްވަށް ފޮނުވި ރޮކެޓެއްގެ ބައެއް ކަމަށެވެ. އެކަމަކު، އެ ވާހަކަ ޗައިނާ އިން ވަނީ ދޮގުކޮށްފަ އެވެ.

އެ ރޮކެޓް ހަނދަށް ވެއްޓުނަސް، މާ ބޮޑު ކަމެއް ވެފައި ނުވާ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އެކަމަކު، އޭތި ވެއްޓުނު ތަނުން ވަޅުގަނޑެއް ހެދިފައި ހުރެދާނެ ބެލެވޭ ކަމަށާއި އުއްމީދުކުރަނީ ހަފުތާއެއްގެ ތެރޭގައި އެ މައުލޫމާތު ޔަގީންކުރެވޭނެ ކަމަށް ކަމަށޭ ވެސް ބުންޏެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި ހަނދަށް ވެއްޓިފައި ވަނީ މި ކަހަލަ ރޮކެޓެއްގެ ބައެއް.

އެ ރޮކެޓްގެ ބައެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗު 2015 ގަ އެވެ. އެ ރޮކެޓް ފެނުނީ އެރިޒޯނާގައި ނާސާ އިން ފަންޑުކޮށްގެން ހިންގާ ސްޕޭސް ސާވޭއެއްގައި މަސައްކަތްކުރި ސައިންސްވެރިންތަކަކަށެވެ.

ދުނިޔެއިން ޖައްވަށް ފޮނުވާފައިވާ ވަރަށް ގިނަ ރޮކެޓްތައް ވަނީ އޭގެ މިޝަން ފެއިލްވެ ޖައްވުގެ ތެރެއަށް ދޫވެފަ އެވެ. އެއަށް މިހާރު ކިޔަނީ "ސްޕޭސް ޖަންކް" އެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީ ލަފާކުރާ ގޮތުގައި ޖައްވުގައި 36،500 އަށް ވުރެ ގިނަ ސްޕޭސް ޖަންކްވެ އެވެ.

6 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައުޗް

07 March 2022

ހަނދަށް ވަރަށް ތަދުވާނެ.

The name is already taken The name is available. Register?

މުޙައްމަދު123

06 March 2022

ހަނދަކީ ގުރެވިޓީ ހުންނަ ތަނެއް ނޫން. ވީމާ ހަނދަކަށް އެއްޗެއް ނުވެއްޓޭނެ. ހަނދުގައި އެއްޗެއް ޖެހިދާނެ. ޓުވީޓުގައިވެސް އޮތީ ރޮކެޓު ހިޓުސް ދަ މޫން ކަމަށް.

The name is already taken The name is available. Register?

ހުރޭ

09 March 2022

ދުނިޔޭގަ ގްރެވިޓީ ހުންނަވަރަށް ވުރެ 5 ބައިކުޅަ 4 ބައި މަދުން ހަނދުގައި ގްރެވިޓީ ހުންނަ ކަމަށް ބުނެވިގެންވަނީ

The name is already taken The name is available. Register?

ޙައިރާ

06 March 2022

ހމމ ދެން މީ ނުވެ އޮތް ކަމަކީ. ޢެތަނަށް ކުނި އަޅަންފަށާ

The name is already taken The name is available. Register?

ސާދަވިލޭރޭގެ ހަނދު

06 March 2022

ތިގޮތައް އޭތިމީތިވެއްޓި ހަނދު ކުނިގޮނޑަކަށްވެއްޖެއްޔާ ހަނދުގެ އަލިކަންގެއްލި އަޅުގަޑުމެންގެ ލޯބިވެރިންނަށް ވަރަށް ދަތިވާނެ.

The name is already taken The name is available. Register?

ނޫނޭދޯ

07 March 2022

އެތަނަށް ދަގަނޑު ތަކެތި ވެއްޓުނީމަ އެއަށް އިރުގެ އަލި އެޅިގެން ރިފްލެކްޓްވެގެން ހަނދުވަރުގެ އަލި ދެން މާ ގަދަވެދާނެ. ދުވާލުވެސް ހަނދުގެ އެކި ތަންތަންކޮޅު ތަރިއެއްހެން ވިދަން ފަށާފާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454