ޓިކްޓޮކް ބޭނުންކުރަނީ.
08 މާޗް 2022 - 06:49
ރަޝިއާގައި ޓިކްޓޮކް ވީޑިއޯ އަޕްލޯޑް ނުކުރެވޭ ގޮތް ހަދައި، ލައިވް ސްޓްރީމް ވެސް ނުޖެއްސޭނެ ގޮތަށް އިއްޔެ ހަދައިފި އެވެ.
ޓިިކްޓޮކުން ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާގައި އެ އެޕްގެ މުހިންމު ދެ ފީޗާ ބޭނުންނުކުރެވޭނެ ގޮތް ހަދަން މަޖުބޫރުވީ މިދިޔަ ހަފުތާގައި ރަޝިއާގެ ސަރުކާރުން ފާސްކުރި "ފޭކް ނިއުސް" ގާނޫނާ ހެދި ކަމަށެވެ. އެ ދެ ފީޗާ ބޭނުންނުކުރެވުނަސް، އެ އެޕް މެދުވެރިކޮށް އަދިވެސް މެސެޖުކުރެވޭނެ ކަމަށް ބުންޏެވެ.
ރަޝިއާގެ "ފޭކް ނިއުސް" ގާނޫނު ބުނާ ގޮތުން، އެ ގައުމާއި އެ ގައުމުގެ އަސްކަރިއްޔާއާ ގުޅޭ ގޮތުން ދޮގު ޚަބަރު ފަތުރާ ނަމަ، އަދަބުގެ ގޮތުގައި ބޮޑު އަދަދަކުން ޖޫރިމަނާކޮށް، 15 އަހަރަށް ޖަލަށް ލެވޭނެ އެވެ.
2/ In light of Russia's new ‘fake news’ law, we have no choice but to suspend livestreaming and new content to our video service while we review the safety implications of this law. Our in-app messaging service will not be affected.
— TikTokComms (@TikTokComms) March 6, 2022
ރަޝިއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ދަނޑިވަޅުގައި އެ ގައުމުން ދަނީ އެ ކުންފުނިތަކާ ދެކޮޅަށް ވެސް ފިޔަވަޅުތައް އަޅަމުންނެވެ.
ޓިކްޓޮކް ވީޑިއޯ ނުހެދޭ ގޮތް ހެދި އިރު، ރަޝިއާގެ ސަރުކާރުން ފަންޑުކުރާ ކޮންޓެންޓްތައް އެ ޕްލެޓްފޯމުން ނުފެންނަ ގޮތް ހެދުމުން މިދިޔަ ހަފުތާގައި ރަޝިއާ ސަރުކާރުން ވަނީ އެ އެޕަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
އެހެން ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން، ފޭސްބުކަށް ނުދަދެވޭ ގޮތް ހަދައި، ޓުވިޓާ ބޭނުންކުރަން ވެސް ރަޝިއާ ސަރުކާރުން ވަނީ ދަތިކޮށްފަ އެވެ. އަދި އިނގިރޭސިވާލުގެ ބީބީސީ ނިއުސް އަށް ނުވަދެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކާޓަކާ
08 March 2022
ތީ ރަޝިއާއަށް ލިބުނު މޮޅެއް
ހުހް
08 March 2022
ރަޝިއާ މީހުންނަށް ކޮންމެ ކަމެއްވިޔަސް އަހަރެމެން ނަށް ކޮންކަމެއް