ހުޅުމާލެ ބީޗު: އަންހެނުންގެ ދުވަހަށް ހާއްސަ ހަރަކާތެއް އެ ބީޗުގައި ބާއްވަން ވަނީ ނިންމައިފައި.-- ފައިލް ފޮޓޯ: މިހާރު
08 މާޗް 2022 - 11:38
އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޫދު ކުޅިވަރާއި އިތުރު ހަރަކާތްތަކާ އެކު ހުޅުމާލޭގައި މިއަދު ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
ޔޫއެން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އެ އިވެންޓްގައި އެޗްޑީސީގެ އިތުރުން ވެސް ވަރަށް ގިނަ އާންމު ޖަމިއްޔާތަކުން ބައިވެރިވެ އެވެ. އެ އިވެންޓްގެ ހަރަކާތްތައް ކުރިއަށް ދާނީ މިއަދު މެންދުރު 1:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ހުޅުމާލެ ބީޗުގަ އެވެ.
- ޑައިވިންނާއި ސްނޯކްލިކް އާއި ސާފިންނާއި އަދި ވިންޑް ސާފިން
- ސިއްހީ ކަންކަމަށް ހޭލުންތެރިކުރުމަށް ހެލްތު އަދި ފިޓްނެސް ސެޝަނެއް
- ފުޓްބޯޅަ ސެޝަނެއް
- އާޓާއި ޕެއިންޓް ހަރަކާތެއް
- އަންހެނުންގެ ހައްގުތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް
- ތިމާވެއްޓާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް
- ލައިވް މިއުޒިކް
We welcome everyone to mark #IWD along with us & partners.
— UN in the Maldives (@UNMaldives) March 7, 2022
▫️Conversations around the role of women in the frontlines of #ClimateChange
▫️Fun activities including 🤿, diving, 🏄♀️, skating, 🏊🏽♀️, ⚽️, etc.
▫️Advocacy & awareness
▫️Healthy lifestyle tips🧘🏽♀️
▫️Arts & crafts 🎨 pic.twitter.com/cjdI3L0SIm
އެ އިވެންޓްގެ ހާއްސަ މެހުމާނެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެ އިވެންޓްގައި ތިމާވެއްޓާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މިނިސްޓްރީން ފަށާފައިވާ "އެރައިޒް" ޕްރޮޖެކްޓްގެ ޑެމޮންސްޓްރޭޝަނެއް ދެއްކުން ވެސް އޮންނާނެ އެވެ.
ޔޫއެން މޯލްޑިވްސްގެ އެ އިވެންޓްގައި ބައިވެރިވާ އެހެން ފަރާތްތަކަކީ އަލޯހާ ބީޗް ކްލަބް، މޫދުބުޅާ ޑައިވް، ސޯލްޓެޑް ވެންޗާސް ސްވިމާސް، ހީޓް ހެލްތު އެންޑް ފިޓްނެސް، ވިމެންސް ފުޓްބޯލް ކްލަބް، އުތެމާ، އާޓީ ފިންގާސް، ޔޫއެންއެފްޕީއޭ، ޔޫއެންޖީޓީޖީ، ހޯޕް ފޯ ވިމެން، ޕާލޭ، ޒީރޯ ވޭސްޓް މޯލްޑިވްސް އަދި ސޭވް ދަ ބީޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭވާހޭވާ
08 March 2022
ސުބުޙާނަﷲ! މިއޮތީ ކަންތަކާޖެހިފަ! މިދާމަގުން މިދާރޭޓުންދާނަމަ ދާދިއަވަހަށް ވަރިކުރުމުގެޙައްޤުވެސް ތިމީހުނަށް ލިބިދޭނެ. އެހެންނޫނީ ހަމަހަމަވާކަމަކަށްނުވާނެ.
120687
08 March 2022
އަންހެނުންގެ ދުވަހެއް ފާހަގަކުރަންޖެހޭ ބާ؟
މޫސަބޭ
08 March 2022
މަށެއް ނުދާނަން.
އ
08 March 2022
ފިރިއަކު ހޯދިފައި ނެތް ކުދީންނަށް ފިރިހެނަކު ހޯދައިދީ ކޮންމެ އަންހެނަކީ ފިރިޔަކުވާ އަންހެނަށް ހެދުން މާ އައުލާކަން ބޮޑުވެގެންވޭ. އޭރުން ހަމަހަމަ ވާނެ.
މިކަން
08 March 2022
އަންހެނުންގެ ދުވަސް ފާހަގަކުރުމަކީ ތަފާތުކަން އިތުރުކޮށްދޭ ކަމެއް
އަލިބެ1
08 March 2022
ކުޅިވަރާ މަޖާ. ހެޔޮނުވާނެ. ތިއައްވުރެ ދީނީ ދަރުސް ޕޮރޮގުރާމެއް ހިންގުން މާ ރަގަޅުވާނެ. ބިރުވެތިވޭ. އާހުރަތައް ސަވާބެއް ހޯދުން މާ ރަގަޅު
ޝުޖޫން
08 March 2022
އަންހެނުންގެ ދުވަސް ފާހަގަކުރާ ހިސާބުން ތަފާތުކުރެވުނީ