މިގޮތަށް ހަމަޖެއްސީ ޓެރަރިޒަމް މަނާކުރުމުގެ އާންމު ގަވައިދަށް ގެނައި އިސްލާހަކުން.
ރައީސާއި ޕޮލިސް ކޮމިޝަނަރު ހަމީދު ސަލާމް ކުރައްވަނީ: އިންޓެލިޖެންސް ހިއްސާކުރާ މިންވަރު ރައީސަށް އަންގަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/ރައީސް އޮފީސް
08 މާޗް 2022 - 17:00
ޓެރަރިިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާ މިންވަރު ރައީސަށް އަންގަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުގެ މެދުގައި ހިއްސާކުރާނެ ނިޒާމެއް އޮންނަން ޖެހެ އެވެ. ޓެރަރިޒަމް މަނާކުރުމުގެ އާންމު ގަވައިދު ކުރިން އޮންނަ ގޮތުން މައުލޫމާތު ހިއްސާކުރާ މިންވަރު ފުލުހުން އަންގަން ޖެހެނީ ހޯމް މިނިސްޓަރަށެވެ.
އެ ގަވާއިދަށް މިއަދު ގެެނައި އިސްލާހުގައިވާ ގޮތުން އެފަދަ މައުލޫމާތު ހިއްސާކުރާ މިންވަރުގެ ތަފާސްހިސާބު ރިޕޯޓެއް ހޯމް މިނިސްޓަރުގެ އިތުރުން ރައީސަށް ވެސް ކޮންމެ ތިން މަހުން އެއްފަހަރު ފުލުހުން ފޮނުވަން ޖެހޭނެ އެވެ.
ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާ ނިޒާމުގައި ހިމެނެނީ ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން އެމްއެމްއޭ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy