ވިޔަފާރި / ރާއްޖެ-ލަންކާ

މޯލްޑިވިއަނުން ލަންކާ އަށް އަލުން ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ ފްލައިޓަކަށް ފަސިންޖަރުން އަރަނީ-- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން 10 އަހަރެއްހާ ދުވަސް ފަހުން ސްރީ ލަންކާ އަށް އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 27 ވަނަ ދުވަހު ދަތުރުތައް ކުރާނީ މާލެ އިން ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް (ރަތުމަލާނާ އެއާޕޯޓް) އަށް ކަމަށެވެ. އެއީ ސްރީ ލަންކާގައި ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އެއާޕޯޓެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ރަތުމަލާނާ އެއާޕޯޓް މިދިޔަ އަހަރު ހުޅުވައިލުމާއެކު، މޯލްޑިވިއަނުން އައީ އެ އެއާޕޯޓަށް ދަތުރުތައް ފެށުމަށް މަޝްވަރާތައް ކުރަމުންނެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ނިންމީ އެއީ ގިނަ ދިވެހިން އުޅޭ ސަރަހައްދަކަށް ވާތީ ކަމަށެވެ. ދަތުރުތައް ފެށުމާއެކު ގިނަ ދިވެހިންނަށް ލުއިތަކެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވިއަން އެއާލައިނުން ރަތުމަލާނާ އެއާޕޯޓަށް އަދި ތާވަލު ކޮށްފައިވަނީ ހަތަރު ދަތުރެވެ. އެއީ މި މަހުގެ 27، 29، 31 އަދި އަންނަ މަހުގެ 3 އަށެވެ. ނަމަވެސް ތަރުހީބަށް ބަލައި ފްލައިޓުތައް އިތުރު ކުރާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ދަތުރުތަކުގެ އަގެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.

މޯލްޑިވިއަން އެއާލައިންގައި ލަންކާ އަށް ދަތުރު ކުރަން ބޭނުންވާ މީހުންނަށް އެ އެއާލައިންގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަނުން ބުކިން ހެއްދޭނެ އެވެ.

10 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާރިސް.

10 March 2022

ނުވާނެ ތިކަމެއް 3 މަސް ފަހުން ހުއްޓާލާނެ. ތިސެކްޓަރ އަކީ ގެއްލުންވާނެ ސެކްތަރ އެއް . މިއީ ހާރިސްގެ ތިއަރީ. އައްޑޫ ގަމަށް ސްރީލަންކަން ޝެޑިއުލް ދަތުރު ފެއްޓީމަވެސް އެކަލޭގެ ބުނީ މިހެން. އެކަމަކު ގެއްލުމުގައި ވިޔަސް ހުއްޓުމެއްނެތި ހަފުތާއަކު 4 ދަތުރު 3 އަހަރު ވަންދެއް ސްރީލަންކަން އައްޑޫ ގަމަށް ކުރަމުން ގޮސް ދަތުރު މެދު ކަޑާލީ ކޮވިޑަށް ބޯޑަރު ތައް ބަންދު ކުރުމުން. މިވަރުގެ ކޮހުން ހިންގާ ތަނެއް ތިއީ.

The name is already taken The name is available. Register?

ކަޅޭ.

10 March 2022

ބަރާބަރު. ހަމަ ސީދާ ހާރިސް ބޮސްގެ ވާހަކަ ހުންނަގޮތް ތިއީ.

The name is already taken The name is available. Register?

އަލީ ޙާލިދު.

10 March 2022

ރައީސް ނަޝީދުގެ ވެރިކަމުގައި ގަމާއި ސައުތުއެފްރިކާ އަދި ގަމާއި މަޑަގަސްކަރައަށް ދަތުރު ކުރުމަށް މޯލްޑިވިއަން އާއި މަޝަވަރާކޮށް އެދަތުރުތައް ފެއްޓުމަށް އެދުމުންވެސް މޯލްޑިވިއަންގެ ބޯޑާއި މެނޭޖްމަންޓުން އެކަން ކުރަން ބޭނުމެއްނުވި. ކަޅޭ އަދި ހާރިސް. ތިބުނާ ގޮތަށް ގެއްލުމުގައިވިޔަސް މާލެއިން ބޭރުގެ މަންޒިލް ތަކަށް ދަތުރު ކުރަން އެމީހުން އޯކޭ. އެކަމަކު އައްޑޫ ވެއްޖެނަމަ އެއްބަހެއް ނުވާނެ.

The name is already taken The name is available. Register?

މާލޭ ކުއްޖެއް.

10 March 2022

ކިހާ ދެރަކަމެއް. އައްޑޫ މީހުން ވާނެ މާލޭގައި ކުރާ ކޮންމެ ކަމެއް އައްޑޫގައިކުރަން. ބަލަ ގަމުން ފުރައިގެން ތިޔަ ބުނާ މަންޒިލް ތަކަށް ދިޔައިމަ އެތަންތަނުން އައްޑުއަށް އަންނާނެ ބަޔަކު އެބަތިބިތަ ؟ މިހާރުވެސް މޯލްޑިވިއަން ދަތުރުކުރާ އެތެރޭގެ ދަތުރު ތަކުގެ ތެރެއިން އެންމެ ގެއްލުންވާ ތަނަކީ ގަން ސެކްޓަރ. އަދި މަންޓާ އެއަރ ގަމަށް އުދުހެން ފެއްޓުމުން ބޮއިކޮޓް މޯލްޑިވިއަން އޭ ކިޔާފައި އައްޑޫ މީހުން ސޯޗަލް މީޑިއާގައި އެއްޗެހި ޖަހާ އުޅުނެއްނު.

The name is already taken The name is available. Register?

ޢަރުތަ

10 March 2022

ޔުނިވަރސަލްގެ ކަމެއް، 299 ޑޮލަރަށް އަގު ޖަހާފަ އޮތީ، 310 ޑޮލަރަށް އެމިރޭޓްސް އިން ޓިކެޓްލިބޭ، މާލެ ކޮލޮމްބޯ މާލެ.

The name is already taken The name is available. Register?

Draw

10 March 2022

ޓިކެޓެއް 250 ޑޮލަރަށް ވުރެ އަގުހެޔޮވާނެހެނެއް ހިޔެއްނުވޭ. ބަލާނީ އެންމެ ބޮޑުއަގުގައި ވިއްކޭތޯ

The name is already taken The name is available. Register?

ޢަރުތަ

10 March 2022

300 ޑޮލަރަށްވުރެވެސް އަގުހެޔޮ، 299 ޑޮލަރަށްހުރީ.

The name is already taken The name is available. Register?

ޜިޒްވީ ބިން ޖަވާދު

10 March 2022

ޝުކުރިއްޔާ މޯލްޑިވިއަން

The name is already taken The name is available. Register?

އަބްލާރިސް

10 March 2022

ތޭންކްސް މޯލްޑިވިއަން.

The name is already taken The name is available. Register?

ކެޕްޓަން އަމީން

10 March 2022

މޯލްޑިވިއަންގަދައޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454