އީރާނުގެ ބޯޓުން ފެނުނު މަސްތުވާތަކެއްޗާއި އަތުލައިގަތް މީހުން ސިފައިންގެ ބެލުމުގެ ދަށުގައި: އެ މީހުންގެ މައްސަލަތައް ވަނީ އަނބުރާ ގެންގޮސްފައި --- ފޮޓޯ/އެމްއެންޑީއެފް
10 މާޗް 2022 - 14:59
ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރިން އަތުލައިގަތް އީރާނުގެ ބޯޓަކުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރި ބިދޭސީންގެ ބައި ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.
އޮކްޓޫބަރު، 2019 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރިން އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯ ޑްރަގް ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ހިތަދޫ ކޯޒީކޯނާ އަލީ އަންވަރު މުހައްމަދާއި ބަންގްލަދޭޝާއި އީރާންގެ ބަޔަކަށެވެ. އޭގެ ތެރެއިން އަންވަރަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. އެއީ މަސްތުވާތަކެތި ފެނުނު ބޯޓު ދިވެހި ސިފައިން ހިފެހެއްޓުމުގައި ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް އަމަލުކޮށްފައި، ބޯޓު ރާއްޖެއަށް ވައްދާފައިވާތީ އެވެ.
ޕީޖީ އޮފީހުން ދެން ތިބި މީހުންގެ ބައި ވެެސް އަނބުރާ ގެންދިޔައީ ތަހުގީގުގައި ހުރި ގޯސްތަކުގެ ސަބަބުން އަންވަރުގެ ބައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ނިިންމާފައި އޮތުމުން ކަމަށެވެ.
"ބިދޭސީންގެ ބައި ވެސް ކޯޓުގައި ދެން އިތުރަށް ކުރިއަށް ނުގެންދެވޭނެތީ މައްސަލަ އަނބުރާ ގެނެސްފައި ޕޮލިހަށް ވާނީ ފޮނުވާލާފައި." ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލާގައި ދައުވާލިބުނު ގިނަ ބިދޭސީން ވެސް މިހާތަނަށް ތިބީ ބަންދުގަ އެވެ. މައްސަލަ އަނބުރާ ގެނައުމާ އެކު، އެ މީހުން ބަންދުން ދޫކޮށްލަން ޖެހޭނެ އެވެ.
އީރާނުގެ ބޯޓުތަކުގައި މީގެކުރިން ވެސް ބޮޑެތި އަދަދުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވެ އެވެ. ކުރިން އީރާނު ބޯޓެއްގައި 50 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއް ވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ބޭރުކޮށްލީ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ދިވެހި ސިފައިން އެ ބޯޓު ހިފަހައްޓާފައިވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
13 March 2022
ދެން ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް އަމަލުކޮށްގެން އަތުލި 70 ކިލޯގެ މަސްތުވާ ތަކެތިވެސް އެގެނައި މީހުނަށް އަނބުރާ ދޭންނުޖެހޭނެބާ!
ނަސީމް
12 March 2022
ދެންވެއްޖެނޫންތަ ހުރިހާާ ކަމެއް ހުއްޓާފަ ތި ސިފައިންނަށް ބައިނަލްއަޤްވާމީ މުދާހިދާ ތައްކިޔަވާދީ އެވަރުގެ ބަޔަކު ތިކަހަލަ އޮޕަރޭޝަން ތަކަށް ފޮނުވަންވީނު. ގަސްތުގަ ހިންގާ ޖަރީމާ ތިޔައީ.
ބަލަ
11 March 2022
މީ ކޯޓު ތަކާ ޕޮލިހުންނާ ސިފައިިންނާ ސަރުކާރާ ހުރިހާ ބޮޑަތި އެންމެން ގުޅިގެން ކުރާ ކަމެއް. މަށަށް ބޮޑުވަނީ ރާއްޖޭގެ ގިނަ ރައްޔިތުން ހުއްޓުވަން ބޭނުން ނުވާ ކަމެއް ނޫސްތަކުގެ ބޮޑު ސުރުޚީ އަށް ހަދައިގެން ލިޔާތީ.
11 March 2022
ޙަތިޔާރު ހިފާގެން ތިބެ އެހެދީ ކޮސް ، ހަތިޔާރު ނެތް ބަޔެއްގެ ބޮލުގައި ހަތިޔާރު ޖެއްސުން ވެސް ތީ އަނެއް ކޮސް.، ޕްލީޒް ރިމޫވް ދިސް ޕިކް
ސަސ
10 March 2022
ފަހަތުގަ ހަތިޔާރު ހިފައިގެން ތިބި ސިފައިންނަށްވެސް ހުތުރުދޯ.
ހޫދު
10 March 2022
ސިފައިންގެ މޫނު ވެސް "ބްލަރ" ކޮށްދީ. އެމީހުން ވެސް ލަދުގަނެއޭ މިކަހަލަ ކޮސް ހެދުނީމާ.
އަފްރާސިޔާބު
10 March 2022
ޑްރަގުވެސް ދޫކޮށްލަން ވާނެ ނޫންތޯ؟ އަދި ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭނެ ނޫންތޯ؟
1828
10 March 2022
ދިވެހި ސިފައިނުން އަދ ފުލުހުން އެބަޖެހޭ ޤާނޫނުތަކަށް އަހުލުވެރިވާން. ޤަބޫލުކުރެވެނީ މިއީ އިނގެތިބެ ކަނޑައެޅިގެން ހަދާ ގޯސްތަކެއްކަން. ސަބަބަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅެނީ ނުފޫޒުގަދަ ފައިސާވެރިން. މިހާރު ފައިސާއިން ނުކުރޭ ކަމެއް މިރާއްޖެއަކު ނެތް.
ނުުޫނު
10 March 2022
1828 މީގަ ބޮޑައް އޮންނަނީ ހަގީގަތުގަ ޕީޖީގެ މައްސަލަ އޭ.ފުލުހުން ހެކިނެތި ކިހިނެއް ހައްޔަރު ކުރާނީ.ހެކި ނުފޫޒު ބޭނުން ކޮއްގެން ނައްތާލަނީ ހަމަ ޕީޖީ އޮފީސް ތެރެއިން.
ކުޗީ
10 March 2022
ދެން ޕޖ ކަލޭގެ ޓވ އަށް އަރާ އިނދެކިޔާނެ ފަންސުރު އުންސުރޭ. މީހުސް ރާވައިގެން ކުރާކަންކަން. ކޮނޑަށް ފައްބަރި އަރުވާފަ ތިބޭއިރު ގާނޫނެއް ނޭނގެނީތަ؟ ... ނޫން މީހުސް ރާވައިގެން ކުރާ ކަންކަން.
ޗުކީ
10 March 2022
ފާޑުފާޑުގެ ގާނޫނު ހަދާ، ބާގަނޑުތައް ހަދާ މީހުންގެ ވާހަކަދޯ ދައްކަންވާނީ. ދުނިޔޭގެ ގާނޫނުތަކަށް އަހުލުވެރިވުންވެސް މުހިންމު ސިފައިންނާ ޕޮލިހުންވެސް. ކަމެއްވެގެންތާ ދޯ އިންފާރު ރާނަނީ ގޭގޭގެވެސް.