އައްޑޫ ލިންކް ރޯޑްގެ ދެ ފަރާތުގައި ހައްދާފައިވާ ރުއްތައް: އާންމުންނަށް ނުރައްކާވާތީ ކަމަށް ބުނެ އެ ރުއްތައް މިހާރު ވަނީ ކަނޑާލައިފައި.-- ފޮޓޯ: ޝުޖާއު / ޓުވިޓާ
11 މާޗް 2022 - 15:50
އައްޑޫގެ މަޝްހޫރު "ރުއްފަށާ" ކަނޑައި އެ ސަރަހައްދު ހުސްކޮށްލުމުން އެކަމާ ވަރަށް ރުޅިގަދަވެފައި ހުރި މީހަކު ބުނީ "އެ ގެއްލުނީ އައްޑޫގެ މުހިންމު ލޭންޑްމާކެއް" ކަމަށެވެ. އެތަނަކީ ގިނަ ބައެއްގެ އުފާވެރި ހަނދާންތަކަކާ ވެސް ގުޅިފައިވާ އައްޑޫގެ "ނަލަކަން" ދައްކައިދޭ ތަނަކަށް ވާތީ ކައުންސިލްގެ ނިންމުމާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑެވެ.
އައްޑޫ ލިންކް ރޯޑުގެ އަރިމަތީގައި ހުރި ރުއްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށް ބުނެ، އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ މަގުގައި ހުރި 55 ރުއް އިއްޔެ ކަނޑާލައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ރުޅިގަދަވެ، ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
ނުރައްކާތެރި ހާދިސާތައް ހިނގާތީ އައްޑޫ ލިންކް ރޯޑްގެ ދެ ފަރާތުގައި ހައްދާފައިވާ ރުށްތައް ކަނޑަނީ.-- ފޮޓޯ: ޝުޖާއު / ޓުވިޓާ
ލޭންޑްމާކެއްގެ ގޮތުގައި ދެކޭ "ރުއްފަށާ" ކައިރިން ހުރަސްކުރާ މީހަކު، އެތަނުގެ ފޮޓޯއެއް ނުވަތަ ވީޑިއޯ ނުނަގާ ނުދާނެ ކަމަށާއި އެއީ އައްޑޫ ރައްޔިތުންނަށް ކިހާ މުހިންމު ތަނެއްކަން ކައުންސިލަށް ނުވިސްނުމަކީ ވަރަށް ދެރަ ކަމެއް ކަމަށް މީހަކު ކުރި ޓުވީޓެއްގައި ބުންޏެވެ. އޭނާ ބުނީ އެ ރުއްތައް ކަނޑާނުލައި ވެސް ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވިދާނެ ގޮތްތައް ހުންނާނެ ކަމަށެވެ.
ބައެއް މީހުން ބުނީ އެ ރުއްތައް ގަވާއިދުން ސާފުކޮށް ބަލަހައްޓާ ނަމަ، ނުރައްކާތެރި ހާދިސާތައް އެ މަގުގައި ނުހިނގާނެ ކަމަށެވެ. ކައުންސިލުން ބޭނުންވީ އެކަން ނުކުރަންވެގެން، އަވަހަށް އެކަމުން ރެކެވޭނެ ގޮތެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ.
🧵Lets talk about what's wrong with what you did Mayor of Addu City.
— Hussain Jinan (@profEuLOGist) March 10, 2022
1. You couldn't value an historical landmark of the city.
2. You couldn't understand the iconic connection of it to the residents & non residents of the city.
3. You couldn't even do a community consultation
"ރުއްތައް ސާފުނުކުރެވުމަކީ ރުއްތައް ކަނޑާލަން އުޒުރެއްތޯ؟ ސާފުކޮށް ބެލެހެއްޓޭ ނަމަ ވިއްސާރަވިޔަސް، އެއްޗެހި ނުފައިބާނެ،" އެ ރުއްތައް ކަނޑާލި ޚަބަރު "މިހާރު" ގައި ޖެހުމުން މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.
"ލިންކް ރޯޑުގައި މާ ގިނަ އެކްސިޑެންޓުތައް ހިނގާފައިވޭ މަގުގައި ހުންނަ ވަޅުގަނޑުތަކާއި ސްޕީޑް ބާރުކޮށް ދުއްވުމުގެ ސަބަބުން. އައްޑޫގެ ހުރިހާ މަގެއް ވެސް އެކަހަލަ ބައިވަރު މައްސަލަތައް އެބަހުރި. ފުރަތަމަ އެ ކަންކަން ހައްލުކުރިއްޔާ މާ ރަނގަޅުވާނެ،" އެހެން މީހަކު ބުންޏެވެ.
#RuhFashaa is a landmark of Addu!
— Coach Shujau 🇵🇸 (@coachshujau) March 10, 2022
It’s one of the most instagrammed places in Addu!
We have so many memories here!
I still can’t believe they cut down the palm trees without consulting the public. https://t.co/LJIFYMIbko pic.twitter.com/J3jziDrg9x
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނީ 70 ވަރަކަށް އަހަރުވެފައިވާ އެ ރުއްތަކަކީ ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން، ވައިގަދަވެ، ވިއްސާރަވާ ދުވަސްތަކުގައި ރުއްތަކުން އެއްޗެހި ވެއްޓި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އެ ރުއްތައް ކަނޑާލަން ނިންމީ ވެސް އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ކައުންސިލަށް ލިބޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުންޏެވެ.
ކައުންސިލުން އެ ރުއްތައް ކަނޑާލީ އީޕީއޭގެ ހުއްދަ ހޯދައިގެން، ކޮންމެ ރުކަކަށް އިތުރު ދެ ރުއް އިންދާ ގޮތަށެވެ. އެ ރުއްތައް ނެގުމަށް ފަހު، އެތަނުގައި އަލުން ގަސް އިންދައި ލައިޓް ހަރުކޮށް، އެ ސަރަހައްދު ބޮޑަށް އަލިކުރަން ވަނީ ޕްލޭން ކޮށްފަ އެވެ.
Maybe change the headline to addu city council incapable of maintaiing coconut trees with regular cleaning removing of dead leaves n hard coconuts so decided to cut it as it's just easier. I mean I would believe that https://t.co/BKhplkblcw
— Lauza (@Lauzas_art) March 10, 2022
އާންމުން ރަތަށް އެރުމާ އެކު، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ އެއީ ރައްޔިތުން ރުޅި އަންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެ ރުއްތަކުން އާންމުންނަށް އެއްވެސް ފައިދާއެއް ނުކުރާ އިރު، ހިޔާކަމެއް ވެސް ނުލިބޭ ކަމަށެވެ. ރައްޔިތުންނަށް ފައިދާކުރާނީ އެ ރުއްތައް އެތަނުން ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ގިނަ ބަޔަކު މައްސަލައެއްގެ ގޮތުގައި ފާހަގަކުރީ، އެފަދަ ބޮޑު ނިންމުމެން ކައުންސިލުން ނިންމި އިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެއްވެސް ވަރަކަށް ހޯދާފައި ނުވާތީ އެވެ. އަދި އެއްވެސް އިމްޕެކްޓް އެސެސްމެންޓެއް ވެސް ހެދުމެއް ނެތި އެކަން ކޮށްފައި ވާތީ އާންމުން ކަންބޮޑުވުން ފާޅުކުރި އެވެ.
EPA is supposed to protect the environment but all I see is death and destruction approved by them https://t.co/ECCJHcFcpa
— S (@suherrx) March 10, 2022
ވަރަށް ގިނަ މީހުން ވަނީ އެ މަގުގައި ރުއްތައް ހުރި އިރު ނަގަފާއިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާ އަށް ޝެއާކޮށް އެ ހަނދާންތައް ވެސް އާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވި ނޫނު
13 March 2022
ނިޒާރަކަށް އަދިވެސް މީހުން މިކިޔާ އެއްޗެއް ނުވިސްނޭ،،، އެރުއްތަކުން ކުރުނބާ ނުލިބޭތީއެއް ނޫން މައްސަލައަކަށްވަނީ، ހިޔާ ނުލިބޭތީކީވެސް ނޫން..... ވަރަށް އަހަރުތަކުން އެކަހަލަ ރުއްތަކެއް ހެދިފައެހެރީ.... ނިޒާރު ދުރުން ދުރު މަންޒަރު ބެލިފައެއް ނެތް.... ދެވަނަ ދައުރަކަށް ޓާޓާ
ކަނބުރުޖަސަނު
12 March 2022
މީގެން މިއެނގުނީ މަގާމު ލިބުނީމައި ރައްޔިތުންގެ އިހްސާސް އެއްވެސްވަރަކަށް ނުކުރެވޭކަން ރައްޔިތުންގެ ހިޔާލެއް ހޯދައިގެން ނޫންކަން ކަންކަން ކުރަނީ
ސަޅި
12 March 2022
އެންމެ ގަދައީ ތިނަދޫ މީހުން. ފްލެޓް ތަށްކައިރީ ހިޔާދޭ ބޮޑު ފެހި ހިސާބުގަނޑެއް ގަސްތައް ބިމާ ހަމަކޮށްލައި ކޮންކްރީޓު ފްރޭމްތަކެއް އަޅާފައި ވަލަށް ދޫކޮށްލައި ބާއްވާފައި އޮތް އިރު ހީވަނީ މީ އެއްރެޔަކު ހޭލި އިރު އެތަން ބަދަލުވެފައި އޮތް ގޮތްހެން. މީހަކު ނުރުހުމުގެ ރާގަކަށް އެއްވެސް އެއްޗެއް ނުބުނޭ. ވަރަށް ބަސްއަހާ ރައްޔިތުން ދިރިއުޅޭ ރަށެއް. އެއިންމީހެއްގެ ގެޔަށް ވަދެ ހުރިހާތަކެތި ނަގައިގެން ދާއިރުވެސް ހަމަ ތިބޭނީ އެހެން ވަރަށް 'ސަޅި' ބަޔެއް
ކާއްޓޭ
12 March 2022
ރުއްތަކުން ގެއްލުންވަނީއޭ، ވެއްޓޭ އެއްޗަކުން ޖެހިދާނެއޭ ކިޔާފަ އެފަދަ ރުއްތަކެއް ކަނޑާލާއިރު އެކަމުގެ ތަފާސް ހިސާބު ދެއްކުން މުހިއްމު. އެހެން ތަންތަނުގަ ހައްދާފަ ހުންނަ ގަސްގަހުން މޫސުން ގޯސްވާއިރު ގޮފިގަނޑެއް ވެއްޓި ކޮންމެ ދިމާލެއްގަ ހުރި މީހަކަށްވެސް ގޮތެއްވެދާނެ. އެހެން ކިޔާފަ މަގުތަކުގަ ގަސް ނުހައްދައެއް ނުތިބެވޭނެ.
ހަނަފީ
13 March 2022
ނިޒާރުވެސް ތީ ގާބިލުކަމެއް ހުރެގެން މަގާމައް ހޮވިމީހެއް ނޫން. މަޖުލީހުގަ ހަޅޭއްލަވައިގެން، ނޫނީ ސިޔާސީ ޕާޓީ ޕޯޑިޔަމްގަ ހަޅެއްލަވައިގެން މަގާމުހޯދާފަ ތިބިމީހުން.
ރަދީފްއޮފިޝަލް
12 March 2022
ރާއްޖޭގެ އެހެން އަތޮޅެއްގެ ކުޑަ ނުވަތަ ބޮޑު ރަށެއްގަ ހުރި އެންމެ ރުކެއް ވެސް ތިހެން ނައްތާލަން އެރަށުގެ ރައްޔަތުން ފުރުސަތު ނުދޭނެ.ރައްޔަތުން ނިކުމެ މުޒާހިރާކޮއްގެންވެސް ހުއްޓުވާނެ.ނަމަވެސް އައްޑުއަތޮޅުގެ ރައްޔަތުންގެ ނުހުންނާނެ ކޮމިއުނިޓީގެތެރެއިން ރައްޔަތުންގެ ބާރު ނެރެގެން އެއްވެސް ކަމެއް ކުރުމުގެ ނިޔަތެއް.އެއީ އެބައި މީހުން ދަންނަ ކަމެއް ނޫން.އަދި އެބައި މީހުންނަށް އެކަން ކުރަން ވެސް ނޭނގޭނެ.އައި އޭމް ފްރޮމް އައްޑޫ.ވ.ވެދުން
ހަސަންދީ
12 March 2022
ހައިވޭ އެއްގައި އެއްޗެހިފައިބާ ރުކެއް ހުރުމަކީ ވަރަށް ބޮޑު ނުރަށްކަލެއް، ކައުންސިލުން ކުރީ ކުރަން ހަމަ ރަގަޅު ކަމެއް، ދެން އޮތީ އެރުށްތައް ސާފުކޮށްގެން ގެންގުޅުން ހައިވޭއެއްގައި ހުންނަ މިބާވަތުގެ ގަހެއްސާފު ކުރުމަކީ ވަރަށް ތަދިކަމަކަށްވާނެ
ހަސަންނުދީ
12 March 2022
އެހާ ބާރުބޮޑު ހައިވޭއެއްތަ އެއީ؟
ޙިނި
12 March 2022
ތާރީހީ ގައުމީ ޅޭންޑްމާކެއް ކަންޑާ ބިމާހަމަކޮއްލާފަ ކޮން ބަގަނާ އެއްދައްކާކައް. ޢޮލުވާހައިގެން ވާހަކަ ނުދައްކާ ރުއްތައް އިންދާފަ ހުރީ ހައިވޭމެދުގަ ހުރި 10-15 ފޫޓުފުޅާ އައިލެޑެއްގަ. އައްޑޫ ސިޓީކައުންސިލް އާ އީޕީއޭއިން މިކަމުގަ ބައިވެރިވި މީހުން އިސްތިއުފާ އިސްތިއުފާ ދޭން އަޑު އުފުލަންފެނޭ. ޢެމްޑީޕީ ވެރިކަމުގަ ތަރައްގީއޭ ކިޔައި މިގޮތައް ގަސްތައް ކަންޑާ ރުއްތައް އުފުރާ ވިއްކާ ތަން ފާހަގަކުރެވޭ.
މުލޭ
12 March 2022
އައްޑޫގެ ޚަބަރުތައް ލިޔާއިރު އައްޑޫ ބަހުރުވައިން ކިޔާ ނަންތައް ބޭނުންކޮށްފައި އެހެން ރަށްރަށުގެ ޚަބަރުތަކުގައި އެ ރަށެއްގެ ބަހުރުވައިން ކިޔާ ނަންތައް ބޭނުން ނުކުރުމަކީ ތަފާތުކުރުމެއް. މިކަން ރަނގަޅުކުރާނެ ކަމަަށް އުންމީދުކުރަން.
ހަސަނު.
12 March 2022
ވަރަށް ރަނގަޅު ވާހަކައެއް. ނަންތަކަށް ބަދަލު ގެނައުމަކީ ގޯހެއް. މާލޭގައި ހުންނަ ތަންތަނުގެ ނަން އެރަށުމީހުން ކިޔާ އުލޭގޮތަށް ލިޔާ ފަދައިން އައްޑޫސިޓީ އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ހުންނަ ތަންތަނަށް ކިޔާ ނަންނަންވެސް އެރަށެއްގެ މީހުން އެތަންތަނަށް ރަށުބަހުން ނަންކިޔާ ގޮތަށް ލިއުމަކީ އެންމެ ރަނގަޅުގޮތް.
އަލިފުތާ
12 March 2022
މިވެސްވާނީ ތިޔަކިޔާ އިންޑިއާ ބުނެގެން އެމެންގެ ޓުރަކްފަދަ އެއްޗިހި ދުއްވަން އުދަގޫވެދާނެތީ އެޑްވާންސް އައް ކަނޑާލީ މޭޔަރައް ބައިއަޅާގޮތައް އަންނަ މަޖްލިސް އިންތިހާބައްޓަކާ
އޮނަރަބްލް ބޮޑު މުހަންމަދު
12 March 2022
70 އަހަރުވީ ރުއްތަކެއް އެއީ އިގިރޭސީން އިންދި ރުއްތަކެއް ކަމަށް ވިޔަސް ޖަޕާނުމީހުން އިންދި ރުއްތަކެއް ކަމަށް ވިޔަސް މާގިނަ ދުވަހަކު ނުބެލެހެއްޓޭނެކަން ސަލާމަތުން ބުއްދި ހުރި މީހުންނަށް އެގޭނެ. ރުއްތައް ހުންނަން ޖެހޭނީ ހައިވޭގެ ނުވަތަ ލިންކް ރޯޑެއްގެ މެދުގައެއް ނޫން. މަގުތަކުން ސައިކަލުގައި ދުއްވާ މީހުން ހެލްމެޓް އަޅަނީ ރުކުން ވެއްޓޭ ކާށިން ސަލާމަތްވާކަށް ނޫން. ހައިވޭއަކީ ރުއްތައް ބެކްގްރައުންޑަށް ލާފައި އިންސްޓާއަށް ފޮޓޯލާން ހުންނަ ތަނެއް ނޫން