ޚަބަރު / އައްޑޫ ސިޓީ ކައުންސިލް

އާންމުންނަށް ނުރައްކާވާ ކަމަށް ބުނެ އައްޑޫ ލިންކް ރޯޑުގައި ހުރި 55 ރުއް ކަނޑާލައިފި

ނުރައްކާތެރި ހާދިސާތައް ހިނގާތީ އައްޑޫ ލިންކް ރޯޑްގެ ދެ ފަރާތުގައި ހައްދާފައިވާ ރުއްތައް ކަނޑަނީ.-- ފޮޓޯ: ޝުޖާއު / ޓުވިޓާ

އައްޑޫ ލިންކް ރޯޑުގައި ހުރި ރުއްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުން ދާ ކަމަށް ބުނެ، އެ ރުއްތައް މިއަދު ކަނޑާލައިފި އެވެ. އެ މަގުގައި ހުރި 55 ރުއް ވަނީ ކަނޑާލައިފަ އެވެ.

އައްޑޫ ހިތަދޫ މޫލެކެޑެ އަވަށުގެ ކައުންސިލްގެ މެމްބަރު އަހްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ އެ ރުއްތަކަކީ ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން، ވައިގަދަވެ، ވިއްސާރަވާ ދުވަސްތަކުގައި ރުއްތަކުން އެއްޗެހި ވެއްޓި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

އައްޑޫ ލިންކް ރޯޑްގެ ދެ ފަރާތުގައި ހައްދާފައިވާ ރުއްތައް: އާންމުންނަށް ނުރައްކާވާތީ އެ ރުއްތައް ވަނީ މިހާރު ވަނީ ކަނޑާލައިފައި.-- ފޮޓޯ: ޝުޖާއު / ޓުވިޓާ

އެ ރުއްތަކަށް މިހާރު 70 ވަރަކަށް އަހަރު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ރުއްތައް ކަނޑާލަން ނިންމީ ވެސް އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ކައުންސިލަށް ލިބޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިފަހުން ވެސް ކާރެއްގެ މައްޗަށް ރުކެއް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގި ކަމަށް ވިދާޅުވި އެވެ.

އެ ރުއްތައް ކެނޑުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އީޕީއޭގެ ހުއްދަ ވެސް ހޯދައިފަ އެވެ.

"ކަނޑާލި ކޮންމެ ރުކަކަށް އިތުރު ދެ ރުއް އިންދަން ކައުންސިލުން ވަނީ ނިންމައިފައި،" އޭނާ ވިދާޅުވި އެވެ.

އައްޑޫ ލިންކް ރޯޑްގެ ދެ ފަރާތުގައި ހައްދާފައިވާ ރުއްތައް: އާންމުންނަށް ނުރައްކާވާތީ އެ ރުއްތައް ވަނީ މިހާރު ވަނީ ކަނޑާލައިފައި.-- ފޮޓޯ: ޝުޖާއު / ޓުވިޓާ

އޭނާ ވިދާޅުވި ގޮތުގައި އެ ރުއްތައް ނެގުމަށް ފަހު، އެތަނުގައި އަލުން ގަސް އިންދާއި ލައިޓް ހަރުކޮށް، އެ ސަރަހައްދު ބޮޑަށް އަލިކުރަން ވެސް ވަނީ ޕްލޭން ކޮށްފަ އެވެ. އަދި އައްޑޫގައި ދެ ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ކައުންސިލްގެ ޕްލޭންގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމުންގެ ރައްކާތެރިކަމަށް ކައުންސިލުން ރުއްތައް ކަނޑާލިޔަސް، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެ މަގުގެ ރީތިކަން ގެއްލިއްޖެ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.

19 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 32%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްލާބެ

11 March 2022

ލިންކުރޯޑަކީ އެމަގު ހެދިއިރުވެސް އެޒަމަނަށްވެސް ނުފެތޭވަރަށް ބަޖެޓަށް ހެދިއެއްޗެއް ހަދާލާ ހިމަތޮޅިކޮށް ހަދާލިތަނެއް. ތިރުއްތަކަކީ ކަޑާލަން ޖެހޭ ގަސްތަކެއް ދެކޮޅަށް ދުއްވަން ފަޅިއަކު ދެލޭނު، ދުވާރު، ސެކިރިޓީ ޒޯން ހިގާއުޅޭމީހުންނަށް މަގު ހުރަސްކުރެވޭނެ ނިޒާމު ތަކާއިއެކު ހެދިފައި އޮންނަންޖެހޭ މަގެއް. ގުދުރަތީ ރީތިކަމާއި މާހައުލު ހިމާޔަތް ކުރަންޖެހޭ.އެއާއިއެކު އަންނަން އޮތްޒަމާނަށް ހައްގުވަރަށް ތަހުޒީބުވެސް ފޯރުކޮށްދޭންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 March 2022

އައްޑޫސިޓީފަދަ ފަޙުރުވެރި ތާރީޙަކާއި ތައުލީމީ ޖީލެއްއޮތް ތަނެއްގެ މޭޔަރަކަށް ހުންނާންވާނީ ދުނިޔެއަށް ލޯހުޅުވިފައިވާ އިލްމީ އަދި ވިސްނުންތޫނު ތިމާވެއްޓާއި ތާރީޙަށް ފަރިތަމީހެއް. # ވަރަށްދެރަ. ކަޑާތިރިކޮށް ބިމާހަމަކޮށްލީ ހަމައެކަނި 55 ރުކެއްނޫން އިގޭތޯ؟! އެރުއްތަކަކީ އައްޑޫގެތާރީޙާއިގުޅުންހުރި އިޤިރޭސިދައުލަތުގެ ރަމްޒެއްގެ ގޮތުގައި އައްޑޫގައި ހުރި 70 އަހަރުވެފައިވާ ތާރީޙީ ތަރިކައެއް. "އީޕީއޭ އަކަށްވެސް މިފަދަތަރިކައެއް ނައްތާލަން" ހުއްދަނުދެވޭނެ.

The name is already taken The name is available. Register?

ނޯވޮރީޒް

10 March 2022

އަދި ހާސްވާކަށް ނުޖެހޭ..އަލުން ތިޔަތާގައި ޖާފާނު ރުއްއިންދާލާ.. ފަސްއަހަރުވާއިރު ހުންނާނީ ފޯދިފައި.. މާ އުހަކަށްވެސް ނުހެދޭނެ. ބޮލަކަށް އެއްޗެއް ނުވެއްޓޭނެ.. ބަލައިލަންވެސް ރީތިވާނެ

The name is already taken The name is available. Register?

އަޙްމަދު7

10 March 2022

70 އަހަރުވެއްޖެޔޭ ކިޔާފައި ރުށް ގަސް ކަނޑާކަށް ނުޖެހޭ. ގަސްތައް ކަނޑާނީ ގަސް މަރުވީމައި. އެތާކު ނެތް މަރުވެފައި ހުރި އެއްމެ ރުކެއްވެސް. ކަލޭމެންނަށް އެ ކެނޑިދާނެތީ ކެނޑީނުން ލަދު ހަޔާތް ކުޑަކަމުން.

The name is already taken The name is available. Register?

ޕްރޮފެސަރ. ތާކިހާބެ

10 March 2022

އަތޮޅުހިންގުމަށް ސިޔާސީ ކަނޑުކޮހުން ތިބުމުން ފެންނާނީ ތިޔަ މަންޒަރު...

The name is already taken The name is available. Register?

މަމެންގެ ވެރިން

10 March 2022

ބަލަގަ މިއޮތްހާ ދުވަހު ތިރުއްތަށް ސާފުކޮށް ބަލަހައްޓަމުން ގެންގޮސްފައިވަނީ. އަޅެ ކިތައް މީހުނަށް އަނިޔާވެއްޖެ ތިރުކުން ފައިބާ އެއްޗަކުން ޖެހި. މިއީ ނަޝީދުގެ އޯޑަރަށް ރައްޔިތުންނާއި ކައުންސިލް އާއި ޖެއްސުމަށް ސައީދު ކުރި ކަމަކަށް ވަނީ. މޭޔަރ އަށް އެނގުނު އިރު ރުއްތަށް ބިމާހަމަކޮށްފި. ފިތުންވެރި ނަޝީދުގެ ރޭވުން އަބަދުވެސް ހުންނަނީ މިފަދަ ގޮތަކަށް. ފިލާއޮވެ ގަޑުބަޑު ކުރާނެ.

The name is already taken The name is available. Register?

bakery

10 March 2022

ސައީދުމެނަށް ރުއްތައް ސާފުނުކުރެވުމަކީ ރުއްތައް ކަނޑާލަން އުޒުރެއް؟ ސާފުކޮށް ބެލެހެއްޓޭނަމަ ވިއްސާރަވިޔަސް އެއްޗެހި ނުފައިބާނެ. ސައީދުއަށް ނޭގޭތަ މަގުގެ ދެފަރާތުގައިވެސް ރުއްތަށް ހުރިކަމާއި އެރުއްތަކުންވެސް ބޮލަށް ލޮލަށް ފައިބާނެކަން. ހަނަފަސް ސަހަރާއަކަށް ހަދާލާ.

The name is already taken The name is available. Register?

އިބްރާ1

10 March 2022

ތިކަން ކުރަން މާލަސް ވެެއްޖެ. ވިއްސާރަ ވެ ވައި ބާރު ވާ ދުވަސް ވަރު އަބަދު ފަނާއި ކާއްޓާއި މީދާ ކޭ އުނބު ވެއްޓޭ. ރުކެއްގަ 100 ފުޓް ހުންނާނެ. މީހުން އަރަންވެސް ބިރިގަންނާނެ.

The name is already taken The name is available. Register?

އުދުހޭ

10 March 2022

ރުކަކީ މީހުން ހިނގާބިނގާވެ އުޅޭ މަގު ކައިރީގާ ހައްދަން ރަނގަޅު އެއްޗެއްނޫން. އެއީ ގިނަފަހަރަށް އޮންނާނީ ރުށް ސާފުކޮށް ނުބެލެހެއްޓިފަ. އެއީ ޚަރަދު ބޮޑު ކަމެއް. ރިސޯޓްތަކުގައި ހަމަ އެކަން ވަކި ބަޔަކު ބައިތިއްބައިގެން ރުށް ސާފުކުރަނީ. އެހެންނޫނީ ހިނގާ މީހެއްގެ ބޮލަށް ކާއްޓެއް ވެއްޓުމުގެ ފުރުސަތު އޮންނާނެ. ބަލާލަށް ރީއްޗަސް ސޭފްޓީ މާ މުހިންމު.

The name is already taken The name is available. Register?

މީމަށޭ

10 March 2022

ތިރުއްތައް ކަނޑާލީ ހަމަރަނގަޅަށް. މަމީ އާންމުކޮށް ތިމަގުން ދަތުރުކުރާ މީހެއް. ވިއްސާރަވެއްޖެއްޔާ ވަރަށް ބިރުންހުރެ ދަތުރުކުރަނީ. އެއްދުވަހު އިންޗިއެއްހާ ކައިރިއަށް މީދާކޭ އުނބެއް ވެއްޓި އަހަރެން ސަލާމަތްވީ. ކިތަންމެވަރަކަށް ސާފުކުރިއަސް އެހާ ދުވަސްވެފަ ހުރިރުއްތަކަށްވީމަ ނުރައްކާބޮޑު. ކިތަންމެވަރަކަށް ސާފުކުރިޔަސް ރުކުން އަނިޔާވާކަހަލައެއްޗެތި ވެއްޓޭނެ. ރުކުގެ ބަދަލުގައި ބިޔަވާވައްތަރުގެ އަވަހަށްހެދޭ ރީތިގަސްތަކެއް އިންދާ އެތަން ރީތިކުރަން ފެނޭ.

The name is already taken The name is available. Register?

އިރޭ

10 March 2022

ތާއީދު

The name is already taken The name is available. Register?

ނަންނު

10 March 2022

ރުއްތަށް ސާފު ކުރަންޖެހުނީމަ ރުއް ކަޑާލީ. ކިހާ ތާހިރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454