މި މީހާ މަރުވެފައި އޮއްވައި ފެނުނީ ޖަލުގެ ސެކިއުރިޓީންނަށް ފިލަން މޫދަށް ފުންމާލުމުން ހޯދަމުން ދަނިކޮށް
މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ފޯރިއަށް: ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު މަރުވެފައި އޮއްވައި ކަނޑުން ވަނީ ފެނިފައި. -- ފައިލް ފޮޓޯ: މިހާރު
11 މާޗް 2022 - 09:19
ފަތާފައި މާފުއްޓަށް އަރައި، ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު ފިލަން މޫދަށް ފުންމާލުމުން ގޮސް ބެލި އިރު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގީ ފަތާފައި ޖަލާ ދިމާލުން ތޮށިގަނޑުމައްޗަށް އެރި މީހަކު ޖަލުގެ ސެކިއުރިޓީންނަށް ފެނުމުން ފިލަންވެގެން މޫދަށް ފުންމާލުމުންނެވެ.
ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް، މި މިހާ ފެނުނީ ކަނޑުގައި މަރުވެފައި އޮއްވައި ކަމަށް ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ މާފުށީ ޖަލާ ދިމާލުން މޫދު އަޑީގައި މީހަކު ގެނބިފައި އޮތް ކަމަށް ރޭ 2.22 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާ މޫދުން ނަގައިގެން މާފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފޯނާއި ފޯނުގެ ޗާޖަރާއި ބެޓެރީ އަދި ސިމް ކާޑު ފަދަ ތަކެތި ޖަލަށް ވައްދަން އުޅެނިކޮށް އެތައް ފަހަރަކު މީގެ ކުރިން އަތުލައިގެންފައިވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް ހިންގާ ފްރޯޑްތަކުގައި ޖަލުގެ ގައިދީން ވަރަށް ބޮޑަށް ބައިވެރިވެ އެވެ. އެކަން ކުރުމަށް ގިނަ އަދަދެއްގެ ފޯނު ޖަލަށް ވައްދަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންވީމަ
11 March 2022
މިއީ ޖަލަށް ފޯނު ވައްދަން އުޅެގެން މަރުވި ފުރަތަމަ މީހާ؟
ޖާބެ
11 March 2022
ތިޔަކަން ޑިޓަރމިންކުރަަންދަތި... ކޮރަޕްޓްސިސްޓަމެއްގަ މޮގިތައްކައްނޫން ތަކެތި ސްމަގުލްކުރާނީކީ... މިކަމުގަ ފޮރުވިފައިވާ ސިއްރެއްވާނެ
ބެޖާ
12 March 2022
ފުރަތަމަ ދިވެހި ދަސްކުރޭ.
ފަހުދު
11 March 2022
ކޮންމެވެސް ބައެއް މަދު
ޖަޒީރާ ކަލޯ
11 March 2022
ހުސް ޖަރީމާ، ޖަލަށް ހަތިޔާރު ވެއްދޭތަ؟ އެކަމަކު ފޯނު ވެއްދޭ ޑްރަގް ވެއްދޭ މީއަރަތެއްނުން.
ފްރައީޑޭ
11 March 2022
އެންމެ މަތިން ރޭވިގެން ހިންގާ ކަމެއް. ކޮމިޝަރަކަށް ވާނުވާ ނޭނގޭ ކުޑަ ކުއްޖަކު ހުރީ .
ޖުމާ
11 March 2022
އަސްުލުވެސް. ވާނުވާ ނޭގޭ ކުޑަކުއްޖަކު ކޮމިޝަނަރަށްލައިގެން، ދެން އެތާގަ ތިބިވެރިންތަށް ހަދާނެ އެއްޗެއްހަދަނީ. ހޯމްމިނިސްޓަރަށް ވެސް ވާނުވާ ނުއެގޭ. މި5 އަހަރު މިދިޔައީ ގައިދީންގެ ހާލަތަށް އެއްވެސް ބަދަލެއްނައިސް ޖަލުތަށް ވީރާނާވެ ހަލާކުވެ ގައިދީން އިތުރަށް ހާލުގަ ޖެހުނީ
އަހުމިއްތޭ
12 March 2022
ޖުމާ، ބަލަގަ މީ ގެސްޓްހައުސްއެއްތަ ފެންވަރު ރަގަޅުވާން.
އިޙްސާސް
11 March 2022
ޖަލަށް ނުވެއްދޭނެ އެއްޗެހި ވެއްދޭނީ ޖަލު ބަލަހައްޓާ މީހުންގެ ވަރަށް ބޮޑު އިހުމާލުވުމަކާ އެކު. އެހެންނޫނީ އެކަމެއް ނުވާނެ. އޭގައި ތަނުގެ ބޮޑުބޮޑެތިން ކަމުގައިވެސް ވެދާނެ.
ޓީމްލީޑަރސެޑްއުޕްސް
11 March 2022
އެކަނި ނުދާނެ ދޯ. އެހެންވީމަ ބެލެވެނީ އޭނަގެ ޓީމްވެސް އޭނަ މަރަށް ބާއްވާފަ ދިޔައީ ކަމަށް.ވިސްނަބަލަ ދެންވެސް.. އަމިއްލަ އަށް އެހާ ބޮޑު ރިސްކެއް ނަގާފަ ކުރާވަރު ކަންކަންތަ މީ؟ އެންމެންވެސ ބަލާނީ އެމީހެއްގެ ސަލާމަތަށް. ވީހާވެސް ދުރުގަ ތިބޭ މިކަންކަމާ!
ށަވިޔަނި
11 March 2022
މިއަދު ޖަލުބަންދު މީހަކު ޖަލުގައި ހުރެ މަށަށްގުޅި. ގުޅީ ފައިސާ ހޯދަން. ދޭތެރެއަކުން ރީ ލޯޑުކުރަންވެސް ގުޅާ. މަދިޔައީ ޕޮލިހަށް. ގޮސް އެހީ މިއީ ކުރެވޭކަންތައްހޭ. ބުނި ނޫނެކޭ. އެހެންވެ ގުޅާމީހާއަށް މަބުނަނީ ނޫނެކޭ. އެމީހާވެސްބުނީ އެތާތިބޭ މަސްއޫލުވެރިންނާ ގުޅިގެންނޭ ކުރަނީ.
ކެލީ11
11 March 2022
ގެނބިގެން މަރުވާ މީހަކު ފެންމައްޗަށް އަރާނީ 24-72 ގަޑިރާ ދޭތެރެ. ރޭ ދަންވަރު އެރަށަށް އެރިކަމަށް ބުނާއިރު ފަތިސް ނުވަނީސް އޭނަ މަރުވެފަ އޮއްވަ ކަނޑުތެރޭން ހޯދައިފި.ރަނގަަޅަށް ފަތަން އެނގޭތީ އަދި ތަޖުރިބާ ހުރި މީހުން މިކަހަލަ މިޝަން ތަކު ފަތާފަ އަންނާނީވެސް. އޭނާގެ އާއިލާ އަށް ހަށިގަނޑު ނުދައްކާ އަދިވެސް މާފުށީ ޖަލުގަ ހަށިގަނޑު ބާއްވާފަ އޮތް ކަމަށް ހަބަރުލިބޭ..ކަނޑުގަ މަރުވެފަ އޭ ބުނުމަކުން ނުނިމޭ. އޭނަ ދިޔަ ލޯންޗް/ޑިންގީ ކޮބާ؟ ތަހުގީގު ކުރޭ!
މޮހޮނު
11 March 2022
ދެއުޅިނުވާވާހަކަ. ޖޭމަރު ހަރުނުކޮށް ދެން ފޯނުވައްދައްޔޭ ފަޅޮލޭ މިކިޔަނީ . ތިޔައީ ތިޔަތަނުގެ ގާރޑުން ކުރާ ވިޔަފާރިއެއްވީމަ ޖޭމަރު ހަރުނުކުރަނީވެސް . ގައިދީންގެ އަތުން ކަޓުނަގަިގެން ފޯނުވައްދާ ކުރެޑިޓް ބޮޑުއަގުގަ އަޅައިދެނީވެސް
ސަސަ
11 March 2022
ކޮން ޖޭމަރެއް..ގުޅާ ފޯނު ޏޭޓްވޯކުން ބްލޮކްކޮށްލީމަ ނިމުނީ...20 30 ފޯނެއް ނުގެންގުޅެވޭނެ..،