ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އޭނާ ޝަރީއަތަށް ހާޒިރުކޮށްދޭން ނެރުނު އަމުރާ ގުޅިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން. --އަހުމަދު އަވްޝަން/ މިހާރު
13 މާޗް 2022 - 11:42
ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާ ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި އޭނާ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައި ވިޔަސް އެތަނުގެ ވެބްސައިޓުގައި އެ ނޯޓިސް އާއްމެއް ނުކުރެ އެވެ.
އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފައިވާ ކަަމަށް ފުލުހުން ބުނީ މި މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ނޯޓިސް ވެބްސައިޓަކު ނެތެވެ.
މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ބުނީ އަލީ ވަހީދުގެ މައްސަލައިގައި އިތުރު ޖަވާބެއް ނެތް ކަމަށެވެ. ކުރިން އާއްމުކޮށްފައިވާ ފަދައިން އޭނާ ރެޑް ނޯޓިސްއާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ އެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަލީ ވަހީދު ހޯދުމުގެ ނޯޓިސް ވެބްސައިޓުގައި ނެތީ، އެނގިފައިވާ ގޮތުގައި، އޭނާ ހުރި ގައުމު އެނގޭތީ އެވެ.
އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރުމުން އޭނާއާ ގައުމުތަކަށް އަރުވަން ދެކޮޅުހަދައި، ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ އެވެ. އެކަމަކު އެއީ އޭނާ ރާއްޖެ ގެނެވޭނެ ނޯޓިސްއެއް ނޫނެވެ.
ރެޑް ނޯޓިސް ނެރެގެން ވެސް ކޯޓު އަމުރެއް ނެރެގެން ވެސް ގެނެވޭނީ އެ މީހަކު ހުރި ގައުމަކާ އެެކު އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން ކުށްވެރިން ނުވަތަ ތުހުމަތު ކުރެވޭ މީހުން ބަދަލު ކުރެވޭނެ ބައިލެޓެރަލް އެއްބަސްވުމެއް އޮތް ނަމަ އެވެ. އޭނާ ދިރިއުޅުއްވާ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެފަދަ އެއްބަސްވުމެއް އަދި ނެތެވެ.
މިނިސްޓަރަކަށް ހުންނެވި އިރު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާ އުފުލާފައިވެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
14 March 2022
އެ މީހާ ނުގެނެވެނީ ކަލޭމެން އެ ގޮތަށް އިޒުނަ ދޭތީ.
ޖޯން2023
13 March 2022
ދެން އަވަހައް ބައިލެޓެރަލް އެއްބަސްވުމެއް ހަދަންވީނު..
މިވަރެއްނެތް
13 March 2022
ތި ރެޑް ނޯޓިސްވާނީ ރައީސް އިބޫ ސޯލިހުގެ "ޒިރޯ ޓޮލަރެންސް ޕޮލިސީ" ގެ "ޒީރޯ" ތެރޭގައި ގެއްލިފައި!
އިންޓަރޕޯލް ހަސަދަބާލާ ރާއްޖެ
13 March 2022
ރެޑް ނޯޓިސް އެއީ ދިވެހިން ހަސަދަ ބޭލުމަށް އޮންނަ އެއްޗެއްތަ؟ އިންޓަރޕޯލް ރެޑްނޯޓިސް ތީ ސަމާސާ ކުރަން އޮންނަ އެއްޗެއް ނޫނޭ! ޖުރިސްޑިކްޝަނުން ބޭރުވީމާ އެނިމުނީ. އަކުންބަކުން ކުޅެން ރެޑް ނޯޓިސް ނެރޭ ވާހަކަ ތިދައްކަނީ! ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތިބީ ވަޒީފާގަ އުފަލުގަ! ކޮން ސަކަރާތެއް ޖަހާކަށް!
ޔުނިއިޓެޑް ކިންގްޑަމް
13 March 2022
ކުށްކުރާ ހުރިހާ އެންމެންނަށް ކުށުން ބަރީއަވާން ޔޫކޭ ކަހަލަތަނައަށް ދެވޭނަމަދޯ...ޖަސްޓް އިމޭޖިން.!
އުނިއިތުރު
13 March 2022
ބޯ ތަޅާލާނެ ހަރުފާރެއްވެސް ނުފެން ފަދަ އަރަތެއް ކަހަލަ ކަމެއް މީ.
ބޮޑުމީހާ
13 March 2022
ޑްރާމާ ކުޅުން ނޫންކަމެއް ނުކުރޭ! ތި ގެންނަން ބޭނުންނުވާނަމަ ނުގެނައީމަ ވީނުން
ކަލާ
13 March 2022
ކޮން ރެޑް ނޯޓިހެއްތަ ނެރެން އުޅެނީ؟ އައްޔަ ހުރީ އިގިރޭސި ވިލާތުގައި ރީތިކޮށް ބަހައްޓާފައި. އަލީ ވަހީދު އަންނަން ބޭނުން ވިޔަސް ސަރުކާރަކުން ބޭނުމެއް ނުވެޔޭ އޭނަ ގެންނާކަށެއް.
ރަދީފްއޮފިޝަލް
13 March 2022
އަލީ ވަހީދު ލަންޑަނުން ހައްޔަރުކޮށްގެން މާލެ ގެނައުން.ޓޯޗު ބައްތިއެއް ބޭނުންކޮށްގެން ދުވާލު އިރު މެދު ޖެހޭ ވަގުތު އިރަށް އަލިކުރަން އުޅުމެކޭ އެއްވެސް ތަފާތެއް ނެތް.ޔަޢުނީ މިދެކަން ވެެސް އެއީ މުސްތަހީލު ކަންކަން.އެހެންވީމަ ކޮންމެވެސް އެހެންކަމަކާ ފުލުހުން އުޅުނިއްޔާ ތަންކޮޅެއް ފައިދާ ހުރި ކަމެއްގެ ފައިލް ނިންމާލެވޭނެކަމަށް ދެކެން.ވ.ވެދުން
ހިބިރިންބެއްޔާގެ ކުޑަސޮރު
13 March 2022
އަލީ ވަހީދު ޔޫކޭގާ ކިއްލިތަޅާންބަހައްޓާ. ހުރިހާމުއައްސަސާތަކުން އަލީ ވަހީދު ދިފާޢުކުމަށް ރައްޔިތުންނަށް ހަދަނީ ބުހުތާނު.