ތިނަދޫ ރީޖަނަލް ހޮސްޕިޓަލް: އެ ހޮސްޕިޓަލުގައި އިއްޔެ ވިހެއި އެއްމާބަނޑު ދެކުދިން ވަނީ ނިޔާވެފައި.
14 މާޗް 2022 - 13:57
ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދުވަސްނުފުރާ، ހަތް މަހުގައި ވިހެއި އެއްމާބަނޑު ދެ ކުދިން އިއްޔެ ނިޔާވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރު އައިމިނަތު އަބްދުލް ހަކީމް "މިހާރު" އަށް މިއަދު ވިދާޅުވީ، ބަރުދަނުގައި 800 ގްރާމް ހުރި އެ ކުދިންގެ ތެރެއިން ފުރަތަމަ ކުއްޖާ ނިޔާވީ އިއްޔެގެ މެންދުރު ކަމަށެވެ. އެ ކުއްޖާ އޮތީ ވިހޭއިރު ވެސް ނިޔާވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ވަނަ ކުއްޖާ ނިޔާވީ، އެންއައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް އިއްޔެގެ އިރުއޮއްސުނު ވަގުތުގަ އެވެ. ނަމަވެސް މަންމަގެ ހާލު ރަނގަޅެވެ.
"މި ހޮސްޕިޓަލުގައި [ދުވަސްނުފުރާ ވިހާ ކުދިންނަށް] ފަރުވާ ދެވޭނެ ވަސީލަތްތަކެއް ނެތް. އެހެންވެ، އެ ކުއްޖާ ފަރުވާ އަށް މާލެ ފޮނުވަން އުޅެނިކޮށް ނިޔާވީ،" އައިމިނަތު ވިދާޅުވި އެވެ.
ތިނަދޫ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުން، އެ މީހާ ވިހެއުމުގެ ކަންކަން ކުރިއަށް ގެންގަދަން ގއ. ވިލިނގިލިން ހޭނައްތާ ޑޮކްޓަރަކު ދަތުރު ފެށި ނަމަވެސް ތިނަދު އަށް އޭނާ ދިއުމުގެ ކުރިން ވިހާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޮރޯށެ ކަލޭ
15 March 2022
މިވަރުން ވެސް ލަނދެއް ނުގަނޭތޯ؟ ރާއްޖެތެރޭގެ ހާލަތު މިފެންވަރުގަހުރީމަ ލަނދުގަންނަންޖެހޭ.އަދި ވެސް މިކިޔަނީ ޓާޝަރީ އެއްޗެކޭ މީއްޗެކޭ މނޖ...
ޙުއްޖަތު
14 March 2022
ނަމުގަ ހޮސްޕިޓަލް…ގޯޅި ކަންމަތީ މޭޒެއް ބައިންދާފަ ޕެނަޑޯލް ފޮށްޓަކާ ނަރުހެއް ބައިންދާ. ތިވަރުވާނެ އޭރުންވެސް.
ހަކީމް ދީދީ
14 March 2022
އަދިވެސް އުޅޭ މީހުން ބޭލި މައްސަލަ ބަލަންށާ ސިޓީއެއްގެ ދަރަޖަ ހޯދަން. އެކަން ކަލޭމެނަށް ނުވެފަ އޮތީ.. މެމްބަރުންގެ ނުފޫޒުން ޖެންޑަ މިނިސްޓްރީގެ ސޯބުތައްވެސް ތިނަދޫގަ. ޔޫތުމިނިސްޓްރީވެސް ސޯބުތައްވެސް ތިނަދޫގަ. ހެލްތު މިނިސްޓްރީގެ ސޯބުތައްވެސް ތިނަދޫގަ އަދި މީރާގެ ސޯބުތަކާ އެމްއެމްއޭގެ ސޯބުތައްވެސް ތިނަދޫގަ. އެކަމަކުހޮސްޕިޓަލުގެ ހާލަކީ ތިއީ.. ވާނީވެސް އެހެންތާ ތިރަށު މެމްބަރުންވެސް އުޅެނީ އަދިވެސް ޖީބު ބޮޑު ނުވެގެން ވިއްޔާ
މުލޭ
14 March 2022
ސިޓީއެއްގެ ދަރަޖަ ދިނުމަށް ޝަރުޠު ހަމަވޭ ތިކަމުން ވެސް.. މޭޔަރު ސަޢުދު ކޮބާ. މެންބަރަކު އިންތިޚާބު ކުރަންޖެހޭ ޙާލަތެއް މެދުވެރިވެގެން ނޫނީ ޙައްލެއް ނެތްކަން ސާބިތުވެފައި އޮތީ. ދެ މެންބަރުން އެއްޗެއް ބުނަންޖެހޭ ވަގުތު ޖެހިއްޖެ.
ސަރުކާރުފިލާ
14 March 2022
މިދެން ބޮޑުވަރު، މަޖްލިސް އިންތިހާބަށް ބިލިޔަނުން ހަަރަދުކުރެވޭ. ސިއްހީހިދުމަތް ދޭންވީމަ ބަޖެޓުނެތް
އުމޭއްތަ
14 March 2022
މިހިރީ ރަށްރަށުގައި ކުޑަމިނުން ވިހެއުމުގެ ކަންކަން ހުރި ގޮތް. ދެން ވިސްނާ އެހެން ކަންކަން ހުންނާނެ ގޮތް. މި ހިދުމަތްތައް ހޯދުމަށް މާލެ ސަރަހައްދުގައި، މާލެ ނޫން އެހެން ރަށްރަށް ކަމަށްވާ ހުޅުމާލެއާ ގުޅީފަޅާ ގިރާވަރު ފަޅުން ގޯތި ހޯދަން އެދުމުން އެބުނަނީ ނޫނެކޭ ޝަރުތު ހަމައެއް ނުވެއޭ، ކަލޭމެން ޝަރުތު ހަމަވަނީ ދަރި ވިހާފަ ދަރީގަ ފުރާނަ ސަލާމަތް ނުކުރެވޭ ހިސާބު ގަނޑެއްގައި އުޅޭށޭ. ރަގަޅު ސިއްހީ ހިދުމަތް ލިބޭހާ ހަސަބާ ނަސަބު މޮޅެއް ނޫނޭ