އާދަމް ނޫސްވެރިންނަށް މައުލޫމާތު ދެނީ. ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވެމްކޯގެ އެމްޑީކަން ކުރެއްވި އާދަމް މިއަދު ވަނީ ހަމަޖައްސާފައި--ފޮޓޯ:މިހާރު
14 މާޗް 2022 - 18:23
ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ދާދި ފަހަކާ ޖެހެންދެން ހުންނެވި އާދަމް މުހައްމަދު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ޕީސީބީން ހަމަޖައްސައިފި އެވެ.
މި ބަދަލު ގެނައުމާއެކު، ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އަހުމަދު ޝަފީގް ވަނީ އެ ކުންފުނީގެ ބޯޑު މެމްބަރަކަށް ބަދަލުކުރައްވައިފަ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު އާދަމް މުހައްމަދު ވެމްކޯ އިން ވަކިކޮށް، ޕޯސްޓް ލިމިޓެޑަށް ބަދަލުކުރިއިރު، ވެމްކޯ ހިންގަން އަދި ބޭފުޅަކާ ހަވާލެއް ނުކުރެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ، އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ހަފުތާގައި ވަނީ ބަދަލުކޮށްފަ އެވެ. އެ ބަދަލާއެކު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަކަށް ހަމަޖެއްސީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފެވެ.
ޝަރީފު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު456
15 March 2022
އަލީއެކުސްޕުރެސްއިން ގެންނަ އެއްޗެތި މަސް ދެމަސް ވާންދެން ގުދަންކޮށްފައި ނުބަހައްޓާ ޙައްގުވެރި ފަރާތަށް އަވަހަށް ރައްދުކޮށްދޭނެކަމަށް އުންމީދުކުރަން
އޯކޭ
15 March 2022
މުޅިރާއްޖޭގެ އެތަންމިތަނުގައި ހުރި ކުނިގޮނޑުތައް ނައްތާލަން ސަރުކާރުން އެންގީމާ ޕްރައިވެޓް ކުންފުނިތަކުން ކަޓަށް ޑީލް ހެދީ. ބަދަލުކުރަނީ އެހެންވީމަ.
ސަމީރާ
15 March 2022
ޔާމީން ނަން ވާނީ. ހަމަ ކަނޑާލާފަ ޝަފީޤު ގެޔަށް ފޮނުވާލީ. މި ސަރުކާރުންވެސް ކުރަނީ ހަމަ އެއްކަމެއް.
ޢަލްޔާ
15 March 2022
އާދަމް މުޙައްމަދަކީ ސަރުކާރަށް ބަލަދު އަރާފައިވާ މީހެއްތޯ؟ ޕްރޮފެޝަނަލް މީހުން ރާއްޖެއަށް ބޭނުމެއް ނުވެއޭ ބުނަން ޖެހެނީ މިކަހަލަ ކަންތައްތައް ހިނގާތީ
ނަރީން
15 March 2022
ކުންފުނިތަކުގެ އެމް.ޑީ އިން މިހާ ފަސޭހައިން ވަކިކުރެވެނީ ކީއްވެބާ. ހަމަ ރައީސް އޮފީހުން ސިޓީއެއް ފޮނުވާލާއިރަށް ބޯޑުން ވަކިކޮށްލަނީ. ކޮންމެވެސް އެސެސްމަންޓެއް ހަދަމްޖެހޭ ނޫންތޯ އެބަ؟ އެހެންނޫނީ ކޮން ޕްރައިވަޓައިޒޭޝަން ބޯޑެއްތޯ.
ޖިމް
15 March 2022
ޕޯސްޓް އޮފީހުގެ އެމް.ޑީ ޝަފީޤަކީ ޕްރޮފެޝަނަލް މީހެއް. ކުއްލިއަކަށް މި ވަކިކޮށްލީ. މި ސަރުކާރު އައީ އެގޮތަށް މީހުން ވަކިނުކުރާނެ ކަމަށް ވަޢުދުވަމުން. އެކަމަކު މިވީ ކިހިނެއް؟ ވަރަށް ދެރަ
އިއްބެ
15 March 2022
ރަނގަޅު ވާހަކަ އެއް
ޓުކުޓުކުރި
15 March 2022
ބޭފުޅާ ތިތަނުގަ އޮންނަ އީޓުކުރީގެ އަޑިބަޑި ބަލާލަދީބަލަ ކަމެއްކުރަންޏާ. ކޮރަޕްޝަން ހުސް. ޕޯސްޓްގަ އުޅުއްވާ ބޭފުޅުންނަށް ދުނިޔޭގެ އީކޮމާސް ޕްލެޓްފޯމްތައް ނުފެންނަނީތޯ؟ ޓުކުރި ޑިވެލޮޕްކޮށްފަ އިން ގޮތާއި އެއަށް ހޭދަކުރި ފައިސާ އާއި ބައްދަލުވޭތޯ ބައްލަވާ! ނޫސްތަކަށްވެސް މިކަހަލަ ކަންކަމުގެ ރީސާރޗްކޮށްގެން ރިޕޯޓް ތައްޔާރުކުރަން ވީނުންތޯ. ރިހާކުރު ފުޅި ވަގަށް ނެގުން އެކަނި މިގައުމުގެ ކުށަކަށްވަނީ. އޭސީސީ ތަންތަނުން ބަލަންޖެހޭ ވަރުގެ ކަންކަން މިއީ.
ބަޖިޔާ
15 March 2022
ތިތަނުގެ އެމްޑީއަކަށް ކުރިން ހުންނެވި ބޭފުޅާ މިއިން ޒަމާނެއްގަވެސް ނެތް މީޑިޔާއަކުންވެސް ފެނިފަ. އެކަމަކު ކިތައް އަހަރު އެމަޤާމުގައިވެސް ހުރިތޯ؟މިއީ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ މީހުންނޭ. ޕޯސްޓް އޮފީހަށް އަންނަ ޕެކޭޖްތަކާ އެތަނަށް ވަންނަ ފައިސާއަށް ވާގޮތެއްވެސް ބަލާ ދިރާސާކޮށް މިހާރު ނޫހުން ވެއްޖެ ނޫންތޯ ރިޕޯޓެއް ލިޔަން.
ބޮއިހަލާކު
14 March 2022
ކީއްކުރާނީ . ސަރުކާރަށް ބަލަދު އަރާފަތިބި ބައެއްވިއްޔާ.. ކޮންމެވެސް އެއްތާކަށްލައިގެން ލާރިދޭންޖެހޭނެތާ.. މަހިތަށްއަރަނީ އެމީހުން އަމިއްލަ ނަފްސުން ގަބޫލުކުރާނެބާއޭ ތިމަންނައަށް މި ލިބެނީ ހަލާލު މުސާރަކަމަށް، ތިމާއަށް އެއްގޮތަކަށްވެސް ނޭގޭ އިންޑަސްޓްރީއެއްގެ ކުންނުންޏެއްގެ އެމްޑީ ކަމާއި ހަވާލުވާއިރު ތިމަންނާއަކީ މި މަގާމަށް އެކަށޭނަމީހަކުކަމަށް ގަބޫލުކުރެވޭތީބާއޭ ވަޒީފާގަ ގަބޫލު ކުރަނީ. ޕީސީބީވެސް ހީވަނީ ސިޔާސީ މަގާމުބަހާ ކޮމިޓީހެންވިއްޔާ..
ސީކިންގު
14 March 2022
މަ މި އުޅެނީ ވެމްކޯގަ ކުނި ނަގަން ރެޖިސްޓަރީކޮށް ނުދީގެން، ގޭގެ ވެރިފަރާތަށް ނުވާތީ. އަދި މަހު ފީވެސް ދައްކަންޖެހެނީ ގޭގެ ވެރި ފަރާތުންނޭ ބުނަނީ. އަހަރެންގެ އާއިލާއިން ބޭނުންކުރާ ޚިދުމަތަކަށް ގޭގެ ވެރިފަރާތުން ފީ ދެއްކުން އެއީ އަހަރެން ހިތްހަމަޖެހޭގޮތެއްނޫން. އަހަންނަކީ ކުއްޔަށްއުޅޭ އެންމެ އާދައިގެ ރައްޔިތަކަށްވިޔަސް އަހަރެންގެ ޒިންމާއެއް އެހެން މީހަކު އަދާކުރާކަށް ބޭނުމެއްނުވޭ. މިކަން ދެން އަންނަ މީހަކު ހައްލުކޮށްދޭނެ ކަމަށް އުންމީދުކުރަން
ޖަމީލު
14 March 2022
ތިއީ ހަގީގަތާ ޚިލާފު ވާހަކައެއް