ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: މަޖިލީހަށް ނޭޝަނަލް ލިސްޓުން މެމްބަރުން އައްޔަން ކުރަން ޖެހޭ ކަމަށް ވިދާޅުވި---ފޮޓޯ: މަޖިލިސް
16 މާޗް 2022 - 17:00
މުޅި ރާއްޖެ ތަމްސީލް ކުރާ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހިއްޖެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ނަޝީދު މިއަދު އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ 5000 މީހުން ހިމެނޭ އިންތިހާބީ ދާއިރާއެއްގެ މައްޗަށް މަޖިލިސް އެކުލެވިގެންވާއިރު ކޮންމެ މެމްބަރެއް ތަމްސީލް ކުރައްވަނީ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއް ކަމަށެވެ.
އެ އުސޫލުން ކުރިޔަށް ދިއުމުން ކޮންމެ ފަސް އަހަރަކުން މަޖިލިސް ގޮނޑީގެ އަދަދު އިތުރުވަމުންދާ ކަމަށާއި އެ މައްސަލަ އަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.
"ގާނޫނުއަސާސީ އަށް ގެނެވޭ ބަދަލުގައި ގޮނޑީގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓޭނެ އުސޫލެއް ކަނޑައެޅުން ބޭނުންތެރި. މަޖިލިސްގެ އަދަދަށް ގެނެވޭ ބަދަލާއެކު މަޖިލިސް އެކުލެވޭ ގޮތުގެ އެހެން ބަދަލުތަކުގެ ވިސްނުން ހިންގުން ބޭނުންތެރި،" ނަޝީދު ވިދާޅުވި އެވެ.
ވަކި ސަރަހައްދެއްގެ ވޯޓް ލިބިގެން ތަމްސީލް ކުރާ މެމްބަރުންގެ އަސާސީ މަސައްކަތަކީ އެ މެމްބަރުގެ ސަރަހައްދުގެ ފަރާތުން ވަކާލާތު ކުރުން ކަމަށާއި މުޅި ރާއްޖެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން މަދުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ގައުމީ ނަޒަރަކުން ކަންކަމާއި ވަކާލާތު ކުރާނެ ބަޔަކު ބެތިއްބުމަށް ނޭޝަނަލް ލިސްޓުގެ މެމްބަރުން ތިބުން މުހިންމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުވާން ޖެހޭ ކަމަށް މިއަދު ދެކުން މަޖުބޫރުވެއްޖެ -- ނަޝީދު
"އެތައް ގައުމެއްގެ ޕާލިމެންޓުތައް އެކުލެވިގެން ވަނީ ގައުމީ ލިސްޓެއްގެ މެމްބަރުން ހިމެނޭ ގޮތަށް. އެފަދަ މެމްބަރުން އިންތިހާބު ކުރުމުގައި އެކި ގޮތްގޮތް ބޭނުން ކުރޭ،" ނަޝީދު ވިދާޅުވި އެވެ.
ނޭޝަނަލް ލިސްޓަށް މެމްބަރުން އިންތިހާބު ކުރުމަށް ގިނަ ގައުމުތަކުން ގެންގުޅޭ އެއް ގޮތަކީ ރަޖިސްޓްރީ ވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮނޑިއެއް ދީ އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ގޮނޑީގެ އަދަދަށް މެމްބަރުން ކަނޑައެޅުމުގެ ފުރުސަތު ދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މަޖިލިސްގައި ސިޔާސީ ޕާޓީތައް ތަމްސީލް ވާން ފެށުމުން މުޅި ރާއްޖޭގެ ވަކާލާތަށް ފަހިކަން ލިބޭ. މިއަދު ރާއްޖެ އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަމަކީ މުޅި ރާއްޖެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން ނެތުން،" ނަޝީދު ވިިދާޅުވި އެވެ.
މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރާ އިރު ގައުމީ ލިސްޓުގައި ވަކި އަދަދަކަށް އަންހެނުން ކަނޑައެޅުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި މީގެ ކުރިން ވާހަކަ ދައްކަވަމުން ވެސް ނަޝީދު ވަނީ ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި ގިނަ އިސްލާހުތަކެއް ވެސް ފާހަގަ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންބަރުން
02 May 2022
ބަލަގަ މަޖުލިސްއަށް ހޮވޭ މީހުންނަށް ޤާނޫނު އަސާސީގައިވާ އެމެންބަރުންގެ މަސްއޫލިއްޔަތް ތަކާއި ވާޖިބު ނޭގޭކަމަށް ތިޔަބުނަނީ އެވެ.
މެމްބަރު
19 March 2022
މަޖިލިހާމެދުއަޅަންވީ ފިޔަވަޅުތައް1 މަޖިލިހަކީ ޤާނޫނުހަދާ ޤާނޫނުފާސްކުރާމަޖިލިހަކައްވާންވީ2މަޖިލިހުގެޢުމުރަކީ1އަހަރުދުވަސް މިމުއްދަތުގަ ޤާނޫނުހަދާގާނޫނުފާސްކޮއްމަޖިލިސް އުވާލަންވާނެ3މަޖިލިހުންކުރެވެންވާނީ ހަމައެކަނިޤާނޫނުހަދާފާސްކުރުމުގެމަސައްކަތެވެ.މިހާރު އަންނިއައިސް މަބޮޑޭވާންވެގެންމަޖިލޖހާނުބެހޭކަމެއް މުޅިގައިމުގަނެތެވެެ ޖެހިގެންހުރިގޭވަޅައް ބޮކެއްފުންމާލިއަސް އެމަސްއަލަމަޖިލިހުންބަލަންޖެހެއެވެ މީކޮނފަދަކަމެއްހެއްޔެވެ މަޖިލިހަކީކީއްކުރާތަނެއްކަމާ މަޖިލިހުގެހައިބަތުގެއްލިމާރުކޭޓުގައިކުނިވާދޮންކޭލުގެ ހިސާބުބަލަހައްޓާ ރައްޔިތުންއަވުގުރާނަގޮވަންދާތަނަކައްވެއްޖެ މިހެންމިވީ ނާގާބިލުމީހުންމިކަހަލަމަޤާމުތަކައް އިސްކުރާތީއެވެ
ކަދުރޭ
19 March 2022
ނަސީދު ވެރިކަމަައިގެން ބޫތުކެއަސް ލަދުހަޔާތްބަހައްޓަންޖެހޭނެ ތިޔައީބޮޑުވަރު މިހާރު ތިކަމުގެ ދަހިވެތިކަމުގަ މައިން ބަފައިން ގައިގަދަތްއެޅޭއިރުވެސްނޭގެ ތިޔަޢުޅެނީ ރައްޔިތުންދެކެ ލޯބިން ރައްޔިތުންނައްކަމެއްކޮއްދޭކައްނޫނެވެ ތިޔައުޅެނީ ގާތްމީހުނައްދައުލަތުގެ ހަރުމުދާތައް ބައިލިބޭގޮތައް ކުރިންހެދިހެންބަހާލަންވެގެން ކުރީގަވެސް ފެރީދުއްވާގޮތަށޭކިޔާފައަޢުވާނުންނައް"ރީކޯ"ކަހަލަމީހުނައް ރާއްޖޭގައޮތްހާރީތިފަޅުރައްތަކާ ރައްރަށުބިންތަކުންއެތައްހާސްއަކަފޫޓެއްބަހާލީ ދެންކުރިކަމަކީ އެފަރާތްތަކައް ގެއްލުމުގެބަދަލޭކިޔާފަ މިލިއަން މިލިއަނުން ލާރިބަހާލީ ތީސަރުކާރެއްހިންގަންދަންނަމީހެއްނޫން ލަދުހަހަޔާތްކަޑާލާފަ ތިކަމާދެންނޫޅޭ ކިތަންމެރޭވިއަސް އިތުރައްބޮލާފޮށާއެޅުންނޫންކަމެއްދެންނުވާނެ! ވަރައްސަލާމް!!
އޮނަރަބްލް އަފީފު ދީދީ
18 March 2022
އިއްޒަތްތެރި ރައީސް. މިދައުލަތުގެ ވެރިކަންކުރުމުގެ ނިޒާމާއި އާދަކާދަ ހިނގަމުންދާގޮތަށް ބަލާއިރު ސްވިޓްޒަލެންޑްގައި އޮތްފަދަ ނެޝަނަލް ކައުންސިލަކާއި Council of States ހިމެނޭ 2 ކައުންސިލެއް ނުވަތަ "މަޖިލީހުގެތެރޭގައި މިފަދަ އިންތިޒާމްތަކެއް އެތުރިގެންދިއުމަކީ މިހާރަށްވުރެންބޮޑަށް މަނިކުފާނުގެރަށުމީހުން ވެރިކަމާއި ދައުލަތުގެވަސީލަތާއި މުއްސަނދިކަމުގެމައްޗަށްހިންގާ ބާރުވެރިކަންފުޅާކުރަން ފުރުސަތަކަށްވާނެކަން ޔަޤީންވާތީތޯ" ތިކަންކުރަން ތިއުޅުއްވަނީ؟
ޙޭލަމެލި
18 March 2022
މަޖްލިހުން ހަދާގާނޫނު ތަކަށް ހުކުން ނުކުރެވި ކުއްވެރިންގެ ހައްގުމާބޮޑުކަމަށް ބަލާބައެއް ގާނޫނު އިސްލާހުނުކޮށް ނިދާފަތިބެން ތިޔަ މަޖްލިސް އުވާލަން ފެނޭ
އަލީ1
18 March 2022
ގައުމީ ވިސްނުން ނެރެ މަޖިލިހުގެ އަދަދު ކޮންޓްރޯލް ކުރަން ބޭނުމިއްޔާ މަޖިލިސް އިންތިޚާބައް މުޅިރާއްޖެއަށް ކުރިމަތިލެވޭ ގޮތަށް ބަދަލުކޮށް މަޖޮލިހުގެ އަދަދު 50 މެމްބަރުންނަށް ލިމިޓްކޮށް ކޮންމެ ރައްޔިތަކަށް އެމީހަކު ބޭނުން އެކަކަށް ވޯޓްދެވޭގޮތް ހަދަންވީ. އޭރުން އެންމެ ގިނަ ވޯޓް ލިބޭ 50 މީހުން މަލިހަށް ހޮވޭ ގޮތަށް ހެދޭނެ، ގައުމީ ވިސްނުން ނެރެވޭނެ
ސޭކުބެ
17 March 2022
ހޫން ހޫން. މިހާރު އެއްކަލަ އުވާލި މުސްކުޅިގޮތްދޯ މިކަމުދަނީ. އޭރު އޮތީ އަދަދު ކަޑައެޅިފަ. ކޮންމެހެން އާބާދީގެ ނިސްބަތުން އެކަން ކުރާ ގޮތަކަށްނޫން.
ސިކްސް
17 March 2022
ކޮންމެ މެމްބަރަކު ތަމްސީލު ކުރަނީ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއް ނަމަވެސް އެއިން ކޮންމެ މީހަކު ބޭނުންނަމަ އެމީހުން ނިންމާ ނިންމުންތަކުން މުޅި ރާއްޖެއާ އެހެން ސަރަހައްދުތަކަށް އަސަރުކުރާނެ، ފައިދާވާނެ، ގެއްލުންވާނެ ގޮތާމެދު ވިސްނިދާނެ. ކޮމަންޑޫއަށް ލާރިގަނޑެއް އޮއްސާލަންވީމަ އެކަން ކޮށްފި އެކަމާ އެތައް ބަޔަކު ފާޑުކިޔާ އިދިކޮޅު ހަދަމުން ދަނިކޮށްވެސް. އެކަން ކުރީ އެންމެން އެއްވެގެން ވެރިކަމުގެ ބާރާ ނުފޫޒު ބޭނުންކުރަން ހަމަހޭގަ ތިބެގެން.
ޙިނި
17 March 2022
އެރަށެއްގެ މީހަކު އެރަށެއްގެ ގޮންޑިޔައް ކުރިމަތިލެވޭގޮތައް ހަދަންވީ، ރަށުންބޭރު މީހެއްނަމަ ކުރިމަތިލެވޭނީ 2 މިލިޔަންރުފިޔާ ރައް ތަރައްގީ ކުރާ ފަންޑް އެކައުންޓަކައް ޑޯނޭޓްކޮއްގެން ޓިކެޓް ލިބޭގޮތައްހަދަންވީ.
ކުޑަރަށު މުދިމްބެ
17 March 2022
މީގެ ދެފަރާތްވެސް އަހަންނަށް ތާއިދުކުރެވޭ. އެއްކޮޅުން ދާއިރާ ތަމްސީލް ކުރަން ދާއިރާއިން ހޮވާ މެމްބަރުން ތިބުމުން ،ރައްޔިތުންގެ ވޯޓް ދެވަނަ ފަހަރަށް ނުލިބިދާނެތީ ބިރުންނަމަވެސް، ރައްޔިތުންނަށް އަދި ދާއިރާއަށް ކުރިއެރުންގެނައުމަށް އަޑުހަރޮކޮށް މަޖިލީހުގައި ވަކާލާތު ކުރާތަން ފެނޭ. ހަމަ އޭގެ އަނެއްކޮޅު، "ބޮޑު މަންޒަރު" ދެކިތިބެގެން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގެ މައްސަލަތަކާއި މަޝްރޫއުތަކާމެދު ބަހުޡްކުރުން ވެސް މުހިއްމު.