ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް. އަޑުގަދަކުރައްވާތީ މިއަދުގެ ޖަލްސާއިން އޭނާ ނެރުނު.
02 ޑިސެމްބަރ 2020 - 09:42
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި ވަގުތު މަރަދޫ ދާއިރާގެ އެމްްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފު) އަޑުގަދަ ކުރައްވަން ފެށްޓެވުމުން އޭނާގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި އެވެ.
ޖަލްސާ ފަށައި ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެޖެންޑާ ވިދާޅުވަމުން ގެންދެވިި އިރު ޝަރީފް އަޑުގަދަ ކުރައްވާ އަޑު އިވެ އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވަމުން ގެންދެވީ ކޮން ވާހަކައެއް ކަމެއް ސާފެއް ނުވެ އެވެ. ވަކި ހިސާބަކުން ނަޝީދު ފުރަތަމަ އެންގެވީ ޝަރީފު ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށެވެ. ތަކުރާރުކޮށް އެގޮތަށް އެންގެވުމުން ވެސް ޝަރީފު އަޑުމަޑު ނުކުރެއްވުމުން އޭނާގެ ނަން އިއްވަވައި ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަން އެންގެވި އެވެ.
އެހެން ނަމަވެސް ޝަރީފް ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.
ޝަރީފް ޖަލްސާއިން ނެރެން ސާޖަންޓް އެޓް އާމްސް އަށް ނަޝީދު އެންގެވީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި އިންނަވައިގެންނެވެ.
"ސާޖަންޓް އެޓް އާމްސް، މީނާ ނެރޭ. ސާޖަންޓް އެޓް އާމްސް، ސާޖަންޓް އެޓް އާމްސް މީނާ ނެރޭ،" އެމަނިކުފާނު އެދިވަޑައިގަތެވެ.
ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
ޝަރީފް ޖަލްސާއިން ނެރުއްވުމަށް ފަހު ނަޝީދު ވިދާޅުވީ އޭނާ ނެރުއްވަން ޖެހިވަޑައިގެންނެވީ ދެ މެމްބަރެއްގެ ދެމެދުގައި ހިނގަމުން ދިޔަ ޒުވާބަކާ ގުޅިގެން ކަމަށެވެ. ޒުވާބު ހިނގީ ޝަރީފާއި ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާ ދެމެދުގަ އެވެ. ޒުވާބު ހިނގި އިރު ވެސް ހަަލީމް އިންނެވީ އޭނާގެ ގޮނޑީގަ އެވެ. އޭނާގެ ކައިރިއަށް ވަޑައިގެން ހުންނެވީ ޝަރީފެވެ.
"ދެ އިއްޒަތްތެރި މެމްބަރެއްގެ ދެމެދުގައި ހިލާފު އުފެދި، ބަޣާވާތާ ގުޅޭ ގޮތުން ހިލާފު އުފެދި، އެ ހިލާފުގައި ވަރަށް ބޮޑަށް ޖޯޝު އުފެދިގެން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.
ޝަރީފުގެ ނަން އިއްވައި ތަޅުމުން ބޭޭރުކުރެއްވުުމުން ހަލީމް ވެސް އަމިއްލަ އަށް ނުކުމެވަޑައިގެންނެވީ އެވެ. ނަޝީދު ވިދާޅުވީ ޝަރީފްގެ ނަން އެކަނި އިއްވެވީ ފަހަރަކު އިއްވޭނީ އެއް މެމްބަރުގެ ނަން ކަމަށް ވާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ބަކުރު
03 December 2020
އައްޑޫ މީހުންދެކެ މާލޭގެ ބޭފުޅޫން އައްނަނީ ރުޅިހެެއްޔޭ ނޫނީ ގަންނަނީ ބިރު ބާއޭ މިއީއުފެދޭ ބޮޑުސުވާލެއް ކޮންމެ ސަރުކާރަށް އޮތަސް އައްޑޫ ފަނާކޮއްލަން މަސައްކައެކުރާތަން ފެނިގެންމިދަނީ އެކަމަކު ވޯޓު ހޯދަން އައްޑޫއަށް އައިސް އައްޑޫއޭ ކިޔައިގެން ވާވައުދުތައް ގުނާނުލެވޭ ހިތާމަޔާއެކު ސަރުކާރަށް ދަންނަވާލަންދެނެއް އައްޑޫ މީހުން އޮޅުވައެއްނުލުވޭނޭ އަދި ކުރިން އައްޑޫއިން ލިބުނު ވޯޓުގެ 50 އިންސައްތަވެސް ދެނެއްނުލިބޭނޭ މީ ހަމަ އެކަނި އަޅުގަންޑުގެ ބަހެއްނޫން
ްައަލީ
03 December 2020
ގޯސްކަމެއްކުރީމަ ތިލަދުންމައްޗެއް އައްޑުއެއް އޮވެގެން ނުވާނެ. އައްނި ކަންތައްކުރީ ރަނގަޅަށް. ކަމެއްވާއިރަށް ތިމާދަރި ތިމާއަށް ދޮންފުތުވާން ފަށާފިއްޔާ ގައުމުގެ ކަންތައް އިސްލާހު ކުރާނީ ކިހިނެއް.ގައުމު ބައިބައިކުރަން ވަތަނީވެގެން މިތަނުގައި ވާހަކަ ދައްކަނީ ޕީޕީއެމް މީހުން,
އައްޑޫ ބަކުރު
03 December 2020
އައްޑޫ މީހުން ދެކެހާދަ ރުޅިއެއް ތިއޮއްއަންނީ މިފަހަރު އަނި ނިކަން ތިގޮންޑީ ހޫނުކޮއްބަލަ
ރީތި މޫސަ
02 December 2020
އެންމެފަހުންނިމޭއިރު އެންމެންތިބޭތީ ނަޝިދުދޫކޮށް އޮޑިންފައިބާ
7777
02 December 2020
ވީީޑިއޯއެއް ހިމަނާލިނަމަ ދޯ
ހާމިދު ޝާހިދު
02 December 2020
ފެބްރުއަރީ 7 ގައި ބަނޑޭރި ކޮށީގައި ހުންނަވައިގެން ސިފައިންނަށް ބޭރަށް ނުކުންނަން އަނގާ އެއްވެސް މީހަކު ކިޔަމަން ނުވެގެން ގުޅުނު މަންޒަރުމަތިން މިއަދު ހަނދާން އާކޮށްދެނީ. ނަޝީދުއަކީ ހަގީގަތުގައި ލީޑަރެއްނޫން. އިންސާފުން އެއްކިބައިވެފައިވާ އަމިއްލަ ޕާޓީގެ މީހުންނާވެސް ޖައްސާލައިގެން އުޅޭ، މަޖްލިސްގެ ރައީސްގެ އިމްތިޔާޒްތަކުގެ ބޭނުން ބޭނުންގޮތަކަށް ކަންކުރަމުން އަންނަ ލީޑަރެއް.
ްއަދުރޭ
03 December 2020
އެއަށް ކިޔަނީ މިއުޓިނީ. އެދުވަހު ކަން ހިގިގޮތް ގޯސް.
މަވޯޓާސަރީއު
02 December 2020
ކޮން ގޮތަކުން ލިބުނު އިއްޒަތްތެރި ކަމެއް މއީ.. އިއްޒަށް ދެއްވަނީ ހެއްދެވި ފަރާތުން..މި ތަނުގައި އޮތީ ޖަންގަލީގެ އުސޫލު... ޖެހުނު އެއްޗެއް ކައި އަދި ގޮވުން...
މިޝްކު
02 December 2020
އަންނިގެ ޚުދުމުޚުތާރު ކަމާއެވެ.
ާޒޯޔާ
02 December 2020
08 ފެބްރުއަރީ ބޮޑު ހުޅުގެ ޒިއްމާނަގަނީ ކާކު؟ އަންނިތަ؟ ދައުލަތަށް 1.3ބިލިއަން ރުފިޔާގެ ގެއްލުން އެދުވަހު ދިން.
ކޮތަރު
03 December 2020
8 ފެބްރުއަރީ އަކީ 7 ފެބްރުއަރީ ގެ ބަޑުން ވިހޭ ދަރިއެއް... 7 ފެބްރުއަރީ ބަޢާވާތް ނުކުރިނަމަ އެއްވެސް ހުޅެއް ނުޖެހީސް.
އެޑަމް
02 December 2020
ކިރިޔާ ދުލެއްލިބޭއިރައް ދެކުނޭ އައްޑުއޭ ކިޔާފަ ތިތެޅިގަތީ އިބުރާހިމްނާސިރުގެ ހަނދާން ހުރިމީހުން އަތޮޅުން ހުސްވީތަ??
ބެސްޓް
02 December 2020
އުތުރު ރައްޔިތުންނަށް އުތުރު ޕާޓީ އަދި ދެކުނު ރައްޔިތުން ދެކުނު ޕާޓީ އެުފެއްދުމަށް ފެންނަ ކުދިން ލައިކް އަދި ނުފެންނަ ކުދިން ޑިސްލައިކް ޖަހާލަބަލަ. އަކި ކޮޅަކަށް ނުފެންނަ ކުދިން އެއްވެސް އެއްޗެއް ޖަހާނުލާ މަޑުން ހަނު ތިބޭ.