ވިޔަފާރި / ބޯހިޔާވަހިކަން

ހިޔާ ފްލެޓްތަކާ އެކު ކުލިތަކަށް މާބޮޑަށް ވެސް އެނގުން ވެއްޖެ!

ހިޔާ ފްލެޓްތައް: މި ފްލެޓްތަކުގައި މިހާރު ގިނަ ބަޔަކު ދިރިއުޅޭއިރު އަދިވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބައެއް ހިދުމަތްތައް ފުރިހަމައެއް ނުވޭ.---ފައިލް ފޮޓޯ: މިހާރު

މާލެ ސަރަހައްދުން އެޕާޓްމެންޓެއް ކުއްޔަށް ހޯދުމަކީ ލައްކަ ގިނަ މަސައްކަތެވެ. އެޑްވާންސަށް ފައިސާ ނެގުމާއި ސެކިއުރިޓީ ޑިޕޮސިޓާއި އެނޫން ނަންނަމުގައި ފީތައް ނެގުމުގެ އިތުރުން ބޭނުންވާ ކަހަލަ ތަނެއް އެކަށީގެންވާ އަގެއްގައި ހޯދުމަކީ ވެސް ވަރަށް ބުރަ ކަމެކެވެ. އެކަމަކު އެ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމުގެ ނިޝާންތައް މިހާރު އަންނަނީ ފެންނަމުންނެވެ.

ރިއަލް އެސްޓޭޓް ދާއިރާގައި އުޅޭ މީހުން ބުނަނީ މީގެ އަހަރެއްހާ ދުވަސް ކުރިއަށް ބެލިޔަސް، އެޕާޓްމެންޓެއް ވިއްކާލުމަށް ހޭދަކުރަން ޖެހޭ ވަގުތާއި އަގުތަކަށް ވެސް މިހާރު ބަދަލު އައިސްފައިވާ ކަމަށެވެ. މި ބަދަލުތަކުގެ ސިއްރަކީ މިދިޔަ އަހަރުގެ އޮގަސްޓް ހިސާބުގައި ހިޔާ ޕްލެޓްތަކަށް މީހުން ބަދަލުވާން ފެށުމެވެ.

ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް ކުއްޔަށް ދޭ ފަރާތަކުން ބުނީ، ކުރިން އެޕާޓްމެންޓެއް ކުއްޔަށް ދޭން ސޯޝަލް މީޑިއާ ނުވަތަ މީޑިއާތަކުގައި ޖަހާތާ އެންމެ ލަސްވެގެން ވެސް ހަފްތާއެއްގެ ތެރޭގައި އެތަން ކުއްޔަށް ދޫކޮށްލެވޭ ކަމަށެވެ. އެކަމަކު މިހާރު އެކަން ބަދަލުވެ، ތިން ހަފުތާއަށް ވެސް ދެމިގެން ދެ އެވެ.

"އެންމެފަހުން ވިއްކާލި ދެ ރޫމް އެޕާޓްމެންޓް އެންމެ ފުރަތަމަ އައިބޭގައި ޖެހީ މަހަކު 15،000ރ. އަށް. އެކަމަކު އެ އަގުގައި ކުއްޔަށް ނުގޮސް ގިނަ ދުވަސްތަކެއް ވާތީ 14،000ރ. އަށް ކުޑަކޮށްގެން އެތަން ކުއްޔަށް ދިނީ. ކުއްޔަށް ދެވުނީ ތިން ހަފްތާވަރު ފަހުން،" އޭނާ ބުންޏެވެ.

އޭނާ ބުނީ މިހާރު އެޕާޓްމެންޓްތަކުގެ ޑިމާންޑް ދަށްވެ، ކުއްޔަށް ނަގަން ބޭނުންވާ މީހުންނަށް ގިނަ އޮޕްޝަންތައް އެބަހުރި ކަމަށެވެ.

ހިޔާގެ ބައެއް ޓަވަރުތައް: އެ ފްލެޓްތަކުގައި 3،000 އަށް ވުރެ ގިނަ އާއިލާއިން އަންނަނީ ދިރިއުޅެމުން.--- ފައިލް ފޮޓޯ: މިހާރު

ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގެ އަގުތައް އާދަޔާ ހިލާފަށް ދަށަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައި ހުރި 7000 ފްލެޓާ އެކު އެތައް ބަޔަކު ވަނީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެތަނުގައި މިހާރު ވެސް 3،000 އެއްހާ އާއިލާ ދިރިއުޅެމުންދެ އެވެ. ހިޔާ ފްލެޓްތައް ވެސް ގިނަ ބަޔަކު އަންނަނީ ކުއްޔަށް ދެމުންނެވެ. އެތަނުގެ ދެ ރޫމްގެ އެޕާޓްމެންޓެއް ކުއްޔަށްދެނީ އެވްރެޖްކޮށް 10،000ރ. އާއި 12،000ރ. ދެމެދުގެ އަގެއްގަ އެވެ.

އެހެންވެ މިހާރު ހުޅުމާލެ އާއި މާލެ އިން ވެސް ދެ ރޫމް އެޕާޓްމެންޓެއްގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ރިއަލް އެސްޓޭޓް ފައިނޭންސިން ދާއިރާގެ ބޭފުޅަކު ވިދާޅުވީ، މިދިޔަ ހަ މަސް ތެރޭގައި ކުލިތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ހިޔާ ފްލެޓްތަކުގެ އަގުތަކާ ހެދި 18،000ރ. އާއި 16،000ރ. އާ ދެމެދުގެ އަގުތަކެއްގައި ހުޅުމާލެ އިން ފުރަތަމަ ލިބުނު އެޕާޓްމެންޓްތަކުގެ އަގުތައް މިހާރު ވަނީ ވަރަށް ބޮޑަށް ދަށް ކުރަން މަޖުބޫރުވެފައި ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު އަންނަނީ ދިރިއުޅެމުން: ގިނަ އާއިލާތަކަކީ މާލެ އިން ބަދަލުވި އާއިލާތައް -- ފައިލް ފޮޓޯ/ މިހާރު

"އަސްލު ގިނަ ބަޔަކު ހީކުރީ އެ ތަންތަނަށް [ހިޔާ ފްލެޓްތަކަށް] ކުލި ދީގެން ދިރިއުޅެން ނުދާނެ ކަމަށް. އެކަމަކު އެކަން ވީ އެހެނެއް ނޫން. އަގުހެޔޮވީމަ، މާލެއިން ވެސް އަދި ހުޅުމާލެ ފޭސް އެކެއްގައި އުޅުނު އެތައް ބަޔަކު ވެސް ވަނީ ފޭސް ޓޫ އަށް ދިިރިއުޅުން ބަދަލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު އައިބޭ އާއި ފޭސްބުކްގައި ވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ދެ ރޫމް އެޕާޓްމެންޓްތައް 11،000ރ. އަށާއި 13،500ރ. އާއި 14،000ރ. އަށް ވެސް ލިބެން އެބަ ހުއްޓެވެ. ހުޅުމާލޭގެ އިތުރުން މާލެއިން މި ވަގުތު ދެ ރޫމް އެޕާޓްމެންޓެއްގެ އަގު އެވްރެޖްކޮށް އުޅެނީ 13،000ރ. އާއި 15،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެ ތަންތަނުގެ ރޫމްތައް އެވްރެޖްކޮށް އުޅެނީ 9 ފޫޓް 10 ފޫޓްގަ އެވެ. އެހެން ނަމަވެސް އެއަށް ވުރެ ކުދި ސައިޒުތަކުގެ ދެ ރޫމް އެޕާޓްމެންޓްތައް އުޅެނީ 12،000ރ. އާއި 10،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ވިލިމާލޭގެ ކުލީގެ އަގުތައް ދެ ގުނަ ވެއްޓިއްޖެ

މާލެ ސަރަހައްދުގެ ކުލިތަކަށް އައި ބަދަލުތަކުގައި އެންމެ ބޮޑަށް ޑިމާންޑު ގެއްލިފައި ވަނީ ވިލިމާލޭގަ އެވެ. މާލެ އާއި ހުޅުމާލެ އަށް ވުރެ އާންމުގޮތެއްގައި ވެސް ކުލި ކުޑަ ވިލިމާލެއަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުލިތައް ވަނީ އިތުރަށް ދަށަށް ގޮސްފަ އެވެ. ވިލިމާލެއިން ރަނގަޅު ފެންވަރެއްގެ އެއް ރޫމްގެ އެޕާޓްމެންޓެއް 6،000ރ. އާއި 8،000ރ. އަށް ލިބެ އެވެ. ދެ ރޫމްގެ އެޕާޓްމެންޓެއް 10،000ރ. އާއި 12،000ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު 15،000ރ. އަށް ތިން ރޫމްގެ އެޕާޓްމެންޓެއް ލިބެ އެވެ.

ވިލިމާލޭގައި އެޕާޓްމެންޓް ކުއްޔަށް ދޭ ފަރާތަކުން ބުނީ، މިހާރު ކުއްޔަށް ނަގާނީ އަލަށް އިމާރާތްކޮށްފައިވާ ނުވަތަ ފުރިހަމަ އަށް މަރާމާތުކޮށްފައިވާ ތަންތަން ކަމަށެވެ. ގިނަ ދުވަސްވެފައިވާ ތަނެއް ނަމަ ކުއްޔަށް ދޭނެ ބަޔަކު ހޯދުމަށް އެތައް ދުވަހެއް ނަގާ ކަމަށް އޭނާ ބުންޏެވެ.

"ވިލިނގިލިން ކުއްޔަށް ނެގިޔަސް ނަގަނީ ރީތި އާ ތަންތަން. ގިނަ ދުވަސްވެފައި ހުންނަތައް ކުއްޔަށް ދޭން ވަރަށް އުނދަގޫ،" އޭނާ ބުންޏެވެ.

މާލެ: މާލޭގެ ކުލި ބޮޑުވުމަކީ ބޮޑު ކަންބޮޑުވުމެއް -- ފައިލް ފޮޓޯ: މިހާރު

އޭނާގެ ދެ ރޫމްގެ އެޕާޓްމެންޓެއް ކުއްޔަށް ދޭން ދޮޅު މަސް ނެގި ކަމަށް އޭނާ ބުންޏެވެ. ކުއްޔަށް ދޭން ކުރިން އޮންލައިން ޕްލެޓްފޯމެއްގައި ޖަހާއިރަށް ފަސޭހަކަމާ އެކު ދޫކޮށްލެވުނަސް މިހާރު އެކަން އެހާ ފަސޭހަ ނޫން ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލެ އާއި މާލެ އާ ދޭތެރޭ ބްރިޖް އެޅި ހިސާބުން ފެށިގެން ވިލިމާލޭގެ ކުލި އަންނަނީ ދަށް ވަމުންނެވެ. އަދި ހުޅުމާލެ ފޭސް ޓޫ ހެދުމުން ވިލިމާލެ އަށް އޮތް ޑިމާންޑް އިތުރަށް ވަނީ ވެއްޓިފަ އެވެ.

ރިޔަލް އެސްޓޭޓްގައި އުޅުއްވާ ބޭފުޅަކު ވިދާޅުވީ، ވިލިމާލޭގެ ކުލި ކުރިއަށް އޮތްތަނުގައި ވެސް ދާނީ ދަށަށެވެ. އެކަމަކު ވިލިމާލެ އާއި މާލެ ގުޅާލާ ހިސާބުން އެ ސަރަހައްދުގެ ކުލި ވެސް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހިސާބަށް ކަންކަން ދާން އަދި ދުވަސް އެބައޮތެވެ.

މާލޭގެ ކުލިތައް އިތުރަށް ވެއްޓުމުގެ އަދިވެސް ބޮޑެވެ. ސަބަބަކީ، ހުޅުމާލޭގެ ދެވަނަ ފޭސްގައި އަދިވެސް އިތުރު ތަންތަން އަޅަމުން ދާތީ އެވެ. ކުރިއަށް ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރު ގާތްގަނޑަކަށް ވިއްސަކަށް ހާސް މީހުންނަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު ބޮޑެވެ. ކުންފުނިތަކުން އަޅާފައިވާ އެތައް ބައިވަރު ޓަވަރަކާއި ވިނަރެސްގެ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށުމާ އެކު މާލޭގެ ގެދޮރުގެ އަގު އަދިވެސް ވެއްޓޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

95 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 19%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޥިސްނާ

22 March 2022

ޢަރެން މިއުޅެނީ ހިޔާފްލެޓެއްގަ 2 ކުދިންގޮވައިގެން، ގުރުއާންކިޔަވާދޭން އުޅޭ ޓަވަރުންމީހަކު ގެއަށްގެންނަންފެށިން ނަމަވެސް ހަފްތާއެއްވީތަނުން ގުޅާފަބުނީ ހިޔާފްލެޓެއްގަ ކުއްޔަށޯ މިއުޅެނީ ނަމަވެސް ކުރިންމާލޭގަ އުޅުނުތަނަށްވުރެ ތަންކޮޅު ކުޑަވެފަ އުޅެން އުނދަގޫވީމަ އަލުންމާލެ ބަދަލުވިއްޔޯ ކުރިންއުޅުނުތަނަށް، ވީމާ މީ އަދިކުޑަދުވަސްކޮޅެއްގެ ލޮޅުމެއް ކަމަށް ބެލެވެނީ، އަހަރެމެންނަށްވެސް އުނދަގޫ އެކަމު އަމިއްލަތަނެއްވީމަ އޯކޭދޯ

The name is already taken The name is available. Register?

ތުއްތު ކަޅޭ

22 March 2022

7000 ފުލެޓްގަ އެބަހުރި ނުއަގުގަ ކުއްޔައްދީފަހުރި ތަންތަން! އެތަން ދީފައެބެހުރި ހައްގުނޫން މީހުނައް! އަގުތަކައް ބަދަލު އަންނާނެ މިކަން މިހެން ހިނގާހާހިނދަކު!

The name is already taken The name is available. Register?

ދެކުނުހުވަފެން

22 March 2022

މާލޭގެ ކުލިތައް ކުޑަވާތަން ދެކެން ވަރަށް ބޭނުންވި. އެއްވެސް ބަޔަކު އެހެން ބަޔަކު ފެލައިގެން އުޅުމަކީ ކަން އޮންނަންވާނެ ގޮތެއް ނޫން. ފައިސާ ހޯދަން އޮންނަ ދަހިވެތިކަމުގައިވެސް ހައްދެއް އޮންނަންވާނެ. ބައެއްގެ މަޖްބޫރީ ހާލަތުގެ ނާޖާއިޒު ފައިދާ ނެގިގެންނުވާނެ.

The name is already taken The name is available. Register?

ްަސަސް

22 March 2022

ތިތަނަށް ރަގަޅަށް މީހުން ދިޔައީމަ ޖެހޭނެ ދަންތުރަ އެބަ ވިސްނޭ. މިހާރުވެސް ލިފްޓް ކިޔު ވާހަކަ އަހާލަ ބަލަ އެތާ އުޅޭ މީހެއް ކައިރިން. ހާއްސަކޮށް ހުކުރު ފަސް.

The name is already taken The name is available. Register?

ޙަބީބު.

21 March 2022

އަދިވެސް ކުލިކުޑަކުރެވޭނެ ގުޅީފަޅާ ތިލަފަޅާ އެކީއެކައް ހިއްކާފަ މާލެ އުފަން މާލެ ހުރިހާ ރައްޔިތުންނައް 2000 އަކަފޫޓުގެ ގޯތި ދިނީމަ މަޖުބޫރުވާނެ 3000 ރުފިޔާ އައް ރޫމެއް ދޭން

The name is already taken The name is available. Register?

އިސް ލީޑަރު

21 March 2022

ޔާމީން ޒިންދަބާތު. މަނިކުފާނަކީ ދުރުވިސްނޭ ހިންގުންތެރި، ކެރޭ، ހިތްވަރުގަދަ ޝަހުސިއްޔަތެއް. ނަޝީދު، އަދި އިބޫމެންގެ ހުންނާނީ ސޮހޮލު ގޮތްގަނޑު. ވެރިޔެއްގެ ޝަހުސިއްޔަތެއް ނުވެސް ނެތްތާނގަ ކަމެއްކުރަންވެސް ނޭގޭ. ﷲގެ ރަޙުމަތްފުޅު 2023ގަ ރޔ ދިވެހިންގެ އެންމެ އިސް ލީޑަރުގެ ގޮތުގަ އެނބުރި އަންނާނެ.

The name is already taken The name is available. Register?

އިކުލީލް/ޏ

21 March 2022

ނިކަމެތި ރައްޔިތުންގެ ހާލު ބެލި ވެރިޔަކު މިޤައުމަށް އައިކަމުގެ ވަރަށް ބޮޑު ހެއްކެއްމިއީ!

The name is already taken The name is available. Register?

ބަބޫ

21 March 2022

ކޮސްނުގޮވާ. ކުލިދަށެއް ނުވޭ. 25000 ރުފިޔާއަށް ދޭ އެޕާރޓްމެންޓެއް ކޮވިޑް ނިމި މިދުވަސްވަރުގައި އިޝްތިހާރުކޮށްލާތާ 2 ހަފްތާ ތެރޭގައި 24000 އަށް ކުއްޔަދެވުމަކީ ކުލި ކުޑަވުމެއް ނޫން! ކަންކަން ދިރާސާ ކުރާގޮތަށް ނޫސްވެރިން ދިރާސާކޮށްލަބަލަ!

The name is already taken The name is available. Register?

އިސްލާހު

21 March 2022

ބިންވެރިންނަށް މިހާރުހުންނާނީ ރާކަނި މަސް ކެވިފައި....................................

The name is already taken The name is available. Register?

ރެޓޭ

21 March 2022

އަސްލަންޓޭ ހިޔާ ޓަވަރުތައް ތަޅާލިނަމަ މާލޭ މީހުން އަތުންފައިން މަސައްކަތެއް ނުކޮށް އަދި 25 އަހަރު ހިފަހައްޓާ ލެވުނީސް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454