ރިޕޯޓް / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

10 މިލިއަން ހަރަދުކޮށްގެން ލޯ ލާރިއެއް ވެސް ރިކަވާއެއް ނުވި! ޒިންމާ ވަނީ ކޮން ބައެއް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ---ފޮޓޯ: ރައިސް އޮފީސް

ނޮވެމްބަރު 17، 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން އުފެއްދެވި "އެސެޓް ރިކަވަރީ ކޮމިޝަން" އަށް އެއްވެސް ނަތީޖާއެއް ނުނެރެވި، މިދިޔަ ބުރާސްފަތި އުވާލަން ނިންމި ނިންމުމަކީ ހިޔާނާތް ބެލުމުގައި ސަރުކާރު ފެއިލްވުން ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިއްޖެ އެވެ. އޭގެ ސަބަބުތައް ވަރަށް ބައިވަރެވެ؛

ކޮމިޝަން އުފެއްދެވީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެމަނިކުފާނު ވެރިކަމާ ހަމައަށް ދައުލަތުގެ ތެރޭގައި ހިންގި ވައްކަމާއި ހިޔާނާތްތައް ބަލައި، ފައިސާ އަނބުރާ ހޯދުމަށެވެ.

އެކަމަކު ކުރީ ސަރުކާރުން އެސްއޯއީތައް ބޭނުންކޮށްގެން ހިިންގި ބޮޑެތި ޖަރީމާތަކާއި އާސަންދައިން ކުރި ވައްކަމާއި އެކި ފަންޑުތައް ހަދައިގެން ހިންގި ކޮރަޕްޝަނާއި އައިޖީއެމްއެޗް އިމާރާތް ފަދަ ބޮޑެތި މަޝްރޫއުތަކުގެ "އަޑިން ދައުރުވި" ކަމަށް ބުނާ ފައިސާތަކާ ބެހޭ އެއްވެސް ތަހުގީގެއް ނުކުރެ އެވެ. ކުރި ނަމަ އެ ވާހަކަތަކެއް ނުވެސް ދައްކަ އެވެ.

ވޭތުވެދިޔަ ތިން އަހަރު ވަންދެން އެސެޓް ރިކަވަރީ ކޮމިޝަންގެ "ހަތަރެސްފައި" އޮތީ އެމްއެމްޕީއާރްސީ ތެރޭގައި ހިންގި ބޮޑު ހިޔާނާތުގެ މައްސަލައަށެވެ. އެ މައްސަލަ އެކަނި ބަލައިގެން ވެސް ތަހުގީގު އެއްވެސް ކޮޅެއްގައި ނުޖެއްސުނެވެ. އެއްވެސް ކަމެއް ހާސިލެއް ނުވެ އެވެ!

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަސްއަދު-- ފައިލް ފޮޓޯ: މިހާރު

ނަމަވެސް މިދިޔަ ތިން އަހަރާއި ހަތަރު މަސް ވަންދެން ހިޔާނާތުގެ ފައިސާ ހޯދަން ރައީސް އައްޔަން ކުރެއްވި ހަތަރު މެމްބަރުންގެ ހަމައެކަނި މުސާރަ އަށް 9.1 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އެ އޮފީސް ހިންގުމުގެ އެހެން ހަރަދުތަކަށް 809،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި އެވެ.

އެކަމަަކު ދައުލަތަށް އަނބުރާ ލޯ ލާރިއެއް ވެސް ނުވަދެ އެވެ! ހަތަރު ބިލިއަން ރުފިޔާގެ ހިޔާނާތް ކޮޅެއްގައި ނުޖެހި އިތުރު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ބޭކާރުވީ އެވެ!

އޮތީ ގޯސް ނިޔަތެއް، ވަސީލަތެއް ނުދޭ!

ހިޔާނާތް ބެލުމުގެ އެންމެ ވަރުގަދަ "ޕޮލިޓިކަލް ވިލް" އެއް އޮތް ކަމަށް ބުނަމުން އައި ސަރުކާރަށް އެކަން ނުވީ ކީއްވެތޯ އެއީ އުފައްދަން މުހިންމު ސުވާލެކެވެ. މި ސުވާލަށް ސަރުކާރާއި އެސެޓް ރިކަވަރީ ކޮމިޝަނުން އެކަށީގެންވާ ޖަވާބެއް ދޭން ބޭނުން ނުވިޔަސް، ސިޔާސީ އެހެން ބޭފުޅުންގެ ވިސްނުން ހުރި ގޮތް އެނގެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ދެކިވަޑައިގަންނަވާ ގޮތުގައި އެެސެޓް ރިކަވަރީ ކޮމިޝަން ފެއިލްވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ސަރުކާރުން އެ މައްސަލަތަކުގެ ރަނގަޅު ތަހުގީގެއް ހިންގުމުގެ ނިޔަތެއް ނެތުމެވެ.

"ވަކި ބައެއްގެ މައްސަލަތައް ބަލާފައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ދޫކޮށްލިތަން ފެނިގެން ދިޔަ. ކޮމިޝަނުން ލިސްޓެއް ނެރުނު އިރު ވަކި ބައެއްގެ ނަންތައް ހިމަނާފައި ވަކި ބައެއްގެ ނަންތައް އުނިކޮށްފައިވާ ތަން ފެނުނު. އާންމުން އެ ޝަކުވާ ކުރުމުން ސަރުކާރުން ޖަވާބެއް ނުދޭ،" އުޝާމް

"ވަކި ބައެއްގެ މައްސަލަތައް ބަލާފައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ދޫކޮށްލިތަން ފެނިގެން ދިޔަ. ކޮމިޝަނުން ލިސްޓެއް ނެރުނު އިރު ވަކި ބައެއްގެ ނަންތައް ހިމަނާފައި ވަކި ބައެއްގެ ނަންތައް އުނިކޮށްފައިވާ ތަން ފެނުނު. އާންމުން އެ ޝަކުވާ ކުރުމުން ސަރުކާރުން ޖަވާބެއް ނުދޭ،" އުޝާމް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ--ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނުފޫޒް ފޯރުވުމުގެ އެއް ހެއްކަކީ، އުޝާމް ވިދާޅުވި ގޮތުގައި، އެ ކޮމިޝަނަށް ސީރިއަސް އޮގަނައިޒް ކްރައިމް ބެލުމުގެ ގާބިލްކަން ހުރި މީހުން އައްޔަން ނުކުރުމެވެ. އޭގެ ބަދަލުގައި އެ ކޮމިޝަންގައި ތިއްބެވީ ސިޔާސީ ގޮތުން ގާތް މީހުން ކަމަށް އުޝާމް ތުހުމަތު ކުރެއްވި އެވެ.

ކޮމިޝަން ފެއިލްވި އަނެއް ސަބަބަކީ ވަސީލަތްތައް ފޯރުކޮށް ނުދިނުން ކަމަށް އުޝާމް ވިދާޅުވި އެވެ.

އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދާދިފަހުން އިސްތިއުފާ ދެއްވި މެމްބަރުން އޭސީސީ އާ ބެހޭ ގޮތުން ވެސް ކުރެއްވި އެއް ޝަކުވާ އެވެ. އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދެވި އިރު އޭސީސީގައި ތިއްބެވި މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ކޮރަޕްޝަން ބަލަން އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ. މަދު އިންވެސްޓިގޭޓަރުން ކޮޅެއް ގޮވައިގެން ބޮޑެތި ހިޔާނާތުގެ ތަހުގީގުތައް ކުރަން ޖެހުމެވެ.

އެންމެ ފަހުން މި ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަން ވެސް ބޭނުން ކުރީ އޭސީސީގެ އިންވެސްޓިގޭޓަރުންނެވެ.

މައްސަލައަކީ ސަރުކާރުން ނުފޫޒު ފޯރުވުން. މައްސަލަތައް ރަނގަޅަށް ބަލަން އިހުލާސްތެރިކަމެއް ނެތުން -- އުޝާމް

"މައްސަލައަކީ ސަރުކާރުން ނުފޫޒު ފޯރުވުން. މައްސަލަތައް ރަނގަޅަށް ބަލަން އިހުލާސްތެރިކަމެއް ނެތުން،" އުޝަމް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް ހާއްސަ ގާނޫނެއް އެކުލަވައިލަަން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރިޔަށް ދިޔައިރު އެކަމަށް ދެކޮޅު ހެއްދެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ވަކި ކޮމިޝަނެއް އުފެއްދުމަށް ވުރެ މިނިވަން މުއައްސަސާތަކަށް އެކަށީގެންވާ ބާރުތައް ދީ ވަސީލަތްތައް ގާއިމް ކުރުން މާ ރަނގަޅުވެފައި ދައުލަތަށް ބުރަ ކުޑަވާނެ އެވެ.

އޭސީސީން ހިޔާނާތުގެ މައްސަލަތައް ބަލާއިރު ފުލުހުންގެ އެހީތެރިކަމާ ނުލައި ނުކުރެވޭ އެތައް ކަމެއް އޮވެ އެވެ. އަދި މީހުން ހާޒިރުކޮށްގެން ސުވާލު ކުރުން ފަދަ ކަންކަން ކުރުމުގައި ގާނޫނީ ގޮތުން ބޮޑެތި ހުރަސްތަކެއް ހުރެ އެވެ.

އެ ކޮމިޝަން އެގޮތަށް އޮއްވާ އޭސީސީ އާއި ފުލުހުންގެ ވެސް ބާރުތައް އެސެޓް ރިކަވަރީ ކޮމިޝަނަށް ދިނުމަށް މަޖިލީހުން ފާސް ކުރި އެވެ. އެކަމަކު ވެސް އެއްވެސް ބަދަލެއް ނައިސް ނަތީޖާއެއް ނުނިކުމެ އެވެ.

ކޮމިޝަނަށް ދިން ބައެއް ބާރުތައް:

* ކޮމިޝަންގެ ތަހުގީގުތަކަށް އެހެން މުއައްސަސާތައް ބޭނުން ކުރުމުގެ ބާރު

* ލިޔުންތަކާއި ހެކި ހޯދުމާއި އެފަދަ ތަކެތި ހުށަހަޅަން އެންގުމުގެ ބާރު

* ކޮންމެ ފަރާތެއް ހާޒިރުކޮށް ސުވާލު ކުރުމުގެ ބާރު

* ހައްޔަރު ކުރުމާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު

ޖުޑިޝަރީ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދައުލަތުގެ ނެތް ބާރެއް ތައާރަފެއް ނުކުރޭ. އޭސީސީ އާއި ފުލުހުންގެ ހުރި ބާރުތައް ކޮމިޝަނަށް ދިނީ. ބޭނުމިއްޔާ އެ ދެ މުއައްސަސާ ބޭނުން ކޮށްގެން ވެސް ތަހުގީގުކޮށް ފިޔަވަޅު އެޅިދާނެ. އިތުރު ހަރަދެއް ވެސް ކުރާކަށް ނުޖެހުނީސް،" ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދެވީ "ހިޔާނާތް ބަލަން ކޮމިޝަނެއް އުފެއްދީމޭ" ބުނާށެވެ. އިތުރު ވަސީލަތްތަކެއް އަދި އާ ބާރުތަކެއް ނުދެ އެވެ. އެ ކޮމިޝަނުން ކުރި ތަހުގީގަކަށް އާ ކަމެއް ހޯދުނު ވާހަކައެއް ނުބުނެ އެވެ. އެއްވެސް ނަތީޖާއެއް ނުފެނެ އެވެ.

"ޕޮލިޓިކަލް ވިލްއެއް ނެތް ތަން މި ފެންނަނީ. ނޫނީ ހެކި ގެއްލިފައި އޮތީ. ނޫނީ ސަރުކާރަށް އުފުލައިގެން ދެވޭ ވަރަށް ވުރެ މި ހިޔާނާތުގެ މައްސަލަތައް މާ ބަރީ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މާފުށީ ޖަލުގައި އަނިޔާކޮށްގެން އީވާން ނަސީމް މަރާލުމާއި އޭގެ ފަހުން ބަޑި ޖަހައި އެތައް ގައިދީންނެއް މަރާލުމުން އެކަން ތަހުގީގު ކުރުމަށް ވެސް ކޮމިޝަން ހެދި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މައުމޫންގެ ވެރިކަން ތެރޭ ހިންގި ކަންކަން ބަލަން ރިޔާސީ ކޮމިޝަނެއް ހެދި އެވެ. އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާ ބެހޭ ގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އެފަދަ ކޮމިޝަނެއް ހެދި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެސެޓް ރިކަވަރީ ކޮމިޝަނެއް ހައްދަވައިގެން މަސައްކަތް ފެއްޓެވި އެވެ. މި ސަރުކާރު ވެސް ހިނގީ އެ މަގުންނެވެ.

ކޮންްމެ ފަހަރަކު ފެންނަން އޮތީ ވަކި ކަމެއް މަގްސަދެއް ހާސިލް ކުރަން އުފެއްދެވި ކޮމިޝަނެއް ގޮތުގަ އެވެ. ރައްޔިތުން ބަލައިގަންނަ ނަތީޖާއެއް އެއްވެސް ކޮމިޝަނަކަށް ނެރެވިފައެއް ނެތެވެ. މި ސަރުކާރުގެ މަރު ކޮމިޝަން ވެސް އޮތީ ހަމަ އެއް ހާލެއްގަ އެވެ.

62 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 5%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިސްކުރުބޭ

23 March 2022

ދެންބުނޭ ކުރީ ސަރުކާރުގެ ސަބަބުން މި ކޮމިޝަ ނުން ނަތީޖާ ނުނެރެވުނީ ކަމަށް ބުނެ ކުރީސަރުކާރުގެ ބޮލުގަ އެކަން އަޅުވާލީމަ ނިމުނޭނުން. ޢޭރުންވެސް ހަތަރެސްފައި ޖަހާފަ ފުމެފުމެފަ ނަށާނެ މީހުންވެސް ތިބޭނެވިއްޔާ ޤަމާރުކަން އެމްޑީޕީ މީހުންގެ އިންތިހާ ދަރަޖައަށް ބޮޑޭބުނާކަށް ޖެހިލުމެއްމަ ނުވަން.

The name is already taken The name is available. Register?

ކޮމިޝަން ފޮރ އެކްސްޕެންސް ރިކަވަރީ ފްރޮމް އެސެޓް ރިކަވަރި ކޮމިޝަން

22 March 2022

ތިޔަ 10މިލިއަން ރިކަވަރކުރަން އެހެން ކޮމިޝަނެއް ހަދަންވެފަ ތިއޮތީ ދޮއްތޯ؟

The name is already taken The name is available. Register?

ފަސާހު..

22 March 2022

ދެން އެންމެ އަވަހަށް އުވާލަންޖެހޭނެ ކޮމިޝަންއަކީ، “އަންބޮނޑި ކޮމިޝަން”.. މިހަރު ތިޔަހިނގާ ޓީވީ ލައިވް ސީރީޒް”.

The name is already taken The name is available. Register?

ވިކިލީކުސް

22 March 2022

ކީއްކުރާ މަރުކޮމިޝަނެއްހޭ؟

The name is already taken The name is available. Register?

ޔާންހީ

22 March 2022

ތި ތަނަށް ވެރިޔަކަށް ލީ ކަމުގެ އިލްމެއް، ހިލްމެއް، ތަޖުރިބާއެއް ނެތް ކޮރަޕްޝަން ގެ :ައްސަ އޮތް މީހެއް. ނަސީބެއްނުން 10 މިލިއަނުން ސަލާމަތްވިކަން. މި ފައިސާ އަނބުރާ ހޯދަންޖެހޭ.

The name is already taken The name is available. Register?

ނޮރޯށެ ކަލޭ

22 March 2022

މީ ބޮޑު ރޭވުމެއް.ބަޔަކަށް މަގާމްތަކެއްދޭން ރުފިޔާތަކެއްދޭން ކުރިކަމެއް.އެއވެސް އިޚުލާސްތެރިކަމެއް އޮވެގެން ކުރިކަމެއްނުން.މިކަންތައް ބެލިނަމަ ސޓ ބޭލޭނީ ހަމަ މިހާރު ވެރިކަމުގަ ތިބި އާރާއި ބާރާއި ނުފޫޒް އޮތްމީހުން.އެހެންވެ އަވަހަށް ވާވަރުވީމަ ބޯދަމައިގަތީ..ކަރަޕްޓް ސަރުކާރަކުން ކަންތައްކުރާނީ އެހެން.އަހަރުމެން ހާހެއްނުވޭ.

The name is already taken The name is available. Register?

ބުއްރާސްޕަރީ ‫

22 March 2022

ހ‫ެދި ހުރިހާ ކޮމިޝަނެއްވެސް ހަމަތިޔާހެން މަރުކޮމިޝަންވެސް ހަމަމަރުވީ ރައްޔިތުންގެ ޓެކުސްފައިސާއިން ޕާރޓީކުދިންނައް ވަޒީފާ ދޭންވެގެންކުރިކަމެއް.

The name is already taken The name is available. Register?

ގޯރުނުދޯރު

21 March 2022

މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި ގުޅިގެން އެކަން ބެލުމަށް އުފެއްދި ކޮމިޝަނަށް ރައްޔިތުން ބައިގަންނަ ފަދަ ނަތީޖާއެއް ނުނެރެވުނޭ ބުނާއިރު އެކޮމިޝަނުން އޮތީ ނަތީޖާ ނެެރެދީފަ. ރައްޔިތުން ބަލައިގަތުމާއި ނުގަތުން އެއީ އެހެންކަމެއް. އެކޮމިޝަނުގެ ރިޕޯޓު އެއޮތީ ފެންނަން.. އެމިޝަނުގެ ރިކޮމެންޑޭޝަންތަކަށް މިސަރުކާރުން އަމަލުނުކުރީ ކީއްވެ؟؟

The name is already taken The name is available. Register?

އިސްލާހު

21 March 2022

ބާރައް ފައި ޖަހާ........... މިއޮތީ ވާ ސަރުކާރެއް.

The name is already taken The name is available. Register?

ހަސަންދީ

21 March 2022

މަސައްކަތް ކުރުމުން އިގޭނީ ހޯދޭނެކަން ނުވަތަ ނުހޯދޭނެކަންވެސް ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454