އިދިކޮޅު ފަރާތްތަކުން މާލޭގައި މީގެ ކުރިން ބޭއްވި އެއްވުމެއް---ފޮޓޯ: މިހާރު
21 މާޗް 2022 - 10:56
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
"ނޭވާ ހޮޅިއަށް" ގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވަނީ ހުކުރު ދުވަހު ހަވީރެވެ. މިއީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.
އިންޑިއާ އައުޓް ކެމްޕެއިން ނުހުއްޓުވަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ އިދިކޮޅުން ރާވަމުން އަންނަ ބޮޑު އެއްވުމަކީ ގާނޫނާ ހިލާފަށް ހިންގާ ހަރަކާތެއްކަން އެ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
"ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ނުހިންގޭ ކަމަށް ވަނީ އަންގާފައި،" އިމްރާން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް މާލޭގައި ސިލްސިލާ ގޮތެއްގައި ކޮންމެ ހުކުރު ދުވަހު މުޒާހަރާ އަށް ނުކުމެ އެވެ. އެ އެއްވުންތަކަށް ވެސް ފުލުހުން ހުރަސް އަޅައި ހުއްޓުވަ އެވެ. އަދި ކޮންމެ ދުވަހަކު މީހުން ހައްޔަރުކުރުމަށް ފަހު 24 ގަޑިއިރުތެރޭ ދޫކޮށްލަ އެވެ.
ޔާމީން މިނިވަންވެވަޑައިގަތް ފަހުން އިންޑިއާއާ ދެކޮޅު ކެމްޕެއިންތައް ވަނީ ފުޅާކޮށްފަ އެވެ. ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ޕީޕީއެމްގެ ލީޑަޝިޕުން އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލަގަހަކުން ކެޔޮނިރު
22 March 2022
ކާމިނީ ޔާމީނަށް އެނގެން ޖެހޭ ކަމަކީ ޔާމީނުގެ ސައިޒަކީ ޕީއޭގަ ހުރިއިރު އެ ހުރި ސައިޒުކަން އެއީ އެންމެ އެންމެ 1500 ( ފަނަރަ ސަތޭކަ ) މެންބަރުން ދެން ޔާމީނަކީ ވިޔާނުދާ އުޅުމެއް އުޅެގެން ޙުކުމެއް ކުރެވިފެއި ހުރި މީހެއް ދެންވެސް ބޯ މައްޗަށް ނަގާފެއި އެހުރި ދިދާގެ ދަށުގަ ހުރެވޭތޯ ބަލަންވީ
އިބްރ
22 March 2022
ޚުދު ރ ނަޝީދުވެސް ބޭނުންފުޅުވާނީ މި ޙަރަކާތް ފުޅާކޮށް ބާއްވައި އިންޑިއާ ސިފައިން މި ޤައުމުން ބޭރުކުރަން. ނަމަވެސް އިންޑިއާ އެމްބަސީން އޭނައަށް ޕްރެޝަރކުރާތީ މިކަމާއި ދެކޮޅަށް ވާހަކަދައްކަނީ. އެމްޑީޕީގެ މެމްބަރުންވެސް އިންޑިއާ އައުޓް ޙަރަކާތަށް ފުރިހަމައަށް ސަޕޯޓްކުރާތަން ފެނިގެންއެބަދޭ.
ޓްރުތު
22 March 2022
ކަމެއް ކުރަންނީ ނަމަ ޑްރަގް ކެފޭތައް ހުއްޓުވާ ދީބަލަ. މި ފުލުހުން ކުރަން ބޭނުން ވާ ކަންކަން ކުރާނެ. ޑްރަގް ކެފޭ ނުހުއްޓުވުނަސް ، މުޒާހަރާ ހުއްޓުވާނެ.
އާރީ
22 March 2022
އިންޑިޔާ އައުޓް ހުކުރު ދުވަހު މުޒާހަރާ ނުހުންޓްވާ ފިންޔާ އިމްރާނު ވެސް އައުޓް ކޮށްލަށް މަޖިލިހުގެ ސުފަރމެޖޯރިޓީއަށް ގޮވާލަށް. އިމްރާނު އައުޓް ނުކޮށްފިންޔާ ތިބޭފުޅުން ތިތިބީ ގަންދާރު ވެފަ.
ތުއްތު ކަލޯގެ އިބުރާ
21 March 2022
އެ މަނިކުފާނު އިންޑިޔާ އައުޓު ކިޔަވާ ވިދާޅުވީ ޖަލުގައި އޮން ލައިންކޮށް
120687
21 March 2022
އިމްރާން ކަލޭ ތިޔަ ވަނީ ކަލޭ ކިޔެވި ދީނީ ތައުލީމަށް، ލަދު ހުތުރު އަރުވާފައި. ލަދެއްވެސް ނުގަންނަ އަޖައިބު ހީވޭ.
ާއުނިމާ
21 March 2022
މިސަރުކާރުގެ ޑިމޮކްރަސީ ވިރިގެން ތިޔޮށްފައިބަނީ! ބަލަ މިސަރުކާރު އައީ ޕޯޑިޔަމްތަކުގައި ތަސްބީހަ ކިޔައިގެންތޯ؟ ދެން އެހެން ނޫނަސް ކޮންގާނޫނަކުންތޯ ހުއްޓުވަނީ؟
އަސް
21 March 2022
ދައުލަތް ލޫޓްވާލާފަ ކޮންހާ ގޭމެއް ކުޅެން އެ އުޅެނީ
އެނަލިސިސް
21 March 2022
ޔޫކުރޭން އަކީ ކުރީގެ ސޯވިއެޓް ޔުނިއަންގެ ބައެއް! ކޮން އިރަކުބާ ދިވެހިރާއްޖެ އިންޑިޔާގެ ބައެއްކަމުގައި އޮތީ؟ އަނެއްކާ މި ފަހުން ޔޫކުރޭނުން އުޅުނީ ނޭޓޯގެ ގައުމަކަށް ވެގެންް ރަޝިޔާގެ ބަނޑުދަށުގައި ނުރައްކާތެރި ހަތިޔާރު އަތުރަން! ރަޝިޔާ އެންމެ ފަހު ވަގުތުވެސް ބުނި އެހެން ނުހަދާނެ ކަމުގެ ޔަގީކަން ދޭން! އެކަމަކު އެމެރިކާ، ނޭޓޯގެ ބަހަށް ޔޫކުރޭން އެ ޔަގީންކަން ނުދިނުމުގެ ނަތީޖާ މިހާރު އެ ފެންނަނީ! ދިވެހިންނަކީ އެއްވެސް ގައުމަކަށް ނުރައްކާކުރެވޭ ފަދަ ރައްޔިތަކާ ވަސީލަތް ހުރި ގައުމެއްނޫން! އޭގެބަދަލުގައި ވަރަށް އޯގާތެރި ރަޙުމަތް ތެރި ގައުމެއް! އެކަމަކު ވަރަށް ވަރަށް ވަތަނީ ބައެއް!
އަލީ2
22 March 2022
އެހެންވީމައެއްނޫންތަ މީހުންނާ އަރާރުންނުވެ ހުރިހާ ޤައުމަކާއެކީ ރީތިކޮށް އުޅެންވީ. މާދަން ޔާމީނު ވެރިކަމު އަޔަސް އިންޑިޔާއާ ގުޅުން ކަނޑައިގެނެއް ނޫޅޭނެ. މިއީ ކިޔާނެއެއްޗެއް ނެތީމަ މީހުން ގަޅިހައްދަން ކިޔާ އެއްޗިހި. އެވަރު ތިއުޅޭ ޕީޕީ މީހުންނަށް ނޭނގުނީމަ ހަޑި. މިރަށުވެސް އެންމެ ބާރަށްއިންޑިޔާއާ ދެކޮޅަށް ޕެޓިޝަން ހަދަންއުޅުނު މީހުން އެއައީ އިންޑިޔާއަށްގޮސް ބޭސްކޮށްގެން. ކީއްކުރަންދިޔައީ. ދަރިފުޅުމެންނޭ ނުގޮހެއްނުވާނެ. ކޮބާ ސިކުނޑީ؟؟؟؟؟؟؟؟
ޟަރީފާ
21 March 2022
ޙިޔާ ފުލެޓް ސަރަހައްދަ ރައީސް ޔާމީން ވަޑައިގައްނަވަނީ ކޮންދުވަހަކުންތޯ