ޚަބަރު / އައިޖީއެމްއެޗު

އައިޖީއެމްއެޗްގެ ކިއޫ ކުޑަވެ ބައެއް ޑިޕާޓްމަންޓްތަކުގެ ވެއިޓް ލިސްޓް ހުސްވެއްޖެ

އައިޖީއެމްއެޗުން ބުނީ ބައެއް ޑިޕާޓްމަންޓުތަކުގެ ވެއިޓްލިސްޓު ހުސްވެފައިވާ ކަމާއި މިއީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ވެއިޓްލިސްޓު ސުމަކަށް އެރި ފުރަތަމަ ފަހަރު ކަމަށް.

އައިޖީއެމްއެޗްގެ މައި ކައުންޓަރު: ކިއުއަށް ވަރަށް ބޮޑު ލުއެއް ލިބިފައިވޭ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ހަދާފައި އޮތް ކިއު ވަރަށް ބޮޑަށް ކުޑަވެ، ދެ ޑިޕާޓްމަންޓެއްގެ ވެއިޓްލިސްޓް ހުސްވެއްޖެ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން އިއްޔެ "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކުގައި ބުނީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ވެއިޓް ލިސްޓް ކުޑަކުރުމަށް ޑޮކްޓަރުން ބަލި މީހުން ބަލާ އަދަދު އިތުރުކޮށް، އެޕޮއިންޓްމަންޓް ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އައިޖީއެމްއެޗަކީ މާލޭގައި ބޭސްފަރުވާގެ ހަރަދު އާސަންދައިން އެއްކޮށް ކަވަރުކުރާ ހަމައެކަނި ހޮސްޕިޓަލެވެ. އެހެންވެ، އެ ހޮސްޕިޓަލަށް އަބަދު ވެސް ވަރަށް ބާރު ބޮޑެވެ.

ކޮވިޑް-19 ގެ ކޮންޓްރޯލްވެ މާލެ ސަރަހައްދުން ދަތުރުކުރުމުގައި ލުއިތައް ދިނުމުން ރާއްޖޭގެ އެކި ހިސާބުތަކުން މީހުން އައިސް ޑޮކްޓަރުންނަށް ދެއްކުމަށް ގިނަ ބަޔަކު އެޕޮއިންޓްމަންޓް ހެދި އެވެ.

އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް މިދިޔަ ސެޕްޓެމްބަރު ވެއިޓްލިސްޓުގައި 10،000 އަށްވުރެ ގިނަ މީހުން ތިއްބެވެ.

ވެއިޓްލިސްޓު އެންމެ ބޮޑު ފަސް ޑިޕާޓްމަންޓް

● ނާރުގެ ޑޮކްޓަރުންނަށް ދެއްކުމަށް 551 މީހުން

● ކުޑަކަމުދާ ނިޒާމުގެ ޑޮކްޓަރުންނަށް ދެއްކުމަށް 325 މީހުން

● ދަތުގެ ޑޮކްޓަރުންނަށް ދެއްކުމަށް 318 މީހުން

● އަންހެނުންގެ ޑޮކްޓަރުންނަށް ދެއްކުމަށް 212 މީހުން

● ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަށް ދެއްކުމަށް 194 މީހުން

އައިޖީއެމްއެޗުން ލިޔުމުން ދިން ޖަވާބުގައި ބުނީ ބައެއް ޑިޕާޓްމަންޓުތަކުގެ ވެއިޓްލިސްޓު ހުސްވެފައިވާ ކަމަށެވެ. މިއީ، އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު ވިދާޅުވި ގޮތުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ވެއިޓްލިސްޓު ސުމަކަށް އެރި ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން އަނެއް ބައި ޑިޕާޓްމަންޓުތަކުގެ ވެއިޓްލިސްޓު ވެސް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެއިޓްލިސްޓް ހުސްވެފައި ވަނީ ހަމުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުންނެވެ.

ސިރާޖު ވިދާޅުވީ ސްޕެޝަލިސްޓުން އޯޕީޑީގައި މީގެ ކުރިން ބަލި މީހުން ބެލީ ހެނދުނު އެކަނި ކަމަށެވެ. ނަމަވެސް ވެއިޓްލިސްޓު ކުޑަކުރުމަށް ހެނދުނު އަދި މެންދުރަށް ބަހާލައިގެން ބަލި މީހުން ބެލި ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗް ސަރަހައްދު-- ފޮޓޯ: އަަހުމަދު އަވްޝަން އިލްޔާސް/މިހާރު

"ވެއިޓްލިސްޓު ކުޑަވީމަ މިހާރު ކުރިއެކޭ އެއްގޮތަށް ހެނދުނު އެކަނި ސްޕެޝަލިސްޓް އޯޕީޑީ މި ގެންދަނީ،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކިއު ކުޑަކުރުމަށް ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ހިންގާ ކާޑިއެކް ސެންޓަރު އަދި ނެފްރޮލޮޖީ ޑިޕާޓްމަންޓަށް ވެސް، އެ ހޮސްޕިޓަލްތަކުގެ އިތުރު އެހީ ލިބުނު ކަމަށެވެ.

އެ މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ވެއިޓްލިސްޓުގައި ތިބީ 5،980 މީހުންނެވެ. އޭގެ ތެރެއިން ވެއިޓްލިސްޓުގައި މީހުން މަދީ ކަށީގެ ސްޕެޝަލިސްޓުންނަށް ދެއްކުމަށެވެ. އެ ޑިޕާޓްމަންޓުގެ ކިއުގައި 16 މީހުން އަދި ކެންސަރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ތިބީ 18 މީހުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު "މިހާރު"ން އައިޖީއެމްއެޗްގެ ވަކިވަކި ޑިޕާޓްމަންޓްތަކަށް ގުޅައިގެން ބެލިއިރު، އެތެރެ ހަށީ ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމަށް 1،145 މީހުންގެ ކިއުއެއް އޮތެވެ. އަދި ނާރުތަކާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް 716 މީހުން މަޑުކޮށްގެން ތިބިއިރު ކިޑްނީގެ ޑޮކްޓަރަކަށް ދައްކަން 630 މީހުންގެ ކިއުއެއް އެބައޮތެވެ.

44 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 4%
icon angry icon angry 30%
icon wow icon wow 9%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާލަތު890

24 March 2022

ކިހާ ހިންގުން ރަނގަޅު ވީމަ މީހާ މަރުވާ ފަހުން އެޕޮއިންޓްމެންޓް ދޭން ގުޅާނީ. އެތައް ދުވަހަކު ކިއޫގަ ހުރެފަ ވެސް އެޕޮއިންޓްމެންޓް މިދެނީ ހޮސްޕިޓަލަށް ފެންނަ ޑޮކްޓަރަކަށް. ބަލި މީހާ އަށް ބޭނުން ޑޮކްޓަރެއް އިހްތިއާރް ކުރުމުގެވެސް ފުރުސަތެއް ނެތް. ފެއިލްވެފަ އޮތް ކިއޫ ސިސްޓަމް އެެއް ތިއީ.

The name is already taken The name is available. Register?

ސްޓިލް ވެއިޓިން

23 March 2022

ބައްލަވާ! ތި ބުނާ ކުޑަކުދީންގެ ޑިޕާޓްމަންޓުގައި 14 ޑޮކްޓަރުން، އެތެރެހަށި-16 ޑޮކްޓަރުން، ދަތް-14 ޑޮކްޓަރުން، ކަށި-9 ޑޮކްޓަރުން، ހިތް-5 ޑޮކްޓަރުން، ހަން-4 - މިއަދަދަށް ޑޮކްޓަރުން ތިބޭ ހޮސްޕިޓަލެއްގައި ތި ބުނާފަދަ ބޮޑެތި އަދަދުން ވެއިޓްލިސްޓްކޮށްފައި ތިބިއްޔާ ތިއީ ހިންގުމުގެ ދޯހަޅިކަމެވެ. 1 ނޫނީ 2 ޑޮކްޓަރުން ތިބޭ ޑިޕާޓްމަންޓުތަކުގައި ތި ބަހަނާ ހިންގިދާނެ. ސަލާން.

The name is already taken The name is available. Register?

ނިއުމާާ

24 March 2022

ޑޮކްޓަރުން ހެނދުނު އެކަނި ބަލަނީ ދުވާލަކު މީހަކުތޯވެސް ޗެކްކުރަން އެބަޖެހޭ.

The name is already taken The name is available. Register?

ހަދީޖާ..

23 March 2022

އެހެން ވެގެންތަ ތިތަނުން ފޯނު ނުނަގަނީ. ނަގާފަ ކަނޑާލަނީ ހަމަ. ވ ގިނަ އިރު ގުޅިއްޖެ. ދެން ބުނެވޭނެ ތާ ހުރިހަ ކޯލް އަކަށް އާންސާ ކުރަމޭ

The name is already taken The name is available. Register?

ލަދުނުގަންނަކަން

23 March 2022

ވެއިޓްލިސްޓުގަ 3 ހަފްތާވެ ގޮތްހުސްވެގެން އެންމެފަހުން އޭޑީކޭއައް ގޮސް ދައްކައިގެން އޮޕަރޭސަންކުރީ ބޮޑުއަގުދީފަ. ތިތަނުގެ މެނޭޖްމެންޓް ޓީމައް ފުރަތަމަކަމަކައް ލަދުގަންނަން ދަސްކޮއްދޭންއެބަޖެހޭ.?

The name is already taken The name is available. Register?

ނަން ނޭގޭ

23 March 2022

ކިއު ކުޑަވީ ތަނުގެ ހިންގުން ރަގަޅުވެގެން ނޫ.މީހުން ތިތަނަށް ދާން ބޭނުން ނެތީ.

The name is already taken The name is available. Register?

Happy 123

23 March 2022

މީހުން މަދުވާނެ ޢެނު ބަލީގެ ހާލު ބޮޑުވެ ނިޔާވަންޔާ…ކިތައްމީހުންތޯ ވެއިޓިންގގައި ތިއްބާ ދުނިޔެދޫކޮށްދަނީ??

The name is already taken The name is available. Register?

ދިރާސ

23 March 2022

އައި.ޖީ.އެމް.އެޗަށް ގެއްލިފައިވާ އިތުބާރު ހޯދަން ވަރަށް ބުރަ މަސައްކަތް ކުރަންޖެހޭ.. ކޮންމެ ޑިޕާރޓްމަންޓެއްވެސް ހަފްތާއަކު 5 ދުވަހު 12 ގަޑިއިރު މަސައްކަތް ކުރާ ގޮތް ހަދައި ، ކޮންމެ ޑިޕާރޓްމަންޓަކަށް މަދުވެގެން ސްޕެޝަލައިޒް ދެ ޑޮކްޓަރުން ބައިތިއްބައި ކޮންމެ ޑޮކްޓަރަކު ދުވާލަކު 6 ގަޑިއިރު އޮންޑިއުޓީ ނަގަން ޖެހޭ ގޮތަށް ހަދައި ، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އޮންނަ ޑިމާންޑަށް ކޭޓަރ ކުރަން ވިސްނައިގެން ހޮސްޕިޓަލް ހިންގައިގެން އިތުބާރު ލިބޭނީ.

The name is already taken The name is available. Register?

ރާޝިދާ

23 March 2022

މިހާރުވެސް ސަރަހައްދީ ފެންވަރުން ރާއްޖޭގައި ޑޮކްޓަރުންގެ މުސާރަކުޑަ. ދުވާލަކު 12 ގަޑިއިރު މުސާރަނުދީ މަސައްކަތް ކުރުވުން އެއީ ހައްލެއް ނޫން. އަދި އޯވާ ވޯކްކުރުވައިގެން މަސައްކަތް ރަނގަޅެއްވެސް ނުވާނެ.

The name is already taken The name is available. Register?

ކުރިންވެސް…

23 March 2022

ސިރާޖުމެންނަށް ކުރިންވެސް ތިގޮތް އޮތެއްނު؟ ހެނދުނާ މެންދުރާ ރޭގަނޑު އޯޕީޑީ ބާއްވައިގެން ތި ވެއިޓު ލިސްޓު ހުސްކުރަން… ކިތައް މީހުންތޯ ބަލީގެ ވޭނުގައި ޑޮކްޓަރަށް ނުދެއްކި ތިބެން ޖެހުނީ ތިޔަ ލިސްޓަކާހެދި؟

The name is already taken The name is available. Register?

އަޑަފި

22 March 2022

ޑިޕާޓްމަންޓް ތަކުގަ ޑޮކްޓަރުން ނެތްނަމަ ކިއުގަ މީހަކު ނުހުންނާނެ ނޫންތޯ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

22 March 2022

މީގެން އިގޭ އެއްޗަކީ ހިންގުުން ހަރުދަނާ ކުރަން އެޅި ފިޔަވަޅުގެނަތީޖާ! ޑޮކްޓަރަށް ދަައްކަން ލިސްޓް ކުރި މީހުން މަދުވެގެންނެއްނޫން މިހެންވީކީ! ހަމަ މިގޮތައް ރަގަޅު ކުރަންޖެހޭ ތަނެއް ޕޯސްޓް އޮފީހަކީ. މިދިޔަ އަހަރުގެ ސެޕްޓެންބަރ މަހު ގަތް ތަކެތި ލިބުނީ މިމަހު!މިއޮއްތަހުޒީބު 21ގަރުނުގައި އެއްޗެއްލިބެން 3މަސް.؟ ހީކުރަން ވެމްކޯގެ އެމްޑީ ޕޯސްޓްއޮފީހަށް ބަދަލުކުރީމާ ޕޯސްޓްގެ ޚިދުމަތް އަވަސްވާނެކަމަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454