ޚަބަރު / އައިޖީއެމްއެޗު

މެޑިކަލް އިންޓާންޝިޕް އެގްރިމެންޓްގައި ސޮއިކުރުން މަޑުޖައްސާލައިފި

އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ހަދާ ޑޮކްޓަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލައިފި އެވެ.

ސިއްހީ ދާއިރާ އިން ދިވެހިން ބިނާކުރަން ބާރު އެޅުމުގެ ގޮތުން މިދިޔަ މަހުން ފެށިގެން ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ވަނީ ބޮޑުކޮށްފަ އެވެ. އޭގެ އިތުރަށް، މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަކުރާ މީހުންނަށް އެލަވަންސެއް ވެސް ދޭން ނިންމައި، އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާނުކުރައްވައިފަ އެވެ.

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ދޭ 400ރ. ގެ އެލަވަންސް ދޭން ފެށުމަށް އެ ހޮސްޕިޓަލުން އިންޓާނުންނާ އެކު އެއްބަސްވުމެއް ހަދަން ނިންމައި އޭގައި ސޮއިކުރުވަން މީގެ ދެ ހަފުތާއެއް ކުރިން މަސައްކަތްކުރި އެވެ.

އައިޖީއެމްއެޗުގައި މިދިޔަ މާޗު މަހު ފެށި އިންޓާންޝިޕް ބެޗުގައި 35 ޑޮކްޓަރުން އެބަތިއްބެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، އެލަވަންސް ދިނުމަށް ހެދި އެއްބަސްވުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން މުއްދަތު ހަމަވިއިރު ވެސް އޭގައި އެއްވެސް މީހަކު ސޮއެއް ނުކުރެ އެވެ. އެހެންވެ، ފަހުން އެގްރިމެންޓަށް ބަދަލުތައް ގެނައި ނަމަވެސް، އެއްވެސް މީހަކު ސޮއެއް ނުކުރި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިންޓާންޝިޕް އެލަވަންސްގެ އެގްރިމެންޓާ ގުޅޭ ކަންބޮޑުވުންތައް ޕޭ ކޮމިޝަނާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ އެގްރިމެންޓުގައި ސޮއިކުރުން ވަގުތީގޮތުން މަޑުޖައްސާލިކަން ކަށަވަރުކޮށްދިނަސް، އެލަވަންސް ދޭން ފެށޭނެ ދުވަހެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

އެ އެއްބަސްވުން ކުރިން އޮތް ގޮތުން އިންޓާން ޑޮކްޓަރަކުން ދުވާލަކު 8-12 ގައިރު އަދި ހަފުތާގެ ދެ ދުވަހު 32 ގަޑިއިރުގެ ޝިފްޓެއްގައި ވެސް މަސައްކަތްކުރިޔަސް 400ރ. ގެ އިތުރުން އެއްވެސް އެއްޗެއް ނުލިބެ އެވެ.

އިންޓާނުން އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހެދި އެންމެ ބޮޑު އެއް ސަބަކަކީ އެ އެގްރިމެންޓާއެކު ބޮންޑެއް ލާޒިމްކޮށްފައި އޮތުމެވެ.

ކަންބޮޑުވުން ފާޅުކޮށް "މިހާރު" އާ ވާހަކަދެއްކި އިންޓާން ޑޮކްޓަރަކު ބުނީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ދަށުން އެއްވެސް މަގާމެއް ނޯންނަ އިރު އަދި މުސާރައެއްގެ ބަދަލުގައި ދޭ އެލަވަންސްއަކާ ހެދި ދެ އަހަރުގެ ބޮންޑެއް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"މި އެލަވެންސަކީ ސަރުކާރުން ދޭ އިނާޔާތަކަށް ވާއިރު މި އެއްބަސްވުން އުވާލަން ޖެހިއްޖެ ނަމަ އިންޓާންގެ ފަރާތުން އައިޖީއެމްއެޗަށް އެބަޖެހޭ ފައިސާ އަނބުރާ ދައްކަން. އޭގެ އަނެއްކޮޅުން، އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށް ވިޔަސް ބަޔާންކޮށްފައިވާ މުއްދަތު ނިމުމުގެ ކުރިން އިތުރަށް ކިޔަވަން ދާން ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަށް ވާނެ ގޮތް ތަފްސީލުކޮށްފައެއް ވެސް ނެތް." އިންޓާން ޑޮކްޓަރަކު ބުންޏެވެ.

އެއްބަސްވުމުގައި ބުނާ ގޮތުން، ސަރުކާރަށް ހިދުމަތްކުރަން އެދިފައިވަނިކޮށް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި މަސައްކަތް ނުކޮށް ޕްރައިވެޓް ޕްރެކްޓިސް ކުރުމަކީ މަނާކަމެކެވެ. އަދި ޕްރައިވެޓް ޕްރެކްޓިސް ކުރަން ވާނީ ސަރުކާރަށް ހިދުމަތް ކުރަންޖެހޭ ހާލަތެއްގައި އެ ހިދުމަތަށް އެއްވެސް ހުރަހެއް ނޭޅޭ ގޮތަށް ކަމަށް ވެސް ބުންޏެވެ. އެކަމަކު އިންޓާނުންގެ ތެރޭގައި ލޯނު ނަގައިގެން އަމިއްލަ ހަރަދުގައި ކިޔެވި މީހުން ވެސް ހިމެނޭއިރު މިއީ އިންސާފެއް ނޫން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި އިންޓާނަކު ބުންޏެވެ.

ޕްރޮގްރާމްގެ އެއްވެސް ހިސާބަކުން ނުވަތަ އިންޓާންޝިޕް ނިންމާ ފަހުން ދިމާވާ އަމިއްލަ ބާރު ނުފޯރުވޭ ބޮޑު ކަމެއްގައި ހޮސްޕިޓަލަށް ގަބޫލުކުރެވޭ މަގުބޫލު އުޒުރަކާ ލައިގެން އެއްބަސްވުން އުވާލާ ނަމަ ވެސް އެހާތަނަށް ހޮސްޕިޓަލުން ހަރަދު ކުރި ފައިސާ، ދެ ފަރާތުން އެއްބަސްވާ ތާވަލަކާ އެއްގޮތަކަށް އަނބުރާ ދައްކަންޖެހެ އެވެ.

އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ފެށީ 2017 ވަނަ އަހަރު އެވެ. މެޑިސިން ކިޔަވާ ކުދިންނަށް ޑޮކްޓަރު ކަމުގެ ފާސް ލިބެނީ މެޑިކަލް އިންޓާންޝިޕް ފުރިހަމަ ކުރުމުންނެވެ. އެއީ ފަހެއް ނުވަތަ ހަ އަހަރު ޑޮކްޓަރުކަން ކިޔެވުމަށް ފަހު، ތަމްރީނު ހޯދުމުގެ އެއް އަހަރުގެ ޕްރޮގްރާމެކެވެ.

6 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައްޓަފޫޅި

13 June 2023

ސަރުކާރުން އިންޓާން ޕްރޮގުރާމް އާ ދޭތެރޭ ކިހާވަރަކަށް ވިސްނާބާ! މިއަންނައަހަރު މާލޭ މެޑް ސްކޫލުން ނިންމާ 52 ދަރިވަރުންނާ ރާއްޖޭން ބޭރުން އަންނަ ކުދިންނަށް އިންޓާން ޕްރޮގްރާމް ހިންގޭނެ ގޮތް އެބަ ހޯދަންޖެހޭ. މިކަމަށް ޕްރައިވެޓް ސެކުޓާރ އާ މަސްވަރާ ކުރަން އެބަޖެހޭ. އޭ.ޑީ.ކޭ ޓީ.ޓީ.އެޗް އާ މަޝްވަރާ ކުރަން އެބަޖެހޭ. ނޫންނަމަ އެތަށް ކުދިން ނެތް ޑަކްޓަރ ލައިސެންސ ނުލިބި ގަުމުގާ ވަޒީފާ ނެތި ތިބެން ޖެހޭނެ

The name is already taken The name is available. Register?

ކައިލީ

12 June 2023

ޑަކްޓަރަށް ދައްކަންގޮސް ހުރެހުރެ ނަމްބަރު ޖެހެނީއެއްނޫން. އެތައްކޮޓަރިއެއް ހަދާފައިހުރޭ ބަލިމީހުންބަލަން. އެހެނަސް ބަލަން އިންނަނީ 1، 2 ޑަކުޓަރުން. ޑަކުޓަރު ބޭނުންވީމަ ބުރޭކުނަގާފަ ބުރޭކު ނިމެމީއެތައް އިރެއްފަހުން. އަދި އޭގެފަހުންވެސް ނަމަބަރުއަރުވާނީ ހިތައްއެރިއްޔާ. މިއޮއްހުރިހާ އިރެއްވާއިރު އެއްކަލަ ބަލިމީހުން ތެރޭގައި ހޮޑުލެވި ހުންގަދަ ވެގެން އަންނަ ކުޑަކުއްޖާޔާ ދޮށީ އުމުރުގެ މީހުން ހަމަ ޖެހެނީ ތިބެން. އަދިވެސް މުސާރަ އިތުރަށް ބޮޑުކުރަން ފެނޭ

The name is already taken The name is available. Register?

ދިއްދޫ އާލު

14 June 2023

ބްރޯ އެއްވެސް ޑަކުޓަރެއް ނުދޭ 1ގަޑި އިރަށްވުރެ އިތުރަށް ބްރޭކަށް. ބްރޯވެސް ވަޒީފާގަ ހަމަ އެއްވެސް ބްރޭކެއް ނުނަގަންތަ؟ ބަލަން 1،2 ޑޮކުން ތިބުމަކީ މެނޭޖްމަންޓ މައްސަލަ ދޯ.

The name is already taken The name is available. Register?

ކައިލީ (ހޮސްޕިޓަލް ވަރޝަން)

12 June 2023

ޑަކްޓަރަށް ދައްކަންގޮސް ހުރެހުރެ ނަމްބަރު ޖެހެނީއެއްނޫން. އެތައްކޮޓަރިއެއް ހަދާފައިހުރޭ ބަލިމީހުންބަލަން. އެހެނަސް ބަލަން އިންނަނީ 1، 2 ޑަކުޓަރުން. ޑަކުޓަރު ބޭނުންވީމަ ބުރޭކުނަގާފަ ބުރޭކު ނިމެމީއެތައް އިރެއްފަހުން. އަދި އޭގެފަހުންވެސް ނަމަބަރުއަރުވާނީ ހިތައްއެރިއްޔާ. މިއޮއްހުރިހާ އިރެއްވާއިރު އެއްކަލަ ބަލިމީހުން ތެރޭގައި ހޮޑުލެވި ހުންގަދަ ވެގެން އަންނަ ކުޑަކުއްޖާޔާ ދޮށީ އުމުރުގެ މީހުން ހަމަ ޖެހެނީ ތިބެން. އަދިވެސް މުސާރަ އިތުރަށް ބޮޑުކުރަން ފެނޭ.

The name is already taken The name is available. Register?

ަަަައިބޫ ހޯލިސް

11 June 2023

ސަރުކާރުގެ ހަރަދުގައި ކިޔަވާ ފަރާތްތަކަށް ބޮންޑެއް އޮންނަންޖެހޭ އަދި އެއީ 2 އަހަރަށްވުރެވެސް ދިގުވާންޖެހޭ އެހެންނަމަވެސް އަމިއްލަ ހަރަދުގައި ކިޔަވާ ފަރާތްތަކަށް، އެމީހުންކުރާ މަސައްކަތަށް ދޭ ކުޑަ އެލަވަންސެއްގެ ބަދަލުގައި ބޮންޑެއް މަޖުބޫރު ކުރުމަކީ ކޮއްގެންވާނެ ކަމެއްނޫން އެމީހުންނަކީ އިންޓާނުން ކަމުގައިވިޔަސް އެމީހުންގެ ފަރާތުން ހިދުމަތެއް ލިބޭބައެއް، އެލަވަންސަކީ އެހިދުމަތުގެ ބަދަލުގައި ދޭ އެއްޗެއް

The name is already taken The name is available. Register?

ވާނުވާ....

11 June 2023

މިގައުމުގަ ޑޮކްޓަރުން / ޓެކްސީ ޑްރައިވަރުން ވެމްކޯ / ސިޓީ ކައުންސިލް / މީ ކުދި ކުދި ސަރުކާރު ތަކެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454